(މިއީ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވަރަށް ތަފާތު ކުރު ވާހަކައެކެވެ.)
ހަވީރުގެ އެންމެ ހިތްފަސޭހަ ވަގުތެވެ. ވަސީމު އެދަނީ އާދައިގެ މަތިން އޭނާ ސައިބޯލުމަށް ޓަކައި ދާ “ވަތުކިބަ” ހޮޓަލަށެވެ.ވަސީމު އަށް ހޮޓަލަށް ވަދެވުނު އިރު ހޮޓަލުގައި ސަައިބޯން ވަރަށް ގިނަ މީހުން ތިއްބެވެ. ހުޅުވިފައި ހުރި ޓީވީގެ އަޑާއި ސައިބޯން ތިބި މީހުންގެ އަޑުން ހޮޓާތެރެ ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ.ތަފާތު ހެދިކާގެ ވަހުން މުޅި ހޮޓާތެރެ އެއްވަސް ވެފައި ވާއިރު ހީވަނީ ހަމައެކަނި ވަހުންވެސް ބަނޑު ފުރޭހެންނެވެ.
މަތީގައި ބޮޑުއަކުރުން ” ސެލްފް ސާރވިސް” ލިޔެފައިވާ
ހެދިކާ ހަރުން ފޮނިބޯކިބާ ކޮޅަކާއި ގުޅައަކާއި ބަޖިޔަލެއް ވަސީމު ތައްޓަށް ލިޔެއެވެ. ” ގެނޭ ކަޅުސައެއް” ކައުންޓަރަށް ހެދިކާ ތަށި ދައްކާލަމުން ވަސީމު ބުންޏެވެ. އެވަގުތު އެންމެ ކައިރީގައި ހުރި މޭޒުން މީހުން ދިޔުމުން ވެއިޓަރު އެމޭޒު ސާފުކުރަނީއެވެ. ” ދޮންކަލޯ ގެނޭ އާދައިގެ ފެންފުޅިއެއް” މޭޒުމަތީގައި ތަށި ބަހައްޓަމުން ގޮނޑީގައި އިށީންދެލާފައި ވަސީމު ބުންޏެވެ. އިރުކޮޅެއް ނުވެ ވެޓަރު ފެންފުޅި ގެނެސްދިނެވެ. ފެންފޮދެއް ބޯލުމަށްފަހު ވަސީމު ސައިބޯން ފެށިއެވެ.
ހެދިކާގެ ބާވަތް ތަކުގެ ތެރެއިން ބަޖިޔަލާއި ގުޅަ އަކީ ވަސީމުއަށް ވަރަށް މީރު ދެ ވައްތަރެކެވެ. އޭގެ ތެރެއިންވެސް އެންމެ މީރީ ބަޖިޔަލެވެ. އެހެންކަމުން އެންމެފަހުން ކާލުމަށް ޓަކައި ބަޖިޔާ ބޭއްވުމަށްފަހު ފޮނިބޯކިބާ ކޮޅުން އެތިކޮޅެއް ކާލިއެވެ. ރަހަގަނޑު ވަރަށް ހެޔޮވަރެވެ. މީރުކަމުން ބޯކިބާކޮޅުން ދެން އޮތްބައިވެސް ކާލާފައި ވަސީމު ފެންފޮދެއް ބޯލިއެވެ. އޭރު ވެއިޓަރު ސައިތަށި ހިފައިގެން އާދެއެވެ. ” ހާދަހާވާ ދިޔުޅި ދިގު ދުވަހެކޭ ދޯ؟” ސައިތަށި ގެނައިލެއް ލަސްކަމުން ވަސީމު ދެއަތަކަށް ބޯހޫރާލަމުން ހިތްހަމަ ނުޖެހިފައި ބުންޏެވެ. ވެއިޓަރު ހިނިތުންވެލާފައި އެއްވެސް އެއްޗެކޭ ނުބުނެ ދިޔައީއެވެ. ވަސީމު ސައިފޮދެއް ބޯލުމަށްފަހު ގުޅައިގެ އެއްފަޅި ދަތުން ފަޅިކޮށްލުމަށްފަހު ހަފާލިއެވެ. ސައިތަށި ލަހުން ގެނަައެއް ކަމަކު ގުޅައިގެ ރަހަ މީރު ކަމުން އެ ހިތްހަމަނުޖެހުންވެސް ވަގުތުން ފިލަައިގެން ދިޔައެވެ. ލޮނު ރަހަ އާއި ކުޅިރަހަވެސް ހުރީ ހަމަ އެންމެ ހެޔޮވަރު މިނުގައެވެ.
ސައިތަށީގެ މެދާކަށް ހިސާބަށް ދިޔައިރު ދެންއޮތީ ބަޖިޔަލެވެ. އާދެ! ވަސީމުގެ އެންމެ މަޤްބޫލު ހެދިކާއެވެ. ވަރަށް ހަމަޖެހިލައިގެން އިދެ ވަސީމު ބަޖިޔަލުގެ އެއްފަޅި އަނގަޔަށްލައި ހަފާލިއެވެ.
ޢާންމުކޮށް ނުހުންނަ ކަހަލަ މުރަނަ ކަމެއްވެސް ބަޖިޔާ މަސްގަނޑުގައި ހުއްޓެވެ. ކުރިޔާ ޚިލާފަށް އެހެންޏާ ނުލާ ކަހަލަ އާދަޔާޚިލަފު ރަހަގަނޑެއްވެސް އެބަޖިޔަލުން ވަސީމުއަށް ފާހަގަ ކުރެވުނެވެ. އެއީ ބުނެދެން ނޭންގޭ ކަހަލަ ވައްތަރެއްގެ ހުތްފާޑު ރަހައެކެވެ. ވަސީމު ދެފަރާތް ބަލާލުމަށްފަހު އަނގަ ތެރޭގައި ހަފަމުންދިޔަ ބަޖިޔާ މަސްގަނޑު، ހެދިކާ ގެނައި ތައްޓާއި ދިމާލަށް ބޯތިރި ކޮށްލާފައި ނެރުނެވެ.
ފެނުނު މަންޒަރުން އޯކަށް ދެމެމުން ވަސީމު އެ ހޮޓަލުގެ “ޢާންމު ފާޚާނަ” އާއި ދިމާލަށް ދުއްވައި ގަތެވެ. ހޮޓަލުގައި ތިބި މީހުން އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.ފާޚާނަ ތައްޓަށް ބޯ ގުދު ކޮށްގެން އޮވެ ވަރަށް ގިނައިން ހޮޑުވެސް ލެވިއްޖެއެވެ.
ވަސީމު ކަމުން ދިޔަ ބަޖިޔަލުގައި އޮތީ ކޮންއެއްޗެއް ބާވައެވެ؟ އާދެ! އޮޅިގެން ކަމެއް ގަސްތުގައި ކަމެއް ނޭންގެ އެވެ. ވަސީމުއަށް މި ހަފާލެވުނީ އެ ބަޖިޔާ ތައްޔާރު ކުރި އިރު ކޮންމެވެސް ގޮތަކުން އެބަޖިޔަލަށް ލެވިފައި އޮތް ” ހޯނެކެވެ.” ބަޖިޔާ ތެލުލި އިރު މަސްގަނޑު ތެރޭގައި އޮތުމުގެ ސަބަބުން އެސޮރު އޮތީ ކޮންމެވެސް ވަރަކަށް މުރަނަވެސް ވެފައެވެ. ގަތް ފަކުރުން އޭގެފަހުން ދުވަހަކުވެސް ވަސީމު ބަޖިޔަލެއް ނުކައެވެ. އަދި އެ ހޮޓަލަށް ސައިބޯކަށް ވެސް ނުދެއެވެ.
(ނިމުނީ)
6 Comments!
Comments are closed.

hahaha… vrh majaa… hamvrh habeys!
Lol… Aharennah vx kurin enme meeree bajiya… ekm mihaaru bajiyaleh fenunas hodhulavaa…. Adhi amudhun mi vhk kiyaafa… hahaha…vrh salhi vhk eh
Eewwwww!!! ? DISGUSTING
Maiikamoh…. hodulavaa… hoanuthy adhi v fakuru ehcheh… vhk salhi eyge zaathuga… ????
Ohhhhh salhi vaahaka eh….. Ekamu hama fakuru kamun dho….. Aslu fav eii bajiya ….. Dhn rangalhah balaafa kaany vx when noony nukereyne kaakah vx???
Ewww so disgusting ……. But this is a best story and that is so funny…hahahahaha