ޝަހާމާ-(4)
އަޒައިލިއްޔަ ގާނުނުގައިވާ ފުރިހަމަ ގޮތުގެ މަތިން އިރު އުދަރެހުން ފާޅު ވެގެން ދިޔައީ އެކި ހިތްތަކަށް އެކި އިހުސާސްތަށް ގެނެސް ދެމުންނެވެ. އިރު އުދަރެހުން ފާޅު ވުމާއި އެކު މަގުމަތީގައި މީހުންތަށް ހަލަބޮލިވެ އުޅެން ފަށައިފިއެވެ.
ޝަހާމާ ދިޔައީ ވަރަށް އަވަސް އަވަހަށް ދަބަހަށް ސާމާނުތަށް އަޅަމުންނެވެ. ޝަހާމާގެ މަސައްކަތް ހުއްޓާލަން މަޖުބޫރު ވީ ގޭގެ ބެލް އަޅަން ފެށުމުންނެވެ. ” ނައުރާ…. އަޅޭ ކަމަކުތަ….. ވަރަށް ބުރަ ކޮށްލައިގެން މިއުޅެނީ …..” ނައުރާގެ އަތުގައި އޮތް ކުޑަކުޑަ ކައިޔަން ނަގާ އުރާލަމުން ބުނެލިއެވެ.
” ނޫނެ…. ތި ބޭފުޅާ މިއަދު ފުރާތީ ޖައްސާލީ….މިއައީ ހޮސްޕިޓަލުން….ކުޑަކޮށް ރޯގާކޮށް ކައިޔަން އުޅޭތީ…” ދެމީހުން ވާހަކަ ދައްކަމުން ގޮސް ކޮޓަރިއަށް ވަދެ ކައިޔަން އެދުގައި ބާއްވާލިއެވެ. ” ސާބަސް ގޮމާފުޅާ… އަދި ވެސް ޕެކް ނުކުރެވޭ….” ޝަހާމާ އަށް ދިމާ ކޮށްލަމުން ނައުރާ ބުނެލިއެވެ. “ކީއްކުރާނީ ހާދަ ކަމެއް ކުރަން އެބަ ހުއްޓޭ…. ދެން ވާނީ މިކަހަލަ ގޮތެއް..” ކަބަޑުގައި ހުރި ފައިލް ތަކެއް ގެނެސް ފޮއްޓަށް ލަމުން ބުނެލިއެވެ.
“ހުނ ހުނ ދެން ކިޔާ ތިހެން….. ތިބުނާ ކަމަކީ ރޭގަނޑު ބިޓުންގެ ސައިކަލު ފަހަތުގަ ދުއްވަން ދިއުންތަ..؟ ތީތަ ތި ބުނާ މަސައްކަތަކީ…. ކާކުތަ އެއީ..؟ ސަޅި ބިޓެއްނުން….ސެޓުކޮއްލަ ބަލަ…. ރަނގަޅަށް ވާއިރު ދެމީހުން މާފޮޅުވަން ތިއްބަ ދޯ އަހަރެމެންނަށް ދެވުނީ…. ބުނޭ ރަނގަޅަށް…. ކަމެއް ދޯ އެއީ…؟” ނައުރާ ހުރީ ހަމަ ރަނގަޅަށް ވެސް ދިމާ ކޮއްލަން ނިންމައިގެންނެވެ.
” ސާބަހޭ… އެއީ ފްރެންޑެއް… ރޭގަ ވެސް ބުނީމެއްނުން…… ޖަސްޓް ފްރެންޑްސް… ނޯމޯ އޭ… އޭ އާނ މީ ކައިޔަން އަށް ވަން މަންތް ވަނީ ދޯ..؟ ” ޝަހާމާ ބޭނުންވީ މައުލޫ ބަދަލުކޮށްލާށެވެ. “ކޮންމެހެން މައުލޫ ބަދަލު ކުރަން އުޅޭނެ ކަމެއެއް ނެތް… ޖަސްޓް ފްރެންޑްސް އޭ… އާނ ކޮންމެ ބަޔަކު ވެސް ފުރަތަމަ ފްރެންޑްސް… ދެން ކަޕްލްސް… ދެން ވައިފް އެންޑް ހަސްބެންޑް… ދެންވާނީ މަމް އެންޑް ޑޭޑް އަށް…” ނައުރާ ދައްކަން ފެށި ވާހަކަ މެދު ކަނޑާލަން ޖެހުނީ ގޭގެ ބެލް އަނެއްކާ ވެސް އެޅުމުންނެވެ.
“ޝަހުމް….އަމް… އާދޭ… ފައިލް ހިފައިގެން ދޯ..؟ އާދޭ..” ޝަހާމާ އާ ޝަހުމް އެތެރެއަށް ވަދެގެން އައިތަން ފެނި ނައުރާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުން ވުމެކެވެ.” މަޑުކޮއްލައްޗޭ އަހަރެން ގޮވައިގެން ދާން މިތާ އިށީދޭ އިނގޭ މިއަންނަނީ ރެޑީ ވެގެން…ޖަސްޓް 5 މިނެޓު..” ނައުރާ ގޮސް އިށީނީ ޝަހުމް އާއި ޖެހިގެން އިން ސޯފާ ގައެވެ. ދެމީހުން ގެ ދެމެދު އެއްވެސް ވާހަކައެއް ނުދައްކައެވެ.
” ހިނގާ ދާން …. މިހާރު އެއޮއް ލޯންޗު ފުރާގަޑި ޖެހެނީ…. ނައުރާ…ކިހިނެތް ހަދަނީ..؟” ނައުރާ ކައިރީގައި ހުއްޓެމުން ޝަހާމާ ބުނެލިއެވެ.” ފަޒީލަށް ގުޅައިފިން….ބުނީ މިދަނީއޯ…”
*** *** ***
ޝާނީ އޮތީ ޔަޒަކް ނިންދަވާށެވެ. ޒައިން އިނީ ކޮޓަރީގައި މޭޒު ކައިރީގައެވެ. ލެޕްޓޮޕް އިން މަސައްކަތެއް ކުރާށެވެ. ޔަޒަކްއަށް ނިދުމުން ޝާނީ ތެދުވެ ފެށީ އިސްތިރިކުރާށެވެ. ޒައިން ކުރަން އިން މަސައްކަތް ނިންމާލާފައި ގޮސް ފަހަތުން ޝާނީ ގެ ފުރަގަހުން އުނަގަނޑުގައި ބައްދާލިއެވެ.
“ވަރަށް ވަރަށް ލޯބިވޭ އިނގޭ…. އައި ލަވް ޔޫ ސޯ މަޗް…”ޝާނީގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ލޯބިން ފުރިގެންވީ ރާގަކަށް ބުނެލިއެވެ. ” އަހަރެން ވެސް… ވަރަށް ލޯބި ވޭ…” ހަމަ އެ ވަގުތު ގޭގެ ބެލް އަޅާލިއެވެ. ޝާނީ އިސްތިރި ކަނޑާލަމުން ނުކުތީ އެއައީ ކާކު ތޯ ބަލާށެވެ.
” ދޮންބޭ…..” ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރި ޝާނީގެ އެއްބަނޑު އެއްބަފާ ދޮންބެ ޝިވާޒް ފެނި އުފަލުން ގޮސް ބައްދާލިއެވެ. ” ނުވެސް ބުނަމެއްނުން އަންނަ ވާހަކައެއް ވެސް… އަޅޭ….ޝަބާ ދައްތާ ކިހިނެތް؟ ރަނގަޅުތަ..؟… މިހާރު ބަލާބަލަ ދޮންތަގެ ލޯބި ލޯބި ޝާހަން އާއި ޝާނާ… ދޮންތިގެ ދެކުދިން ހާދަ ބޮޑު ވެއްޖޭ ދޯ..؟”
ޝާނީ ހީވަނީ އެހެންކަމެއްހެއްނެވެ. އެއްތާކު ދެފައި ނުޖެހިގެން އުޅޭ އިރު އުފާ ވެފަ ހުރި ވަރު ވަރަށް ރީއްޗަށް ހާމަ ވެއެވެ. އެހެން ނޫވާނީ ކާކަށް ހެއްޔެވެ…؟ 8 އަހަރު ފަހުން ލޯބިވާ ދޮންބެއާއި ދޮންބެގެ ކުޑަކުޑަ އާއިލާ ފެނުމުން އުފާނުވާނީ ކޮން ކޮއްކޮއެއް ހެއްޔެވެ..؟ ދުރުގައި މަންޒަރު ބަލަން ހުރި ޒައިންގެ ތުންފަތުގައި ވެސް ވަނީ އުފާވެރި ހިނިތުންވުމެވެ.
“ކޮބާތަ ކޮއްކޮ.. މަންމަ އާއި ބައްޕަ ކޮބާ؟” ޝިވާޒް ގޭތެރެ ބަލާލަމުން ބުނެލިއެވެ. ” ކޮއްކޮ ހަމަ މިއަދު އެ ފުރީ ލާމަށް ދާން…ދެން އެނގެއެއްނުން ކޮއްކޮ ގެ ގޮތް…. މަންމަ އާއި ބައްޕަ ވީ ވިލިގިއްޔަށް ގޮސް ބައްޕަ ރައްޓެހި މީހަކާ ބައްދަލު ކޮއްލަން… މިހާރު އަންނަން އުޅޭނެ…” ހުރިހާ އެންމެންގެ މޫނު މަތިން ވެސް ފެންނަނީ އުފަލާއި ހިތް ހަމަ ޖެހުމެވެ.
*** *** ***
ޝަހާމާ މެންނަށް ލާމު އަތޮޅަށް ދެވުނު އިރު މެދުރު ފަހު ދޭއް ވެސް ޖަހައިފިއެވެ. ދެމީހުން ވެސް ވަރުބަލި ވެފައި ހުރުމުން ދެމީހުން ވެސް ބޭނުން ވީ އިހަށް އަރާމު ކޮއްލާށެވެ.
ހަވީރު ހަތަރުގަޑި ބައި ވީއެވެ. ޝަހުމް އިނީ ކޮޓަރީގައި ލެޕުން ފިލްމެއް ބަލާށެވެ. ޝަހުމްގެ ނަޒަރު ލެޕުން ވަކިވެގެން ދިޔައީ ކޮޓަރީގައި މީހަކު ޓަކި ޖެހުމުންނެވެ. ” ބިޒީތަ..؟ ކީއްކުރަނީ…؟ ހިނގާބަލަ މަށާ އެއްކޮށް ހިނގާލަން ދާން…ރަށުތެރެ ބަލާލަން ދާން….” ހުރިހާ ވާހަކަ އެއް ދެއްކި އިރުވެސް ޝަހުމް އަށް ހުރެވުނީ ޝަހާމާއާ ދިމާލަށް ބަލާށެވެ. ޝަހުމް ގެ ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. އެ ރީތި ކަމުގެ ޖާދޫގައި ހަމަ ހަގީގަތުގައ ވެސް ޝަހުމް ޖެހިއްޖެވެ.
“ދެވޭތަ..؟” ޝަހުމް ގެ ހިޔާލީ ދުނިޔެއިން ނުކުމެވުނީ ދެނެވެ. “އޭނ…އަމް.. ކީކޭ..” ޝަހާމާ ކީ އެއްވެސް އެއްޗެއް ޝަހުމް އަކަށް ނީވެއެވެ.”ސާބަސް މިހާރު ބީރު ވެސް ވީތަ…؟ މަ ބުނީ ހިނގާބަލާށޭ ހިނގާލަން ދާން… ދެވޭތަ..؟” ބަނޑުގައި އަތް އަޅައިގެން ހުރެ ހެމުން ހެމުން ޝަހާމާ ބުނެލިއެވެ.
” އާނ ޔަގީނެއްނުން މި އަންނަނީ ޗޭންޖު ކޮއްގެން….ގިވް މީ ޓޫ މިނެޓްސް” ޝަހުމް ވަރަށް އަވަސް އަވަހަށް ދޮރު ލައްޕާފައި އެއްޗެހި ބަދަލު ކުރަން އުޅުނެވެ. ދެމީހުން ހިނގަމުން ހިނގަމުން ގޮސް ރަށުގެ ތުނޑި މަތީގައި އިށީނެވެ.
“އަޅޭ..ހާދަ ވަރަކަށޭ މަގޭ މޫނަށް ތި ބަލަނީ…؟ މޫނުގަ އެއްޗެއް އިނީތަ..؟” ޝަހުމް އިން ގޮތުން ޝަހާމާ އަހާލިއެވެ. ” އާނ ނޫން..މީ…އޭ ކޮން އިރަކުން މަސައްކަތް ފެށުން އޮތީ..؟” ޝަހުމް ބެލީ ވާހަކަ އޮޅުވާލެވޭ ތޯ އެވެ. “މާދަން ހެނދުނު…. ދެން ހިނގާ ދާން ދެން ވަރަށް މަސައްކަތް ހުންނާނެ…. ސޯ މިއަދު ރެސްޓު ކުރާނެ ވަރަކަށް ކުރޭ… ” ޝަހުމަ އާއި ޝަހާމާ ދެމީހުން ވެސް މަޑުމަޑުން ހިނގައިގަތީ އޮފީހާ ދިމާލަށް ދާށެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް ވެސް ހަލުވިކަމާއިއެކުގައެވެ. އެކިމީހުންގެ ހިތްތަކަށް އެކި އިހުސާސްތަށް ވެރިކުރުވަމުންނެވެ.
**** **** ***
“ކޮއްކޯ..؟” މާލެ އަހިސް ގެއަށް ވަތް ޝަހުމްގެ ސަމާލުކަން ދަމައިގަތީ ބެލްކަނީގައި ހުރި ޝިވާޒް އެވެ.”ދޮންބޭ….އޯ މައި ގޯޑް ކޮން އިރަކު ދޮންބެ އައީ…..ނުވެސް ބުނަމެއްނުން….. އަޅޭ ދޮންބޭ….. އައި މިސްޑްޔޫ ސޯ މަޗް…. ކޮބާ މަށަށް ވީ ސަޕްރައިޒް….. އަޅޭ ދޮންބޭ….” ޝަހުމް ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ދުވެފަ ގޮސް ޝިވާޒްގެ ގައިގައި ބައްދާލަމުން ޝަހުމް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.
“ސާބަހޭ…. ދޮންބެ އައީމަ އެންމެ ފުރަތަމަ ވެސް ތި އަހާލީ ސަޕްރައިސް ގެ ވާހަކަ ދޯ..؟ ކީއްވާނީ ދޮންބެގެ ހާލު ބަލާލިއްޔާ..؟ އަދި ވެސް ކޮއްކޮ ބޮޑެއް ނުވޭ ދޯ….8 އަހަރު ފަހުން ފެނުނަސް މީ ހަމަ މަގޭ ސޭމް ސިލީ ކޮއްކޮ… އެއްވެސް ބަދަލެއް ނާދޭ….” އެހާ ގިނަ ދުވަސް ކޮއްފަ އެއްބަނޑު އެއްބަފާ އެންމެ ކުޑަ ކޮއްކޮ ފެނުމުން ޝިވާޒްގެ ހިތް ވެސް ވަނީ އުފަލުން ފޮޅިފައެވެ.
” އާނ ލާހިކެއް ނޫން… 8 އަހަރު ކީއްކުރަން 22 އަހަރު ދުރުގަ އުޅެފަ އަޔަސް އަހަރެން ވާނީ ހަމަ ދޮންބެގެ އެންމެ ކުޑަ ކޮއްކޮއަށް….މަންމަ އާއި ބައްޕަގެ އެނމެ ހަގު ދަރިއަށް… ނޫންތަ..؟ އަޅޭ ކުޑަބެގެ ލޯބީސް ހާދަ ބޮޑު ވެއްޖޭ ދޯ….” ޝާނާ އާއި ޝާހަންގެ ގައިގައި ބައްދާލަމުން ޝަހުމް ބުނެލިއެވެ.
*** *** ***
ހަވީރުގެ ހިތްގައިމު ވަގުތު ގައި ނައުރާގެ ކުޑަކުޑަ ދެކުދިން ގޮވައިގެން އިނީ އާރޓިފިޝަލް ބީޗްގައެވެ.
“ދަރިފުޅޫ…މިއޮތީ…އާދޭ އަވަހަށް….ދެން ފެން ބޮއެގެން ދާނީ..އަވަސް…” ފަޒީލް އައީ ފެންފުޅިއެއް ހިފައިގެންނެވެ. “އަޅޭ ބައްޕީ…ކޮއްކޮ ކޮން އިރަކުންތަ ކައި އާއި އެއްކޮށް ކުޅޭނީ…؟ ކައި ބޭނުމީ ކޮއްކޮ އާއި އެއްކޮށް ކުޅެންށޭ….” ކައިރާ ދެފައި ބިންމަތީ ޖަހާލަމުން ބުނެލިއެވެ.
” ސާބަހޭ ބައްޕިގެ ކުޑަކުޑަ ލޯބިލޯބި ކައީ…އަދި ކުޅޭނެޔޭ… ކޮއްކޮ އަދި ކުޑައީ… މިހާރު މަޑުމަޑުން ހިނގައެއްނުން….ދުވަސްކޮޅަކުން ދޫނި ފަހަތުން ކޮއްކޮ ވެސް ދުވަން ފަށާނެ…” ފަޒީލް ކައިރާ ނަގާ އުރާލަމުން ބުނެލިއެވެ.” ދެން ހިނގާ ދާން މިހާރު އެއޮއް ފަސްގަޑި ބައިވަނީ.. އަދި މިރޭ ޖެހޭ ހޮސްޕިޓަލަށް ވެސް ދާން..” ފަޒީލް ކުޑަކުޑަ ކައިޔަން ނަގަމުން ކައިރާގެ އަތުގައި ހިފައިގެން ހިނގައިގަތީ ގެއަށް ދިއުމަށެވެ.
*** *** ***
“ދޮންބޭ… ވަރަށް ބޮޑު ވާހަކައެއް…ބުނަން…..” ޝަހުމް ބޯ ކަހާލަމުން ޝިވާޒް ކައިރީގައި އިށީންނަމުން ބުނެލިއެވެ. “އަވަހަށް ބުނޭ…ދޮންބެ މީނީ އަޑު އަހާށޭ…” ޝިވާޒް ވެސް ލެޕުން ކުރަން އިން މަސައްކަތް ހުއްޓާލުމަށް ފަހު ބުނެލިއެވެ. “ދޮންބޭ އައި… ލައިކް ސަމްވަން…އެކަމް… ނުކެރުނު ބުނާކަށް…. ކިހިނެތް ހަދަންވީ…؟ ޔޫ ނޯ ދޯ އައި އޭމް ނިއު ޓު ދީސް ތިންގްސް….” އަޅައިގަންނަމުން ޝަހުމް ވާހަކަ ދައްކަމުން ދިޔައިރު ޝަހުމްގެ އަތް ދިޔައީ ދެއަތް ދެ އަތަށް މޮޑެމުންނެވެ.
“އައްދޭ….ދޮންބެގެ ކުޑަކުޑަ ކޮއްކޮ ވެސް އެންމެ ފަހުން ބޮޑުވީ ދޯ….؟ ހޫ އިސް ދަ ލަކީ ގާރލް..؟ ދޮންބެ އަށް ވާނެ މީޓު ކޮށްދެން….ރީތި ކޮށް ބުނޭ ކޮއްކޮ ލޯބި ވާ ވާހަކަ…. އެހެންނޫނީ ފަހަރެއްގަ ތެޔޮނާށި ކާޅު ޖަހައިގަތުމަކީ ވަރަށް ގާތް ކަމެއް…އައްދޭ ބްލަޝް ވެސް ވާން އިނގެޔޭ ދޯ….” ޝިވާޒް ދިމާކުރާވަރުން ޝަހުމް އިނީ ހަދާނެ އެއްޗެއް ބުނާނެ އެއްޗެއް ނޭނގިފައެވެ.
*** *** ***
“އަހަރެން މާލެ އައުމުގެ ކުރިން އޮންނާނީ މީތި ފައިލް ކޮއްލާފަ…. އެކަމް ވެސް ބުނަން ހަމަ އެއްގޮތަކަށް ވެސް ހަނދާން ނުވީ… އެކަމް މިހާރު ވަރަށް އަވަހަށް މި މިޝަން ނިންމަން އެބަ ޖެހޭ… ހުސެން ވާނެ ވަރަށް އަވަހަށް މީތި ފައިލް ކޮއްލަދޭން…. މާދަން ނޫން އަނެއް ދުވަހުގެ ހަވީރު 5 ޖެހުމުގެ ކުރިން ވާނެ މަށަށް މީތި ފޮނުވާލަ ދޭން…އޯކޭ އެއްނުން… ނިންމޭނެ ދޯ….؟ ” ޝަހާމާ ވާހަކަ ދައްކަމުން ދިޔައީ ކައިރީގައި ހުރި ސާޖަންޓް ހުސެންނަށެވެ. ” ލައްބަ… ޔެސް މޭމް…” ވަރަށް އަދަބުވެރި ކަމާއި އެކު ހުސެން ބުނެލިއެވެ.” ދެން އެންމެ ރަނގަޅު ދިޔަޔަސް..” ހުސެން ނިކުމެގެން ދިއުމުން ޝަހާމާ ވެސް އޮފީހުން ނުކުމެގެން ދިޔައީ ވެފައި ހުރި ވަރުބައްޔާއި އެކު އަރާމް ކޮށްލަން ގެއަށް ދިއުމަށެވެ.
ގެއަށް ވަތް ތަނާ ޝަހާމާގެ ދެލޯ ބޮޑުވީ ކުރިމަތިން ފެނުނު މަންޒަރުންނެވެ. ބުނަން އުޅުން ޖުމްލަ ވެސް ކަރުތެރޭގައި ތާށިވީ ކަހަލައެވެ. ވަގުތުން އެ ލޮލަށް ކަރުނަތަށް ޖަމާވިއެވެ.
=ނުނިމޭ=
4 Comments!
Comments are closed.

thank you somuch mi vaahasubmitkohdhineema….varah inthizaarukurin mi vaahakayah…next part varah kiyaalaahithun mihiree
When is next part
Kohbaa tha aneh part
part 1,2,3 eh nufenun