މިއީ އަޅުގަނޑު ކުރިން މި ސައިޓަށް ލިޔެފައިވާ ވާހަކައެކެވެ. އެއްކޮށް ނިންމާނުލެވި ހުއްޓާލެވުނީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށްއެދެމެވެ. 1 ވަނަ ބައި އިރުއޮއްސެމުން އައިރު ކަޅު ވިލާތަކުން އުޑުމަތި ބައްދާލާ ވިއްސާރައިގެ ކުލަވަރު ވަނީ ދައްކާލައިފައެވެ. އިރުގެ ގަދަ އަލިން ދުނިޔެ މަޙްރޫމްވެ އަންދިރި ކަމުގެ ސާލެއް އޮޅާލިއިރު މަގުތައްމަތިން ފެނުނީ އާދަޔާޙިލާފު ހަލަބޮލިކަމެކެވެ. ހިނދެއް ހިނދަކަށް ވައިގަދަ ވަމުން ދިޔައިރު ގަސްތައް ވަޔާހޫރެމުން ދިޔައީ މާހައުލު އިތުރަށް ހަލަބޮލި ކުރުވަމުންނެވެ. އިސާހިތަކު ވާރޭގެ ހިތްގައިމު […]
” އިންސާފު ހޯދާ.. ދަރިފުޅާ…” މަންމަގެ ހަށިގަނޑުގެ ހޫނުކަން އިހްސާސްވީ ހިނދު ހިކިފައިވި ދެތުންފަތުގެ ތެރެއިން ބޭރުކޮށްލި ލަފުޒުތައް އަހަރެންގެ ކަންފަތަށް ވިރުވާއަޅާލެވުނީ މަޑު އާހެއްފަދައިންނެވެ. ********* ” މަލަކް… މަލަކް..ދަރިފުޅާ……….” ދުރުދުރުން އިވެމުންދިޔަ ލޮބުވެތި އަޑުން ނިދީގެ ފޮނިމީރުކަން ނަގާލެވި އުދާސްވެފައިވާ އަހަރެންގެ މޫނުމަތި ދަލުން ފޯވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ހިނދެއް ހިނދަކަށް މަޑުވަމުން ގޮސް އެކީހެން އެއަޑު ކެނޑިގެންދިޔައެވެ. އުނދަގޫކަމާއެކު ހުޅުވާލެވުނު ދެލޮލުގެ ތެރެއިން ފެނިގެން ދިޔަ ހުސްކަން އެކަނިވެސް އެ ހިތުގެ ރިހުން […]
ކުރުކޮށްލެވުނު ދެފައިގެ ކަކުލާ ހަމައިން ދެއަތް ވަށާލާ ގަޔާކައިރިކޮށްލީމެވެ. ކުޑަވެވޭނެ އެންމެ ބޮޑަކަށް ކުޑަވެލަން އަހަރެން ބޭނުންވީއެވެ. އަނދިރިކަންވެރިވެފައިވި ކޮޓަރީގެ އެއްކަނެއްގައި އަހަރެން އިނީ ހަށިގަނޑު ތުރުތުރު އަޅާ ހާލުގައެވެ. ފަންކާނިވާލެވިފައިވީއިރު ޖައްސާފައިހުރި އޭސީގެ ފިނިކަން ކޮޓަރީގެ ހަތަރުފާރުތެރޭ ރަސްކަންކުރަމުން ދިޔައެވެ. އެހެނަސް އެކަމުގެ ސަބަބުން ބިރުވެރިކަން ވަކިހިއްޕާލާފައިވި އަހަރެންގެ ހަށިގަނޑަށް އެއްވެސް ހަމަޖެހުމެއް ނުގެނެސްދިނެވެ. އުދާސްކަންވެރިވެފައިވި މޫނުމަތިން އެކަނިވެސް ހިތުގައިވި ބިރުވެރިކަން އަހަރެންގެ ވަށައިން ސަނާކިޔާފަދައެވެ. އަނދިރިކަމުގެ ތެރެއަށް ހޭނިފައިވި ލޮލަށް ކޮޓަރިތެރެ ފެންނަނީ ބޭރުގެ […]