ޕާރޓް-1
( މި ވާހަކަ އަކީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން މި ވާހަކައިގައި ހުރި ކުށް ތަކަށް މާފަށް އެދެމެވެ. ކިޔުންތެރިންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުއްމީދު ކުރަން…)
“ކެޕްޓަން ޝަހާމާ … ހުރިހާ ކަމެއްވެސް އޯކޭ … އަޅުގަނޑު ދެފަހަރަށް ޗެކް ކޮއްފިން…” ޙިޔާލަކަށް ގެއްލިފައި ހުރި ޝަހާމާ ގެ ސަމާލުކަން ދަމައިގަތީ އެތެރެއަށް ވަދެގެން އައި ކޯޕްރަލް ނަސީމް އެވެ. “އޯކޭ.. މާލެއަށް ދާން ފުރުމަށް ކޮމާންޑް ދީ..” ނަސީމަށް ޖަވާބުދެމުން ޝަހާމާ ހިނގައިގަތީ އޮފީހާ ދިމާލަށެވެ. އޮފީހަށް ވަދެ ޝަހާމާއަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީންނަމުން ކަރުގައި އަޅުވާފައި އަޅުވާފައި އޮތް އޭ.ކޭ.ފޯ.ސެވެން ބަޑިއާއި ޔުނިފޯރމް ޖީބުގައި އޮތް ފިސްތޯލަ ނަގާފައި މޭޒު މަތީގައި ބާއްވާފައި ހަމަ ޖެހިލީ މާލެ ދެވެން ވާއިރަށް ވަރުބަލިކަން ފިލުވާލުމަށެވެ.
ޝަހާމާ އަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާރޑުގައި މަސައްކަތް ކުރާ ހީވާގި އޮފިސަރެކެވެ. ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީ މީގެ 2 ހަފްތާ ކުރިން މެލޭޝިއާގައި ހިންގި މިލިޓަރީ އޮފިސަރ ކޯހުން އެއްވަނަ ލިބި ޢޮފިސަރ ޜޭންކުގަ މަގާމް ލިބުނުކަމުގެ ސެޓްފިކެޓް ލިބުނު ދުވަހުއެވެ. މިއަދު ޝަހާމާ އަކީ ކޯސްޓްގާރޑް ޝިޕް ހުރަވީ ގެ ހުރިހާ އޮޕަރޭޝަން ތަކަކާއި ގުޅޭ ހުރިހާ ކަމެއެގެ ހިންގުން ތެރި އިސްވެރިޔާއެވެ.
މާލެ އާދެވުނު އިރު އިރު އޮއްސި 6 ޖަހައިފިއެވެ. ޝަހާމާ އަށް ގެއައް ދެވުނު އިރު 6:30 ވެއްޖެއެވެ. މަޣްރިބް ނަމާދު ކޮއްލައިގެން ޝަހާމާ އިށީނީ ކުޑަ އިރޮކުޅަކު ޤުރުއާން ކިޔަވާލާށެވެ. ޢިޝާ ނަމާދަށް ގޮވުމުން ނަމާދު ކޮއްލައިގެން ޝަހާމާ ތައްޔާރުވީ އޭޑީކޭ ހޮސްޕިޓަލަށް ދިއުމަށެވެ.
ތައްޔާރު ވެ ނިމުމުން ފަހު ފަހަރަށް ޝަހާމާ ލޯގަނޑު ބަލައިލިއެވެ. ފުދޭވަރެއްގެ އިސްކޮޅެއް ލިބިފައިވާ ޝަހާމާ އަކީ ހަމުގެ ކުލަ ވެސް އަލިކުއްޖެކެވެ. އެހެންނަމަވެސް ގިނަ ވަގުތު މޫދުގަޔާއި އަވީގައި ހޭދަކުރަން ޖެހޭތީ ޝަހާމާގެ ދޮން މޫނުގެ ހަން ވަނީ ކުޑަކޮށް އަނދާފައެވެ . ނިންމާލަމުން ގަޔައް ކުޑަ ސެންޓު ކޮޅެއް ޖަހާލަމުން ޝަހާމާ ގެއިން ނުކުތީ ޓެކްސީ އަކަށް ވެސް ގުޅާފައެވެ.
*** ***** **
“މަންމާ!…… އަވަހަށް އާދެބަލަ …” ސިޓިންގ ރޫމްގައި އިން އައިޝާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ޝާނީގެ ވޭނީ ހަޅޭކުގެ އަޑަށެވެ. ދުވެފައިގޮސް ޝާނީގެ ކޮޓަރިއަށް ވަތްއިރު އައިޝާގެ ލޮލުގައި އަޅައިގަތީ ހުއްޓުން އަރާފައި އޮތް ޝާނީގެ ދެ އަހަރަށް ދާ ދަރިފުޅު ޔަޒަކް އެވެ. ދެމައިން ވެގެން ޔަޒަކް ނަގައިގެން ދެމައިން ހިނގައިގަތީ ހޮސްޕިޓަލަށް ދެވޭތޯއެވެ.
*** **** ***
ޝަހާމާ މަގުމަތީގައި ހުރީ ޓެކްސީގެ އިންތިޒާރުގައެވެ. ފޯނާ ކުޅެން ހުރި ޝަހާމާ ގެ ސަމާލުކަން އަތުލައިގަތީ އަންހެނެއްގެ ވޭނީ ރުއިމުގެ އަޑެވެ. ޝަހާމާ ދުވެފައި ގޮސް އެމީހުންގެ އަތުގައި އޮތް ކުއްޖާ އައް ބަލާލިއެވެ. ވަގުތުން އެ އަންހެން މީހާއަތުން އެކުއްޖާ ނަގައިގެން ޝަހާމާ ދުއްވައިގަތީ އެންމެ ކައިރީގައި ހުރި ސެނަހިޔާ ހޮސްޕިޓަލާއި ދިމާލަށެވެ. ފަހަތުން އެކުއްޖާގެ މަންމަ އާއި މާމަ ވެސް ދުއްވައިގަތުވެ.
ސެނަހިޔާ ތެރެއަށް ވަދެވުމާއި އެކު އެމަޖެންސީ ރޫމަށް އެ ކުއްޖާ ލައި އަވަސް ފަރުވާ ދޭން ފެށިއެވެ. އޭރުވެސް އެ އަންހެން މީހާ ރޮމުން ގެންދިޔައެވެ. ޝަހާމާ މަސައްކަތް ކުރަމުން ދިޔައީ އެ އަންހެން މީހާ މަސަލަސް ކުރެވޭތޯއެވެ. 15 މިނެޓް ފަހުން ޑރ ނުކުމެ އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވުނު ވާހަކައާއި ސަލާމަތް ކުރެވުނީ އަވަހަށް ފަރުވާދެވުމުން ކަމަށް ބުންޏެވެ. ވަގުތުން އެކުއްޖާގެ މަންމަ އަހިސް ޝަހާމާއަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ.
*** **** ***
މިއޮއްއައީ އެއްނުން…އަދިކިރިޔާ ދޯ ދައްކާލަން އެނގުނީ….” ޝަހާމާ ގޮސް އޭޑީކޭ ރޫމް ނަންބަރ 103 އަށް ވަނުމާއި އެކު އިވިގެން ދިޔައީ ޝަހާމާގެ އެންމެ ގާތް އެކުވެރިޔާ ނައުރާގެ ޝަކުވާގެ އަޑެވެ. ” ހީވޭ… މާލެ އައިތާ މިހާރު ދެހަފްތާ ވެއްޖެ އަދި ކިރިޔާ އަހަރުމެން ދެކިލަން ތި އާދެވުނީ …. ތީ ކޮންކަހަލަ އެކުވެރިކަމެއް…” ނައުރާގެ އަޑާއި އެކު ދެން އިވިގެން ދިޔައީ ނައުރާގެ ފިރިމީހާ ފަޒީލްގެ އަޑެވެ. ” ސާބަހޭ ތި މީހުންނަކަށް ނުވިސްނޭނެ މި ވަޒީފާގައި ހުރި ބަރުދަނެއް.. ހަމަ ނިދި ނުލިބޭ… ކީއްކުރާނީ ހަމަ އުޅެން ޖެހޭ ހާލު.. ހެނދުނު7 ޖަހާއިރު އަހަރެން ހުންނަނަނީ ކަނޑު މަތީގައި ދެން ފަސްގަނޑުގައި ފައި ޖެހޭއިރު ގިނަދުވަހު ހުންނަނީ އިރު އޮއްސިފަ.. އިރު އަރައިގެން އިރު އޮއްސެންދެން މި އުޅެން ޖެހެނީ ކަނޑު މަތީގަ.” ޝަހާމާ ގޮސް ނައުރާ ގެ ތުއްތު ދަރިފުޅު އުރާލަމުން ރައްދު ދިނެވެ.
“ހަމަ ބިޒީ ކަމުން ނާދެވެނީ… ތެދަށް ބުނާނަމަ މިހާރު 6 އަހަރު ވަނީ ރޭގަނޑު 8 ގަޑިއިރުގެ ނިދި ނުލިބޭތާ…ހާދަ ކަމެއް ހުރެޔޭ ކުރަން … ތި މީހުންނަކަށް ނުވިސްނޭނެ… އަހަރެމެންގެ އަރާމު ނިދި ގެއްލުވާލާ މި ގޮތަށް އުޅޭތީ އޭ ތި މީހުންނަށް ތިހާ އަރާމުގަ ތި ތިބެވެނީ …. ހާދަބަޔަކު އެ މީހުންގެ ދިރިއުޅުމުގެ އުފާތަށް ގުރުބާން ކުރީމައޭ… އާއިލާ އާއި ދުރުގަ މި އުޅޭގޮތް އިހުސާސް ވެސް ނުކޮއްލެވޭނެ..” ޝަހާމާ ގެ ހާލު ނައުރާ އަށާއި ފަޒީލަށް ކިޔައިދެމުން ދިޔައެވެ.
“އޯކޭ އޯކޭ … ގަބޫލުކޮށްފިން ހަމަ ބިޒީ ވީމަ ކަމަށް ނާދެވިގެން އުޅެނީ…. ތިއެއް ނޫނޭ ދެން އަވަހަށް މީހަކާ އިންނަން އުޅޭ …. ހަ އަހަރު ވަންދެން ބޭރުގަ އުޅުން އިރުވަސް ކަމުދާ ކުއްޖަކާ ދިމާ ނުވޭތަ..؟ ” ނައުރާ މަޖާ ވެލާފައި ޝަހާމާކުރިން އަހާލިއެވެ.
“އާނ އަހަރެންގެ މި ނާޒުކު ހިތާ ކުޅެލެވޭވަރުގެ އެކަކުވެސް މި އުޑު ދަށުން އަދި މަށަކަށް ނުފެނޭ .. ފެންނަ ދުވަހަކުން ތިކަމާ ވެސް އުޅެންވީ..” ޝަހާމާ ބުނެލިއެވެ.
**** **** **
“ދޮންތާ އަސްލު ކިހިނެތްތަ ވީ ޔަޒަކް ބޭބީއަށް..؟” ހޮސްޕިޓަލުގައި ކަންބޮޑުވެފައި އިން ޝާނީ އިނީ އޭނާގެ ދެލޮލުގެ ނޫރުފަދަ ދަރިފުޅާއި ދިމާލަށް ބަލަހައްޓައިގެން އިން ޝާނީ އާއި މުހާތަބު ކުރަމުން އޭނަގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ކޮއްކޮ ޝަހުމް ސުވާލު ކުރިއެވެ. “ނޭނގެ ކޮއްކޯ..! ދޮންތަ ފާހަނައަށް ވަތް އިރު އޮތީވެސް ނިދިފަ .. އޭރުވެސް އޮތީ ހަމަ ރީތި ކޮއް.. ދޮންތަ ފާހަނައިގައި ހުރި އިރުވެސް އިވޭ ކެއްސާ އަޑު … އެހެންވެ އަވަސް ކޮށްލައިގެން ނުކުތީ … ނުކުތް އިރު އޮތީ ފާޑަކަށް … ނޭވާ… ވޭސް…ނުލާ ” ޝާނީ އަށް ވާހަކަ ދެއްކެނީ ވަރަށް ހާލުންނެވެ.
“ދޮންތާ ދެން ހުއްޓާލާ ފަހުން ރަނގަޅު ވާނެ … މިހާރުވަސް ޒައިން ބޭބީ އޯކޭ އެއްނުން … ކާކުތަ މިތަނަށް އަންނަން ދޮންތަ އަށް ހެލްޕް ވީ..؟” ޝާނީ ވެސް އެވަގުތު ކަންތަށް ވީގޮތް ޝަހުމް އަށް ކިޔައިދިނެވެ. އެވަގުތު ނަރުސް ކުއްޖަކު އައިސް ޝަހުމް އާއި ބޭސް ސިޓީ ހަވާލު ކުރިއެވެ. ޝަހުމް ބޭސް ސިޓީ ނަގަން ނުކުތް ވަގުތު އެއްޗަކަށް އެރުނެވެ.
*** ***** **
“ކޮންނަމެއްތަ މި ފުއްގަނޑަށް ކިޔާނީ..؟” ޝަހާމާ ނައުރާގެ ކުޑަ ދަރިފުޅު އުނގައްލައިގެން އިނދެ އަހާލިއެވެ. “މުހަންމަދު ކައިޔާން ފަޒީލް….ރީތި ތަ..؟ ކައިރާ އާއި ގުޅުވާލާފަ…” ޝަހާމާ މަޑުމަޑުން ތެދުވެ ނައުރާއަތަށް އެ ތުއްތު ދަރިފުޅު ލައިދެމުން ނައުރާ ކައިރި އަށީނެވެ. “ނައު… ދެން ގޮސްލީ އިނގޭ ….އަދި މާދަމާ ހެނދުނަށް ނިންމަންޖެހޭ މަސައްކަތް ތަކެއްވެސް އެބަހުރި….ހަމަ ފްރީ ވަގުތެއް ލިބޭއިރަށް އަންނާނަން” ނައުރާގެ ގައިގައި ކުޑަކޮށް ބައްދާލަމުން ކޮނޑުގައި އަތް ދަބަސް އަޅުވަމުން ބުނެލިއެވެ. ބޭރަށް ނުކުންނަމުން ކާރަކަށް ގުޅިއެވެ.ގެއަށް ގޮސް ވަދެވުނުއިރު ރޭގަނޑު 10 ގަޑި ބައި ވެއްޖެއެވެ. އަވަހަށް ޝަހާމާ ބެލީ ލެޕްޓޮޕް ހިފައިގެން ނިންމަންހުރި މަސައްކަތްތަށް ނިންމޭތޯއެވެ.
*** **** ***
ބޭސްފިހާރައިން ބޭސް ނެގުމަށް ފަހު ޝަހުމްގެ ދޮންތަ ޝާނީ އާއި ހަވާލުކުރުމަށް ފަހު ޝަހުމް ވެސް ދިޔައީ ގެއަށް ދާށެވެ. ހެނދުނު އޮފީހަށް ވެސް ދާންޖެހޭތީ އާއި އެކުގައެވެ.
=ނުނިމޭ=
7 Comments!
Comments are closed.

hello readers….I hope to get feedbacks from you all…. I will take every single one of your comments as positive. hope you all love the story…
sukunuge massala konmes varakah eba huri. e kanthah rangalhu kollani kn hama okay.
first vaahaka akah balaafa its very good.
will be waiting for next part
Thankyou So much @Anonymous…. Appreiate the feedback… inshaa allah thikanthah rangalhu kohlaanan
V reethi….kudhi kudhi mahssalathah huttas e kan kan rangalhu kohleema mihaarah vure furihama vaane…..cant wait for the next part….thankolheh dhigu kohladhehchey….. Luv the story ❤️
Thankyou @Vaahaka queen for the feedback
Furatahma vaahaka ah balaafa v v reethi…keep up the good work ❣️
Thankyou @Go girrrl for the amazing feedback