Skip to content
އެސްފިޔަ

ހިތުގެ ޝަކުވާ..

ވައި ބާރުވެ، އުޑުމަތި ކަޅު ވިލާތަކުން ބަނަކޮށްލަން ނެގީ ކުޑަ ހިނދުކޮޅެކެވެ. ވިދައިލި ވިދުވަރުގެ ގަދަ އައްޔާއެކު ގުގުރަން ފެށިއެވެ. އަންނަން އުޅޭ ކޮޅިގަނޑުން ސަލާމަތްވެ ތިބުމަށް އިންޒާރެއްދޭ ފަދައިންނެވެ. މަގުގެ އެއްކޮޅުން އަނެއްކޮޅަށް މީހުންތައް ދުވެނަގަނީއެވެ. ކޮންމެ މީހަކުވެސް ބަލަނީ ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯއެވެ. ފަޒާގައިވަނީ “ބޫން” އަދު ހިއްޕާލައިފައެވެ. އެހާވެސް ވައި ގަދައެވެ.

 

ނަމަވެސް ގެއެއްގެ ދޮރުމަތީގައި ތެމިފޯވެގެން ހުރި އަންހެންކުއްޖާގެ ފިކުރެއް ޚިޔާލެއް ހުރިހެންނެއް ހިޔެއްނުވެއެވެ. އެވަގުތު މަގުމަތީގައި ހިނގަމުންދާ އެއްވެސް ކަމަކަށް އޭނާގެ ސަމާލުކަމެއްނެތެވެ. ކުއްލިއަކަށް އޭނާއަށް ތެޅިގަނެވުނީ ޖަހައިލި ގަދަ ގުގުރީގެ އަޑާއިއެކުއެވެ. ކޮނޑުގައި އަޅުވާފައިވާ ފޮތި ކޮތަޅު ވެސް އެގަޑީގައި ބިންމައްޗަށް ވެއްޓުނެވެ. ސިކުންތެއްވެސް ނުވެ އޭނާ އެ ކޮތަޅު ނަގައިފިއެވެ. ދެން ފެނުނީ ވޫސްޖަހާފައި އަތުގެކޮޅަށް ދުއްވައިގަތްތަނެވެ. ބޯ ވާރޭގައި އޭނާ ދުވަމުން ދުވަމުން ދިޔައީ އެއްވެސް މަންޒިލެއްނެތި ދަތުރުކުރާ މުސާފިރެއް ފަދައިންނެވެ. އެވަގުތު މަގުމަތީގައި ހޭލަމޭލަވަމުން ދިޔަ ސައިކަލުތަކާއި މީހުންތައްވެސް ހުސްވެއްޖެއެވެ. ދުވަމުން ދުވަމުން ގޮސް އޭނާ މަޑުވީ އާރޓިފިޝަލް ބީޗް ސަރަހައްދަށެވެ. އެ އަންހެއްކުއްޖާއަށް ބިންމައްޗަށް ތިރިވެވުނެވެ. ކަކުލުން ވާގި ދޫވީމާ ތިރިވެވޭ ފަދައިންނެވެ. އެވަގުތު އޭނާގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތެވެ. ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތުން ތިރިއަށް ފައިބަން ފެށިއެވެ. ގިސްލަގިސްލާފައި އޭނާ ރޮމުންދިޔައީ މިހުރިހާ ދުވަހު ކެތްކުރި ވޭނަކަށް ކެތްނުކުރެވިގެން ކަހަލައެވެ. އެ އަޑުގައި ހިތްދަތިކަންވިއެވެ. އަޑުއަހާ މީހެއްގެ ހިތުގެ އެންމެ ފުންނާރަށްވެސް އަސަރުކުރާނެހާ ހިތްދަތިކޮށެވެ. އެހާވެސް ހިތާމަވެރި މަންޒަރެކެވެ.

“ކީއްވެ؟ ކީއްވެ އަހަރެން..” އޭނާގެ އަޑު އައީ ކުރެހިގެންނެވެ. ހިތުގައިވާ ޝަކުވާތައް ދުލާއި ހަމަޔަށް ގެންނަން އޭނާ ނުކުޅެދެވިފައިވިއެވެ. އެ އަޑު އަހާނީވެސް ވަކި ކާކުހެއްޔެވެ؟ މިއަދު އޭނާ މުޅިން އެކަނި ވެއްޖެއެވެ. މަންމައަކީ އޭނާގެ ހުރި ހަމައެކަނި މީހެވެ. އެކަމަކު މިއަދު މަންމަވެސް އޭނާ ދޫކޮށް ދެމި އޮތުމުގެ ޢާލަމަށް ދަތުރުކޮށްފިއެވެ. ބޮޑުދައިތަ އޭނާ ގެއިން ނެރެލީއެވެ. ދެން އެ އަންހެއްކުއްޖާގެ މުޅި ޙަޔާތް ވޭތުކުރަން މި ޖެހުނީ އެކަނިވެރިކަމާއި ހިތްދަތިކަމުގައެވެ. ހިތުގެ ޝަކުވާ އަޑުއަހާނެ ބައިވެރިއެއް، ކޮނޑުގައި އޮވެ ބޯ އަޅައިލާނެ މަދަދުވެރިއެއް ނެތް ޙާލުގައެވެ.

 

~ނިމުނީ~

Comments (6)

  1. عآئشة

    Well done Rauuu!!!
    Try to write longer stories 😊
    Waiting for your next story!!

    1. Rauuu
      عآئشة

      Yess coming soon!! Thankyouu

  2. DHONTHI

    rau, dhonthi dhoonee mi story vx vrh reethi Masha Allah ❤️❤️❤️
    roadha ninmaalaafa thankolheh dhigu koh vhk eh liyelahchey dharif…
    waiting for your next story…
    vrh loabiveyyyy raukko

    1. Rauuu
      DHONTHI

      Thankiuuu dhonthii ❤️ yeshh long story eh liyamun midhanee. No spoilers ehcheh. I love u too 💋

  3. aanaaisha009

    masha allah vrh reethi

    1. Rauuu
      aanaaisha009

      Thankuuu

Comments are closed.