Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެހެނަސް ޔާރާއޭ – ޓްރެއިލާ

Mysterious Secrets Level 1
April 26, 2021 2 Mins Read
0 Comments

“ދަރިފުޅާ. މަންމަ ބޭނުން ދަރިފުޅު ގާތު ވާހަކައެއް ދައްކާލަން.” މުނީރާ އޭނާގެ ހަމައެކަނި ދަރިފުޅު ތުގާ ގާތު އިށީންނަމުން ބުނެލިއެވެ. “ކީކޭ މަންމާ؟ ކޮން ވާހަކައެއް؟” ތުގާ އަހާލިއެވެ.

“ދަރިފުޅާ. ދަރިފުޅުގެ އުމުރުން މިހާރު 23 އަހަރު ވީ. ދަރިފުޅު އަދިވެސް ތި އިންނަނީ ހުސް ކޮން. ލައިތު މިހާރު އެއުޅެނީ ނިހާޔާ އާއި ރައްޓެހިވެގެން. މަންމަ ނޭދެން ދަރިފުޅު އޭނަގެ އިންތިޒާރުގައި މުޅި އުމުރު ހުސް ކުރާކަށް.” މުނީރާ ލޯތްބާއެކު ތުގާ އަށް ބުންޏެވެ.

“އެކަމު މަންމާ…”

“ދަރިފުޅާ. މަންމައަށް އެނގޭ ދަރިފުޅު ލައިތު ދެކެ އަދިވެސް ލޯބިވާކަން. ލައިތު އަކީ ވެސް ގޯސް ކުއްޖެއް ނޫން. ހަމަ ވަރަށް ރަނގަޅު ކުއްޖެއް. އެކަމަކު އޭނަ ނިހާޔާ އާއި އެއްކޮށް ދިރިއުޅުމެއް ފަށާނީ މާދަން ކަމެއްވެސް ނޭނގެ. ދަރިފުޅު ތިހެން ދިރިއުޅުން ވޭތު ކުރާކަށް ނުވާނެ… ދަރިފުޅުމެންގެ ކައިވެނި ރޫޅުންތާ މިހާރު އަހަރަކަށް ވުރެ ބޮޑު ވަނީ. ދެން އުޅޭ އާ ދިރިއުޅުމެއް ފަށަން. ތިހެން އިންނާކަށް ނުވާނެ. މަންމަ ވަރަށް ދެރަވޭ ދަރިފުޅު އަބަދު ތިހެން ދެރަވެފަ އިންނަތަން ފެންނާތީ.” މުނީރާ ތުގާގެ ބޮލުގައި ފިރުމައިލިއެވެ.

“މަންމާ. ދެން އަޅުގަނޑު ވަކި އިންނާނީ ކާކާ؟ މިރަށަކު ނެތޭ ސަހަލަ މީހަކު. އަޅުގަނޑަށް ވުރެ މާބޮޑަށް ވެސް ދޮށީ މީހުން އުޅެނީ.” ތުގާ މުނީރާގެ އުނގުގައި ބޯ އަޅާލިއެވެ.

“އަސްލު މަންމަ މިވާހަކަ މިދެއްކީ މަންމަގެ ރައްޓެއްސަކު މަންމަ ގާތު އެދުނީމަޔާވެސް އެއްކޮށް. އޭނާގެ ގާތް އެކުވެރިއަކު އެގޭ ފިރިހެން ކުއްޖާ އާއި އިންނާނެ ކުއްޖަކު ހޯދާދޭށޭ ބުނެގެން. ވަރަށް ރަނގަޅު ކުއްޖަކޯ. ކިޔަވައިގެނޯ ހުރީވެސް ބިޒްނަސްގެ ދާއިރާއިން. ދަރިފުޅަށް ވުރެ 2 ވަރަކަށް އަހަރޯ ދޮށީ ވާނީ. އެހެންވެ ދަރިފުޅުގެ ހިޔާލެއް ހޯދަން މިއައީ.” މުނީރާ ތުގާއަށް ބަލައިލިއެވެ.

 

ތުގާ ވިސްނާލިއެވެ. އޭނާގެ މަންމަ އޭނާއަށް ޓަކައި ބައިވަރު ގުރުބާނީ ތަކެއް ވަނީ ވެފައެވެ. އޭނާގެ މަންމަ އުފާކޮށްދިނުމަކީ އޭނާގެ ވާޖިބެކެވެ. އޭނާގެ ހާލާއި މެދު އެ މައިމީހާ ކަރުނަ އަޅާ މަންޒަރު އޭނާއަށް ފެނެއެވެ. އެތަކެއް ފަހަރެވެ. އެ ކަރުނަ ތަކަށް ނިމުމެއްގެނުމަކީ އޭނާގެ ޒިންމާއެކެވެ. އެހެން ނޫނަސް މިހާރު އޭނާ ދިރިއުޅުމާއިގެން ކުރިއަށްދާން ވެސް ވެއްޖެއެވެ. އޭނާގެ ކުރީގެ ކައިވެނީގެ ސަބަބުން ކުރިއަށް އޮތް މުސްތަޤުބަލު އަނދިރިކޮށް ލުމުގެ ބޭނުމެއް ވެސް ނެތެވެ.

 

“އެންމެ ރަނގަޅު މަންމާ. އަޅުގަނޑު ތިކަމަށް އޯކޭ.” ހިތާއި ދެކޮޅަށް ތުގާ އެއްބަސްވީ މުނީރާގެ އުފަލަށްޓަކައެވެ. ވަގުތުން މުނީރާގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ.

“އެހެންވީރު މަންމަ ހަފީޒާއަށް އަންގާނަން. މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅާ. މީ މާޒީ މަތިން ދެން ހަނދާން ނައްތާލަން ވީ ވަގުތު.” މުނީރާ ތުގާގެ ނިތްކުރިއަށް ބޮސްދެމުން ފޯނު ނަގައި ހަފީޒާއަށް ގުޅާލިއެވެ.

 

ތުގާ ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި އެނދުމަތީގައި އިށީނދެލަމުން ފޮޓޯ އަލްބަމެއް ނެގިއެވެ. އެ އަލްބަމްގައި ‘ލައިތު ވެޑްސް ތުގާ’ ޖަހާފައި އިނެވެ. އަދި އޭގެ ތިރީގައި އެދެމީހުން ކައިވެނި ކުރި ތާރީޚު ޖަހާފައި އިނެވެ. ތުގާ އެ އަލްބަމް ހުޅުވާލުމަށް ފަހު އޭނާ އާއި ލައިތު ކައިވެނި ކުރި ރޭ ނަގާފައި ހުރި އުފާވެރި ފޮޓޯތަކަށް ބަލައިލިއެވެ.

ގަނޑުތައް އުކަމުން ގޮސް އެންމެފަހު ސަފުހާގައި ފަތްޖަހާލާފައި އޮތް ގަނޑުކޮޅެއް ތުގާ ނެގިއެވެ. އަދި ނިއުޅާލިއެވެ. އެއީ އެމީހުންގެ ޑިވޯސް ޕޭޕަރެވެ. ތުގާ އެ ގަނޑުކޮޅު ފަތްޖަހާލަމުން އަލްބަމް ތެރެއަށް ލައި ލައްޕާލިއެވެ. އަދި ލޮލުން ފޭދުނު ކަރުނަތައް ފުހެލަމުން ގަދަކަމުން ހިނިތުންވެލިއެވެ.

“އިޓްސް ޓައިމް ޓު ލީވް ދި ޕާސްޓް އިން ދި ޕާސްޓް އެންޑް މޫވް އޮން.” އޭނާ ފުންނޭވާއެއްލަމުން ބުނެލިއެވެ.

………..

 

ތުގާގެ މާޒީ އަކީ ކޮބައި ބާވައެވެ؟

ތުގާގެ ދިރިއުޅުމަށްޓަކައި އެ ނެގޭ ފިޔަވަޅަކީ ތުގާގެ މުޅި ދިރިއުޅުން ބަދަލުކޮލާނޭ ފިޔަވަޅެކެވެ. ނަމަވެސް ސުވާލަކީ ތުގާއަށް ލިބެން އުޅޭ އާ ދިރިއުޅުމަކީ އޭނާގެ މާޒީއަށް ވުރެވެސް ހިތި ދިރިއުޅުމަކަށް ވެދާނެ ބާވައެވެ؟

ތުގާއަށް އަލުން ލޯބި ލިބޭނެ ބާވައެވެ؟ ކޮންމެއަކަސް ނަފްރަތަކީ ލޯބީގެ ފެށުމޭ މީހުން ބުނެއުޅެއެވެ. ނަމަވެސް އަބަދު އެހެން ވެދާނެ ބާވައެވެ؟

 

…………..

❤️❤️❤️❤️❤️❤️❤️

 

މިއީ އަޅުގަނޑު މި ސައިޓުގައި ލިޔަން ނިންމާފައިވާ ވާހަކައިގެ ޓްރެއިލާ އެއް. އެހެންކަމުން ‘އެހެނަސް ޔާރާއޭ’ ގެ ފުރަތަމަ ބަޔަށް އިންތިޒާރު ކޮށްލައްވާ. ❤️❤️

 

Share Article

Follow Me Written By

Mysterious Secrets

Level 1

Shhh? it's a SECRET.

Other Articles

Previous

އަބަދުވެސް…12

Next

ކޮމެޑީ ލޭންޑް 4

Next
April 26, 2021

ކޮމެޑީ ލޭންޑް 4

Previews
April 26, 2021

އަބަދުވެސް…12



All Right Reserved!