Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަލޯބި

އެހުވަފެން

myra_26 Level 1
September 28, 2021 2 Mins Read
0 Comments

އެންމެ ކުޑައިރުވެސް އަހަރެން ހަނދާން ހުންނަގޮތުގައި އަހަންނަށް އަބަދުވެސް އެއް ހުވަފެނެއް ތަކުރާރުކޮށް ފެނެއެވެ. އުމުރުން އެންމެ ފަސް އަހަރުގައި މި ހުވަފެން ފެންނަންފެށިގޮތަށް ފަނަރަ އަހަރު ފުރެންދެން އަހަރެންނަށް މި ހުވަފެން އެކިރޭރޭ މަތިން ތަކުރާރުކޮށް ފެންނަމުން ދިޔައެވެ.  އެކަމު އެ ހުވަފެންތައް ނަސީބަކުން 16 އަހަރު ފުރުމަށް ފަހުން ނުފެނެވެ. އަހަންނަކީ މިހާރު އުމުރުން 26 އަހަރުގެ ވަޒީފާ އަދާކުރަމުންދާ ޒިންމާދާރު މީހަކީމެވެ. އެކަމަކު އެހުވަފެނުގައި ފެނުނު މަންޒަރާއި ކަންތައްތައް ހީވަނީ ހަޤީޤަތުގައިވެސް އަހަންނަށް ދިމާވިހާދިސާއެއްހެންނެވެ. އަހަރެން ކުޑައިރުއްސުރެ މާގިނައިން ޑްރާމާ ސީރިއަލް ބަލާތީ ފެނުނު ހުވަފެނެއްކަމަށް ނިންމައިގެން ހުރީމެވެ. އެކަމަކު އަހަރެންގެ ހިތުގައި އަބަދުވެސް އުފެދޭ ސުވާލަކީ އެ ހުވަފެން އަހަރެންނަށް ފެންނަންވީ ކީއްވެ ހެއްޔެވެ؟

އަހަރެންގެ ނަމަކީ ރާނިޔާއެވެ. އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ ހަމައެކަނި ހުރި ދަރިއެވެ. އަހަރެންގެ މަންމައާއި ބައްޕަ ވަރިވީ އަހަރެން  އަހަރެންގެ މަންމަގެ ބަނޑުގައި އޮއްވައެވެ. އޭގެ ފަހުން މަންމަ ދޮންބައްޕައާއި ދިމާވެގެން ދެމީހުން ކައިވެނި ކުރިއެވެ. އަހަރެން ކުޑައިރުއްސުރެ މަންމައާއި ބައްޕަ (ދޮންބައްޕަ) އަހަރެންނަށް އަޅާލާއި ހެޔޮއަމަލާއި ނުބައިއަމަލަކީ ކޮބައިކަން ދަސްކޮށްދީގެން ގެންގުޅުނެވެ. އަހަރެންގެ މަންމައާއި ދޮންބައްޕައަށް 2 ކުދިން ލިބިފައިވެއެވެ. ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އަހަރެމެން 3 ބެއިން އެކުގައި ކޮލެޖަށް ގޮސް ހަދަމެވެ. އަދި އަހަރެމެން 3 މީހުން އުޅެނީ ވަރަށް އެކުވެރިކަމާއެކުގައެވެ.  އަދި އަހަރުމެން 3 މީހުން އެކީގައި ބިރުވެރި ފިލްމާއި ރޮމާންޓިކް ޑްރާމާތައް ބަލައި ހަދަމެވެ.

އަހަރެން އެންމެ ފުރަތަމަ ހުވަފެން ފެނުނީ އުމުރުން 5 އަހަރުގައެވެ. އެހުވަފެނުގައި އަހަންނަށް ފެންނަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެދެމީހުން ކިޔަވަން ދަނީ އެއް ކޮލެޖަކަށެވެ. ދެމީހުންނަށް ލޯބިވެވިގެން ދެމީހުން ނިކަގަސް ކައިރީގަ އިންނަ ބޮޑު ވަޅު ކައިރިން ލޯބީގެ ސިޓީ ލިޔެ، ސިޓީ ބަދަލުކޮށް ހަދައެވެ. އެ ސިޓީތައް ތަތްކުރަނީ  ގަސްކައިރީ ހުންނަ ބޮޑު ވަޅު ތެރޭގައެވެ. އަދި އެ ވަޅު އިންނަނީ ކޮލެޖް ކޮމްޕައުންޑްގައި ކަމުން ދެމީހުންގެ ސިޓީ ބަލައި އަދި ކިޔައި ހަދަނީވެސް ދެ ވަގުތުގައެވެ. އެކަމު ދެމީހުން ބައްދަލު ކުރަނީވެސް އެ ވަޅު ކައިރީ ރޭނގަޑު ވަގުތުގައެވެ. ދެން އަހަންނަށް ފެންނަނީ އަންހެން ކުއްޖާއަށް އެއްރޭ ލަހުން ވަޅު ކައިރިއަށް ދެވުނު އިރު ފިރިހެން ކުއްޖާ ފެންނަން ނެތުމުން ކޮލެޖް ހޯލު ތެރެއިން އެއްވަނަ ފަންގިފިލައަށް އެޅި އިރު ބަޔަކު އެއަންހެން ކުއްޖާގެ ލޯބިވެރިޔާ ގައިގައި ވަޅިން ޖަހަމް ކޮށްލައި މަރާލަނިކޮށެވެ. އަންހެން ކުއްޖާއަށް އެވަގުތު ހަޅޭއްލަވައި ގަނެވުނެވެ. އެމީހުން ފަހަތަށް އެބުރި ބަލާފައި އަންހެން ކުއްޖާ ހިފަހައްޓަން ދުއްވާގަތެވެ. އަންހެން ކުއްޖާ ރޮމުން ރޮމުން ކޮލެޖްއިން ބޭރަށް ގޮސް ވަޅުކައިރިއަށް ވެއްޓުނެވެ. އެމީހުން އައިސް އަންހެންކުއްޖާގެ ކަރުގަ ބާރަށް ހިފަހައްޓާ އަންހެންކުއްޖާގެ ނޭވާހޮޅި ބަންދުކޮށް މަރާލިއެވެ. އަދި އެދެ ލޯބިވެރިންގެ ފުރާނައެއް މަސްގަނޑު ވަޅުތެރެއަށް އެއްލާލިއެވެ. އެހިސާބުން އަހަންނަށް ނިދިން ހޭލެވެއެވެ. އެ ގޮތަށް އަބަދު ފެންނާތީ އަހަރެންް ކޮލެޖާއި އެތާ ތެރޭގަ އިންނަ ނިކަގަހާއި، ވަޅުގަނޑު ފެނޭތޯ ބަލަމެވެ. ހޯދަމުން ދަނިކޮށް ފްރާންސްގައި އިން ކޮލެޖް ފެނުނެެވެ. އެއީ ހަމަ ހުވަފެނުންވެސް ފެނުނު ކޮލެޖްެ. ވަކި ތަފާތެއް ނެތި އަދި އެ ވަޅުގަނޑާއި ނިކަގަސްވެސް ހަމަ އިނެވެ. އަހަރެން މަންމަ ކައިރި ބުނެގެން އެކޮލެޖަަށް ބަދަލުވީ ހުވަފެނުން ފެނުނު ކަންތައްތަކަކީ ހަމަ އަސްލުވެސް ދިމާވި ކަންތައްތަކެއްކަން ބަލަންށެވެ.

-ނުނިމޭ-

Share Article

Follow Me Written By

myra_26

Level 1

Broadmind, free easy lifestyle. love to read and write

Other Articles

Previous

ލޯބި

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 17

Next
September 28, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 17

Previews
September 28, 2021

ލޯބި



All Right Reserved!