(މިއީ އަހަރެންގެ މާޒީގައި ހިނގާފައިވާ ހަޤީޤީޙާދިސާއެކެވެ. އުންމީދަކީ ތިޔަ އެކުވެރިންނަށް ޢިބްރަތްތެރި ފިލާވަޅެއް މި ވާހަކައިން ޙާސިލްވުމެވެ. .) އަހަންނަކީ މީގެ ހަތަރު އަހަރު ކުރިން ވަރަށް ގިނައިން ފުންފަތުގެ އިސްތިޢުމާލު ކުރި އުމުރުން 33 އަހަރުގެ ފިރިހެނަކީމެވެ. ބޯކަށް ވަކި ވައްތަރެއް ނުބަލަމެވެ. އަތުގައި ގިނައިން ލާރި ހުންނަ ދުވަސްކޮޅެއް ނަމަ ރެއަކާއި ދުވާލެއްގެ މައްޗަށް ފޮއްޓެއް ބޮއެ ހުސްކޮށްލަމެވެ. ހެނދުނު ނިދާ ތަންމަތީގައި އޮވެ ދެލޯ ހުޅުވަނީވެސް ބާލީސް ދަށަށް ލީ ސިނގެރޭޓް ފޮށިން […]
(މިއީ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވަރަށް ތަފާތު ކުރު ވާހަކައެކެވެ.) ހަވީރުގެ އެންމެ ހިތްފަސޭހަ ވަގުތެވެ. ވަސީމު އެދަނީ އާދައިގެ މަތިން އޭނާ ސައިބޯލުމަށް ޓަކައި ދާ “ވަތުކިބަ” ހޮޓަލަށެވެ.ވަސީމު އަށް ހޮޓަލަށް ވަދެވުނު އިރު ހޮޓަލުގައި ސަައިބޯން ވަރަށް ގިނަ މީހުން ތިއްބެވެ. ހުޅުވިފައި ހުރި ޓީވީގެ އަޑާއި ސައިބޯން ތިބި މީހުންގެ އަޑުން ހޮޓާތެރެ ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ.ތަފާތު ހެދިކާގެ ވަހުން މުޅި ހޮޓާތެރެ އެއްވަސް ވެފައި ވާއިރު ހީވަނީ ހަމައެކަނި ވަހުންވެސް […]
ތަފާތު ރީތި ކުލަތަކުން އުޑުމަތި ޖަރީކުރަމުން އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އެރީތި ވިލާތަކުގެ ފުރަގަހުން ބޮނދަމުން އުދަރެހާ ނިވާވާން ދަނީއެވެ. ކަނޑުގައި ފެތުރިފައިވާ ހަމަހިމޭން ކަމުގެ އޮމާން ސާލުގައި އިރުގެ ދޯދިތައް ވިދާބަބުޅަމުން ދެއެވެ.ދޫނި ސޫފާސޫފިތައް އެސޮރުމެންގެ ހާއްޔަށް ދިޔުމަށްޓަކައި ދަތުރު ކުރަމުންދެއެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތައްވެސް އެދޮންވެލިގަނޑަށް ބޮސްދެމުންދަނީ ނުހަނު އޯގާތެރިކަމާ އެކުގައެވެ. އަތިރިމަތީ ކުޅެންއުޅުން ކުޑަކުދިންތައްވެސް ސަކަރާތްޖަހަމުން ގެއަށްދިޔުމަށްޓަކައި ހޭޅިން ރަށުތެެެއަށް ދެވެން އޮތްމަގުން އެއްގަމަށް އަރަމުން ދަނީއެވެ. އެންމެންގޮސްހުސްވިއިރުވެސްގޮނޑުދޮށުގައި އިށީންދެލައިގެން އިންޢާރިފް […]