ވައިގަދަ ވިއްސާރަ ރެޔެކެވެ. ކުއްލިކުއްލިއަށް ވިދާލާ ވިދުވަރުން އަނދިރިކޮއް އޮތް ހޮސްޕިޓަލް ވޯޑް ތެރެ ދިއްލާލައެވެ. އަހަރެން މޯޅިއަކަށް ދެމިލާފައި ފާރުގަ އިން ގަޑިއަށް ބަލާލީމެވެ. މެންދަމުން 1:30 ވީއެވެ. އެނދުގައި އޮތް އަހަރެންގެ މެއިޑް އަށް ބަލާލިއިރު އޭނަ އޮތީ ނިދާފައެވެ. އަހަރެން އިން ގޮނޑިން ތެދުވެ ވޯޑް ތެރޭ ކުޑަކޮށް ހިނގާލީމެވެ. އެހާ ގިނައިރު ވަންދެން ޕްލާސްޓިކް ގޮނޑިގަނޑުގަ އިށީންދެގެން އިންނަން ޖެހުނީމަ މުޅި ގައިގަ ރިއްސައެވެ. ހޮސްޕިޓަލް އަށް އައި އިރު ފިރިމީހާ، […]
އަތުކުރީގައި އޮތް ގަޑިއަށް އަހަރެން ބަލާލީމެވެ. މެންދަމުން އަލިވެ 3 ޖެހީއެވެ. އަހަރެންގެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީމެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. ހަމަހިމޭންކަމެވެ. އަހަރެން ސައިކަލްގަ މަޑުކޮށްލައިގެން ހުރީ ބްރިޖް-އެއަރޕޯރޓް ލައިޓް ކައިރީގައެވެ. ކުރިމަތިން ފެންނަން އޮތީ ހުޅުމާލެއަށް ދެވެން އޮތް ހައިވޭއެވެ. އެތަކެއް ރޭ ދަތުރުކުރި މަގެކެވެ. ނަމަވެސް މިރޭ އެހެންރޭރެޔާ ތަފާތެވެ. މިރޭ އެމަގު ފެންނަނީ އަނދިރިކޮށެވެ. ނާމާން ކޮށެވެ. ހޮޅިބުރިތައް ދިއްލިފަ ހުއްޓެވެ. ނަމަވެސް އަހަރެން ހުރި ހިސާބުން ހަމައެކަނި […]