Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ރޮއްވާނުލާ

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
December 5, 2020 4 Mins Read
5 Comments

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ގޭތެރޭގައި މީހުން ގިނަވެ އަޑުފަށްގަޑުވަނީ ގަދަވެފައެވެ. ރައްޓެހިންނާއި ތިމާގެ މީހުންނާއި އެމީހުންގެ ދަރިންނެވެ. ސްޕީކަރު ތަކުން ޖަހަމުންދާ ލަވަތަކާ، ހުޅުވާފައި ހުރި ޓީވީގެ އަޑެވެ. ގޭގައި ދުވެދުވެފައި އުޅޭ ކުޑަކުދިންތަކާއި، ސިޓިން ރޫމުގައި ތަންތަންކޮޅުގައި ގޮނޑިޖަހައިގެންތިބި ޒުވާންކުދިންގެ އޮލަވާހަކާއިގެ އަޑާއި އެކު އެމީހުންގެ ހުނުމުގެ އަޑުން މާހައުލަށް ވެރިވެގެން އުޅޭ އުފާވެރިކަން އިތުރުވެގެންދެއެވެ. އޭރު ބަދިގޭގައި ހެދިކާ ހަދާ މީހުން ހެދިކާހަދަނީއެވެ. ތަށިތައް ހިފައިގެން ދެކޮޅަށްދުވާމީހުންވެސް މަދެއްނޫނެވެ. އެއްފަހަރު ކާއެއްޗެހި އަޅާފަހުރި ތަށިތަކެވެ. އަނެއްބައި ފަހަރު ހުސް ތަށިތަކެވެ. އައިސްގެން މިއުޅެނީ ކުޑަވަރެއްގެ ޢީދެއްފަދައެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ. އަހަރުގެ ފަހުކޮޅު ސްކޫލް ބަންދާދިމާކޮށް ގެއަށް މިވަނީ މީހުން އެކިޔާ ހިތާނު ކުރުމުގެ މޫސުން އައިއްސައެވެ.
ރިޔާޝް ކާފަދަރިފުޅު ނިހާ ކައިރީ އިށީންދެލައިގެން އިނެވެ. އޭނާގެ މޫނުމަތިންއުފާވެރިކަމާ ހިތްހަމަޖެހުން ފެންނަން ހުއްޓެވެ. “ބައްޕާ އެއްޗެއް ކޭންބައްލަވަން ވީނޫންތޯ” ލަމްހާ ރިޔާޝް ކައިރިއަށް ޖެހިލަމުން ބުންޏެވެ. “ނޫނޭ، އަދި އެއްނޫން، މެންދުރު ވަރަށް ރަނގަޅަށް ކައިގެންމީދީ، ދެން އަސުރު ކޮށްލައިގެން އިތުރު އެއްޗެއް ކާނީ. ކޮބާ މަންމަ؟” ރިޔާޝް އޯގާތެރިކަމާއެކު ބުންޏެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. ގޭތެރޭގައި އުޅުނު މީހުން މަދުވަމުންގޮސް ހުސްވާންފަށައިފިއެވެ. އެންމެންވެސް ގޭގެއަށް ދިޔައީ ރޭގަނޑު ބާއްވަން ހަމަޖެހިފައިވާ ޝޯ ފެށެންވާއިރަށް ތާޒާވެލައިގެން އައުމަށެވެ. އޭރު ގޭގައި ރިޔާޝް އަދި އައިޝާގެ ކުދިން ފިޔަވާ އިތުރު ބަޔަކު ނެތެވެ. ގޭތެރޭގައިގޭތެރޭގައި އުޅޭ ޅީދަރިންނަކީ ވެސް އައިޝާ ދެކޭގޮތުގައި އޭނާގެ ދަރިންފަދަ ބަޔެކެވެ. ކަންތައްތައްކަންތައްތައް ކޮށްދިނުމުގައި އަމިއްލަ ދަރިންނާ އެކުދިންނާ އެއްވެސް ފަރަގެއް ނުބަހައްޓައެވެ. ސަބަބަކާ ނުލައެއް ނޫނެވެ. ރިޔާޝްއަށްށާއި އައިޝާއަށް މީގެ ކުރިން އުނިވެފައިވަނީ އަންހެން ދަރިއެއްގެ އުފަލެވެ. އެކަން ފުރިހަމަ ކޮށްދިނީ ފިރިހެންދަރިން އިނދެގެން ގެއަށްގެނައި އަންހެންކުދިންނެވެ.
އައިޝާ އަށް ލިބުނީ ހަތަރު ފިރިހެން ކުދިންނެވެ.އެންމެ ދޮށީ ނާއިމްއެވެ. ނާއިމްގެ ކައިވެނި ކުރެވުނީ ލަމްހާ އާއިއެވެ. ލަމްހާ ވީވެސް ނާއިމް ބޭނުންވި ކަހަލަ އަޚްލާޤު ރަނގަޅު ކުއްޖަކަށެވެ. އެދެކުދިންނަށް ދަރިފުޅު ނިހާ ލިބުނު ދުވަހަކީ އައިޝާ އާއި ރިޔާޝް އުފަލުން ފުރުނު ދުވަހެކެވެ. އެއީ ދެމީހުންވެސް ކާފަ އަދި މާމަ އަށް ވީދުވަހެވެ.
ދެން ލިބުނީ އާނިމްއެވެ. އާނިމް ކައިވެނި ކުރީ ޝިފްނާއާއެވެ. ޝިފްނާ އަކީ އެހެން ކުދިންނާ ބަލާފަ ވަރަށް ތަފާތު މިޒާޖެއްގެ ކުއްޖެކެވެ.ކަންތައްތަކާ ވަރަށް ފަސޭހައިން ރުޅިގަދަވެ އާނިމް އާ ދެބަސްވާލޭ މަދެއް ނޫނެވެ. ޝިފްނާގެ މިކަހަލަ ސިފަތަކާއެކުވެސް އައިޝާ ވާ ލޯތްބަކަށް އުނިކަމެއް ނާދެއެވެ.އެއީ ތަފާތު މިޒާޖުގެ ކުދިން އުޅޭނެކަން އައިޝާއަށް އިނގޭތީއެވެ.
އެންމެ ފަހަށް ލިބުނީ އެންމާބަނޑު ދެކުދިންނެވެ. އެއީ ޝާހިން އާއި މާހިންއެވެ. ޝާހިން ދޮށީވި އެންމެ ތިން މިނެޓްގެ ތަފާތަކުންނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހުރިހާ ކުުުުުުުދިންނާއި ބަލާާާފަ އެދެކުދިންނަށް މާ ހާއްސަ ކަމެއް ބެހެއްޓެނީއެވެ. މީހުރިހާ އާއިލާއެއްގެ ވެސް ވާގޮތެވެ. ހަގަށްތިބޭ ކުދިން ބޮޑެތިވެފަ ހުންނާނީ ގޭގެ އެންމެންގެ ލޯތްބާ އަޅާލުމާއި ލިބިގެންވެ. ޝާހިން ގެ ކައިވެނި ކުރެވުނީ ޒޯޔާއާއެވެ. އެދެކުދިންގެ ކައިވެންޏަށް އަދިވީ އެންމެ ތިން މަހެވެ. ޒޯޔާއާ ދޭތެރޭ އާދަޔާޚިލާފު ގާތްކަމެއް އައިޝާއަށް ބެހެއްޓެއެވެ. ޒޯޔާގެ އުމުރުގެ ހަަގުކަމުން ކަަަަަމަށްވެސް ވެދާނެއެވެ. އައިޝާ ގިނަވަގުތު ހޭދަކުރަނީ ޒޯޔާ ފަހަތުލައި ގެންނެވެ. އޭނައަށް ގޭތެރޭގެ ކަންތައްތައް ދަސްކޮށްދިނުމުގައެވެ. ޒޯޔާގެ އުމުރާ ބަލާފަ އޭނާ ހުންނަނީ ވަރަށް މަޑުމައިތިރި ކޮށެވެ. އައިޝާ ހީކުރަނީ އަދި އެމީހުންގެ ތެރޭގަ އުޅެން ޒޯޔާ ނުހޭނެނީ ކަމަށެވެ.

ހުރިހާ ކުދިންގެ ތެރެއިންވެސް މާހިން ވީ ތަފާތު ޙިޔާލްތަކެއްގެ މަޑުމައިތިރި ދަރިއަކަށެވެ. މީހުންގެ ތެރޭ ބަސްމަދު ކުއްޖަކަށެވެ. އައިޝާ އެކަމާ ބައެއް ފަހަރު ކަންބޮޑުވެއެވެ. މާހިން ކައިވެންޏެއް ކުރާނެ ދުވަހަކަށް އައިޝާ ވަރަށް އިންތިޒާރު ކުރެއެވެ. އެކަމަކު ބައެއް ފަހަރަށް މާހިން އަންހެން ކުދިންނަށް ޝައުގުވެރި ނުވަނީބާއޭވެސް އައިޝާގެ ހިތަށް އަރައެވެ. އެއީ އެހެން ކުދިންހެން މާހިން ދުވަހަކު ވެސް އަންހެން ކުއްޖެއްގެ ވާހަކަ ދައްކާ އަޑުއިވިފައި ނުވާތީއެވެ. ސްކޫލް ދައުރު ނިމުނީސްސުރެން މާހިން ހޯދަން އަންހެން ކުއްޖަކު ގެއަށް ގުޅާނުލާތާ މާހިން އަމިއްލައަށްވެސް އަންހެން ކުއްޖަކު ގެއަށް ގެންނަ މަންޒަރެއް ނުފެނެއެވެ. އައިޝާ މިކަންތައްތަކާ ކަންބޮޑުވާތީ މާހިން ކައިރީ ކޮންއިރަކުންތޯ މީހަކާ އިންނާނީ ސުވާލުކޮށް ހަދައެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ލިބެނީ އެއް ޖަވާބެކެވެ. އެއީ އަދި ކައިވެނި ކުރާކަށް ނުވެއެވެ.
ރިޔާޝްއަކީ ގޭގެ ހުރިހާކަމެއްގެ ޒިންމާނަގާ މީހާއެވެ. ގޭތެރޭގެ ފަހުބަސް ނިންމާހަދަނީ ރިޔާޝްއެވެ. އެކަމަކު އެއީ ދުވަސްވީ ބައިވެރިޔާ އައިޝާ އާއި  ކުދިންގެ ހިޔާލާވެސް އެއްގޮތަށެވެ. ރިޔާޝްގެ ވިޔަފާރި ފުޅާވީ ހަމައެކަނި މާލެއަކު ނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މެއެވެ. ހުރިހާ ކުދިން ވަޒީފާގައި އުޅުނަސް ގޭގެ ވިޔަފާރީގައި ވެސް ބައިވެރިވެެެެެއެެވެ. ހަަަަަަަަވީރުގެ ހިތްްްްްްްގައިމު ވަގުތެވެ. ހުރިހާ ކުދިން ތިބީ ސިޓިންގް ރޫމުގައި ރިޔާޝް އާއި އައިޝާާާާއާާާ އެކުގައެވެ. އޮފީހަށްދާ އެންމެން ވަނީ ޗުއްޓީނަގާފައެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ. ޝިފްނާ ތެދުވަމުން ޒޯޔާ އަށާއި ލަމްހާއަށް ގޮވާލިއެވެ. އެ ދެމީހުންވެސް ޝިފްނާ ފަހަތުން ގޮސް ވަނީ ބަދިގެއަށެވެ. ޝިފްނާ ބަދިގޭގެ ކަބަޑަކުން ކުދި ކޮތަޅުތަކެއް ނެގިއެވެ. އަދި ޒޯޔާ އަތަށް ދީފައި ކޮންމެ ކޮތަޅަކަށް ފެން އެޅުމަށް ބުންޏެވެ. އަދި ލަމްހާ ކައިރީ ގޮދަންފުއް އަޅާފަ ހުރި އެތިން އާދައިގެ ޕްލާސްޓިކް ކޮތަޅަކަށް ފުށް އެޅުމަށް ބުންޏެވެ. ކަންތަަަަަަަަަަަަައްތަކުގައި ސަކަރާތް ޖެހުމުުުގައިި އަރާހުންނަ ޝިފްނާގެ ފެންކޮތަޅުތައް އިނގިލިތަކަށް އަމުނާލިއެވެ. މަޑުމަޑުން ލަމްހާ އާއަަިަިި ޒޯޔާ ޝިފްނާގެ ފަހަތުން ހިނގައިގަތެވެ. ތިން މީހުންވެސް ދިޔައީ ކޮތަޅުތައް ފަހަތަށް ލައިގެން އެހެން މީހުންނަށް ނުފެންނާނެފަދަ ގޮތަކަށެވެ. ސިޓިންގ ރޫމްގައި އިން ނާއިމްއަށް މިމަންޒަރު ފެނުމާއެކީ މިމީހުން މިއަންނަނީ މޮޅުކަމެއް ކުރަންކަން ޔަގީންވިއެވެ.ނާއިމްއަވަހަށް ތެދުވެ ނިކުންނަން ހިނގައިގަތެވެ. ޝިފްނާ ބަލާކަށް ނުހުރެ އަވަހަށް ދެތިން ފެންކޮތަޅު ނާއިމްގެ ގަޔަށް ޖެހިއެވެ. ލަމްހާ ދެއަތުން ފުއްތައް އަޅާލިއެވެ. އެންމެންގެ ހަރަކާތްތައް އަވަސްވިއެވެ. ހުރިހާ އެންމެން ތިބީ ފެނާ ފުށުން ފޯވެފައެވެ. އައިޝާ އާއަ ރިޔާޝްއަށް ވެސް ސަލާމަތެއް ނުވެވުނެވެ. ކުޑަކުޑަ ނިހާ މަޖާވެގެން ހީލަ ހީލަ އޮތެވެ. މާހިން ފެނުނީ ކެމެރާއެއް ހިފައިގެން ހުއްޓައެވެ. ޖަހަމުން ދިޔަ ސަކަރާތުގެ މަންޒަރުތައް ފޮޓޯތަކެއްގެ ސިފައިގައި ރައްކާކުރުމަށެވެ. ހަނދާނަކަށެވެ. މާހިން ވެސް ހުރީ އެހެން މީހުންނެކޭ އެއްހާލެއްގައެވެ.

ކުއްލިއަކަށް އެންމެނަށް ފެނުނީ ޝާހިން ޒޯޔާ އަތްދަނޑި މައްޗަށް އުފުއްލާލިތަނެވެ. ޒޯޔާ އޭރު އައިޝާއަށް ގޮވައެވެ. އެންމެންގެ ހުނުމުގެ އަޑުން ވަނީ ގޭތެރޭގެ ހަމަހިމޭންކަން ގެއްލުވާލާފައެވެ. “ޝިފްދައްތާ……!ޝިފްދައްތާ ދެން ދެން…” ޝާހިން ޝިފްނާއަށް ގޮވާލިއެވެ. އޭރު ޝިފްނާ ޝާހިންގެ ގަޔަށް ފުއްކޮތަޅުގައި ބާކީހުރި ހުރިހާ ފުށެއް އަޅާލަނީއެވެ. އައިޝާ ގޭތެރެ ހަޑި ވަމުން ދާތީ ސަކަރާތް ޖެހުމަށް ގޯތިތެރޭގައި އޮތް ހުސްތަނަށް ނިކުތުމަށް ބުންޏެވެ. ނާއިމް ފެނުނީ ޖަގުތަކުގައި ފެން ގެނެސް އެންމެންގެ ގަޔަށް އަޅާތަނެވެ. ޝާހިން ކައިރީގައި ހުރި ދޮންވެލި ގޯންޏަކުން ވެލި މުށެއްނަގާ ޒޯޔާގެ ގަޔަށް އަޅާލިއެވެ. ޒޯޔާ ހުރީ އެކީ ތެމި ފޯވެފައެވެ. އޭނާގެ ގައިގާ ނެތް އެއްޗެއް ނެތެވެ. ޝާހިން ޒޯޔާ ބިންމަތީގައި ބެހެއްޓި ވަގުތު އަވަހަށް ދުއްވާގަތެވެ. އަދި ފެން ޖަގެއް ހިފައިގެން ހުރި މާހިންގެ ފަހަތަށްވަދެ ފިލާ އޮތެވެ. އެންމެން ބަލަން ތިއްބާ މާހިންވެސް ޒޯޔާ ގަޔަށް ފެން ޖެހުމުގެ ބޭނުމުގައި އޭނާގެ އަތުގައި ހުރި ފެންޖަގު ބޮލުގެ ފަހަތަށް އަޅާލިއެވެ. “އަޅޭ…މާހިންވެސް..” ޒޯޔާގެ ގަޔަށް އެޅެމުންދިޔަ ފެންތަކާއެކީ ބުނެލެވުނެވެ.
ރިޔާޝްގެ އަޑަށް އެންމެންވެސް ސަކަރާތް ޖެހުން ހުއްޓާލިއެވެ. ރިޔާޝް ނިކުތީ ބޭރަށް ދާށެވެ. އެންމެން އެތެރެއަށް ވަތްއިރު އައިޝާ ގޭތެރެ ސާފުކުރަނީއެވެ. “މަންމާ! އަޅުގަނޑުމެން ސާފުކޮއްލާފާނަން، މަންމާ ދެންދޭ ފެންވަރާލަން” ލަމްހާ ބުނެފިއެވެ. ގޭތެރެ ސާފުކުރީ އެންމެން އެއްކޮށެވެ. އައިޝާ އަންނަން ވާއިރަށް ހުރިހާތަނެއް ސާފުކޮށް ތަރުތީބު ކޮށްލިއެވެ. ފަހަރަކު މީހަކު އެމީހެއްގެ ކޮޓަރިއަށް ދިޔައެވެ. އައިޝާ ތައްޔާރުވެލައިގެން ނިހާ ކައިރިއަށް އައުމުން ނާއިމް އާއި ލަމްހާ ވެސް ދިޔައީ ކޮޓަރިއަށެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

ތިން ލަފްޒުން (26)

Next

ނޭދެމޭ ވަކިވުމެއް-32

Next
December 5, 2020

ނޭދެމޭ ވަކިވުމެއް-32

Previews
December 4, 2020

ތިން ލަފްޒުން (26)

5 Comments!

  1. Luhoo says:
    December 5, 2020 at 2:29 pm

    ?Wowww vvv reethi mi part ?
    ?waiting for the next part. ?
    ?Haadha majaa vaane Ey dhww… Alhey zoya ah haadha varekey dhww Hehehe ?
    ?V heevey mi vhk v reethi vaane hen?
    ?I ge support libeyne ingey mi story nimendhen vx?
    ?Mee part kon liyaa vhk eh tha ?
    ?Lyssmm and stay safe n tc?

    1. 🌻LamHaa🌻 M@LU#@@N@ says:
      December 5, 2020 at 6:39 pm

      Thank you so much Luhoo..♥️♥️yhh heevey dhw v majaa vaane hen..Kuriyah huri part thah kiyaaleema ingeyne dhw..hehe
      Yes..Part kon liyaa story eh
      Lyyssmm♥️♥️♥️U too stay safe n Tc

  2. ?Ril? says:
    December 5, 2020 at 2:54 pm

    Wow vrh Sali mi part ??
    Masha Allah???????
    Keep it up ?????
    Just love It ????
    Haadha happy family ekey dhw ???????????
    Hahahahah and vrh majaa vss me?????????????
    Cover pic vss vrh sali ?????????
    Awww this couples are so cute but feeling bad for maahin?????????
    Btw waiting for the next one ❤️❤️???
    Lyssssssssmmmmm???????
    Stay safe and take gud care❤️❤️??

  3. shark_shaya says:
    December 6, 2020 at 5:12 am

    Wow this part was really nice .I can’t wait to read the next part. When would you Post the next part.love this story

  4. Aisha says:
    April 14, 2025 at 5:48 am

    Mee lara liyefa in vhk eh kushakaa nulaa hih nurohvaa
    hama e vhk ga ulheyne zoya ehvs hama meege ulhey zoya r thafaatheh nei
    ehn name thah changes kohfa hurikan ithuru ehvs change eh genefaeh nei

Comments are closed.



All Right Reserved!