
ރޫޚް 3
“ގެއައް ދާންހިނގާ މިހާރު ކަރަންޓުވެސް އަންނާނެ ” ފައިވާނައް އަރަމުން އާރިޔާ ބުންޏެވެ.
” ދުވެފައި ދާން ؟ ” ކިޔާރާ އާރިޔާ އަށް ބަލާލިއެވެ. އާރިޔާ ހިނިތުން ވެލިއެވެ.
ކިޔާރާ އަދި އާރިޔާ އެކުގައި ކަހަލަގޮތަކައް ދުއްވައިގަތެވެ. ނޫރް ދުއްވައިގަންނަން އުޅުނުވަގުތު ހީވީ މޫދައް ބޮޑު ބަރުއެއްޗެއް ވެއްޓުނު ހެންނެވެ. ސިއްސައިގެން ގޮސް އެދިމާއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. އެއްވެސް އެއްޗެއްނެތެވެ.
ފޯނުގެ ފްލެޝްލައިޓް ދިއްލާލަމުން ނޫރް ކުރިއަށް ހިނގައިގަތެވެ. އާރިޔާއަދި ކިޔާރާ ފެންނާންވެސް ނެތެވެ.
މަޑުމަޑުން ކުރުސި ކިޔަމުން ނޫރްކުރިއަށް ދިޔައިރު މޭގަނޑު ނެގިނެގިފައި ޖެހެމުންދިޔައެވެ.
ހަނި މަގެކެވެ. އަނދިކިކަމުން އެއްވެސް ތަނެއް ވެސް ނުފެނެއެވެ. ފޯނުގެ ޗާރްޖްވެސް ދަނީއެވެ. ފޯނު ނިވިއްޖެއްޔާ އެއްވެސް ތަނެއްވެސް ނުފެންނާނެއެވެ. މަރުފަދަ ހަމަހިމޭންކަން ވެރިވެފައިވާ އެތަނުން ހީވަނީ ބިރުވެރިކަމުން އެހެންފަދަ ކަމެއްހެންނެވެ.
ގަހެއްގައި ޖެހިދާނެތީ ނޫރްހިނގަމުން ދިޔައީ މަގުގެ މެދުންނެވެ. ހިތްތެޅޭވަރުން ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނުކުމެދާނެ ހެންނެވެ. އެ ހަނި މަގުން ގަހެއްގައި ނުޖެހި ދެވުމަކީ ނުވާނެކަމެކެވެ.
” އެއްވެސް ކަމެއް ނުވާނެ… މާމަ ކިޔާދޭ ވާހަކަ ތަކަކީ ހުސްދޮގު ވާހަކަ….” ނޫރް ހިތާހިތުން ބުނަމުން ދިޔައެވެ. އެވަގުތު ޖެހުނު ވައިރޯޅިއަކާއެކު މުޅިތަނުން ކުނިވަސް ދުވަންފެށިއެވެ.
ހިތުގައިވާ ޝައްކުތަކާއި ވަހުމް ކުރިއަށްވުރެ ބޮޑުވިއެވެ. މަޑުމަޑުން ކުރުސި ކިޔަމުން ނޫރް ހިނަގާފައި ދިޔައީ ވަރަށް މަޑުންނެވެ. މަގު ގައި އޮތީ ޗަކަސް ވެފައެވެ. މާބާރައް ހިނގަން އުޅެފިނަމަ ޔަގީނުނުން ވެސް ވެއްޓޭނެއެވެ.
ފޯނު ނިވިދާނެތީ ބިރުން ހުރިނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
ނޫރް ނައިސް ލަސްވުމުން އާރިޔާ އާއި ކިޔާރާ ހާސް ވިއެވެ. މިހާރު އެކުދިން އައިތާ 20 ވަރަކައް މިނެޓުވެދާނެއެވެ. ކިތަންމެ މަޑުން ހިނގާފައި އައި ކަމުގައިވިޔަސް މިހާރު އާދެވޭންވާނެ ވިއްޔާއެވެ. ކިޔާރަ އާއި އާރިޔާ ނޫރްހޯދުމައް ހިނގައިގަތެވެ. ފޯނައް ގުޅަން ވެސް މަސައްކަތް ކުރިއެވެ. އެކަމަކު އުޅެ އުޅެ ނުގުޅުނެވެ.
” ތުނޑި އަށް ދާން ވީ އެންނު ” އާރިޔާ ކިޔާރާ އަށް ބަލާލިއެވެ.
” ވެދާނެ އެންނު ނޫރް ގެއަށް ދިޔާކަމައް ވެސް… އެގެއަށް ދާން ހިނގާ ފުރަތަމަ ” ކިޔާރާ އާއެކު އާރިޔާ ވެސް ނޫރް މެންގެއަށް ދިޔުމަށް ހިނގައިގަތެވެ.
” އައްސަލާމް އަލައިކުން ” ގޭގެ ދޮރުމައްޗައް އަރަމުން އާރިޔާ ގޮވާލިއެވެ. އާރިޔާގެ އަޑަށް އާމިނަތު ބަދިގެއިން ނުކުމެގެން އައެވެ.
” ނޫރް އެބަ އުޅޭތޯ ” ކިޔާރާ އަހާލިއެވެ.
” ނޭނގެ މަށަކައް އޭނަ ވީތަނެއް…ހަވީރު ބޭރަށް ދިޔަގޮތަކަށް ވީ ” އާމިނަތު ފެށީ އެއްޗެހި ކިޔާށެވެ.
” އެއްއިރުކޮޅުވެސް ގޭގަ ހުރެވޭކަމަށް ނުވާނެ ”
ނޫރް ގެއަށް އައިސްފިނަމަ ކިޔާރާ އަށް ގުޅާލުމަށް ބުނުމަށްފަހު ބުނުމައްފަހު އަވަހަށް އެގެއިން ކިޔާރަ އާއި އާރިޔާނުކުތެވެ.
” ދެން ކިހިނެއް ހަދާނީ ” ކިޔަރާ ބަލާލީ އާރިޔައަށެވެ. އާރިޔާ ނޭންގެ އޭ ބުނާގޮތަކަށް ކޮނޑުއަރުވާލިއެވެ.
ހިނގާ ހިނގާ ވަރުބަލިވީއިރުވެސް ވަލުތެރެވިން ނޫރްއަކަށް ނުނިކުމެވުނެވެ. ލޮލުން ކަރުނަ ފައިބަންފެށީ ގަނެފައިވާ ބިރުންނެވެ.
ކުއްލިއަކައް ފާޑެއްގެ އަޑެއްކިޔާފައި ނޫރްގެ ފޯނުގެ ފްލެޝްނިވުނެވެ. އެވަގުތު ނޫރްގެ ގައިގައި ފިނިވައިރޯޅިއެށް ހަށިގަނޑުގައި ބީހިލިއެވެ. ހަށިގަނޑައަށް ފިނިވެގެންދިޔައެވެ. ނޫރްގެ އަތް މެގައި ޖައްސާ ބާރުކޮއްލިއެވެ.އެއާއެކު ހެން ފަހަތުން މީހަކު ދުއްވާގަތް އަޑުއިވުނެވެ. ސިއްސައިގެން ގޮސް ފަހަތް ބަލާލެވުނެވެ.
އަދިރިކަމުގެ އިންތިހާއެވެ. އަނދިރިކަމު ތެރެއަށް ލޯހޭނެން ވަގުތުކޮޅެއް ނެގިއެވެ. ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ކިތަންމެ ބިރުންހުރި ނަމަވެސް ފަހަތުގައި މީހަކު ހުރިތޯ ބަލާލެވުނެވެ.
” ނޫރް………….” ހިމަ ތޫލި އަޑެކެވެ.
” ނޫރް………………….” ހަމަ އެއަޑެވެ. ނޫރްގެ ގައިގެ ހުރިހާ ލޯކިތައް ކޮޅައްޖެހުނެވެ. ހިތްވެސް ހުއްޓުނު ކަހަލައެވެ.
އިވުނު އަޑަކީ ހީވި ހީވުމެއް ކަމައް ވިސްނާފައި ހިނގައި ގަތުމައް އެނބުރުވަގުތު ލޮލުގައި އެއްޗެއް އަޅައިގަތެވެ. ހުދު ދެއަލިކޮޅެވެ. ދެ އަލިކޮޅެއް ނޫނެވެ. ދެ ލޮލެވެ. އެ ރަތްދެލޯ އަލިފާނުގެ ހުޅުކޮޅުފަދައެވެ. ރުކެއްގެ ފަހަތުގައި އެހުރީ ބޮޑު ކަޅު ހިޔަންޏެކެވެ. ނޫރްގެ ގައިން ހީބިހިނަގައިގަތެވެ.
ނޫރްއަ ދިމާއަށް ބަލަން ހުރި އެ ހިޔަނި ކުއްލިއަކައް ނުލަފާ ގޮތަކައް ހީލިއެވެ. އެ ހީލުމައެކު އޭތީގެ ތޫނު ހުދު ދަތްޕިލަ ފެނިގެން ދިޔައެވެ. އޭތީގެ އަނގައިން ދަވަފާޑުގެ އެއްޗެއް ފައިބަމުން ދިޔައެވެ. އެއީ ކޮންފަދަ ބިރުވެރި ސިފައެއްހެއްޔެވެ؟ ފިލްމަކުންވެސް އެހާ ބިރުވެރި ސިފައެއް ނުފެނެވެ.
ނޫރް އަށް ހީވީ ލާންއުޅުނު ނެވާވެސް ކަރުތެރޭގައި ތާށިވި ހެންނެވެ.
” މަންމާ ” އަޑުގެ ނެތްކޮޅައް ހަޅޭލަވައިގަންނަމުން ނޫރް ދުއްވައިގަތެވެ.
ރޮމުން ގިސްލަމުން ދުވެވުނުހާބާރަކައް ދުވަމުން ދިޔައިރު ގަސްގަހުގައި ޖެހި ހެދުމުގެ ތަންކޮޅު ކޮޅު ވީދި އަތްފައި ވެސް ހަލާކުވަމުން ދިޔައެވެ. މުޅިއުމުރުގައިވެސް މިހާބިރުގަތް ދުވަހެއް ހަނދާނެއް ނުވެއެވެ.
ދުވަމުން ދިޔަ ނޫރް މަޑުވީ ފެންގަޑެއްގެ ތެރެއައް އެރެވުމުންނެވެ. ކުއްލިއަށް މިތަނުގައި ފެންގަޑެއް އޮންނަންވީ ކިހިނެއްކަމެއް ނޭންގުނެވެ. މަޑުމަޑުން ވިޔަސް ކުރިއައް ދެވޭތޯ މަސައްކަތް ކުރަމުން ދިޔަ ނޫރް އަށް ހުއްޓެވުނީ ފައި ޗަކަސް ގަނޑުގައި ތާށިވުމުންނެވެ. ބިރުންގޮސް މަރުވާވަރުވެފައިން ނޫރްމަސައްކަތް ކުރަންފެށީ ފައި ނެއްޓޭތޯއެވެ. ފޯނުނަގާ ފްލެޝްލައިތްދިއްލެތޯ ބަލާލިއެވެ. ނަސީބުރަނގަޅުކަމުން ފްލެޝްވަރަށް ފަސޭހައިން ދިއްލުނެވެ.
ފަޔައް އަލިކޮއްލުމުން އަވަހައް ފައި އެތަނުން ނެގިއެވެ. އެވަގުތު ހެދުމުގެ ފަސްބައިގައި ހޭކިފައި ހުރި ލޭތައްފެނި ވަރައް ބިރުގަތެވެ. އެއާއެކު ވަރަށް ހައިރާންވެސް ވިއެވެ.
އަވަސް އަވަހައް ތެދުވެ ދުއްވައިގަތެވެ. މިފަހަރުވެސް ފައި ޗަކަސްގަނޑުގައި ތާށިވިއެވެ. ރޮމުން ގިސްލަމުން ފައި ނެގޭތޯ މަސްއްކަތް ކުރަން ފެށިއެވެ.
” ނޫރް……………………………..” ހަމަ ކުރިންވެސް އިވުނު އަޑެވެ.
ބިރުން ގޮސް މަރުވާވަރުވިއެވެ. އުޅެއުޅެ ފައިވެސް ނުނެގުވެ. ރޮމުން ގިސްލަމުން ކަންފަތުގައި އަތްއެޅިއެވެ. އަދި ޗަކަސްގަނޑުމަތީގައި އިށީނެވެ. ދެލޯވެސް މަރާ ބާރުކޮއްލިއެވެ.
މީހަކު ކައިރިއަށް އަންނަހެން ހީވާންފެށިއެވެ. ވެރިފައިވާ މުރަނު ފަތްތަށް މުގުރޭ އަޑުއިވެން ފެށިއެވެ. ގަސްތައް ވަޔާ ހެލިގަތެވެ. ހީވީ މުޅިވަލުތެރެއަށް ތޫފާނެއްއައިހެންނެވެ. ހަމަ ކުއްލިއަކަށް މުޅިތަން ހަމަހިމޭންވެއްޖެއެވެ.
މަޑުމަޑުން ކަތްފަތްމަތިން އަތްނަގާ ލޯހުޅުވާލިއެވެ. ދުރުދުރުންވެސް ދިރޭއެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. ލަސްލަހުން ތެދުވެ ފައި ނެގޭތޯ މަސައްކަތް ކުރަންފެށިއެވެ. ފައި ނެއްޓުމާއެކު ލަސްލަހުން ކުރިއަށް ހިނގަންފެށިއެވެ.
އޭރުވެސް ނޫރްދިޔައީ މަޑުމަޑުން ކުރުސިކިޔަމުންނެވެ. ކުއްލިއަކަށް މީހަކު ނޫރްގެ ފައިގައި ހިފައި ފަހަތްތަށް ދަމައިގަތެވެ. ހަޅޭލަވައިގަންނަމުން ފަހަތަށް ބަލާލެވުނެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ.
ފަހަތުން އަންހެން ކުޑަ ކުއްޖަކު ހީގަތްއަޑުއިވުނެވެ. އެއާއެކު މުޅި އެހިސާބުގައިވާހާ ފަތްތަކާއި ވެލި އުދުހި މުޅި އެތަނަށް ތޫފާނެއްއައިފަދައެވެ. ގަސްތައް މުލުން ލުހެންފެށިއެވެ. ބިރުން މަރުވާވަރުވެފާހުރި ނޫރްގެ ހަށިގަނޑު ވަރުދޫވެގެން ފެންގަނޑުގެތެރެއަށް ވެއްޓުނެވެ.
ކިޔާރާއާއި އާރިޔާއަށް އުޅެއުޅެ ނޫރްނުފެނުމުން އެންމެފަހުން ނޫރްގެ ބައްޕަގާތު ވީގޮތްކިޔާދިނެވެ. އިސާހިތަކު ރަށުތެރޭގައި ނޫރް ގެއްލިގެން ހޯދާކަމުގެ ވާހަކަ ފެތުރިއްޖެއެވެ. އެކިވަރުވެ ފިރިހެނުން ޓޯޗުބައްތިތަށް ހިފައިގެން ރަށުގެ ތެރެހޯދަންފެށިއެވެ.
ރަށު އޮފީހުން ނޫރް ނުފެނިގެން ހޯދާވާހަކަ ގޮވިއެވެ. ހަމަހިމޭންކޮށް އޮންނަ މިރަށް އޮތީ ހަލަބޮލިވެފައެވެ. ރަށުގެ ހުރިހާ ރައްޔިޔުން ކަހަލަގޮތަކަށް ނޫރް ހޯދުމަށް ނުކުތެވެ.
ނޫރް ނުފެނި ގިނައިރުވުމުން ޕޮލިހުންނާވެސް ގުޅިއެވެ.
ކިޔާރާއާއި އާރިޔާ ތިބީ ހާސްވެގެން ރޮވޭވަރުވެފައެވެ. ނޫރްހޯދަމުން ދިޔަ ޒުވާނުންތައް ޕޮލިހުންނާއެކު ހުއްޓުމެއްނެތި މަސައްކަތްކުރަމުން ދިޔައެވެ. އަރީފްވެސް ވަރުބަލިކަމެއްނެތި ނޫރްހޯދުމުގައި އުޅުނެވެ.
އާދުވަހަކަށް އިރުއަރައިގެން އައިރުވެސް ނޫރް އަދި ނުފެނެއެވެ. އުޑުމަތި ރީތި ދުވަހެކެވެ. އުޑުގައި ހީވަނީ ނޫކުލައިގެ ސަދުވާއެއް ދަމާލެވިފައިވާހެންނެވެ.
ނޫރް ހޯދަން ނުކުމެ އުޅުނު ގިނަ މީހުން ވަނީ މިހާރު ވަރުބަލި ފިލުވާލުމަށް ގެއަށްގޮހެވެ. ޕޮލިހުން އަދިވެސް ދަނީ ނޫރް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
” ނޫރް…………………..” ކުޅިގާތުގައި ހޭނެތިފައި އޮތް ނޫރް ފެނުމާއެކު ޒާހިލް ވަރަށް ބާރަށް ގޮވާލިއެވެ. އަދި ދުވެފައި ގޮސް ނޫރްގެ ގާތުގައި އިށީނެވެ. އަވަސް އަވަހައް ނޫރް ނޭވާލައިތޯ ބަލާލިވެ. ހިތަހަމަ ޖެހުމުގެ ނޭވާއެއް ބޭރައް ދޫކޮއްލަމުން އަވަށް ނޫރް،އަތްދަނޑިމައްޗައް ލައިގެން ރަށުގެ ތެރެއަށް ހިނގައިގަތެވެ.
ނޫރް އަތްދަނޑިމައްޗައް ލައިގެން އައި ޒާހިލްފެނިފައި އަރީފްއަށް ރޮވުނެވެ.
ނޫރް ހޮސްޕިޓަލަށް ގެނެވުނުކަން އެނގުމުން ކިޔާރާ އަދި އާރިޔާ ދުވަމުން އައިސް ހޮސްޕިޓަލަށް ވަނެވެ. މުޅިހޮސްޕިޓަލްތެރެ ވަނީ މީހުން އައިސް ފުރިފައެވެ. އާރިޔާ އަދި ކިޔާރާ ގޮސް ނޫރް ބައްވާފައި އޮތް ވޯރޑްގެ ދޮރުގާތު މަޑުކޮއްލިއެވެ.
އެނދުމަތީގައި ހޭނެތިފައި އޮތް ނޫރްފެނުމުން ވަރަށް ދެރަވިއެވެ.
” އާމިނަތު ވެސް ވާނެ ނޫރް ބޭރަށް ފޮވަން، އެވެސް އެ ކިޔާރާ އާ އާރިޔާ އާއެކީ………ޔަގީން މިފަހަރުވެސް ކޮންމެވެސް ނާމާންކަމެއް ވާނެކަން…… ” ކިޔާރާމެންނާއި ދިމާލުން ފަހަތުގައި ތިބި އަންހެންވެރިން ތަކުތެރެއިން މީހަކުބުނެލިއަޑުއިވުނެވެ.
” އަހަރެންނަށް ވެގެންވިއްޔާ އެ ތިންކުދިންނާ އަހަރެންގެ ދަރިއަކު ކައިރިވިޔަކަވެސް ނުދޭނަން ” އެއަންހެންމީހާ އިތުރުކޮށްލިއެވެ. ކިޔާރާ ފަހަތްއެނބުރި އެމީހުންނާ ދިމާއައްބަލާލިއެވެ. އެމީހާއަށް ކިޔާރާފެނުނީ އަދި ކިރިޔާއެވެ. ފާޑަކަށް ކިޔާރާއަށް ބަލާލަމުން އެއަންވެރިންނާއެކު އެތަނުން ދިޔުމައްހިނގައިގަތެވެ. ދިޔައީވެސް މަޑުމަޑުން އެއްޗެހިކިޔަމުންނެވެ.
ކިޔާރާ ވަރައް ހައިރާންވިއެވެ ދެރަވެސްވިއެވެ.
” މަންމާ…. ނޫރްގެ ގަޔައް ލޭއަޅަންޖެހިއްޖެ….” ވާރޑްއިން ނުކުންނަމުން އާމިނަތުގާތު ނައިރާ ބުންޏެވެ.
” ދެންއަޅާބަލަ ކޮބާމައްސަލައަކީ…..” އާމިނަތު ފޫހިގޮތަކައް ނައިރާއަށް ބަލާލިއެވެ.
” ނޫރް އަށް ބޭނުންވަނީ އޭ ނެގެޓިވް……މަންމަ އާއި ބައްޕަގެ ގައިގައި ހުންނަނީ އޯ ޕޮޒިޓިވްއެންނު އެންނު؟” ނައިރާ އާމިނަތު އަށް ބަލާލީ ވަރަށް ހައިރާންވެފައި ހުރެއެވެ.
ނުނިމޭ
5 Comments!
Comments are closed.
maashaa allah. varah reethi mi part vx.
Aah… Kobaa next part?
Aah… Kobaa next part? I’m curious!
Kobaa nxt avas….
When next part waiting………,…..,…..