އަހަންނަކީ ޅ.ނައިފަރަށް އުފަން މީހެކެވެ. ނަމަކީ ޝާނާއެވެ. އާއިލާގަ ހުރީ މަންމައެއް އެކަންޏެވެ. އަހަންނަކީ އެމަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަ އަކީ ރަށު ހޮސްޕިޓަލުގަ މަސައްކަތް ކުރާ މަސައްކަތު މީހެކެވެ. ދެލޮލުގެ ނޫރުފަދައިން އަހަރެން ބަލާބޮޑުކުރީ ލިބޭ ކުޑަލާރިކޮޅުން އަހަންނަށް ބޭނުންވި ހުރިހާ އެއްޗެއް ހޯދަމުން ކިޔަވައިދެމުންނެވެ. އަހަރެންގެ އުމުރުން ދެއަހަރުގަ ދިމާވި އެކްސިޑެންޓެއްގައި ބައްޕަ އަހަރުމެންނާ އަބަދަށް ވަކިވެގެން ދިޔައީ އަހަރެންގެ ދިރިއުޅުން ފުރިހަމަ ކޮއްދިނުމަށް އެދި މަންމައަށް ވަޞިއްޔަތް ކޮއްފައެވެ. މަންމަ ބައްޕައަށްވީ […]