އަނޫޝް ކުރިއަށް ގޮސް ގޮސް ހުއްޓާ ނެގި ބޮޑު ރާޅަކާއިއެކު މުޅި ޔޮޓުގެ ޑެކްތެރެއަށް ފެން ވައްދާލިއެވެ. ތަނެއް ދޮރެއް ނުފެނެއެވެ، އަނޫޝް އަރިއަޅާލައިގެން ގޮސް ވެއްޓެމުން ދަނިކޮށް ޑެކްގައި ހަރުކޮށްފައި އިން ގޮނޑިއެއްގައި ހިފާއްޓާލާ ފައިހާ ކޮބާތޯ ބަލާލިއިރު ފެންނާކަންނެތެވެ. އަނޫޝްގެ ފައިދަށުން ބިންގަނޑު ދޫވެގެން ދިޔަފަދައެވެ. “ފައިހާ” އަނޫޝް އަށް ބާރަށް ރޮއި ގަނެވުނެވެ. ޔޮޓަށް ބިންދަމުން ދިޔަ ރާޅުތަކުގެ ޝިކާރައަކަށްވެ މުޅި މީހާ ތެމި ފޯވެފައިވާ ހާލު، ޖެހެމުން ދިޔަ […]
މި ވާހަކައަކީ އަރާމަގުގައި އަޅުގަނޑު ޝާއިރުކޮށްފައިވާ ވާހަކައެކެވެ. އޮޔާ (1) ފައިހާއަށް ހޭލެވެމުން ދިޔައިރު ވެސް ކީބޯޑުން ޓައިޕްކުރަމުންދިޔަ އަޑު އިވިއިވި ހުއްޓެވެ. “ނޫން، އެހެނެއް ނުވާނެ” ފައިހާއަށް އެއަޑާއި ދޭތެރޭ ޝައްކުވިއެވެ. ކުރިންވެހެމުން ދިޔަ ވާރޭ ހުއްޓާލާފައިވާތީ، ސިޓިން ރޫމްބައިން އިވެމުން ދިޔަ އަޑު ސާފުކޮށް އިވިއިވި ހުއްޓެވެ. ފައިހާ ގަޑިއަށް ބަލާލިއިރު ގަޑިން މެންދަމު 2 ޖަހާ ބޮޑު ވެއްޖެއެވެ. ރޭގަނޑުގެ ބޮޑުބައި އަނޫޝް ނިމޭތޯ އިނދެ އިނދެ ވަރުބަލިވި ފަހުން މިނިމުނީ އޭ ބުނުމުން […]