Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ނިކްހާތް 1

Queen Fabulous Level 1
June 10, 2020 One Min Read
10 Comments

ފުރަތަމަ އެފިސޯޑުވީމަ ކުރުކޮއްލީ…ވާހަކަ ކަމުދާނެ ކަމަށް އުއްމީދުކުރަން.

**************

ދުވަހުގެ އިރު ފެނުން ތޮޅިލީ އުޖާލާކަން ރަށުތެރެއަށް ގެނުވަމުންނެވެ. އިރުގެ ދަޅަތައް އުޑު މައްޗަށް ގެނުވާފައި އެވާ ކުލަތަކުން ދަައްކައިދިން އަޖައިބުކުރުވަނިވި މަންޒަރަކީ ޝާޢިރެއްގެ ގަލަމުން  ބަޔާން ކުރެވޭވަރަށް ވުރެ މާފުރިހަމަ މަންޒަރެކެވެ.މި ހިތްފަސޭހަވަގުތުގެ ޖާދޫގައި ޖެހި ނިދީގެ އަރާމު ތަންމަތިދޫކޮއްލި މިހުންގެ ލިސްޓުގެ ކުރީކޮޅުގައި ނިކްހާތުގެ ނަން ހިމެނޭނެކަން ގައިމެވެ.

ނިކްހާތުގެ އާއިލާ އަކީ އެހާ ތަނަވަސް އާއިލާ އަކަށް ނުވިނަމަވެސް އެއީ  ނުހަނު އުފާވެރި ކުޑަކުޑަ އާއިލާ އެކެވެ.ނިކްހާތުގެ ބައްޕަ،ނައުފަލް އަށް ލިބޭ 5000 ރުފިޔާ އާއި މަންމަ، ޝައުފާ އަށް ހެދިކާ ވިއްކައިގެން ލިބޭ 500 ރުފިޔާ އިން ނިކްހާތާއި  އޭނާގެ ކޮއްކޮ ނަވާލްގެ ކިޔެވުމަށާއި ދެން ވެސް ކުރަންޖެހޭ ޚަރަދުތައް ކިރިޔާ ކުރެވެެނީއެވެ.ބައެއްފަހަރު ނިކްހާތުމެންނަށް ބައެއް އެއްޗެހި ނުގަނެވޭ  ފަހަރުވެސް އާދެެއެވެ. ނަމަވެސް ނިކްހާތުގެ ދެބެއިން ދުވަހަކުވެސް އެދަތިކަމަކަށް  މައިންބަފައިން ގާތު ޝަކުވާއެއްނުކުރެއެވެ. އެފަހަރަކު އެ ލިބުނު މިންވަރަކުން  ފުއްދާލައިގެން ހެއްދެވި ފަރާތަށް ޙަމްދުކުރުމުގައި ދެމިތިބެނީއެވެ.

އާދައިގެމަތިން މިއަދުވެސް ފަތިސް ނަމާދުކޮއްލައިގެން ގޯތިތެރޭގައި ހުރި ގަސްތަކުން ބިންމަތީގައި ދޫލައެއްހެން ވެރިފައިހުރި ފަތްތައް ނަގާ ސާފުކޮއްލީ ޝައުފާއަށް އެހީތެރިވުމުގެ ނިޔަތުގައެވެ. އޭލެވެލް ހަދާ ނިމިފައިވުމާއެކު  އޭނާކުރާނެ މާބޮޑު މަސައްކަތެއްވެސް ނެތެވެ.ވުމާއެކު އޭނާގެ ހުރިހާ ވަގުތެއްވެސް މިހާރު ހުސްކޮއްލެވިފައި  ވަނީ ލޯބިވާ އާއިލާއަށެވެ. ރަށަކީ ވަޒީފާގެ ފުރުސަތު މަދު ތަނެއްކަމުން ވަޒީފާއެއް ހޯދަން ނިކްހާތު        ކުރިމަސައްކަތަށް އަލިމަގެއް ފެނޭގޮތް ވަނީނުވެފައެވެ.

މެދުގޯތީގެ ކުނިކަހާ ނިންމާލުމައްފަހު ނިކްހާތު އަވަސްވެގަތީ އިރުއެރުމުގެ ކުރިން ކުނި އުކަން އަތިރިމައްޗަށް ދެވޭތޯއެވެ.  އަބަދުވެސް އިރުއަރާ މަންޒަރު ބެލުމަށް އަތިރިމައްޗަށް ދިޔުމަކީ ނިކްހާތު ލޯބި  ކުރާކަމެކެވެ.  ޤުދުރަތީ ރީތި މަންޒަރުތައްފެނި  މާތްﷲގެ ރަޙްމަތްފުޅާމެދު އާމެދު އޮންނަ އިތުބާރު ބޮޑުވެ، ދިރިއުޅުމާމެދު ކުރެވޭ އުއްމީދުތަކަށް ދިރުން ލިބުންވެސް ސަބަބަކަށް އެކަށީގެންވެއެވެ.

 

Share Article

Follow Me Written By

Queen Fabulous

Level 1

Other Articles

Previous

ޝަހަރު 9ވަނަބައި

Next

ކުރުވި ދިގު އިންތިޒާރު… 3

Next
June 10, 2020

ކުރުވި ދިގު އިންތިޒާރު… 3

Previews
June 10, 2020

ޝަހަރު 9ވަނަބައި

10 Comments!

  1. Queen Fabulous says:
    June 11, 2020 at 9:04 am

    Salaam readers furathama vahaka veema kurukoh genesmi dhiny …. ekam 2nd episode in fashaigen miyahvure dhigukollanan In Sha Allah…. hope u like this

  2. Nafu✨ says:
    June 11, 2020 at 10:01 am

    hey queen febulous. nafu akah dear ge ehves vaahaka eh nueh kiyey. konme jumulaehga vs nimey thaneh nufene. ekan rangalhu vaane lapun liyanyaa dhivehi fontah laagen liyunyma. english font ga inyma ehgothah liyeveny eh. hope u understand. and rangalhu kohlaane kamah.

    1. Queen Fabulous says:
      June 11, 2020 at 3:32 pm

      sorry Nafu… vedhaane English fontah laigen liyuneema kamahves. vrh bodah sorry ekamattakai. In Sha Allah improve kollanan. Vrh gina faharu edit ves kurin thi massalayaa hedhi. Thanks for ur comment.

  3. Curious says:
    June 11, 2020 at 1:57 pm

    I love your work. Update soon ❤️

    1. Queen Fabulous says:
      June 11, 2020 at 3:34 pm

      Thanks for commenting love. Will update soon In Sha Allah.

  4. Nnnnn says:
    June 11, 2020 at 2:01 pm

    I can’t read the ending of some sentences. Hope you will make it right. Your stories are really good btw ??

    1. Queen Fabulous says:
      June 11, 2020 at 3:37 pm

      Aww.. sorry dear,rangalhu kollanan In Sha Allah. ur support is really appreciated.

  5. Queen Fabulous says:
    June 11, 2020 at 3:42 pm

    Salaam readers… I’m really sorry for the inconvenience ya’ll had to face while reading…furathama liyefa hunna goiy preview kuraa iru vahakaige gina baithah nufeney hama ehgothakah ves.. vrh gina faharu edit kohgen mihaa varahves mi fennany.. In Sha Allah improve kollanan. Love you all so much!!

    1. Angell says:
      June 12, 2020 at 6:59 pm

      Salaam Queen Fabulous.. Maasha Allah first part vrh reethi.. Alhugandah ves furathama thigothah vi.. Try kohlaba alhe write story from mobile inna thanun.. Lap inn vias.. Egothah liyunyma preview kohlyma reethikoh huri alhugandah.. Eyrun ok vaane dhivehi font nunegias .. Hope this helps .. Much loves..

  6. Redbull says:
    June 19, 2020 at 9:09 pm

    Nice.. Kon iraku dhen up kuraany

Comments are closed.



All Right Reserved!