“ކިޔާން… ޑޫ ޔޫ ލައިކް މީ…؟” ދެ މީހުންގެ ހަތަރުކަޅި ހަމަވިއެވެ. ކިޔާން ގެ އަތުގައި އޮތް ހެއާރ ޑްރަޔާރް ނިއްވާލުމައްފަހު މޭޒުމަތީގައި ބޭއްވިއެވެ. ކޮންމެއަކަސް އޭނާ ބޭނުންވީ އޭނާގެ ހިތުގެ ޝުޢޫރުތައް މިއަދު އޭގެ ޙައްޤު ފަރާތަށް ކިޔައިދިނުމަށެވެ. ކިޔާރާގެ ކޮނޑުގައި ހިފާ މަޑުމަޑުން ގޮސް އެނދުގައި ބޭންދިއެވެ. “ކިޔާ… އަހަރެންނަށް ކިޔާދެކެ ލޯބިވެވިއްޖެ… ނޭނގޭ ކިހިނެށް ކަމެއްވެސް… އެކަމް ކިޔާ ކައިރިއަކު ބުނާކަށް ނުކެރުން… ކިޔާ… ކިޔާން އައް އިތުބާރު ކުރޭ… އައި ވިލް […]
އައްސަލާމު އަލައިކުމް. މި ވާހަކަ ލިޔުން ކުޑަކޮށް ލަސް ވީތީ ވަރަށް ބޮޑަށް ސޮރީ.. އުއްމީދު ކުރަނީ މި ބައި ވެސް ކަމުދާނެއެވެ.. •───────•°•❀•°•───────• “ބީޕް ބީޕް ބީޕް” ނިދީގެ ތެރެއަށް ގެނބިގެން ގޮސްފައިވާ ކިޔާރާއައް ހޭވަރިކަން ވީ އޭނާގެ ފޯނު އެލަާރމް ވާ އަޑަށެވެ. އޭލާރމް ނިންމާލުމައްފަހު ފާޙަނައައް ވަދެ ވުޞޫކޮއްލައިގެން އައިސް ނަމާދަށް އެރިއެވެ. މިއަދަކީ ކިޔާރާގެ އޮފް ދުވަހެވެ. އެމެންޖެންސީއެއް ޖެހިއްޖެނަމަ ނޫނީ މިއަދު ކިޔާރާ ހޮސްޕިޓަލައް ދާކައް ނުޖެހެއެވެ . […]
ނިދީގެ ފޮނި މީރު ކަން ޙާސިލްކުރަން އޮވެފައި ހޭލެވުނީ ފޯނު އެލާރމް ވާ އަޑަށެވެ. ކަންނެތް ގޮތަކަށް އެދުން ތެދުވެ ފަޙަނާ އައް ވަނީ ހޮސްޕިޓަލައް ދިއުމުގެ ކުރިން ފެންވަރާ ލުމަށެވެ. ރޭގައި ކަންތަކުން ކިޔާރާ އިނީ ކިޔާން އާ ހަތަރުކަޅި ހަމަކޮއްލަންވެސް ނުކެރިފައެވެ. ފުން ނޭވާއެއް ދޫކޮށްލުމައްފަހު މާގަނޑު ދޫކޮއްލީމެވެ. ފިނި ފެން އަހަރެންގެ މުޅި ގައިގައި ބީހިލާއިރު ވަރަށް އަރާމެވެ. އަހަރެން ހުރީ އެ އަރާމު ދޫކޮށް ނުކުންނާން ވެސް ބޭނުން ނުވެފައެވެ. ފާޙަނައިން […]
ކާރު ގޮސް ހުޅުމާލެ ހޮސްޕިޓަލް ދޮރުމައްޗަށް ހުއްޓުމުން އަހަރެން ފޭބީމެވެ. ލައުރާ ބުނި ވާހަކަތަކާމެދު ވިސްނާ ލުމަށް ފަހު އަހަރެން ހޮސްޕިޓަލައް ވަނީ އާ ދިރިއުޅުމެއް ފެށުމުގެ ނިޔަތުގައެވެ. “ގުޑް މޯރނިންގް ކިޔާ. ހައު އާރް ޔޫ؟” އަހަރެން ފެނުމާއެކު އެސިސްޓެންޓް ނަތާ އަހާލިއެވެ. “ގުޑް. ތެންކްޔޫ” އަހަރެން އަވަސްވެ ގަތީ ގަޑި ޖެހުމުގެ ކުރިން ފިންގަރ ޖެހޭ ތޯއެވެ. ފިންގަރ ޖެހުމަށް ފަހު އަހަރެން ދިޔައީ އަހަރެންގެ ޕޭޝަންޓުމްގެ ހާލު ބަލާލުމަށެވެ. ކޮންމެ ދުވަހެއް ވެސް […]
ދުވަސްތައް ފާއިތުވެ ހިނގައްޖެއެވެ. އަހަރެންގެ ހިތުގައި އަދިވެސް ވަނީ އޭނާގެ ނަމެވެ.އެ ނަމަކުން އަހަރެންގެ މުޅި ހަޔާތް ބަދަލުވެގެން ދިޔަ ނަމަވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ ؟. ތަޤްދީރު ގައި އަހަންނަށް އޮތް ގޮތަކީ މިއީ ކަމަށް ވެދާނެ އެވެ. ލޯމައްޗަށް ޖަމާވެގަތް ކަރުނަތައް އަހަރެންގެ ކޯތާފަތް މައްޗަށް ފައިބައި ގަތީ އެއްވެސް ހައްދެއްނެތި އެވެ. ރޮއެރޮއެ ގޮސް މީހާ މުޅިން ހަލާކުވާ ވަރުވިއެވެ.. އަހަރެންނަށް ބަލާލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. މެންދަމު ތިނެއް […]
އައްސަލާމު އަލައިކުމް. މި ވާހަކަ އަކީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ. އުއްމީދު ކުރަނީ މި ވާހަކަ ކަމުދަނެކަމައް….