Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝަހާމާ-(2)

Justordinarilygirl Level 1
January 14, 2023 6 Mins Read
8 Comments

ފަތިސް ނަމާދުގެ މޫރިތި ކަލިމަ ތަކުގެ އަޑަށް ޝަހާމާއަށް ހޭލެވުނެވެ. ވެފައި ހުރި ވަރުބައްޔާއި އެކުގައި ވެސް ޝަހާމާ ގައިމަތީގައި އޮތް ރަޖާގަނޑު އެއްފަރާތް ކޮއްލުމަށް ފަހު ތެދުވީ ނަމާދު ކުރަންޖެހޭނެތީއެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން ޝަހާމާ ގެ ދެ ލޯ ވެސް ވަނީ ރަތް ވެފައެވެ. ޝަހާމާ އަވަސް ވެ ގަތީ އަވަހަށް ފެންވަރާ ނަމާދު ކުރުމަށެވެ. ނަމާދުކޮށް ނިމުނުން ޝާހާމާ އިނީ އިރު އަރަންދެން ޤުރުއާން ކިޔަވާށެވެ. ކިޔަވާނިމުމުން ޝަހާމާ ދެން އަވަސް ވެ ގަތީ ދުވަން ދިއުމަށް ތައްޔާރު ވާށެވެ.

*** ***** **

“އައުޗް…” ޝަހުމް ދުވަމުން ދަނިކޮށް ހިމަތޮޅިކޮށް ހުރި އަންހެން ކުއްޖެއްގެ ގައިގައި ޖެހުނެވެ. ޝަހުމް ގެ ގައިގައި ޖެހިފައި އެކުއްޖާ ވެއްޓެން ދިޔަވަގުތު ޝަހުމް އެކުއްޖާގެ އުނަގަނޑުގައި ހިފާ ތެދުކޮށްލިއެވެ. “ވަރަށް ބޮޑަށް ސޮރީ ބަލާނުލާ…” ޝަހުމް ބުނަން އުޅުނު ބަސް ވެސް ހީވީ ކަރުގައި ތާށި ވީ ހެންނެވެ. “ޝަހާމާ…”

ހަމަ ޖެހެން މަސައްކަތް ކުރަމުން ދިޔަ ޝަހާމާ އަށް ސިހުން ލިބުނީ އެ ފިރިހެން ވަންތަ ފިރިހެނާއަށް އޭނާ ގެ ނަން އެނގުމުންނެވެ.” ކިހިނެތް އަހަރެންގެ ނަން އެނގުނީ…. ތީ ކާކުކަމެއް ނޭނގުނު… ކުރިން ބައްދަލު ވި ތަ؟..”

ޝަހުމް ސަލާން ކުރަން އަތް ދިއްކޮށްލަމުން ތަޢާރަފް ވެލިއެވެ. ” އަހަންނަށް ކިޔަނީ މުހަމްމަދު ޝަހުމް… ޝަހާމާ މޭމް އަށް އަޅުގަނޑު ނޭނގި ދާނެ އެކަމަކު އަޅުގަނޑު ދަންނަން ޝަހާމާ މޭމް….” ޝަހާމާ ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާ ނޭނގިފައެވެ. ” އޯހ މޭމް އޭ ބުނީމަތަ..؟ އަޅުގަނޑަށް ވުރެ ރޭންކު މަތީ ބޭކަލަކު ވެއްޖިއްޔާ އިހުތިރާމް ކުރަން ޖެހޭނެ އެއްނުން…އެއީ އޮފީހުން ބޭރުގަ ކަމުގައި ވިޔަސް..” ޝަހާމާ ހުރި ގޮތް ފެނުމުން ޝަހުމް އިތުރަށް ބުނެލިއެވެ.

އެހިސާބުން ފެށިގެން ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ގޮސް ރަސްފަންނުގައި އިށީނދެލިއެވެ. ދެ މީހުން ވެސް ވަކިވެލީ އޮފީހަށް ދާ ގަޑި ކައިރިވާން ފެށުމުންނެވެ.

** ***** ***

“މަންމީ…ކޮބާ ކޮއްކޮ…” ނައުރާ ގެއަށް ވަދެގެން އަންނަ ތަން ފެނުމުން 5 އަހަރުގެ ކުޑަކުޑަ ކައިރާ ދުވެފައިގޮސް ނައުރާގެ ގައިގައި ބައްދާލަމުން އެހިއެވެ. ” މިއޮތީއެއްނުން ބޭބީ….ހިނގާ އަވަހަށް ބޭބީގެ އެނދަށް ލާން ދޯ… ބޭބީ ނިދާފައެއްނުން..” ކުޑަކުޑަ ކައިރާ ގެ އަތުގަ ހިފައިގެން ނައުރާ ހިނަގއިގަތީ ކޮޓަރިއާއި ދިމާލަށެވެ.

*** ***** **

ފާހަނާގައި ހުރި ފެން މާގަނޑުން ފައިބަމުން ދިޔަ ފެންތަށް ޝަހުމް ގެ ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑުގައި ބޮސް ދީފައި އޭގެ އާލަމަށް ދަތުރުކުރަމުން ދިޔައެވެ. ޝަހުމް ގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު ހެނދުނު ޝަހާމާ އާއި އެކު ހޭދަކުރެވުނު ވަގުތެވެ. އެ ހަނދާންތަށް އާވުމާއި އެކު ޝަހުމް ގެ މޫނުމަތީގައި ކުޅެލީ ރަކި ހިނިތުން ވުމެކެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސް ތަކެއް ކުރެވެން ފެށުމުން ޝަހުމް އަށް ހުރެވުނީ ނޭނގުމެއްގެ ތެރޭގައެވެ.  އަވަސް އަވަސް ކޮށްލަމުން ތުވާލި ނަގާ އުނަގަނޑު މަތީގައި އޮޅާލަމުން ފާހަނައިން ނުކުތީ އޮފީހަށް ދާ ގަޑި ކުޑަތަން ވަމުން ދާތީއެވެ.

ފާހަނައިން ނުކުމެ އަންނައުނު އަޅާ ކަބަޑުން ކޯސްޓްގާރޑް ހުދު ޔުނީފޯރމް ނަގައި އަވަހަށް ޔުނީފޯރމް ލައި ގެން ނުކުތީ ސައިބޯށެވެ. ” މަންމާ މިއަދު ޔަޒަކް ކިހިނެތްތަ؟ ” ސައިބޯން އިށީންނަމުން ޝަހުމްގެ މަންމަ އައިޝާ ކައިރިން އަހާލިއެވެ. ” މިދު ރަނގަޅު… ޑރ ވެސް ބުނި މިއަދު ދޫކޮށް ލާ  ވާހަކަ .. މިހާރު އަންނަން އުޅޭނެ. ” ޝަހުމް ސައިބޮއެގެން އަވަހަށް ނުކުތީ ގަޑި ނުޖެހި އޮފީހަށް ދާށެވެ.

** **** ****

ޝަހާމާ ހުރީ ކޯސްޓުގާރޑް ބިލްޑިން ކުރިމަތީގައެވެ. ޝަހާމާގެ ކާޑު ނުފެނިގެން ދަބަސް ހާވާށެވެ. ” މި ތަ ތި ހޯދަނީ …؟” ޝަހާމާ ސިއްސައިގެން ދިޔައީ ޝަހުމް ގެ އަޑަށެވެ. އޭރު ޝަހުމް ހުރީ ޝަހާމާގެ ކާޑު އަތަށް ލައިގެންނެވެ. ” އަޅޭ ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ .. މި ނުފެނިގެން ނުވަދެވިފަ މި ހުރީވެސް… ތެންކްސްސްސްސްސް ސޯމަޗް… އެކަމް ކިހިނެތް މި ކާޑު ޝަހުމް އަށް ލިބުނީ ..؟” ކުއްލިއަކަށް ހަނދާންވެގެން ކަހަލަ ގޮތަކަށް ޝަހުމް ކައިރި ޝަހާމާ އަހައިލިއެވެ. ” ކުރިން ރެއަކު ސެނަހިޔާ ހޮސްޕިޓަލް ތެރެއިން… އެއްޗަކަށް އެރިގެން ބަލާލި އިރު މި ކާޑު… މިއަދު ހެނދުނު ހަނދާންނެތުނީ މީގެ ވާހަކަ ބުނަން….ސޮރީ..” ކަން ވީގޮތް އޮޅުންފިލުވައިދެމުން ދެމީހުން ވެސް ހިނގައިގަތީ އޮފީސް ތެރެއަށް ވަންނާށެވެ.”ތެންކްޔޫ ސޯ މަޗް…އާނ އެރޭ އެތަނަށް ދިޔައީ މޭ އެކަމް ނޭނގުނު ވެއްޓުނު ކަމެއް….ވަރަށް ބޮޑަށް ޝުކުރިއްޔާ”

*** **** ****

ނައުރާމެންގެ ގެއަށް ހީވަނީ އީދެއް އަހިސްގެން އުޅޭ ހެންނެވެ. ނައުރާގެ ކުޑަކުޑަ ދަރިފުޅަށް ނަންކިއުމުގެ ކަންކަމައިގެން ގޭގެތެރެ ވަނީ މުޅިން ހަލަބޮލި ވެފައެވެ. އެއްބަޔަކު ކެއްކުމުގަ އުޅޭއިރު އަނެއްބަޔަކު އުޅެނީ ގޭތެރެ ޒީނަތްތެރި ކުރުމުގައެވެ.

މެންދުރުގެ ވަގުތެވެ. ނައުރާ އިނީ އޭނާގެ ކުޑަ ދަރިފުޅަށް ގާތުން ދޭށެވެ. އެ ތުއްތު ފުރާނައަށް ނިދުމުން ނައުރާ އެކުއްޖާ ނަގައިގެން ގެންގޮސް ކުޑައެނދަށް ލިއެވެ.”ނިދުނީ ތަ..؟ ލޯބި ދޯ…މަށާ ދޯ ވައްތަރީ..؟” ނައުރާގެ ފަހަތުން އުނަގަނޑު ގެ ދެފަރާތުން ބައްދާލަމުން ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ފަޒީލް ބުނެލިއެވެ.

” އާނ މިފަހަރު ބޭބީ ވައްތަރީ ފަޒީލަށް…ކައިރާ ވައްތަރީ މަށާ…..ތެންކިޔޫ ސޯމަޗް…”ފަޒީލާ ކުރިމަތި ލަމުން ނައުރާ ފަޒީލްގެ މެދު ހަށީގައި ބައްދާލިއެވެ. “އައްދޭ ކިހިނެތްވީ….. ކޮންކަމަކާތަ ތެންކިޔޫ އޭ ތިބުނީ…” ނައުރާގެ ދަތްދޮޅީގައި ހިފާ ތެދުކޮށްލަމުން ފަޒީލް އަހާލިއެވެ. ” ތިގޮތަށް އަހަރެންދެކެ ލޯބި ވާތީ…ކެއަރ ކުރާތީ….. އައި ލަވް ޔޫ ” ފަޒީލްގެ ދެ ލޮލަށް ބަލާލަމުން ނައުރާ ޝުކުރުވެރި ވާކަން ހާމަކުރަމުން ދިޔައެވެ. “އަހަރެންވެސް ވަރަށް ލޯބިވޭ….” އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަ ވި ވަގުތު ފަޒީލްގެ ހިތް އެދެމުން ދިޔައީ ނައުރާގެ ދެ ތުންފަތުގެ މީރުކަން ހޯދާލުމަށެވެ. ނައުރާގެ ދެލޯމަރާލީ ފަޒީލް ނައުރާއާއި ގާތް ވާން ފެށުމުންނެވެ. މިހާރު ދެމީހުން ވެސް ތިބީ އެކަކު އަނެކަކުގެ ހޫނު ނޭވާ އިހުސާސް ކުރެވޭހާ ކައިރީ ގައެވެ.

“އުހުނ އުހުނ……ސާބަހޭ ގައިމު ކައިވެނި ކޮއްގެން އުޅޭތާ މިހާރު 7 އަހަރު ވެއްޖެ….2 ކުދިން ވެސް ލިބިއްޖެ އަދިވެސް ތި ގޮތް ގަނޑު ނުވޭތަ ކަނޑުވާލާކަށް …. ބައި ދަ ވޭ އެހެންނޫނަސް މީ މީހުން ލޯބި ކުރާ ގަޑިތަ..؟ ތިކަން ތިހާ ކުރާހިތް ވަންޏާ މި ދޮރު ތަޅުލައިގެން ކުރާކަމެއް ކޮއްބަލަ…..” ޝަހާމާގެ އަޑަށް ދެމީހުން ވެސް އެކަކު އަނެއްކަކާ ދުރަށް ދެވުނީ ވައިސޫރިއެއްހާ ބާރުމިނުގައެވެ.

“ކިހާދެރަކަމެއް…. އިނދެގެން އުޅޭ ދެމަފިރިޔަކު އުޅޭ ކޮޓަރިއަކަށް ވަންނަން ޖެހޭނީ ޓަކި ޖަހާފައޭ… އެވަރުވެސް ނޭނގޭތަ …؟ އަދި ބުނަން މީ މަގޭ ހަލާލު އަނބިމީހާއޭ މަ ބޭނުން ގަޑިއަކު ހަމަ ބޭނުން ކަމެއް ކުރެވޭނެ ދޯ.. އައްދިއްޔޯއި….” ފަޒީލް ދައްކަމުން ދިޔަ ވާހަކަ ހުއްޓާލަން ޖެހުނީ ނައުރާގެ އުޅަނބޮށިން ބަނޑުގައި ޖެހީމައެވެ. ” ހޫނ ހޫނ އޯކޭ ސޮރީ  ދެން އެހެންނޫނަސް މަށަށް އެނގޭނެތަ ފަޒީލް މިތާ އުޅޭކަން…މަ ހީކުރީ ބޭރުގަ ތަން ރެޑީ ކުރަން ކަމަށް އުޅޭނީ ..” ޝަހާމާ ވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. “އެއްކަލަ ދެމީހުން ފެށީ ދޯ..؟ ދެން ފަޒީލް ދޭބަލަ ތި ކުރާކަމެއް ކުރަން …” ނައުރާ ބަލީ ދެ މީހުންގެ ޒުވާބު ނިންމާލާނެ ގޮތެކެވެ. ފަޒީލް އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ނިކުމެގެން ދިޔައެވެ.

*** *** ***

“ޝާނީ….ކޮބާތަ ޔަޒަކް..؟” ޒައިންގެ އަޑަށް ޝާނީ ބަދިގޭގައި ކުރަން ހުރި މަސައްކަތް ބަހައްޓާފައި ދުވެފަ ނުކުތެވެ. ” ކޮންއިރަކު މާލެ އައީ ..؟ ޝަހުމް ކޮއްކޮ ދެންމެ އެދިޔައީ ޔަޒަކް ދުއްވަން ދާން ކިޔާވަރުން ގޮވައިގެން….ހަމަ ދެންމެ އެ ނުކުތީ..” ޝާނީ ގޮސް ޒައިންގެ މެދު ހަށީގައި ބައްދާލިއެވެ. ” ހިނގާބަލަ ރޫމްއަށް ވަރަށް ދުވަސް ވެއްޖެ އެއްނުން …” ޒައިން މަސައްކަތް ކުރީ ޝާނީ ރަކި ކޮއްލާށެވެ.

“ދެން ޒައިންން….. ވަރަށް ފޫހި ވޭ ….ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނޭ….މި ގަޑިގައި ވަރަށް މަސައްކަތް އެބަހުރި ކުރަން…އަދި ޔަޒަކްގެ ކާއެއްޗެހި ވެސް ރެޑީ ނުކުރެވޭ … ދެން އަންނަ އިރު ޔަޒަކް ހުންނާނީ ބަނޑު ހައިވެފަ.. ޒައިން ވެސް އާދޭ ފްރެޝް ވެލައިގެން ކާން … ކާން ހަދަންތަ..؟” ޒައިންއާއި ކުރިމަތި ލަމުން ޝާނީ ހިނގައިގަތީ ބަދިގެއަށް ދާށޭވެ. “ނޫނޭ ރޭގަ މިއައީ އެކޮޅުގަ ނުވެސް ނިދާ އުޅެފަ…. ފެންވަރައިގެން ޖައްސާލާނީ..” ޒައިންވެސް ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.

*** *** ****

ހަވީރު ހަތަރެއްޖަހައިފިއެވެ. ނައުރާމެންގެ ކުޑަ ދަރިފުޅަށް ނަން ކިޔުމަށް ފަހު ބާއްވާ ހަފްލާ ފެށިއްޖެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅިތަނަށް މީހުން އެއްވާން ފަށައިފިއެވެ.ނައުރާ އާއި ފަޒީލްގެ މޫނުމަތިން ވެސް ފެންނަނީ ހިތްހަމަ ޖެހުމެވެ.

*** **** ****

އޮފީހުން އައިސް ޝަހާމާއަށް ގެއަށް ވަދެވުނު އިރު ހަތަރުގަޑި ފަނަރަ ހިނގައިފިއެވެ. އަވަސް އަވަހަށް ފެންވަރާ ތައްޔާރު ވެލައިގެން ޝަހާމާ ނުކުތީ ނައުރާމެންގެ ޕާޓީ ދިއުމަށެވެ.

“މިއޮއް އައީ…..މިހާރު ޕާޓީ ފެށިފަހުން ކިހާ އިރެއް….މީނައަށް ދުވަހަކު ނުވާނެ މިނޫން ވަރެއް….އެކަމު މީއީ ބެސްޓްފްރެންޑޯ….ދެން ބުނާނެ އޮފީހުގަ ބިޒީ ވިއްޔޭ…. މަ ހިތަށް އަރާ ކީއްބާއޭ މި މީހުން ކުރަނީ…..އަބަދު ކަނޑުގައޭ….އަންހެނުންނަށް އުޅެވޭތަ ކަނޑުމަތީގަ މަށަށް ވަރަށް ޖޯކު ” ނައުރާ މެން ތިބި ހިސާބަށް ޝަހާމާއަށް ނުދެވެނީސް އިވުނީ ފަޒީލްގެ އަޑެވެ.

“ސާބަހޭ. މީނަގެ ކަމަކީ އަބަދު މަށޭ ކިޔައިގެން އެއްޗެހި ކިޔުން…. ވަރަށް ފޫހިވޭ….ކީއްވެތަ އަބަދު މަށާ ތި ބެހެނީ….މަ ކީއްތަ ކުރީ ފަޒީލަށް….. މަ ދުވަހަކުވެސް ނޯންނާނެ ފަޒީލޭ ކިޔައިގެން ތިގޮތަށް ވާހަކަ ދައްކާފަ….ބުނަން ފަޒީލަކަށް ނޭނގޭނެ އަހަރެން އުޅެނީ ކިހާ ބިޒީ ކޮށް ކަމެއް…. ބުނަން އަންހެނަކަށް ވިޔަސް ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ކަމެއް ކެވޭނެ….ފަޒީލް ކިޔާ އެއްޗެއް މަށާ ދިމާލަށް ކިޔާ….އެހެންވީމަ ޖަސްޓް ޝަޓްއަޕް….މަށަށް ވެސް ވަރަށް ޖޯކު ފަޒީލް ” ޝަހާމާ ވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ. އިތުރަށް އެތަނުގައި ހުންނަން ބޭނުން ނުވުމުން ޝަހާމަ ނުކުތީ އެތަނުން ބޭރަށް ދާށެވެ. ބާރު ހިނގުމެއްގައި ހިނގަމުން ޝަހާމާ ދިޔައީ ޕާޓީ އާއި މާދުރުނޫން ހިސާބެއްގައި ހުރި ރަސްފަންނާ ދިމާލަށެވެ.

“އެކްސްކިއުސް މީ…. މިތާ އިށީނަސް އޯކޭތަ؟” ޝަހާމާ އަހިސް ހުރި ރުޅީގައި ކައިރީގައި ހުރީ ކާކުތޯ ވެސް ބަލާނުލާ ހަޅޭލަވައިގަތެވެ. ” މިނޫން ތަނެއް ނުލިބުނީތަ މިއްއް ބޮޑު އަތިރި މަތިން….މަށެއް ބޭނުމެއް ނޫން އެކަކާ ވެސް ވާހަކަ ދައްކާކަށް… ކިހާ ދެރަކަމެއްތަ މީ ދެން….” ޝަހާމާ ބުނަން އުޅުން ޖުމްލަ ފުރިހަމަ ނުކުރެވުނީ ކުރިމަތީގައި ހުރި ޝަހުމް ފެނުމުންނެވެ. ގަތް ލަދުން އަވަހަށް ހިނގައިގަތީ އެތަނުން ދުރަށް ދާށޭވެ. ޝަހުމް ހުރީ އެހާ ފަސޭހައިން ދޫ ދޭގޮތަކަށް ނޫނެވެ. ފަހަތުން ގޮސް ޝަހާމާ އަތުގައި ހިފާ ޝަހުމް އާއި ދިމާލަށް ދަމަލިއެވެ. ޝަހުމްގެ މި ކުއްލި ހަރަކާތާއިއެކު ޝަހާމާއަށް ވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނެވެ. ޝަހާމާ ގޮސް ޖެހުނީ ޝަހުމްގެ ތަނަވަސް މޭމަތީގައެވެ. ޝަހުމް އަށް ކުރެވުނު ކަންތަށް ރެއަކާލީ ދެނެވެ.

“ސޮރީ….” ހަމަ އެވަގުތު ޝަހާމާ ހިތުގައި ހުރި ހުރިހާ އެއްޗެއް ޝަހުމްގެ ކުރިމަތީގައި އެއްވެސް އިހުތިޔާރަކާ ނުލާ ބޭރު ކޮއްލެވުނެވެ.”ކީއްވެތަ އެއްވެސް ބަޔަކު އަހަރެމެން ކުރާ މަސައްކަތް އެޕްރިޝިއޭޓް ނުކުރަނީ..؟ ކީއްވެތަ އަންހެނަކަށް ވެއްޖިއްޔާ ފިރިހެނަކާ އެއްވަރަށް މަސައްކަތް ނުކުރެވޭނޭ ބުނަނީ..؟ އަންހެނަކަށް ވެއްޖިއްޔާ ކަނޑު މަތީގަ ނޫޅެވޭނެ… ފިރިހެނުން ކުރާ ކަންތައްތަށް ނުކުރެވޭނެ….ހުދު އަހަރެން ވެސް ގަބޫލު ކުރަމޭ ފިރިހެނުންނަށް ވުރެ އަންހެނުން ތަބީޢީ ގޮތުން ބަލިކަށިކަން….ކީއްވެތަ އެމް.އެން.ޑީ.އެފް ގައޭ އުޅެނީ ބުނާ ހިސާބުން އެމީހަކު ދެކެ ރުޅި އަންނަނީ… ފިރިހެނުން މީ ވަރަށް ގޯސް ބައެއް…އަބަދުވެސް ވިސްނާނީ އެމީހުންގެ އުފަލަށް….ކޮންމެ ކަމެއްކޮއްފަ ވެސް ސޮރީ ….. ކީއްވެތަ ހަމައެނި ސޮރީ އަކުން ނުނިމޭނެކަން އެމީހުނަށް ނުވިސްނެނީ…. ހުނ…ވަރަށް ފޫހިވޭ..” ޝަހާމާ ޝަހުމްގެ ކުރިމަތީގައި އޭނާގެ އިހުސާސް ތަށް ކިޔައިދެމުން ދިޔައިރު ހަމަ ރަނގަޅަށް ވެސް ޝަހާމާ ހުރީ ރޮވިފައެވެ.

ޝަހުމްއަށް ޝަހާމާ ރޯތަން ބަލަން ކެތްނުކުރެވުމުން މަޑުމަޑުން ޝަހާމާ އާއި ގާތް ވެލައި ކަރުނަ ތަށް ފޮހެލަ ދިނެވެ. “އާނ ތީ ބައެއް މީހުންގެ ވިސްނުން ހުރި ގޮތް… އަޅާ ނުލާ ….” ޝަހާމާ އަށް ވިސްނައިދޭ ރާގެއްގައި ޝަހުމް ބުންޏެވެ. ” އަހަރެން އަސްލު ހީކުރީ ބިޓާ މައްސަލަ ޖެހުނީ ކަމަށް..؟” ވަރަށް ނުބުނަން ހުރެފައި އެންމެ ފަހުން ޝަހުމްގެ ހިތުގައި ވަރަށް ދުވަސް ވަންދެން ހިތުގައި އޮތް ސުވާލެއް ޝަހާމާ އާއި އަމާޒު ކޮއްލިއެވެ.

“ބިޓޭ….އަހަރެންގެ ބިޓެއް ހުންނަ ނަމަތާ ދެމީހުން މައްސަލަ ޖެހޭނީ…… އަހަރެންނަށް ކަމުދާ ކަހަލަ މީހަކު އަދި ނުފެނޭ…އެހެންނޫނަސް ކީއްވެ ތި ސުވާލު ތިކުރީ..؟”މީހާ ހަމައަކަށް އެޅެމުން ޝަހާމާވެސް ޝަހުމް އާއި އަމާޒު ކޮށްލީ ސުވާލެކެވެ. ” އާއްމު ގޮތެއްގަ އަންހެން ކުދިން މޫޑީ ވަނީ ބޯއީފްރެންޑް ކޮންމެވެސް ކަމެއް ކުރީމަ ވިއްޔަ…ދެން އެހެން ނޫނަސް އަހަރެންނަށް ވެސް މި ވާހަކަ ދެއްކެނީ މީހެއްގެ ހައްގަކަށް ކަމަށް ވަންޔާ އައި ވިލް އޯލްސޯ ނޯ ހައު ޓު ކީޕް ބައި ބައުންޑްރީސް…. އެހެއްނުން…ގެއަށް ޑްރޮޕެއް ދޭންތަ..؟” ޝަހާމާއާއި ޝާހުމް ދެމީހުން ސައިކަލަށް އަރާ ނައްޓާލިއެވެ. “ކުޑަކޮށް ދުއްވާލާފަ ދޯ ދާނީ..؟”ޝަހާމާ ސައިކަލަށް އެރުމުން ޝަހުމް ހިތުގައިވާ ގޮތް އޭނާ ހާމަ ކުރިއެވެ.”އާނ އޯކޭ..” ދެމީހުން ސައިކަލުގައި ދިޔައިރު އެކަކު އަނެކަކާ ސަމަސާ ކޮށް ވަރަށް މަޖާ ކުރިއެވެ.

ކުޑައިރުކޮޅަކު ދުއްވާލަން އުޅެފައި ސައިކަލު މަޑުކުކުރީ ޝަހާމާ މެންގޭ ކުރި މައްޗަށެވެ. ހަމަ އެވަގުތު ޝަހާމާއަށް ފޯނެއް އައެވެ. އަވަހަށް ސައިކަލުން ފައިބާ ޝަހުމްއާއި ކުޑަކޮށް ދުރަށް ޖެހިލީ ފޯނަށް ޖަވާބު ދޭށެވެ. ކުޑައިރުކޮޅެއް ފަހުން ފޯނު ބާއްވާފައި އަހިސް ޝަހުމް ކައިރީގައި ހުއްޓެމުން ފޯނުން މީހަކަށް މެސެޖެއް ފޮނުވާލިއެވެ.” ޝަހުމް…. ތެންކިޔޫ ސޯމަޗް…..މިގަޑިގައި ކޫޑަކޮށް ބިޒީ ވެއްޖެ…. ފަހުން ގުޅާނަން …ބާއި” މަޑުމަޑުން ޝަހުމްގެ އަތްތިލަ މަތީގައި އަތް ބާއްވަމުން ޝަހާމާ ބުންޔެވެ. އެނީ ޓައިމް އޭ ކިޔާ ޝަހުމް ވެސް ދުއްވާލީ މަޣްރިބް ނަމާދު ބަންގި ގޮވަން ފެށުމުން މިސްކިތާ ދިމާލަށެވެ.

=ނުނިމޭ=

Share Article

Follow Me Written By

Justordinarilygirl

Level 1

hello everyone. my name is shahaa. i love reading and writting stories i am just a typical teenager . I strongly believe that comments and feedback is the way to grow up the carrier

Other Articles

Previous

ސާރާ 1

Next

ލޯބީގެ އަގު

Next
January 14, 2023

ލޯބީގެ އަގު

Previews
January 13, 2023

ސާރާ 1

8 Comments!

  1. Shahaa says:
    January 15, 2023 at 12:51 pm

    konme hafthaa ehge Thurday and Saturaday ga new episode upload kohla dheynan inshaa allah…
    feedbacks is the way of reaching higher….pls comment

  2. Nayaa says:
    January 15, 2023 at 6:21 pm

    Masha Allah.. Vrh vrh vrh reethi vhk eh.. Yesss asluves vaki anhenakah veethee ey kiyaafa aharumennah nukureveyne kameh noannaane.. Baeh meehunge visnun adhi ves anhenunnaa dhekolhah hurumakee aslu vrh hithaama huri kameh.. Unmeedhakee shahaamaa fadha gina anhen dhareen thakeh gaumuge himaayathugai egothah nukuthun.. Once again, mi vhk hama habeys.. Gaumattakaa anhen kujjaku vamun dhaa qurubaanee mi vaahakain fenigen dhaathee aslu enme kiyaa hithun mi vhk kiyaleveny..keep going shahaa.. Really proud of you <3

    1. Shahaa says:
      January 15, 2023 at 7:42 pm

      Thankyouu @Nayaa sooo much…. hurihaa enmen ves aware vaan jehey thaa… dheraee ehn nuvaathee…but thaknkyouuu so so much for the amazing feedback…

  3. Shahaa says:
    January 15, 2023 at 7:56 pm

    @ you write stories…? Right…

    1. Shahaa says:
      January 15, 2023 at 7:57 pm

      @Nayaa

    2. Nayaa says:
      January 16, 2023 at 3:40 pm

      yes I do.. Author of hithuge shakuvaa and hoadhan neydhen loebbeh thiya noon.. Hehe.. And you’re the most welcome dear

    3. Shahaa says:
      January 16, 2023 at 7:34 pm

      OMG I LOVE YOUR STORIES☺️☺️❤️❤️❤️❤️❤️ Nayaa ge vaahaka thah really inspired me to write… Luv your work❤️❤️❤️

    4. Nayaa says:
      January 19, 2023 at 5:46 am

      Awwwwn tysm dear.. Glad to know that ❤️❤️❤️

Comments are closed.



All Right Reserved!