Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުމުރައް ވެސް ލޯބިވިން – ފުރަތަމަ ބައި

Malsa Ismail
Malsa Ismail Level 110 Stories
December 21, 2022 3 Mins Read
1 Comment

ދުވަސްތައް ފާއިތުވެ ހިނގައްޖެއެވެ. އަހަރެންގެ ހިތުގައި އަދިވެސް ވަނީ އޭނާގެ ނަމެވެ.އެ ނަމަކުން އަހަރެންގެ މުޅި ހަޔާތް ބަދަލުވެގެން ދިޔަ ނަމަވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ ؟. ތަޤްދީރު ގައި އަހަންނަށް އޮތް ގޮތަކީ މިއީ ކަމަށް ވެދާނެ އެވެ. ލޯމައްޗަށް ޖަމާވެގަތް ކަރުނަތައް އަހަރެންގެ ކޯތާފަތް މައްޗަށް ފައިބައި ގަތީ އެއްވެސް ހައްދެއްނެތި އެވެ. ރޮއެރޮއެ ގޮސް މީހާ މުޅިން ހަލާކުވާ ވަރުވިއެވެ.. އަހަރެންނަށް ބަލާލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. މެންދަމު ތިނެއް ޖަހަން އިނީ ބާކީ 5 މިނެޓެވެ. އެދުމަތީން ތެދުވެ އަހަރެން ފާޚާނާއައް ވަނީ މޫނުދޮވެލުމުގެ ނިޔަތުގައެވެ. މޫނުދޮންނަ ތަށަ ކައިރީ ހުއްޓުމަށްފަހު އެންމެ ފުރަތަމަ ވެސް އަހަރެންނަށް ބަލާލެވުނީ ކަރުނައިން ތަތްތެޅިފައި ވާ އަހަރެންގެ މޫނަށެވެ. އަހަރެންގެ ދެ ލޯ ވަނީ ރަތްވެފައެވެ. ކަރުނަތައް ފުހެލުމަށް ފަހު އަހަރެން މޫނު ދޮވެލީމެވެ. މޫނު ފޮހެލައިގެން އެދައް އެރީ ނިދޭތޯއެވެ.

ކިޔާރާއަކީ ގދ. ތިނަދޫގެ ނިވައަރޯޅިގޭގެ އަޖުވަދާއި މީރާ ގެ ހުންނަ ހަމައެކަނި ކުއްޖާ އެވެ. ނަމަވެސް ކިޔާރާގެ އުމުރުން އެންމެ ނުވަ އަހަރުގައި އޭނާގެ މަންމައާއި ބައްޕަ ވަނީ މި ދުނިޔެއާ ވަކިވެގެން ގޮސްފައެވެ. ކިޔާރާގެ މައިންބަފައިން ދުނިޔޭގައި ހުރި އިރު ވެސް އޭނާ އަށް އޭނާގެ މައިންބަފައިން ނެތް ކަހަލަ އެވެ. ވާނީ ވެސް އެހެންތާއެވެ. އޭނާގެ މައިންބަފައިން އޭނާ އަށް އެހާ ނަފުރަތު ކުރެއެވެ. އެ ދެމަފިރިން ބޭނުންވީ ފިރިހެން ކުއްޖެކެވެ. ނަމަވެސް ކިޔާރާ އަކީ އަންހެން ކުއްޖެއް ކަމުން އޭނާ ދެކެ އެދެމީހުން ވެސް ރުޅި އާދެއެވެ. ބަނޑުހައި ވެގެން ރޮޔަސް ކަޔަނީ އެއްޗިއްސެވެ. ރޭގަނޑު ނިދަން ވެސް އެ ތުއްތު ކުއްޖާ ބާއްވަނީ ސިޓިންރޫމް ސޯފާ މަތީގައެވެ. އެ ތުއްތު ފުރާނަ ރޮޔަސް އެެ ދެމަފިރާންގެ ކަންފަތުގައި އެ އަޑު ނީވޭ ކަހަލަ އެވެ.  ކިޔާރާއައް މައިމީހާގެ ގާތުން ކިރު ވެސް ދޭކަށް މީރާ ބޭނުން ނުވެއެވެ. އެއްމެ ތުއްތު އިރުއްސުރެ އެ މައުސޫމު ފުރާނަ ބަލަމުން ދިޔައީ މީރާގެެ ކޮއްކޮ މަނާލްއެވެ. މަނާލް ވެސް މީރާ އަށް ވިސްނާ ދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް މީރާ ގާތަށް އަންނަނީ ރުޅިއެއް. އެ ރުޅިމަތީގައި މީރާ މަނާލް އައް އެ ކުށެއްނެތް ފުރާނަ ދީފައި ގެއިން ވެސް ނެރިލިއެވެ. މަނާލް އޭރު މީހަކާވެސް ނީންދެއެވެ. ނަމަވެސް އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ ގެ އާއިލާ މީހުންގެ އެހީ ލިބޭތީ މަނާލް އައް ކިޔާރާ ބެލުމަށް ވަރަށް ފަސޭހަ ވެގެން ދިޔަ އެވެ.

ކިޔާރާއައް 4 މަސް ފުރުން ފަހުން މަނާލް އާއި އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ މާކިންއާ ކައިވެނި ކުރެވުނެވެ. އެ ދެމަފިރިން ކިޔާރާދެކެ އިންތިހާއަށް ލޯބި ވެއެވެ. ފުރިހަމަ އަޅާލުން ދެއެވެ. ވަގުތު ވެސް ދެއެވެ. ކިޔާރާ ފުރަތަމަ އެ ދެމީހުންނަށް ކީވެސް މަންމަ އާއި ބައްޕަ އެވެ. ކޮންމެވެސް ދުވަހަކުން ކިޔާރާއައް ޙަޤީގަތް ކިޔައިދޭންޖެހޭނެކަން އެނގޭތީ އެ ދެމަފިރިން ވަނީ ކިޔާރާގެ އުމުރުން 7 އަހަރުގައި ހުރިހާ ހަޤީޤަތެއް ކިޔައިދީފައެވެ. ފުރަތަމަ ދެރަވި ކަމުގައި ވިޔަސް ކިޔާރާ އެ ދެމަފިރީންނަށް ވަރަށް ޝުކުރު އަދާކުރިއެވެ. އޭނާ ބަލާދިނީތީއެވެ. އޭނާ މަންމަ ދެކިލުމަށް ބޭނުން ވާ ވާހަކަ ވެސް ބުންޏެވެ. ނަމަވެސް މީރާ ކިޔާރާގެ މޫނު ވެސް ދެކެލަން ބޭނުން ނުވާ ކަމަށް ބުންޏެވެ. ކިޔާރާ ދެރަވި ކަމުގައިވިޔަސް އޭނާ ކެތްތެރިވިއެވެ. ކިޔާރާ އަކީ ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ

…………………………………………………………………………………………

ފަތިސް ނަމާދުގެ އަޑާއެކު ކިޔާރާއައް ހޭލެވުނެވެ. އަވަސް އަވަހަށް ނަމާދުކޮށްލައިގެން އޭނާ ބޭރަށް ނިކުމެލީ ވަޒީފާއަށް ދިއުމުގެ ކުރިން ބޯ ހަމަޖައްސާލުމަށެވެ. ރޭގެ ހަނދާންތަކުން ދުރުވުމުގެ ގޮތުންނެވެ. އޭނާ އުޅެނީ ހުޅުމާލޭގެ ބީޗް ސަރަހައްދު ކައިރާގައި ހުންނަ 10 ބުރީ އިމާރާތެއްގައެވެ. އެގެއަކީ މަނާލް ދޮންތިއާ ދޮންތަބެ މާކިންގެ ގެއެކެވެ. މާކިންއަކީ ވަރަށް މުއްސަނދި އާއިލާ އަކުން އައިސް ހުރި ކާމިޔާބު މީހެކެވެ. މިކަމުގެ ސަބަބުން ކިޔާރާއައް ގޭގޭ ކުލި ދައްކަން ވެސް އުނދަގުލެއް ނުވެއެވެ. ކުޑައިރުއްސުރެ ކިޔާރާ އަކީ ކުޑަކުދިންގެ ޑޮކްޓަރަކައް ވާން ބޭނުންވާ ކުއްޖެކެވެ. އޭނާ 10 ނިންމާފައި ޑޮކްޓަރުކަން ކިޔަވަން ދިޔައީ  މެލޭޝިޔާއަށެވެ. 7 އަހަރުގެ ކިޔެވުން  ކާމިޔާބުކުރި ކިޔާރާ އަކީ މިހާރު ހުޅުމާލޭގެ ހޮސްޕިޓަލުގައި ހުރި އެންމެ މޮޅު ޑޮކްޓަރު ވެސް މެއެވެ.

ކޮފީ ތައްޓެއް ހިފައިގެން އައިސް ކިޔާރާ އަތިރިމަތީގައި ހުރި ގަހެއްގެ ހިޔަލުގައި އިށީންދެލިއެވެ. އެ ތަނަކީ އޭނާގެ މާޒީ މަތިން ހަނދާންވާ ތަނެކެވެ. މޫދާ ދިމާއަށް ގެއްލި ހުސްވެފައިވާ ކިޔާރާގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބަމުން ދިޔައެވެ. ނުރޯން ކުރި މަސައްކަތް މިފަހަރު ވެސް ވީ ބޭކާރެވެ. ފުން ޙިޔާލެއްގައި އިން ކިޔާރާ ސިއްސައިގެން ދިޔައީ ލައުރާ އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ. ސިއްސައިގެން ގޮސް ހަޅޭއްލަވައި ގަނެވުނެވެ. ލޯމައްޗަށް ޖަމާވެގަތް ކަރުނަތައް އެއްފަރާތް ކޮއްލަމުން ކިޔާރާ ލައުރާ އަށް ހިނިތުންވުމެއް ރައްދުކޮއްލިއެވެ. “ކިޔާ.. އަދިވެސް ހަމަ ކައިލާން މަތިން ދޯ ތި ވިސްނަނީ.. ލައު ބުނީމެއްނު ކިޔާ ކައިރީ އޭނަ ކިޔާ ދެކެ ލޯތްބެއް ނުވެޔޭ. ކިޔާ އެޓލީސްޓް ޓްރައި ކޮއްބަ. ކޮންމެ ދުވަހަކު ތިހެން ރޮންޏާ ގެއްލުން ވާނީ ކިޔާއައް.   ކިޔާ އައް އެނގޭނެ އަހަރެން މީޝާކް އާ ރައްޓެހި ވެގެން އެޅުނު އިރު ވީގޮތް.. ގައިމު ކައިވެނި ކުރަން ގޮއްސަ ބުނީވެސް އޭނަ މަށާ ޗީޓްކުރިކަންވެސް… އެދުވަހު ކިޔާ ބުނީމެއްނު އޭނަ މަތިން ހަނދާން ނައްތާލާށޭ..މިހާރު ބަލާ. އައިއެމް ސޯ ހެޕީ. އޭނަ އަހަރެން ދޫކޮށްލާފައި ދިޔައީމަ މަށަށް މަގޭ ދެކެ މާ ލޯބިވާ މީހަކު ލިބުނީ..  ސޭމްވޭ ކިޔާ. ޓްރައި ޓު ފޮގެޓް ހިމް. ކިޔާ ކަހަލަ ރީތި ކުއްޖެއް އޭނައައް ލިބުން ވެސް ޙައްޤު ނުވާނެ. ދެއާރ އާރ އަދާރ ފިޝެސް އިން ދަ ސީ.. މިކަން ހަނދާން ނައްތާނުލާތި…” ލައުރާ ކިޔާރާ ހަމަޔަކަށް އަޅުވަން މަސައްކަތް ކުރި އެވެ. އާނއެކެވެ. ޙަޤީޤަތުގައި ވެސް ކިޔާރާ ކައިލާން ދެކެ ވަރަށް ލޯބިވިއެވެ. 7 ޖަހަން ގާތް ވުމުން ދެ އެކުވެރިން ވެސް މިސްރާބު ޖެހިީ ގެއަށް ދިއުމަށެވެ. ހޮސްޕިޓަލައް ދާން ޖެހޭތީ އެވެ. ގެއަށް ގޮސް ކިޔާރާ ފެންވަރައިލިއެވެ. ބޯހިއްކަންވެގެން  ވެގެން އައިސް ލޯގަނޑު ކުރިމައްޗަށް ހުއްޓިލެވުނެވެ.  ލައުރާ އެ ބުނީ ހަމަ ތެދެކެވެ. އަހަރެން އަސްލު ވެސް ހާދަ ރީއްޗޭ.. ހިނިތުން ވެލައިގެން ހުރެ ކިޔާރާ އައް ބުނެވުނެވެ. ޖަސްޓިން ބީބާރ ގެ ސޮރީ ލަވަ ޖަހައިގެން ނަށަމުން ކިޔާރާ ހޮސްޕިޓަލައް ދާން ތައްޔާރު ވެލިއެވެ. އޭނާގެ ކޮނޑާ ހިސާބަށް އަރާ ފަން އިސްތަށިގަނޑު ފުނާއަޅާ ލުމަށް ފަހު ހުދު ކޯޓު ގަޔަށް ހެޔޮވަރު ކުއްލިއެވެ. އޭގައި ކިޔާރާ ފެންނަލެއް ވަރަށް ރީއްޗެވެ. އޭނާ ފެންނަ މީހުން  ހިތްކިޔާ ކަހަލަގެ ރީތި ސިފަތައް ކިޔާރާ އައް ލިބިފައިވެއެވެ.

 

ގޭގެ ދޮރު ތަޅުލުމަށް ފަހު ކިޔާރާ މިސްރާބު ޖެހީ ޓެކްސީ އެއް ލިބޭ ތޯއެވެ. ގެއާ ހޮސްޕިޓަލާ ފުދޭވަރަކަށް ދުރުވުމުގެ ސަބަބުން ހިނގާފައި ދާން ކުޑަކޮށް އުނދަގޫވެއެވެ. މާގިނައިރު ތަކެއް ނުވެ ކިޔާރާ އައް ކާރެއް ލިބުނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލަމުނަ ކިޔާރާ ކާރައް އަރާ ލިއެވެ.

 

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Malsa Ismail
Follow Me Written By

Malsa Ismail

Level 110 Stories

Other Articles

Previous

ކޮމެޑީ ލޭންޑް – މޮރޮކޯ : ޕޯޗުގަލް

Next

އުމުރައް ވެސް ލޯބިވިން – ދެވަނަ ބައި

Next
December 22, 2022

އުމުރައް ވެސް ލޯބިވިން – ދެވަނަ ބައި

Previews
December 20, 2022

ކޮމެޑީ ލޭންޑް – މޮރޮކޯ : ޕޯޗުގަލް

One Comment

  1. Nayal says:
    December 22, 2022 at 11:17 am

    varah reethi feshun gavaaidhun genes dheyne kamah uhmeedhu kuran…

Comments are closed.

Next Episodeއުމުރައް ވެސް ލޯބިވިން – ދެވަނަ ބައި←


All Right Reserved!