ފަތިހުގެ ހިތްގައިމު ވަގުތެވެ. ފަޒާގައިވަނީ ތެތްފިނި ކަމެއް ހިފައިލާފައެވެ. އެ ހަމަހިމޭން ވަގުތު މާދުރު ނޫން ގެއަކުން ނިކުތް އަންހެންކުއްޖާގެ މިސްރާބު ހުރީ އަތިރިމައްޗަށެވެ. މަޑު އެހެނަސް ފަރި ހިނގުމެއްގައި އޭނާ ފިޔަވަޅު އަޅަމުން ދިޔައެވެ. ހިނގަމުން ހިނގަމުން އައިސް އޭނާ މަޑުކޮށްލީ ރާޅުޖަހާ ހިސާބުގައެވެ. އެ ހިމުން ދޮންވެލިގަނޑުމަތީގައި ކަކުނިތަކާއި ބަރަވެލިތައް ދުވާތަން ބަލަން އޭނާ ހުއްޓެވެ. ދެން އޭނާގެ ނަޒަރު ހުއްޓިގެންދިޔައީ އަރަމުން ދިޔަ އިރަށެވެ. ކަނޑުގެ ސަތަހައަށް ވެސް ރަންއަލި ވިރުވާ އަޅުވާހެން ހީވެއެވެ. އިސާހިތަކު އުދަރެސް އޮރެންޖުކުލައިން ފަވައިލީ ކުރެހުންތެރިއެއްގެ ފިހިންވެސް ޖައްސައިނުލެވޭނެހާ ހިތްގައިމުކޮށެވެ. އެހާވެސް ހިތްގައިމު ރީތި ޤުދުރަތީ މަންޒަރެކެވެ. މި މަންޒަރު ބަލަން ހުރި އަންހެންކުއްޖާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
ލަސްލަހުން ރާޅުފަށު ކައިރިން ހިނގާލައިފައި އެ އަންހެންކުއްޖާ އިށީންދެލީ އެތަނުގައި ބޮޑުކޮށް ހެދިފައި ހުރި ކާނިގަހުގައި އެލުވާފައި ހުރި އުނދޯޔެއްގައެވެ. އުނދޯލި މަޑުމަޑުން ހެއްލަމުން އޭނާ ތުމުން މަޑު ރާގެއް ލައްވަމުން ދިޔައެވެ. ދެން އޭނާއަށް ފީނައިގެވުނީ މީގެ ނުވަ އަހަރު ކުރިއަށެވެ. އޭނާގެ މާޒީއަށެވެ.
*****
އަހަރެންގެ ނަމަކީ ލީނާއެވެ. މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އަހަރެންގެ މައިންބަފައިން އަހަރެން ބަލާ ބޮޑުކުރީ އޯގާތެރިކަމާއެކު އަޅާލުން ދީގެންނެވެ. ދުވަހަކުވެސް ޝަކުވާ ކޮށްލާނެ ފުރުސަތެއް ނުދެއެވެ. ރަނގަޅު ތަޢުލީމާއި، ރީތި އަންނައުނާއި މީރު ކާނާ ދީގެން އަހަރެން ބަލާ ބޮޑުކުރީ ވަރަށް ވެސް ލޯބިންނެވެ. ހުރި ހަމައެކަނި ދަރިފުޅަށް ވީތީއާއިވެސް އެކުގައެވެ. އެކަމަށްޓަކައި އެ ދެމީހުންނަށް އަހަރެންގެ ހިތް އަބަދުވެސް ވަނީ ޝުކުރުން ފުރިފައެވއެފަދަ ޚުލްޤުހެޔޮ މައިންބަފައިން އަހަރެންނަށްޓަކައި ލެއްވީތީ، ހެއްދެވި ފަރާތަށްވެސް އަހަރެން ޝުކުރުކޮށް ޙަމްދު ނުކުރާ ދުވަހެއް ނުދާނެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން އޭލެވެލް އިމްތިޙާނު ނިންމައިލީ ރަންވަނަތަކާއެކުގައެވެ. މައިންބަފައިންގެ އުންމީދުތައް ފުރިހަމަކޮށްދިނީ ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނި އެތައް ސްކޮލަރޝިޕްތަކުގެ ފުރުސަތު ތަކާއެކުގައެވެ. އެހާބޮޑު އުފަލެއް ދުވަހަކުވެސް ނުލިބެއެވެ. އަހަރެންނަށް އެންމެ ބޮޑު ހިތަހަމަޖެހުމެއް ލިބިގެން ދިޔައީ އަހަރެންގެ މައިންބަފައިންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދެވުނީމައެވެ. އެ ދެމަފިރިން އަހަރެންނަށް ދަސްކޮށްދިން ރީތި އާދަތަކާއި އުނގަންނައިދިން ޢިލްމަށް އަހަރެންގެ ހިތް އަބަދުވެސް ޝުކުރުވެރިވާނެއެވެ. ހިތަވަރާއެކު ކުރާ މަސައްކަތުގެ ނަތީޖާ ފޮނިވާނެކަމަށް މަންމަ އާއި ބައްޕަ އަބަދުވެސް ބުނެއެވެ. އެ ދެމަފިރިންގެ އަގުހުރި ނަސޭޙަތްތަކުގައި ހިފައި ކުރިއަށް ދިޔުމުގެ ފޮނި ރަހަ އަހަރެންގެ ކަރުބުޑުގައި ރަނގަޅަށްވެސް ލިޔެވެ.
އޭގެ ދެމަސްދުވަސް ފަހެވެ. އެ ދުވަހަކީ އަހަރެން ދިރިއުޅުމަށް ދެކޭ އެންމެ ބޮޑު އުންމީދުކަމުގައިވާ ޑޮކްޓަރަކަށް ވުމުގެ ހުވަފެން ކާމިޔާބު ކުރުމަށްޓަކައި އަހަރެން މައިންބަފައިންނާއި ވަކިވާންޖެހުނު ދުވަހެވެ. އަހަރެންނަށް ސްކޮލަރޝިޕް ލިބުނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީ ކަމަށްވާ ޔޫކޭގެ ހާރވާޑް ސްކޫލްއިންނެވެ. އެތަނުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ. އެހެންނަމަވެސް ދިރިއުޅުމުގައި ހީނުކުރާހާ ކިތަންމެ ކަމަކާއި ކުރިމަތިލާން ޖެހޭ ނޫންހެއްޔެވެ؟
އެދުވަހު އަހަރެން ޔޫކޭއަށް ދާން ފުރީ މައިންބަފައިންގެ ހިތްތައް ރޮއްވާލާފައެވެ. މަންމައާއި ބައްޕަގެ ދެލޮލުން ކަރުނަ ފާއްދާލައިފައެވެ. އެހެންނަމަވެސް އެ ދެމީހުން އަހަރެންޓަކައި އުފާވާކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. އެ ދެމަފިރިން ރޯ މަންޒަރު ފެނުމުން އަހަރެން ވަރަށް ހިތްވަރުކުރަން މަސައްކަތްކުރީމެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ކުރިމަތީގައި ހުރެ މެދުއުމުރުގެ މައިންބަފައިން ކަރުނައަޅާއިރު ކެތްވާނީ ކޮން ދަރިއަކަށް ތޯއެވެ؟ އެ ދުވަހު އަހަރެން ފްލައިޓަށް އެރީ މައިންބަފައިންގެ އުންމީދުތައް ޚާޞިލްކޮށްދޭނެކަމުގެ އެތައް އަޙުދަކާއި ވަޢުދެއް ވެފައެވެ. އަހަރީ ޗުއްޓީ ލިބުމުން ރާއްޖެއަށް އަންނާނެކަމުގެ އުފާވެރި ޚަބަރުވެސް ދީފައެވެ. އެ ދެމީހުންގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯކޮށްލަދީފައެވެ.
ޔޫކޭގައި ހޭދަކުރި ދުވަސްތައް އަހަރެންގެ ހިތަކުން ދުވަހަކުވެސް ފިލައިގެންނެއް ނުދާނެއެވެ. އެއީ ހިތްދަތި ހަނދާނެކެވެ. އެތައް ތަޖުރިބާތަކެއް ކުރި މާހައުލެކެވެ. ހީނުކުރާ ކިތަންމެ ކަމަކާއި ކުރިމަތިލާން ޖެހުނު ދުވަސްތަކެކެވެ. ހާރވާޑް ސްކޫލަށް ދިޔަ ފުރަތަމަ ދުވަހުވެސް އަހަރެން ކުރިމަތިލާންޖެހުނީ ކުދިންގެ މަލާމާތާއި ފުރައްސާރައަށެވެ. އަހަރެން މުސްލިމަކަށްވީތީ ޔޯލައެވެ. އެހެންނަމަވެސް އެކި ނަސްލުތަކާއި އެކި ދީންތަކުގެ ކުދިންވެސް ބަލައިގަންނަން ޖެހޭނެއްނޫންހެއްޔެވެ؟ އަހަރެމެންނަކީ ވެސް ހަމަ އިންސާނުންނެއް ނޫންހެއްޔެވެ؟ ހިތުގައި ކޮންމެވެސް ކަހަލަ ކުލުނަކާއި ރަޙުމެއް އޮންނަން ޖެހޭނެއްނޫންހެއްޔެވެ؟
އެ ދުވަސްވަރު އަހަރެންގެ އެންމެ ބޮޑު ހިތްވަރަކަށް ވެގެންދިޔައީ އަހަރެންނާއި އެއް ކުލާހެއްގައި ކިޔަވާ ރައިހާއާއި ޕްރޮފެސަރއެވެ. ރައިހާއަކީ ފަލަސްތީނަށް ނިސްބަތްވާ ކުއްޖެއްކަމުން އަހަރެންގެ ހިތުގައި އޭނާއަށް ދެވިފައިވަނީ ޚާއްޞަ ޤަދަރަކާއި ލޯތްބެކެވެ. ކިޔެވުމުގެ މަތިން އެއްކޮށް ފޫހިވި ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ. ކިޔެވުމަށް އޮތް ޝައުވެރިކަން ގެއްލި އުންމީދު ފުނޑުފުނޑުވި އެތައް ކަމަކާއި އަހަރެންނަށް ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް މައިންބަފައިންގެ އަގުހުރި ނަސޭޙަތްތަކާއި އެތަނަށް އައި މަޤުސަދު ހަނދާންވެ އަހަރެންނަށް ކިޔެވުމުގައި ކުރިއަށްދާން އުނދަގުލެއް ނުވިއެވެ. ރައިހާގެ އެހީތެރިކަމާއެކު އަމިއްލަ ނަފްސުގެ ދިފާއުގައި ތެދުވުމުން އަހަރެންނާއި ދިމާލަށް މަލާމަތްކުރި ކުދިންގެ ދުލުގައި ތަޅެއް އެޅުވުނު ފަދައެވެ. ކުރި ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. ޑަކްޓަރުކަމުގެ އެންމެ މަތީ ސަނަދު ކަމުގައިވާ “ޕީ.އެޗް.ޑީ” ޚާޞިލްކޮށް، މުޅި ކްލާހުންވެސް އެއްވަނަ އަހަރެންނަށް ލިބުނެވެ. އެ ދުވަހު ލިބުނު އުފަލާއި ހިތްހަމަޖެހުމަކީ ދުލަކުން، ގަލަމަކުން، ބަޔާންނުކޮށްދެވޭނެ އިޙްސާސްތަކެކެވެ. އުންމީދުކުރި ނަތީޖާއަށްވުރެ މޮޅު ނަތީޖާއެއް ލިބުމުންނެވެ.
މިއަދު އަހަރެންނަކީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެކެވެ. އަދި ތުއްތު ކުއްޖެއްގެ މަންމައެއްވެސް މެއެވެ. ދިރިއުޅުމުގެ ހުރިހާ އުފަލެއް އަހަރެންގެ ފަސްބަޔަށް އެޅިފައިވާ ކަހަލައެވެ. އެކަމަށް އަބަދުވެސް އަހަރެން ޝުކުރުވެރިވަމެވެ.
* * *
“ޑޮކްޓަރ ލީނާ!؟ ހާދަ ބޮޑު ފިކުރެއްގައި އޮތްހެން ހީވޭ!” ލީނާގެ ޚިޔާލުގެ ވާފަށް ކެނޑިގެންދިޔައީ ކައިރިން މީހަކު ވާހަކަދެއްކި އަޑަށެވެ. ބަލައިލިއިރު ލީނާއާއި އެކުގައި މަސައްކަތްކުރާ ނަރުހެއް ކަމަށްވާ ޒާރާއެވެ.
” ރަނގަޅަށް ދޯ މި ބުނެވުނީ؟” ޒާރާ ހިނިތުންވެލިއެވެ. ބަދަލުގައި ލީނާ އެއްވެސް އެއްޗެއް ނުބުނިކަމުގައިވިޔަސް އޭނާވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
“ޒާ ތަ؟ ހާދަ ހެނދުނަކާއި؟ މިއޮށް ފަތިހާ ކީއްކުރަނީ؟” ލީނާ އެހިއެވެ.
“އެއްކަލަ ސުވާލު ގޯނި! ދެން ވަކި ކަމަކު ނޫން. ގޭދޮށް ކުނިކަހާ ނިންމާފަ ފިނިކޮށްލަން މިތަނަށް ހަމަ ޖައްސާލީ، ހެހެ…” ޒާރާ ވާހަކަދެއްކިއެވެ.
“އެހެންތަ؟ މަވެސް މިއަދު އޮފް ދުވަހެއް ވީމަ ހަމަ އައިސްލީ! ދެން ގެއަށް ދާންވީ ހަމަ. ސައިވެސް ތައްޔާރުކުރަންޖެހޭނެ އަދި… ދަރިފުޅު ހޭލައިގެން މަ ނުފެނުނީމަ ރޯންވެސް ފަށާފާނެ. ރޯން ފަށައިފިއްޔާ ހުއްޓާލަން ވެސް އިނގޭ މަންޖެއެއް ނޫން އެއީ…” ކަމެއް ހަނދާންވީ ފަދައަކުން ލީނާ ބުންޏެވެ. އެއަށްފަހު އުނދޯލިން ތެދުވެ ގެއަށްދާން ހިނގައިގަތީ މާދަމާއަށް ފޮނި އުންމީދުތަކެއް ކުރަމުންނެވެ. ދިރިއުޅުމުގެ އުއްބައްތީގައި ހުޅުކޮޅެއް ރޯކޮށްލާފައެވެ. އަދި އެ ގޮތުގައި ކުރިއަށް ދިޔުމަށްޓަކައި އަޒުމު ކަނޑައަޅަމުންނެވެ.
~ނިމުނީ~
16 Comments!
Comments are closed.

Raukko dhoonee vrh reethi mi story Masha Allah ❤️❤️❤️
dhn liyaa vaahaka thah miyah vure dhigu kohlleveytho balaa…
eyrah vrh furihama vaaane ❤️❤️❤️
vrh loabiveyyyy dhonthi dhooni ❤️❤️❤️
Thankssss !!
WOW WELLDONE!!!
Thankyouuu!! Means a lot to me <3
Salhi vara bro
Hahah thanks it’s me!!
WAITING FOR UR NEXT STORY.❤🙌🙌
Coming soon!! Look forward to it dear!!
Such a nice story dear 😊
keep up the good work
Can’t wait for your next story!!!❤️
Thankyou so much aishath!!
Hama habeys👏👏 please write more stories, different genres.
Thanks shifuu <33 looking forward to it!
your writing style is good would love to see long stories from u why is harvard being so glazed lol and sadly they dont give medicine hadha kudhin scholarship here anymore too
i heard*
Ahahah thanksss!! Asluves tha? I akah neyge 🫣 ekam ves thanks. My lon story is coming soon!!
you kuda kudhinge stories liyantha!