އެހެނަސް 2 – ޓްރެއިލަރ
ބަރްޒަލް ބޭނުންވީ ހަމަ އެކަނި ބާރެއް ނޫނެވެ. ވެރިކަމެވެ. ދުނިޔޭގެ ރަސްކަމެވެ. އެކަމުގެ ތެރޭގައި އެތަކެއް ބައެއްގެ ފުރާނަ ދެއެވެ. އެތަކެއް ލޭ އޮހޮރެވުންތަކެއް އުފެދެއެވެ. އެތަކެއް ހަމަނުޖެހުމެއް ހިނގައެވެ. އެހެނަސް އޭނާ ބޭނުންވާ ލަނޑު ދަނޑިއާ ހަމައަށް ވާސިލްވާން އިތުރު މީހެއްގެ އެހީ ހޯދަން އޭނާއަށް މަޖުބޫރު ވެއެވެ.
ޒޯރާ ތެދުވަނީ އުފަން ބައްޕައާ ދެކޮޅަށެވެ. އިންސާފަށްޓަކައެވެ. އޭނާ ކުށެއް ނެތް ބައަކަށް އިންސާފު ހޯދައިދިން ވެސް މެއެވެ. ނަމަވެސް އެއީ އޭނާއަށް ކުރެވުނު ކުށްހީއެކެވެ. މަކަރުވެރި މީހަކު އޭނާގެ ލޮލުގައި އެޅުވި ވަރުގަދަ އަނދުނެކެވެ. އެމީހުން ޒޯރާ ބަހައްޓާފައި ހުރީ ކިހާ އަނދިރި ވަޅުގަނޑެއްގައި ކަމެއް ޒޯރާއަކަށް ނޭނގެއެވެ. ހަމަ އެހެންމެ، ޒޯރާއަށް ނޭނގުނީ އޭނާއަށް ފަރުދާވެފައި ވަނީ ކިހާބޮޑު ހަޤީގަތެއް ކަމެވެ.
ނިކްހާގެ ދިރިއުޅުމުގައި ކުރިމަތިވީ އެތައް ކަމަކުން އަރައިގަނެ ހިންދެމިލި އިރު ބޯމަތީ އޮތް ކޮޅިގަނޑުގެ ހިލަމެއް ވެސް އޭނާއާކަށް ނުވެއެވެ. އޭނާގެ ދިރިއުޅުން ހަލަބޮލިކޮށްލީ އޭނާއަށް ދިރިއުޅުމުގައި ހެދުނު ގޯހަކުން ނޫނެވެ. އަމިއްލަ ކުށެއް ނެތި އެތަކެއް ވޭނެއް ތަހަންމަލު ކުރަން އޭނާއަށް މަޖުބޫރު ވެއެވެ. އުފަން ވަޒަނާ ލޯބިވާ އެންމެންނާ ދުރަށް ދާން ވެސް އޭނާއަށް މަޖުބޫރު ވެއެވެ. ހަދާނެގޮތް ހުސްވެ، މާޔޫސްކަމުގެ ކަނޑުގައި އޮޔާ، ބެހެމުން ދަނިކޮށް ނިކްހާއަށް ކުޑަ ނަމަވެސް އުންމީދެއް ލިބެއެވެ. އެހެނަސް އެއީ އޭނާ ވާންޖެހޭ ބޮޑު ގުރުބާނީއެކެވެ. ދިރިތިބީންގެ ހައްގުގައެވެ.
އިންތިޒާރު ކޮށްލައްވާ..!!!
5 Comments!
Comments are closed.




salaam hurihaakudhinn.. finally s2 ge trailler miothy up vefa.. kamudhaane kamah unmeedhu kuran.. hurihaa kudhin vx kiyaalaafa cmmnt eh kollahchey.. insha allah v avahah vaahakaige baithah kiyaalan libeyne..
stay safe every one.. ???
siss… v mis vi… finally up v dhw… v salhi trailar vx.. ur the best… waiting fr 1st prt of the stry.. hama mihaa furihama vaane kamah unmeedhu kuranee.. luv ya siss kollhuu.. stay safee?????????????
I think I know u… Right? ?trailer ????❤️❤️❤️❤️
kihineh baa vaani dhw… s1 hen s2 vx hama ehaa obi vaane hen heevanii… keep going..
?sam?
??❤️??amazing