ކުރުކޮށްލެވުނު ދެފައިގެ ކަކުލާ ހަމައިން ދެއަތް ވަށާލާ ގަޔާކައިރިކޮށްލީމެވެ. ކުޑަވެވޭނެ އެންމެ ބޮޑަކަށް ކުޑަވެލަން އަހަރެން ބޭނުންވީއެވެ. އަނދިރިކަންވެރިވެފައިވި ކޮޓަރީގެ އެއްކަނެއްގައި އަހަރެން އިނީ ހަށިގަނޑު ތުރުތުރު އަޅާ ހާލުގައެވެ. ފަންކާނިވާލެވިފައިވީއިރު ޖައްސާފައިހުރި އޭސީގެ ފިނިކަން ކޮޓަރީގެ ހަތަރުފާރުތެރޭ ރަސްކަންކުރަމުން ދިޔައެވެ. އެހެނަސް އެކަމުގެ ސަބަބުން ބިރުވެރިކަން ވަކިހިއްޕާލާފައިވި އަހަރެންގެ ހަށިގަނޑަށް އެއްވެސް ހަމަޖެހުމެއް ނުގެނެސްދިނެވެ. އުދާސްކަންވެރިވެފައިވި މޫނުމަތިން އެކަނިވެސް ހިތުގައިވި ބިރުވެރިކަން އަހަރެންގެ ވަށައިން ސަނާކިޔާފަދައެވެ. އަނދިރިކަމުގެ ތެރެއަށް ހޭނިފައިވި ލޮލަށް ކޮޓަރިތެރެ ފެންނަނީ ބޭރުގެ ހުދުއަލި އެޅިފައިވި ކޮޓަރީގެ ދޮރުދަށުންނެވެ.
” އައްދޯއި…”
ބިއްލޫރިތަކެއް ތަޅައިން ދިޔަ އައްޑުފައްގަނޑާއެކު އިވިގެންދިޔަ މަންމަގެ ވޭނީ ހަޅޭކުގެ އަޑުން ސިހުންލިބި އަހަރެންގެ ހަތަރެސްފައި ކޮޅަށްޖެހިގެންދިޔައެވެ. ހަމައަކަށް އެޅުމުގެ ބަދަލުގައި އަހަރެންގެ ހިތްބިރުން ފިތްކަނޑައިގެން ދިޔައީއެވެ. ނަފްސުގެ ހަމަޖެހުން އެކީހެން ނަގާލިއެވެ. ހަތަރެސް ފަޔަށް ބާރުލަމުން ކޮޓަރީގެ ދޮރާ ދިމާލަށް ދުއްވައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ކޮޓަރީގެ ތަންޑު ނައްޓާލުމާއެކު ހުޅުވުނު ދޮރުގެ ކުރިމަތިން ފެނިގެން ދިޔަ މަންޒަރުން އަހަރެންގެ ހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. އަޑުގެ ނެތްތަނަށް ހަޅޭލަވައިގެންއިރު ވާނެ އެއްޗެއްވެ ނިމިއްޖެއެވެ. ކުރިމަތީ ތިބި ބިޔަ ދެފިރިހެނުން ވެސް އަހަރެންގެ އަޑަށް ތިބިތަނުން ޣައިބުވީފަދައެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްނުވެ ލެއިން ފޯވެފައިވި ލޯބިވާ މަންމަގެ ކައިރިއަށް ތިރިވެވުނީ ހަތަރެސްފައިން ވާގިދޫވެފައިވާ މީހަކު ފަދައިންނެވެ. ތަޅައިގެން ގޮސްފައިވި ބިއްލޫރިކޮޅުތައް އެ މަންމަގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ހެރިފައިވީ ނަމަވެސް ކުޑަކޮށް އެ ހަށިގަނޑު އުފުލާލުމަށްފަހު ބައްދައިގަނެވުނީ މިއީ އެ މަންމަގެ ވަސް އަހަރެންގެ ނޭފަތުގެ ހިނދުރީގެ ތެރޭގައި ހަރުލާނެ އެންމެ ފަހުފަހަރޭ ހިތަށްއެރިވަރުންނެވެ. ” އިންސާފު ހޯދާ.. ދަރިފުޅާ…” މަންމަގެ ހަށިގަނޑުގެ ހޫނުކަން އިހްސާސްވީ ހިނދު ހިކިފައިވި ދެތުންފަތުގެ ތެރެއިން ބޭރުކޮށްލި ލަފުޒުތައް އަހަރެންގެ ކަންފަތަށް ވިރުވާއަޅާލެވުނީ މަޑު އާހެއްފަދައިންނެވެ.
( ނުނިމޭ )
8 Comments!
Comments are closed.

Hellooo Naash sis!!
Varah dhuvas kohlaafa anekkaa ves mi site in dhimaa veema varah varah varah ufaa vejje! Masha Allah hama varah reethi varah excited mi story kiyaalan.. goodluck on this story sis!
Varah loabivey 🥰😘
Thank you🥹💗
vaahaka v salhi. Allahumma Barik lahu
Thank you ☺️
Masha Allah mi part very reethi when next?
Thank you, submit kohlaafa vaani☺️
.މިއީ ރޮއްޖަކަށް އަމުނައިލައިފައި އޮތް ރަންމުތްތަކެއް ފަދަ ރީިތި ލިޔުންކޮޅެއް
.ވާހަކަ ލިޔުންތެރިއެއްގެ ގޮތުން ލިބުން ހައްގު ކުރިއެރުމާއި ކާމިޔާބީ އެދެން. މި ވާހަކައިގެ ދެން ހުރި ބައިތަކަށް އިންތިޒާރުކުރަން
Thank you sm☺️