Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އުންމީދުގެ ހުޅުކޮޅު

Rauuu Level 1
March 12, 2025 3 Mins Read
15 Comments

ނޯޓް : މިވާހަކައިގެ ފުރަތަމަ ޕެރެގްރާފްގައިވާ ފެށުމުގެ ބައެއް ނެގިފައިވަނީ އެހެން ވާހަކައެއްގެ ފެށުމަކުންނެވެ. އަދި މިވާހަކަ ލިޔުމަށްޓަކައި އަޅުގަނޑުގެ އެކުވެރިއެއްކަމަށްވާ، ޒާރާ ވެދިން އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަމެވެ! ❤️

 

ހަނދުމަހުގެ ސާދަވިލޭރޭގެ އިރާކޮޅުގެ ވަގުތެވެ. ހަނދުވަރުގެ ރިހި އަލިން ރޯޝަންވެފައިވާ ގދ.މަޑަވެލީ ރަށްދެބައި މަގުން، ބަނދަރުމައްޗާއި ދިމާއަށް ހިނގާލާފައި އަންނަ ޒުވާން ދެމަފިރިންނަކީ، އެކަކު އަނެކަކުދެކެ ނިހާޔަތަށް ލޯބިވާ ދެމަފިރިންނެވެ. އެ ދެމަފިރިން އެކަކު އަނެކަކާދިމާއަށް ބަލައިލާގޮތާއި ކޮށްލައި ހަރަކާތްތަކުން އެ ވާހަކަ ބުނެދެއެވެ. ކަކުލާ ހަމަޔަށް ފައިބާ ގަދަ ފެހިކުލައިގެ މައްޗަކާއި ނޫ ޖިންސެއް ލައިގެން، ފެހިކުލައިގެ މާތަކެއްޖެހި ކަލު ޝޯލްއެއްގައި ހުރި، ސާރާގެ ރީތިކަން އިތުރުކޮށްދެނީ، އޭނާގެ ފަރި ހިނގުމެވެ. ފަސް ފޫޓަށް ދެމިލާފައިވާ އެ ހަށިގަނޑާއި ދިމާއަށް ހުއްޓޭ ކޮންމެ ކަޅިއެއްގައި ހުންނަނީ ތަޢުރީފުގެ ބެލުމެކެވެ. ނޫނީ ހަސަދައިގެ ކަޅިއެޅުމެކެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާއި ހަމަ އެކުލައިގެ ޖީންސެއްގައި ނިކްޔަން ހުރީ، ސާރާގެ އަތުގައި ހިފާލައިގެންނެވެ. އެ ދެމަފިރިންގެ ދެމެދުގައި ބަދަލުކުރެވެމުން ދިޔައީ ލޯތްބާއި އުފާވެރިކަމުން ކުލަޖެހިފައިވާ ލަފްޒުތަކާއި ޖުމުލަތަކެވެ. އެ ދުވަހުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަންނަމުން ދެމީހުން ކުރިއަށް ހިނގަމުން ދިޔައެވެ. ބަނދަރާއި ހަމަޔަށް ދެވުމުން ދެމީހުން ޖައްސައިލީ އެދިމާލުގައި ހެދިފައި ހުރި ފުނަގަހުގައި އެލުވާފައި ހުރި އުނދޯޔެއްގައެވެ.

 

ޖެހެމުން ދިޔަ ފިނި ވައިރޯޅިއާއެކު ސާރާ އަޅައިގެން ހުރި ޝޯލް ވިހުރެމުން ދިޔައެވެ. އެ ހިތްފަސޭހަ މާހައުލުގެ އަރާމާއި އުފާ ލިބިގަންނަމުން ދެމީހުންވެސް ވާހަކަތަކާއިގެން ކުރިއަށް ދިޔައެވެ. ކުއްލިއަކަށް ގޮވައިލި ބުޅަލުގެ އަޑާއެކު ސާރާއަށް ލިބުނު ސިހުމުގައި ތޫލި އަޑަކުން ހަޅޭއްލަވައިގަނެވިއްޖެއެވެ. އުނދޯލިން ތެދުވިގޮތަށް އެރީ ޖެހިގެން ހުރި އުނދޯލީގައި އޮތް ނިކްޔަންގެ އުނގަށެވެ. އެވަގުތު ނިކްޔަންވެސް ސާރާ އިތުރަށް ބިރުގެންނެވުމުގެ ގޮތުން އަނގައިން ބުޅަލުގެ އަޑު ލައްވައިލިއެވެ. މިފަހަރު ކުރިއަށްވުރެ ބާރަށް ހަޅޭއްލަވައިގަނެ ނިކްޔަންގެ ގައިގައި އޮޅުލައިގަތެވެ. އެވަރުން ފުދުނީކީ ނޫނެވެ. އޭނާގެ އަތުގައި ވަކިވެސް އަޅައިފިއެވެ. ނަގައިގަތް ދިލައިން ނިކްޔަންއަށް ސާރާ ކޮއްޕާނުލެވުނީވެސް ހަމަ ކިރިޔާއެވެ. ދެވަނަ ސިކުންތުގައި އުނދޯލިން ތެދުވެ ދެފައިވާން އަތުން ނަގަމުން ސާރާ ދުއްވައިގަތީ ބަނދަރުގެ ތޮށިގަނޑާއި ދިމާލަށެވެ. އަތުގައި އޮތް ފޯނު ނަގަމުން ކެމެރާ ދިއްކޮށްލީ ހަނދުގެ ރިހިއަލިން ޖަރީވެފައިވާ ކަނޑު ފުން ލޮނުގަނޑަށެވެ. އެ މަންޒަރު ބަލަން ދުރުގައިހުރި ނިކްޔަންގެ ތުންފަތުގައިވަނީ މާނަފުން ހިނިތުންވުމެކެވެ. ސާރާގެ އެކަހަލަ އާދަތަކުން އޭނާއަށް ލިބެނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެހެންނަމަވެސް ދެން ފެނުނު މަންޒަރާއެކު، ނިކްޔަންގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ.

 

ބާރުބާރަށް “ސާރާ” އޭ ކިޔާ ގޮވައިލަމުން ތޮށިގަނޑާއި ދިމާލަށް އޭނާއަށް ދުއްވައިގަނެވުނެވެ. އެ ވަގުތު އެތަނަށް ޖެހި ރާޅާއެކު ސާރާގެ ގަޔަށްވެސް ފެންތިކިތައް ބުރައިގެންދިޔައެވެ. އެވަގުތުވީ ސާރާގެ އަތުގައި އޮތް އެންމެ ޒަމާނީ ފެންވަރުގެ އަދި އެންމެ ފަހުގެ އައިފޯން 16 ޕްރޯ މެކްސް ވެއްޓެން ދިޔަ ވަގުތަށެވެ. ފޯނާއި ދިމާލަށް ގުދުވެލުމާއެކު، ސާރާވެސް މޫދުގެ ލޮނުގަނޑުގެ ތެރެއަށް ވެއްޓުނީއެވެ. ނަމަވެސް އަޖައިބުވާ ތަންކޮޅަކީ ނިކްޔަންއަށް ސާރާގެ އެއްވެސް ނިޝާނެއް އެތަނުން ފެންނަން ނެތުމެވެ. ބަލާކަށް ނުހުރެ ލައިގެން ހުރި ކަޅުކުލައިގެ ގަމީސް ބޭލުމަށްފަހު އޭނާވެސް މޫދަށް ފުންމައިލިއެވެ. ލޯބިވާ ސާރާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައެވެ. ދުރުދުރަށްދާން ހަނދުގެ އަލިކަން މޫދަށް ފެތުރިފައި އޮތްނަމަވެސް ނިކްޔަން ހުރި ހިސާބު ހީވަނީ ކަޅުފޮއެ ރޭގަނޑެއް ހެންނެވެ. އެ އަނދިރީގެ ތެރޭގައި އޭނާ އަތްފުނާއަޅަމުން ދިޔައީ ސާރާގެ ކުޑަ ނަމަވެސް އިޝާރާތެއްވޭތޯއެވެ. އެހެންނަމަވެސް ވީކަމެއް ހަރާމެވެ. ލަހެއް ފަހެއް ނުކޮށް އޭނާ މޫދުން އެރުމަށްފަހު ހަސްފަތާލަށް ގުޅާ ކަމާބެހޭ ފަރާތްތަކަށް އެކަން އެންގިއެވެ. ދެތިން މިނިޓް ތެރޭގައި ފުލުހުންގެ ޓީމެއްވެސް އައިސް މުޅި ސަރަހައްދު ބަލާ ހޯދަން ފެށިއެވެ. އިރުގަނޑަކަށްފަހު ފެނުނީ ސާރާގެ ހަށިގަނޑު ފުލުހެއްގެ އަތްދަނޑިމަތީގައި ދެމިފައި އޮތްތަނެވެ.

 

ނިކްޔަންގެ ހިތް ހީވީ އެކި ބައިބަޔަށް ފިސްފިސްވެގެން ދިޔަހެންނެވެ. ދެލޮލުން ފައިބައިގެން ދިޔަ ކަރުނަތަކާއެކު އޭނާ ހިތްވަރުކުރަން މަސައްކަތްކުރިއެވެ. އެމްބިއުލެންސްގެ ސައިރެންގެ އަޑާއެކު ސާރާ އަވަހަށް ހަސްފަތާލަށް ގެންދެވި އަވަސް ފަރުވާދޭ ބަޔަށް ވެއްދުނެވެ. ޑޮކްޓަރ އެންގީ ސާރާގެ ބޮލަށް ލިބިފައިވާ ގެއްލުމުގައި ކޯމާއަކަށް ގޮސްފައިވާކަމުގެ ހިތާމަވެރި ޚަބަރެވެ. ނިކްޔަންގެ މުޅި ދުނިޔެ ހީވީ އެނބުރިގަތްހެންނެވެ. ހުރިތަނަށް ތިރިވެވުނީ ބަލާމީހެއްގެ ހިތަށްވެސް ވޭން އިޙްސާސް ވާނެގޮތަށެވެ. ބައިގަޑިއިރު ފަހުން ސާރާ ވެންޓިލޭޓަރގައި ބޭއްވުނެވެ. ދެ ދުވަސް ފަހުން އޭނާ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނެވެ.

 

މިގޮތުގައި ދުވަސްތައް ފާއިތުވަމުންދިޔައީ ނިކްޔަންގެ ދިރިއުޅުމަށް އެކަނިވެރިކަން ގެނުވަމުންނެވެ. ހިތުގައި އަދިވެސް ސާރާއަށްޓަކައި ވީ ލޯތްބާއި ކުލުނު ތާޒާކަންމަތީ ދެމިހުއްޓެވެ. އެހިތް އަދިވެސް ވިންދުޖަހަނީ ސާރާއަށްޓަކައެވެ. ކުރާ ކޮންމެ ނަމާދެއްގެ ފަހަތުގައި ހެއްދެވިފަރާތަށް އޭނާ އިޚްލާސްތެރިކަމާއެކު ހެޔޮގޮތްވުމަށް އެދި ދުޢާ ކުރެއެވެ. ރެޔާއި ދުވާހު ނުކައި ނުބޮއެ ހުރެ ސާރާގެ ޙިދުމަތުގައި ދެމިހުންނަނީ ހިތުގައި އަދިވެސް ފަނޑުވުމެއްނެތް ގޮތުގައި އޮތް އުންމީދުގެ ސަބަބުންނެވެ. ޔަޤީނުންވެސް ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ.

 

އެއީވެސް އެފަދަ ދުވަހެކެވެ. ފަތިސްނަމާދުކޮށް ނިމި ނިކްޔަންގެ ދެއަތް ހެއްދެވި ފަރާތުގެ މަދަދަށްއެދި އުފުލައިލިއެވެ. ހިތުގައި ކަނިވަމުންދާ އުންމީދުތައް ފުއްދަވާ ދެއްވުމަށް އެދިއެވެ. މޫނުގައި އަޅައިލި ދެއަތްތިލައާއި އެކު އޭނާގެ ފޯނުވެސް ރިންގުވާންފެށިއެވެ. ގުޅަނީ ހަސްފަތާލުންނެވެ. ފޯނުނަގައި ކަންފަތުގައި ޖަހައިލި އިރުވެސް ނިކްޔަންގެ ހިތް އާދަޔާޚިޔާފަށް ބާރުމިނުގައި ތެޅެމުން ދިޔައެވެ. ހިތާހިތުން ހެޔޮގޮތެއް ވުމަށް އެދި ދުޢާކޮށްލިއެވެ. ދެން އިވުނު ޚަބަރާއެކީ ނިކްޔަންއަށް ﷲއަށް ޙަމްދު ކުރެވުމާއެކީ ސަޖިދައަށް ތިރިވެވުނެވެ. ކޮންފަދަ އުފާވެރި ޙަބަރެއް ތޯއެވެ؟ ސާރާ ހޭއެރިކަމުގެ އުފާވެރި ޙަބަރެވެ. ލޯބިވާ ސާރާ ދެކިލުމަށް ދެލޯ ބޭގަރާރުވާން ފެށިއެވެ. ސާރާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް އެޅި ފުރަތަމަ ފިޔަވަޅާއެކީ ދުވެފައި ގޮސް ސާރާގެ ގައިގައި ބައްދައިގަތެވެ. ދުވަހަކުވެސް ދޫކޮށްނުލުމަށް އެދޭ ފަދައިންއެވެ. ހަޔާތުގެ ބާކީބައި ސާރާއާއެކީ ހޭދަކުރުމުގެ ފޮނި އުންމީދުތަކާއެކީއެވެ.

~ނިމުނީ~

Share Article

Follow Me Written By

Rauuu

Level 1

Other Articles

Previous

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..10

Next

ފުރާނައިގެ ދިރުމޭތިއީ 11

Next
March 12, 2025

ފުރާނައިގެ ދިރުމޭތިއީ 11

Previews
March 12, 2025

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..10

15 Comments!

  1. Your fav bab says:
    March 12, 2025 at 11:56 am

    Varah reethi rauuu!!!
    Maashaa Allah
    The descriptions are very good!

    1. Rauuu says:
      March 12, 2025 at 12:21 pm

      Thankyouuu<3

  2. عآئشة says:
    March 12, 2025 at 12:34 pm

    Nice story dear!!
    Keep up your good work
    Waiting for another masterpiece by you😊❤️

    1. Rauuu says:
      March 12, 2025 at 12:49 pm

      Thankyouuu girlie <3 means alot

  3. Aalerrr says:
    March 12, 2025 at 2:27 pm

    Masha Allah vrh reethi vaahaka eh ❤️
    U ge aa vaahaka eh kiyaalan libeyne kamah ummeedhu kuran 🙂
    Keep it up👏

    1. Rauuu says:
      March 12, 2025 at 3:00 pm

      Thanks allergic!! Insha allah soon ! 🥰

  4. Rauuu says:
    March 12, 2025 at 4:10 pm

    I mean aalerrr*

  5. RAS says:
    March 12, 2025 at 6:39 pm

    Masha Allah varah reethi

    1. Rauuu says:
      March 12, 2025 at 9:45 pm

      Thanksss!!

  6. Anonymous says:
    March 12, 2025 at 10:09 pm

    mi vaahaka hama nujehey adhi vrh kuru

    1. Rauuu says:
      March 13, 2025 at 12:50 am

      Okay!

  7. leena says:
    March 13, 2025 at 1:23 pm

    Raukko mi vaahaka reethi ekam, ebbai than than rangalhu kohlan jehey.ekam mi vaahaka ves varah reethi masha allah.♥♥♥

    1. Rauuu says:
      March 13, 2025 at 2:16 pm

      Thankyouuu Leena!! Vrh ufaavejje <3

  8. U r friend says:
    March 13, 2025 at 11:51 pm

    Vara nice story eh
    Adhi thankolhe dhigu kohli nama salhi vis
    The details hama best 🫰👏
    Waiting for ur next story

    1. Rauuu says:
      March 14, 2025 at 7:10 am

      Thankyouu! Means alot <3

Comments are closed.



All Right Reserved!