Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެހެނަސް ޔާރާއޭ 2

Mysterious Secrets Level 1
October 24, 2021 6 Mins Read
0 Comments

އެންމެ ފަހުން ކައިވެނީގެ ބޮޑު ދުވަސްވެސް އަތުވެއްޖެއެވެ.

 

  • …•…•…•…•…

ކައިވެނި ކުރެވޭ ހޯލަށް ވަނިއްޔާ ވަތް މީހަކު ތިބީ އާޝޯހުވެފައި ކަން ޔަގީނެވެ. ތަނުގެ ފުރިހަމަ ކަމުންނެވެ. މުޅިތަން ޑެކެރޭޓް ކުރެވިފައިވަނީ ނުލާއި، ކަޅާއި އަދި ހުދުންނެވެ. ވަރަށް ވެސް ފުރިހަމަ އެވެ. ފިނިފެންމާ ފިޔަތައް މުޅިތަނަށް އުކާފައި ވީއިރު މުޅި ސީލިންމަތީގައި ހުރީ އެކިކަހަލަ ދިއްލޭ ބޮކިފަތިތައް އަޅުވާފައެވެ. އަދި އެވަރުން ނިމުނީކީވެސް ނޫނެވެ. ކައިވެނީގެ އެ ޕާޓީ ބޭއްވިފައި އޮތީވެސް ‘މޫން ބްރީޒް’ ކުންފުނީގެ ނަމުގައި އޮންނަ ރިސޯޓެއްގައެވެ.

 

ކައިވެނި ކުރެވޭ މޭޒު ދޮށުގައި އިން ތުގާ އިނީ އިސްޖަހާލައިގެނެވެ. އޭނާގެ ކުރިމަތީގައި އިން އަޔާޒް އޭނާގެ ދުނިޔޭގައިވެސް ނުވާކަހަލައެވެ. އެއަށްވުރެ އޭނާގެ ހިތުގެ އުދާސްތައް މާ ބޮޑެވެ. މާ ވަރުގަދައެވެ.

އޭނާގެ ދެލޯ މަރާލާއިރަށްވެސް ސިފަވަނީ އޭނާ ލައިތާއި ކައިވެނި ކުރެވުނު ރޭގެ ހަނދާނެވެ. ދެމީހުންގެ މޫނުމަތީގައިވީ ހިނިތުންވުމެކެވެ. ލައިތު އޭނާއަށް ބަލަން އިން ގޮތެވެ. އޭނާގެ އަތަށް މަޑުމަޑުން ފިއްތާލި ހަނދާނެވެ. އެ ހުރިހާ މަންޒަރަކުން އޭނާގެ ސިކުނޑިއަށް ބާރު ވަމުން ދިޔައެވެ. އޭނާގެ ހިތަށް އެވޭނަށް ކެތްކުރުމަށް ދަތިވަމުން ދިޔައެވެ. އޭނާގެ ބޮލުގައި ވި ރިހުން ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ.

އަޔާޒް އޭނާގެ ކުރިމަތީގައި އިން ތުގާއަށް ބަލައިލިއެވެ. ތުގާ މިއަދު ލައިގެން ހުރީ ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްއެކެވެ. އޭނާގެ ޝޯލް ވެސް އެހެން ދުވަސް ދުވަހާއި ތަފާތުކޮށް އަޅާފައި ހުރިއިރު އޭނާގެ މޫނުމަތީގައި މޭކަޕް ވެސް ކުރެވިފައި ހުރީ ވަރަށް ފުރިހަމައަށެވެ. ހީވަނީ ފަތްމިންޏެއް ހެންނެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް ތުގާ އަޔާޒާއި ދިމާއަށް އިސް އުފުލައި ބަލައެއް ނުލައެވެ.

ދެފަރާތަށް ބޫ ހޫރާލަމުން އަޔާޒް އޭނާގެ އަމިއްލަ އަތަށް ބަލަހައްޓައިގެން އިނެވެ.

 

ތުގާ ފުރަތަމަ ފަހަރަށް ސިހިފައި އިސް އުފުލައި ބަލައިލީ އަޔާޒް “އަނބި ގަބޫލު ކޮށްފިން” މިހެން ބުނި އަޑަށެވެ. ތުގާގެ ޙަޔާތުގައި ދެވަނަ ފަހަރަށް ކައިވެނީގެ ގޮށް ޖެހުނީއެވެ. ތުގާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެހެންނަމަވެސް އެ ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް ވެރުނަކަ ނުދިނެވެ.

އޭނާ ބަލައިލީ އޭނާގެ މަންމަގެ މޫނަށެވެ. އެ މަންމަގެ މޫނުމަތިން އުފާވެރިކަން ފައުޅުވާން ހުރުމުން އިޙްތިޔާރަކާއި ނުލާވެސް ތުގާއަށް ހިނިތުންވެވުނެވެ. އޭނާ ހިތާ ހިތުން އޭނާގެ މަންމަގެ އެދުން ފުރިހަމަ ކޮށްދެވީތީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުކުރިއެވެ.

ކައިވެނީގެ ހަފްލާ ނުވަތަ ވަލީމާ ފެށުނީ އެހިސާބުންނެވެ. ދެމަފިރިން ވެސް އެދެމީހުންނަށް ޙާއްޞަކުރެވިފައިވާ ތަނަށް ގޮސް ހުއްޓެލިއެވެ. އެތަން ވެސް ރީތިކޮށްފައިވާލެއް ވަރަށް ފުރިހަމައެވެ. އެކިވައްތަރުގެ މާމެލާމެލިން އެތާ ޖަރީކޮށްފައި ވީއިރު އެ ދެމީހުންގެ ފަހަތުގައި ފާރުގައި ބޮޑު ހިތެއް ހަރުކޮށްފައި އިނެވެ. އެ ހިތުގެ ތެރޭގައި ‘ތޫ ވެޑްސް އަޔާ’ ޖަހާފައި އިނެވެ.

……………………

 

ޕާޓީ ނިމުންއިރު ދެމީހުން ވެސް ތިބީ ވަރުބަލިވެފައެވެ. އެހެންކަމުން އެތަނުން މޭޒެއްގެ ދޮށުގައި އިށީނދެ ރޭގަނޑުގެ ކެއުން ކެއެވެ. އެ ހުރިހާ އިރު އަޔާޒުގެ މަންމަ، ހުމޭދާ ހުރީ ތުގާއަށް ބަލަހައްޓައިގެންނެވެ. ހުމޭދާ ރާއްޖެ އައީ ކައިވަންޏަށް 2 ދުވަހަށް ވެފައި އޮށްވައެވެ.

ތުގާއަށް ހުމޭދާ ބަލާކަން އިހުސާސް ވުމުން ކުޑަކޮށް އުނދަގޫވެ، ޖެހިލުންވާގޮތް ވިއެވެ. އެއީ ހުމޭދާ ރާއްޖެ އައިއްސުރެ ހުންނަނީ ހިތްހަމަނުޖެހިފައި ކަށްވާތީއެވެ. ތުގާއަކީ ރާއްޖެތެރޭގެ އަންހެން ކުއްޖަކަށް ވާތީއެވެ.

 

އަލަތު ދެމަފިރިންނަށް ގެއަށް ދެވުނު އިރު ހުރީ 12 ޖަހައި ބޮޑުވެފައެވެ. އެހެންކަމުން މަޑުނުކޮށް ދެމީހުން ވެސް ގޮސް ވަނީ ކޮޓަރިއަށެވެ. އަޔާޒުގެ ކޮޓަރި ވަރަށް ވެސް ބޮޑެވެ. ބަލައިލި ކޮންމެ ދިމާއަކުން ވެސް ފެންނަމުން ދިޔައީ ތަނަވަސްކަމެވެ. ކޮޓަރީގެ ފާރުތަކުގައި ލާފައި ހުރީ ބިސްކުލައެވެ. ފަރުނީޗަރުތައް ހުރީ މުށިކުލައިގައެވެ. ބިންމަތީގައި އޮތީ ހުދުކުލައިގެ މާބުލް ތަށިމުށި ޖަހާފައެވެ. ކޮޓަރީގެ އެއްފަރާތުގައި ބެލްކަންޏެއް ހުއްޓެވެ.

 

އަޔާޒަށް މަޑުކުރުމެއްނެތި ތުގާ އޭނާގެ ހެދުން ފޮށިގަނޑުން އަތް ދިގު ހޫޑީ އަކާއި، ބޮޑު ހަރުވާޅަކާއި، އަދި ވަށް ބުރުގަލެއްގެ އިތުރުން ތުވާލި ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ. އަދި ފެންވަރާ ތާޒާ ވެލައިގެން ފާޚާނާއިން ނުކުތީ ބުރުގާ އަޅައިގެން ހުރެއެވެ. އަޔާޒު ކުރިމަތީގައި ބުރުގާ ނާޅާ އުޅެން އޭނާއަށް އުނދަގޫވީއެވެ. އަޔާޒު ވެސް ތުގާއަށް ބެލުމެއްނެތި ގޮސް ފާޚާނާއަށް ވަނެވެ.

ތުގާ ނަމާދުކޮށްލައިގެން ބޭނުންވީ އަޔާޒު އަންނަން ވާއިރަށް ނިދާށެވެ. އެހެންކަމުން އެނދުން 2 ބާލީސް ނަގައިގެން ގޮސް ސޯފާގައި އޮށޯތެވެ.

އަޔާޒު ފާޚާނާއިން ނުކުތް އިރުވެސް ތުގާގެ ލޮލަަށް ނިއްޖެއް ނާދެއެވެ. އެހެންނަމަވެސް ނިދާފައި ކަމަށް ހެދިގެން އޮތެވެ. ޙަޤީޤަތުގައި ތުގާއަށް ނުނިދިފައި އޮތީ އޭނާގެ ލޮލުގެ ކުރިމަތީގައި އޭނާގެ ހިތި މާޒީގެ ޞަފްޙާތައް އުކެމުންދާތީއެވެ.

 

އަޔާޒު ފާޚާނާއިން ނުކުމެ ސޯޓެއް ލައިގެން ބެލްކަންޏަށް ނުކުތެވެ. އަދި ރެއިލިންގައި އަތުން ޖަހާލިއެވެ. އޭރު އޭނާގެ ދެލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ. އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ހާސްކަމެވެ.

އޭނާ ތުގާ އާއި ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. ޒަވާޖީ ޙަޔާތެއް ފެށުމަކީ އެއް އިރެއްގައިވެސް އޭނާގެ ސިކުނޑިއަށް އައި ކަމެއް ނޫނެވެ. ނަމަވެސް މިހާރު މިއޮތީ ވާނެ އެއްޗެއް ވެފައެވެ. މިއަދު އޭނާއަކީ މީހެއްގެ ފިރިއެކެވެ. އޭނާގެ އަންބަކު މިހާރު އެބަހުއްޓެވެ. ނަމަވެސް އޭނާ އޭނާގެ އަނބިމީހާއަކަށް ލޯތްބެއް ނުދެވޭނެއެވެ. އެއީ އޭނާއަށް ވާނެކަމެއް ނޫނެވެ.

ސަބަބަކީ އޭނާގެ ހިތަކީ އެހެންމީހެއްގެ މިލްކަކަށް ވާތީއެވެ. މީގެ އެތަކެއް އަހަރުތަކެއް ކުރިން އޭނާ ވަނީ އޭނާގެ ހިތް އެހެން ކުއްޖަކަށް ހިބައިން ދީފައެވެ. އެ ހިތުގެ ރާނީއަކު ވަނީ އިސްކުރެވިފައެވެ. އޭނާގެ ހިތަށް ބާރު ފޯރުވުމަކީ ހުދު އަޔާޒަށް ވެސް ނުވާނޭ ކަމެކެވެ. އެއީ އެ ހިތުގެ ތަޅުދަނޑިވީ ހަމަ އެ އަންހެން ކުއްޖާގެ އަތުގައި ކަމަށް ވާތީއެވެ. އާއެކެވެ. ހަމައެކަނި އެ އަންހެން ކުއްޖާގެ އަތުގައެވެ. އޭނާގެ ހިތް ދެންވެސް ހުޅުވޭނީ 5 އަހަރު ކުރިން އޭނާގެ ހިތުގައި ޓަކިދިން ހަމައެކަނި ކުއްޖާއަށެވެ.

އަޔާޒަށް ހިޔާލުތަކުން ބޭރުވެވުނީ ވަރަށް އިރުފަހުންނެވެ. އެހެންކަމުން އަނބުރާ ކޮޓަރިއަށް ވަދެ ބެލްކަނީގެ ދޮރު ތަޅުލިއެވެ. އޭނާ އެނބުރިލި ވަގުތު ސޯފާގައި ނިދިފައި އޮތް ތުގާ ފެނުނެވެ. ތުގާގެ މޫނުމަތިން ފެނުނު މައުސޫމްކަމުން އޭނާ ހައިރާންވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ވީ ފޫއްސެކެވެ. ތުގާއަކީ އޭނާގެ އަނބިމީހާކަން ހަނދާން ވުމުންނެވެ. ޙަޤީގަތުގައި އެ މަޤާމުގައި މިއަދު އިންނަންޖެހޭނީ އެހެން މީހެކެވެ. އޭނާގެ ހިތުގެ ވެރިޔާއެވެ.

މޫނުމައްޗަށް ގޮތެއް ހަދާލަމުން އަޔާޒު ގޮސް އެނދަށް އަރައި ނިދަން އޮށޯތެވެ. އޭނާ ލޯމަރާލުމުން އޭނާގެ ލޮލަށް ސިފަވަމުން ދިޔައީ އޭނާގެ ހިތުގެ ރާނީގެ ހިޔާލެވެ.

 

~5 އަހަރު ކުރި~

އަޔާޒުގެ އުމުރުން އޭރު 20 އަހަރެވެ. ލަންޑަނުން ކިޔަވައިގެން އޭނާ ރާއްޖެ އައީ މީގެ 2 ދުވަހެއް ކުރިންނެވެ. އެހެންކަމުން އެދުވަހު އޭނާ ނިންމައިގެން ހުރީ އޭނާގެ އެކުވެރިންނާއިއެކު މާލޭގައި ސައިކަލް ދުއްވާލަން ދާށެވެ. އޭނާ ގެއިން ނިކުތްތަނާ އޭނާގެ 3 އެކުވެރިން، މާހިޝް، ޒާއިކް އަދި އިރުފާން އެމީހުންގެ ސައިކަލުގައި އައެވެ.

“ވެލްކަމް ބެކް، ބުރޯ.” އިރުފާން އަޔާޒުގެ ކޮނޑުގައި ޖަހާލިއެވެ. “ކިހިނެއްވަނީ ލަންޑަން؟ ސަޅިތަ؟” މާހިޝް އަހާލިއެވެ. “އަނ. ގޯހެއް ނޫން.” އަޔާޒު ސައިކަލަށް އަރަމުން ބުންޏެވެ.

“ގޯހެއް ނޫނޭ؟ އަޔާ! ކަލޭ ގި އައީ ލަންޑަނަށް ގޮހޭ! މި ދައްކަނީ ލަންޑަން ވާހަކަ! އެތަނާ ބެހޭގޮތުން ގޯހެއް ނޫނޭ ބުނީމަ އެވީ ކިހިނެއް؟” އަނެއްކާވެސް މާހިޝް އެއްސެވެ. “މަ ލަންޑަނަށް ގޮސްފިން ކިތައް ފަހަރު މިހާރު؟ މަށަށް ވަރަށް ބޯރިން ތަނެއް އެއީ ދެން މިހާރު. މަ ދާން ހުރީ ދުބާއީ އަށޭ. ޑޭޑް އެއްބަސް ނުވީއޭ.” އަޔާޒު ކިޔައިދިނެވެ.

“އޯހް. އެހެން ދޯ؟ އެ ދެން މާބޮޑު މައްސަލައެއް ނޫނެއްނު؟ ކައެ މޫން ބްރީޒް ކުންފުނީގެ ބޮހަށް ވީމަ ދެން ދެވޭނެނު ބޭނުން ގައުމަކަށް.” ޒާއިކް ބުންޏެވެ. “އާނ. ދެން ތި ވާހަކަ ނުދައްކާ ހިނގާބަލަ ބުރެއް ޖަހާލަން ދާން!” ” އަޔާޒު ބުނެލިއެވެ.

 

4 މީހުން ފޯރި ނަގާފައި މާލެ ތެރޭ ދުއްވަމުންދިޔައީ ހިޔާލެއް ފިކުރެއް ނެތިއެވެ. އެންމެފަހުން ފޫހިވެގެން 4 މީހުން ރަސްފަންނު ކައިރިއަށް މަޑުކުރިއެވެ. “ޒެކް! އޭ ހިނގާބަލަ އެދިމާއަށް ދަޅެއް ގަންނަން ދާން.” އަޔާޒު އެހެން ބުނަމުން މާދުރުނޫން ހިސާބެއްގައި ހުރި ފިހާރައަކާއި ދިމާއަށް ދަން ހިނގައިގަތެވެ. ފިހާރައިން ރެޑްބުލް ދަޅެއް ގަނެގެން އޭނާގެ އެކުވެރިންނާއިއެކު މަގު ހުރަސް ކޮށްފައި އަނެއްފަރާތަށް ދެވުނު ވަގުތު އައި ނައި ދިމާއެއް ނޭނގި އޭނާގެ ގައިގައި އައިސް ޖެހުނީ އަންހެން ކުއްޖެކެވެ.

އެ ކުއްޖާ ހިފަހައްޓައިގެން ހުރި ފިނި ފެންފުޅި ވެރުނީ އަޔާޒުގެ ގަމީހަށެވެ. ވީ ފިނިން ހަޅޭއްލަވައި ގެނެވުނެވެ. “ތަންކޮޅެއް ބަލާލައިގެން އުޅެބަލަ! މީ މާލެ އޭ! ރާއްޖެތެރޭ ރަށެއް ނަމަ ރަނގަޅު މަގުމަތީގައި ދުވަން ވެސް.” ހިތްހަމަނުޖެހިފައި އަޔާޒު އެކުއްޖާއަށް ބުންޏެވެ.

“ސޮރީ. ގަ.. ގަސްތުގައެއް ނޫން.” އެ ކުއްޖާ ފަހަތަށް ފިޔަވަޅެއް އަޅަމުން މަޑުމަޑުން ބުންޏެވެ. އަޔާޒަށް އެކުއްޖާގެ މޫނަށް ބަލައިލެވުނީ އެ ޖާދުވީ އަޑުގެ ސަބަބުން ކަންނޭނގެއެވެ.

އޭނާގެ ދެލޯ ބޮޑުވެގެން ދިޔައީ އެކުއްޖާގެ ރީތިކަން ފެނިފައެވެ. ކުޑަކުޑަ ދޮން މޫނެކެވެ. ބޮޑުބޮޑު ނޫ ކުލައިގެ ދެލޮލެވެ. ބޮޑު ތުންފަތަކާއި ހިމަހިމަ ނޭފަތެކެވެ. ބޯ ބުމައާއި ދިގު އެސްފިޔަތަކެވެ. އެ ކުއްޖާ ލާފައި ހުރީ ބިސްކުލައިގެ ‘އޯވާ ސައިޒް’ ހުޑީއެކެވެ. އެ ހުޑީ ހުރީ އެނާ ތިރިން ލައިގެން ހުރި ނޫކުލައިގެ ޑެނިމް ޖިންސުގެ ދަށަށް ޖަހައި ބެގީ ކޮށްފައެވެ. އޭނާ ހުރީ މުށިކުލައިގެ ޝޯލެއްވެސް އަޅައިގެނެވެ. އާންމުކޮށް އަންހެންކުދިންގެ އިސްކޮޅަށްވުރެ މި އަންހެންކުއްޖާ ދިގުވެސްމެއެވެ.

 

“މީ މާލެ. ތިހާ ހަލަނިކޮށް އުޅެންޏާ ކަމެއް ވެދާނެ. ކުޑަކުއްޖެއް ނޫން ތީކީ.” އަޔާޒު މޫނުމައްޗަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ވެރިކުރުވިއެވެ. ދެން ހިނގާދިޔައީ އެންމެންވެސް ހީނުކޮށް ހުރި ކަމެކެވެ. އެކުއްޖާ އަޔާޒުގެ އަތުގައި އިން ރެޑްބުލް ދަޅު އަތުލައި އޭގެ މަތިކަނޑާލިއެވެ. އަދި ވަނުވާ ނޭނގިފައި ހުރި އަޔާޒުގެ ބޮލަށް އެ ދަޅު އޮއްސާލިއެވެ.

“މައިންޑް ޔޯ އޯން ބިޒްނަސް. މަގުމަތީގައި އުޅޭއިރު އެކަހަލަ ކުދިކުދި ކަންކަން ވެސް ވާނެ. އެކަމް ތީ ތަންކޮޅެއް ބޮޑުވަރު. އަހަރެން އެކަންޏެއް ނޫން މަގުމައްޗަށް ބަލައިގެން އުޅެން ޖެހެނީ. ޔޫ ޓޫ މިސްޓަރ. ދި ސިޓުއޭޝަން ދެޓް ޖަސްޓް ހެޕެންޑް ވުޑްންޓް ހޭވް ހެޕެންޑް ތި ފަރާތުންވެސް ބަލައިގެން ހިނގި ނަމަ. މަ އުޅުނީ ބަސް ދާންވާއިރަށް ބަހަށް އަރަން. ބަސް ވެސް އެދިޔައީ މިހާރު. ނުވެސް އެރުނޭ! އޯލް ބިކޯޒް އޮފް ޔުއާ ސްޓުޕިޑް ލެކްޗާ. ދެން ޖެހޭނީ އަނެއް ބަސް އަންނަންދެން މިތާ އިންނަން! ކިހާ ދެރަ ކަމެއް!” އެކުއްޖާ ފައްޗަކަށް އަމުނާލާފައި އަޔާޒު އަތާ އެކްސެލް ދަޅު ލިއެވެ. އަދި އެތާ ބަސް ސްޓޭޝަންގައި ހުރި ގޮނޑިބަރީގައި އިށީންނަން ދިޔައެވެ. އޭރު ވެސް އަޔާޒަށް ހުރި ގޮތަށް ހުރެވުނީއެވެ.

 

“ބުރޯ، އައި ސްޓޭން ހާ!” ޒާއިކް ހިނިގަނޑެއް ޖަހާލިއެވެ. “ދެން ތިހާ ދީވާނާ ވެފައި ނުހުރެބަލަ! މަށަށް ވެސް ގޮތްގޮތް ވޭ އެބަ ކައެ ޖަޒުބާތުގަ ޖެހިފަ ހުރީމަ. ހައެ!” މާހިޝް ލާނެތް ގޮތަކަށް ބުންޏެވެ. “ސާބަސް ކަލޭމެނަށް! މަޑުކުރޭ، އެބަ އަންނަން.” އެހެން ބުނެފައި އަޔާޒު އެއްކަލަ އަންހެން ކުއްޖާ ގާތަށް ދިޔައެވެ. އެކުއްޖާ އިނީ ފޯނާއި ކުޅޭށެވެ.

 

“ވަޓް ޑޫ ޔޫ ވޯންޓް ނައު؟” ފޯނުން އިސް އުފުލައިލުމެއްނެތި ފޫހި ރާގަކަށް އެކުއްޖާ އެއްސެވެ. “އަމްމް… ޔޫ ސެއިޑް… ބަސް ދިޔައީނު. އެންޑް އައިމް ސޮރީ. ޔޫ ވާ ރައިޓް، އިޓް ވޯޒް މައި ފޯލްޓް. ދި ނެކްސްޓް ބަސް އިނީ 30 ވަރަކަށް މިނެޓްސް ފަހުން. އައި ކޭން ޓޭކް ޔޫ ހުޅުމާލެއަށް. އޮރް ކާރަކަށް ލާރި ދީފަވެސް ފޮނުވާދީފާނަން. އައި މީން އިޓް ވޯޒް މައި ފޯލްޓް ދޯ.” އަޔާޒު ވާހަކަ ދެއްކިއެވެ. އެކުއްޖާ އަޔާޒާއި ދިމާއަށް ފާޑަކަށް ބަލައިލިއެވެ.

“ވޯއަހް މޭން! ހޯލްޑް ޔުއާ ހޯސެސް! އައިމް ނޮޓް ގޮއިން އެނީވެޔާ ވިތު ޔޫ! ނެއިދާ އޭމް އައި ލެޓިން ޔޫ ޕޭ ފޯރ އެ ޓެކްސީ. އައިމް ނޮޓް އެ ޕީޒޭންޓް، އޯކޭ؟ އަންހެނަކަށް ވީތީ އަތުގަ ލާރި ނުހުންނަނީކީ ނޫނޭ! ގެޓް ލޯސްޓް!” ލޯ އަޅާލާފައި އެކުއްޖާ އަނެއްކާވެސް ފޯނާއި ކުޅެން ފެށިއެވެ.

 

އަޔާޒު މޫނުމައްޗަށް ގޮތެއް ހަދާލަމުން އިސްތަށިގަނޑުގައި އަތް ހާކާލިއެވެ. އަދި އަނބުރާ އޭނާގެ އެކުވެރިން ކައިރިއަށް ދިޔައެވެ. “ވެލް، ދެޓް ވޯޒް އެ ޓޯޓަލް ބާން! ޑޫ ޔޫ ވޯންޓް އޭން އައިސްޕެކް؟ އައި ކޭން ޕޭ.” މާހިޝް ހޭންފެށްޓެވެ.

“ޝަޓް އަޕް ޑޫޑް!” އަޔާޒު ސައިކަލަށް އަރަމުން ބުންޏެވެ. “ކައެ އެ މަންޖެ އާ ދިމާއަށް ބަލަން ހަމަ އިންނަންތަ ތިއުޅެނީ؟ ޔޫ ނޯ ޔޫ ސްޓިންކް. އެއްސެލް ވަސް ދުވަނީ. އައި ތިންކް އައިމް ގޮނާ ފެއިންޓް.” މާހިޝް އަޔާޒަށް ބުންޏެވެ.

“ސްޓޮޕް ބީއިން އޯވާ ޑްރަމޭޓިކް! ބިސައިޑްސް، ކާކު ބުނީ ވަސްބަލާށޭ؟ ވަސް ނުބަލަ ހުރެބަލަ!” އަޔާޒު ލޯ އަޅާލިއެވެ. “ހޭ! އައިމް ޓޭކިން އިން އޮކްސިޖަން އިނގޭ ނޮޓް ވަސްބަލަނިންގްސް! ބަޓް ދި އެޔާ އެރައުންޑް މީ އިޒް ކޮންޓަމިނޭޓެޑް ނައު. ތޭންކްސް ޓު ޔޫ އެން މައި ފިއުޗާ ފަހަރި.” މާހިޝް ދެރަވާކަމަށް ހަދާލިއެވެ.

“ދަ ފަ*؟ ނެވާ މައިންޑް. އައި ޑޯންޓް އަންޑާސްޓޭންޑް ހާފް އޮފް ދަ ޝިޓް ޔޫ ސެއިޑް. ބަޓް ދެން އެގެއިން ވެން ޑޫ އައި އެވާ އަންޑާސްޓޭންޑް ޔޫ؟ ޔޫ ޓޯކް ގިބްރިޝް ވިއްޔަ.” ޒާއިކް ދެފަރާތަށް ބޯ ހޫރާލިއެވެ. “ވަޓެވާ. ޔޫ ނޯ ޔޫ ލަވް މީ.” މާހިޝް ބުނެލިއެވެ. “ޝަޓް އަޕް!” އަޔާޒު އެހެން ބުނި ވަގުތު އެއްކަލަ އަންހެންކުއްޖާ ކައިރިއަށް ދެ ސައިކަލް މަޑުކޮށްލިއެވެ. އެއް ސައިކަލުގައި އިނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އަނެއް ސައިކަލުގައި އިނީ ފިރިހެން ކުއްޖެއް އެކަންޏެވެ.

 

އެ އަންހެން ކުއްޖާ 2ވަނަ ސައިކަލަށް އެރިއެވެ. އަދި ދުއްވަން އިން ޒުވާނާގެ ގައިގައި ބައްދާލިއެވެ. އަޔާޒަށް ހީވީ އޭނާގެ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ. އެ ގޮތް ނޭނގޭ އަންހެން ކުއްޖާ އޭނާގެ ލޮލުކޮޅަށް އޮބާލި އިރުވެސް އޭނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

އެކުއްޖާއަށް ދެވުނު ފުރަތަމަ ނަޒަރުން އޭނާގެ ހިތް އަތުލައިފިއެވެ.

 

~~~~~~~~~

???

4 ވަނަ ބަޔަށް އިންތިޒާރު ކޮށްލާ. ?

Share Article

Follow Me Written By

Mysterious Secrets

Level 1

Shhh? it's a SECRET.

Other Articles

Previous

ލޯބި އޭގެ އަސްލުގައި 11

Next

ވާ ލޯބި އެނގޭނަމަ – 10

Next
October 24, 2021

ވާ ލޯބި އެނގޭނަމަ – 10

Previews
October 24, 2021

ލޯބި އޭގެ އަސްލުގައި 11



All Right Reserved!