ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ދާއިންއާއި އޭނާގެ ރައްޓެހިން ތިބީ ރަށުގެ އަތިރިމަތި ސަރަހައްދުގައި ހަދާފައިވާ ބީޗްވިއު ރެސްޓޯރެންޓްގެ އޯޕަންއެއާރގައި ކޮފީ ބޯށެވެ. އޭރު އެތަނުގައި ދާއިންމެން ހަތަރު މީހުންގެ އިތުރުން އެހެންވެސް ދެ މޭޒެއްގަ ހައެއްކަ މީހުން ކޮފީ ބޯން ތިއްބެވެ. މުޅިތަނަށް ވެރިވެފައިވަނީ ސާދަވިލޭރޭގެ ހަނދުގެ ނަލަނަލަ އަލިކަމާއި އާދައިގެ ވަރަކަށް ޖެހެމުންދިޔަ ވައިގެ ހިތްގައިމުކަމެވެ. ތަނުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭން ކަމާއި މަޑުމައިތިރިކަމެވެ. މާލޭގެ ހަލަބޮލި މާހައުލުގައި އުޅެ ފޫހިވެފައި […]
ނޯޓް : މިވާހަކައިގެ ފުރަތަމަ ޕެރެގްރާފްގައިވާ ފެށުމުގެ ބައެއް ނެގިފައިވަނީ އެހެން ވާހަކައެއްގެ ފެށުމަކުންނެވެ. އަދި މިވާހަކަ ލިޔުމަށްޓަކައި އަޅުގަނޑުގެ އެކުވެރިއެއްކަމަށްވާ، ޒާރާ ވެދިން އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަމެވެ! ❤️ ހަނދުމަހުގެ ސާދަވިލޭރޭގެ އިރާކޮޅުގެ ވަގުތެވެ. ހަނދުވަރުގެ ރިހި އަލިން ރޯޝަންވެފައިވާ ގދ.މަޑަވެލީ ރަށްދެބައި މަގުން، ބަނދަރުމައްޗާއި ދިމާއަށް ހިނގާލާފައި އަންނަ ޒުވާން ދެމަފިރިންނަކީ، އެކަކު އަނެކަކުދެކެ ނިހާޔަތަށް ލޯބިވާ ދެމަފިރިންނެވެ. އެ ދެމަފިރިން އެކަކު އަނެކަކާދިމާއަށް ބަލައިލާގޮތާއި ކޮށްލައި ހަރަކާތްތަކުން އެ ވާހަކަ […]
ވައި ބާރުވެ، އުޑުމަތި ކަޅު ވިލާތަކުން ބަނަކޮށްލަން ނެގީ ކުޑަ ހިނދުކޮޅެކެވެ. ވިދައިލި ވިދުވަރުގެ ގަދަ އައްޔާއެކު ގުގުރަން ފެށިއެވެ. އަންނަން އުޅޭ ކޮޅިގަނޑުން ސަލާމަތްވެ ތިބުމަށް އިންޒާރެއްދޭ ފަދައިންނެވެ. މަގުގެ އެއްކޮޅުން އަނެއްކޮޅަށް މީހުންތައް ދުވެނަގަނީއެވެ. ކޮންމެ މީހަކުވެސް ބަލަނީ ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯއެވެ. ފަޒާގައިވަނީ “ބޫން” އަދު ހިއްޕާލައިފައެވެ. އެހާވެސް ވައި ގަދައެވެ. ނަމަވެސް ގެއެއްގެ ދޮރުމަތީގައި ތެމިފޯވެގެން ހުރި އަންހެންކުއްޖާގެ ފިކުރެއް ޚިޔާލެއް ހުރިހެންނެއް ހިޔެއްނުވެއެވެ. އެވަގުތު މަގުމަތީގައި ހިނގަމުންދާ އެއްވެސް […]
ފަތިހުގެ ހިތްގައިމު ވަގުތެވެ. ފަޒާގައިވަނީ ތެތްފިނި ކަމެއް ހިފައިލާފައެވެ. އެ ހަމަހިމޭން ވަގުތު މާދުރު ނޫން ގެއަކުން ނިކުތް އަންހެންކުއްޖާގެ މިސްރާބު ހުރީ އަތިރިމައްޗަށެވެ. މަޑު އެހެނަސް ފަރި ހިނގުމެއްގައި އޭނާ ފިޔަވަޅު އަޅަމުން ދިޔައެވެ. ހިނގަމުން ހިނގަމުން އައިސް އޭނާ މަޑުކޮށްލީ ރާޅުޖަހާ ހިސާބުގައެވެ. އެ ހިމުން ދޮންވެލިގަނޑުމަތީގައި ކަކުނިތަކާއި ބަރަވެލިތައް ދުވާތަން ބަލަން އޭނާ ހުއްޓެވެ. ދެން އޭނާގެ ނަޒަރު ހުއްޓިގެންދިޔައީ އަރަމުން ދިޔަ އިރަށެވެ. ކަނޑުގެ ސަތަހައަށް ވެސް ރަންއަލި ވިރުވާ އަޅުވާހެން […]