Skip to content
އެސްފިޔަ

ފޮނި ބަތުގެ އަހުވަ

އިރު އެރުމާއިއެކު އައިމިނަ ފުންމައިގެން ތެދުވެ ދުއްވައިގަތީ އިއްޔެ ކެއްކުމަށް ބޭނުން ކުރި ތާހާއި ތެލިތައް ދޮންނަން        އަތިރިމައްޗަށެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް ބައިގަނޑާއި ވަކިވެ އަތްމަތި އަވަސް ކޮއްލައިގެން އައިމިނަ ބެލީ ދުވަހުގެ މެހުމާނުން އަންނަން ވާ އިރަށް ކެއްކުމާއި އަދި އެނޫންވެސް ކުރަންޖެހޭ މުހިންމު އާލާތްތައް ކުރުމަށް އަވަސްކޮއްލައިގެން ގެއަށް ދެވޭތޯއެވެ.

އަރިރިމަތިން ގެ އަށް އައިއިރު ހުރީ 7 ޖަހާ ބޮޑުވެފައެވެ.ބޭކާރުގޮތުގައި ދުއްވާލާކަށް މިއަދަކު އައިމިނަ އަކަށް އެންމެ މިނިޓެއްވެސް ނެތެވެ. އައިމިނަގެ ފިރިހެނުން ބަކުރުގެ ދަޢުވަތަކަށްރަށުގެ އިސްބޭފުޅުންމިއަދު އެގެއަށް މެންދުރުގެ ކޭން ބެއްލެވުމަށްވަޑައިގަންނަވާނެ އެވެ. އެއީ ބަކުރުގެ އާ މަސްދޯނިން ހައްސަ ބޭނުމުގެ  މުނާސަބަތުގައިއެވެ.ނަމަވެސްު އައިމިނަ ކުރަންޖެހޭ މަސައްކަތާއި ނުކަތާ ވަރަށް ވަގުތުވެސް ވަނީ ކުޑަތަން ވެފައެވެ.ވުމާއެކު މިފަދަ  ދުވަސްތަކުގައި އާދައިގެމަތިން ވަމުންދާގޮތް ކުރިއަށް ދިޔައީ އެދުވަހުގައިވެސް ވަރަށް ފުރިހަމަ ކޮށެވެ.

ދުވަހުގެ ބުރަކަމުން އައިމިނަ ދިޔައީ އެއްފަހަރާ އެތަށް ބައިވަރު މަސައްކަތްތަކެއް ކުރަމުންނެވެ. ކެއްކުމަށް ބޭނުންވާ ވަރަށް      މަސްކަނޑާ ސާފުކޮއްގެން ބަދިގެ ތެރެއަށް ބޯ ދިއްކޮއްްލިހިނދު އައިމިނަގެ ހިތް ހީވީ ހުއްޓުނުހެންނެވެ. މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ސަބަބެއް ނެތީސް އެއްނޫނެވެ.އޭނާ ކައްކަން އުދާފައި ހުރި ބަތް ތަވާއެކޭ    އެންދެރި ކޮޅެކޭ ވަކި ތަފާތެއް ނެތެވެ. އައި ރުޅީގައި އައިމިނައަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ނަމަވެސް ހިއްވަރު ކޮއްލައިގެން އައިމިނައަވަސްވެގަތީ މަސްކޮޅުހަލާކު ނުވަނީސް އަވަހަށް ގަރުދިޔަފޮދު ކެއްކޭތޯއެވެ. އަދި ގަރުދިޔަފޮދާއި އެކީ ބޮނޑިބަތްކޮޅުވެސް ކައްކަން އުދައިފިއެވެ.

ގަރުދިޔަ ކެއްކެން ވާއިރަށް ބަނބުކޭލާއި، ފަޅޮލާއި އަދި މާޅެސް ކެޔޮކޮޅެއް ކަައްކަން އައިމިނަ ނިންމީ ބާވަތްތައް އިތުރުކޮއްލުމުގެ  ބޭނުމުގައެވެ. އަނެއްކާވެސް ކައްކަން އުދާފައި ހުރި އެއްޗެހި އަނދާފާނެކަމުގެ ބިރު ހިތުތެރޭގައި އޮތުމާއެކު އައިމިނަ އުޅުނީ  ވަރަށް އަތްމަތި ހަލުވިކޮށެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ އަތުގެ އެތައް ތަނެއް މަށައިގެން ވެސް ދިޔައެވެ.ނަމަވެސް ތަދަކާއި    ތަދެއް އެއްފަރާތް ކޮއްލުމައްފަހު މަސައްކަތާއިގެން އޭނާ ކުރިއަށް ދިޔައީ އެއްވެސް ކަަހަލަ ލަދެއްގައި ބެދެން ބޭނުން ނުވާތީ އެވެ.

ކާމިޔާބު ކަމާއިއެކު ބޮނޑިބަތްކޮޅު، ގަރުދިޔަ އަދި ފަލަމަޑީގެ ބާވަތްތަކާއި ކުރިން އެނދި ބަތްކޮޅުވެސް ކައްކާ ނިމިއްޖެއެވެ.އޭރު    މެހުމާނުން އަންނަން ހުރީ ކުޑަ އިރުކޮޅެކެވެ . އެހެންކަމުން ނުހަނު އަތްމަތި އަވަސް ކަމާއެކު ސައި ކައްކާލުމައްފަހު  ޖެހިގެން ހުރި ސަކީނާމެންގެއިން މިރުސްކޮޅެއް ބިނދެގެން ގެއަށް އައިސް ވަނުމާއެކު އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ބަކުރު، ކަތީބާއި އަދި އެހެން 5 ބޭކަލަކު ގޮވައިގެންު ގެއަށް ވަނެވެ. އެހެންކަމުން ދެން އައިމިނަ އަވަސްވެގަތީ އެބޭފުޅުންނަށް ބޭނުންވާ ކަންތައް ކޮއްދިނުމަށެވެ.

6 ފިރިހެނުން ލަސްކުރުމެއްނެތި އަވަހަށް ކެއުމަށް އިންސާފު ކުރިއެވެ.ފުރަތަމަ  ބަތްސުވާ އިންވެސް ކަތީބާއި ބަކުރުގެ ތޫނު ނަޒަރު އޭނާއަށް ހުއްޓުނުކަން އައިމިނައަށް ފާހަގަ ވިއެވެ. އޭނާ ބަލާލުމާއެކު ކަތީބު ހިނިތުންވެލި ނަމަވެސް ބަކުރުގެ ދެލޯ ފެނި އައިމިނަ ބިރުގަތެވެ.އެވަގުތު އެތަނުގައި ހުންނަން ފަސްޖެހުމުން ބޮނޑިބަތްކޮޅު  ބަލާ ދިޔުމުގެ ބަހަނާގައި އައިމިނަ ބަދިގެއަށް ދިޔައެވެ. އޭރު އޭނާ ހުރީ ވަރުބަލިވެގެންގޮސް އެކޮޅުކޮޅުން ޖެހިފައެވެ.

ބޮނޑިބަތްކޮޅު ހިފައިގެން އައިމިނަ އަނބުރާ އައި ވަގުތަކީ މުދިންބެ ބަނބުކެޔޮތަށި ހުސްކޮއްލުމައްފަހު އަަލުން ތަށްޓައް ބަތް އެޅި ހިތާމަވެރި ވަގުތުކޮޅެވެ. އަނގަޔައްލި ފުރަތަމަ ބަތްސުވާވެސް އަރުތެރެއިން ނުގޮސް ޕޫސް ކިޔާފައި ބޭރުވީއެވެ.އާދެ! ކުރިމަތީގައި ހުންނެވި ކަތީބުގެ މޫނުކޮޅަށެވެ. ވަގުތުން ކަތީބު ނުރުހިފައި ތެދުވިއެވެ. ހަމަ އެވަގުތެވެ. ބޮނޑިބަތް ދޮލަނގު ހިފައިގެން އައި އައިމިނަ އަށް ހުރެވުނީކަތީބުގެ ފަހަތުގައެވެ. ކަތީބު ހިންދެމިލި ބޮނޑީގައި  ނުވިސްނާ ހުރި އައިމިނަގެ އަތުގައި ހުރި ބޮނޑިބަތް ދޮލަނގު ކަތީބުގެ ކޮނޑުފުޅުގައިޖެހިފައި  ވެރުނީ ބިންމައްޗަށެވެ.މުޅި ގޭތެރޭގައި  ބޮނޑިބަތުގެދޫލައެއް އެޅިފައިވާ ކަހަލައެވެ. އެވަގުތު ކަންތައްހިނގައިދިޔައީވަރަށް  ހަލުވިމިނެއްގައެވެ. ވީނުވީއެއް ނޭނގި ގޭތެރެއިން  މީހުންހުސްވެއްޖެއެވެ.ހައިރާަަންވެފައި ހުރި އައިމިނަ އަށް ވީގޮތް ރޭކާލާކަށްމާ  ގިނަ އިރެއް ނުނެގިއެވެ. ވަރަށް ބިރުން އަދި އެހާމެ  ލަދުން ހުރެ އައިމިނަ އޭނަ ކައްކާފައި ހުރި ބަތުގެ ރަހަ ބަލައިލީކުރެވުނު ހީއަކީ ހަޤީގަތެއްތޯ ޔަޤީން ކޮއްލުމަށެވެ. އާނއެކެވެ.  އޭނާއަށް ބަތައް ލޮނުގެ ބަދަލުގައި އެޅުނީ ހަކުރެވެ. މިހުރިހާއިރު ބުރަކަށި ބިންދައިގެން ކުރެވުނުހާވެސް ކަމަކީ ފޫނެތް ފަޔަށް  ފެންފުރުންކަން އެނގު ނުހިނދު، ބަކުރުގެ ރުޅީގެ އަމާޒު ފަށްގަނޑަކަށް ވެފައިހުރި އައިމިނަ، ގަތްލަދުންނާއި  ވީ ދެރައިން ހުރެވުނު  ތަނެއްވެސް ނޭނގުނެވެ. ލިބުނު ޝޮކެއްގެ ބޮޑުކަމުން ކަނޑާ ވައްޓާލި ރުކެއްހެން ވަގުތުން ބިންމައްޗައް ދެމުނެވެ.

  • ނިމުނީ

Comments (16)

  1. Sugarplum

    What is your name fabulous queen?

    1. Queen Fabulous
      Sugarplum

      Ehehe…. sorry darling e secret eh fahun dhn engen othiyya engeyne nubunyas

  2. You knw who

    Ahahha v majaa… something you would do dho fab queen

    1. Queen Fabulous
      You knw who

      hehehe dhw

  3. Noah ge wife

    U should write more fab quinn.. ekm paragraph thah hury misplace vefa ehnve kiyan v undhagoo ba eh sentence thakuge nimey than kolhu nuves feney.. anyways good work

    1. Queen Fabulous
      Noah ge wife

      yeah I knw that dear… I’m new here so ekahala mistakes thah hunnane kan ves ingey.preview kuri iru vahakaige ebbai nuves feney hahaha… ekamakuves improve kollanan dhn anna faharehga In Sha Allah… thanks for ur comment

  4. Its me

    Oh my god it’s such a wonderful storyy. I totally love it!!!

    1. Queen Fabulous
      Its me

      Thank you darling……. love you more!!

  5. Curious

    You totally should be an author man the story is greattt

    1. Queen Fabulous
      Curious

      !!Thank you so much for ur support love. really appreciated

  6. Nnnn

    Waiting for your next story to be uploaded omg

    1. Queen Fabulous
      Nnnn

      Aww thanks love. I’ve submitted the first episode of my first series Nik’haath.Hope you’ll like it.Thank you so much for ur support.

  7. Candy

    Hope to see more stories from you. Keep it up ♥️

    1. Queen Fabulous
      Candy

      Thank you so much for ur support

  8. Aisha

    Wow. An amazing story..! Keep it up and good luck

    1. Queen Fabulous
      Aisha

      Thank you

Comments are closed.