Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުމުރައް ވެސް ލޯބިވިން – ހަތަރު ވަނަ ބައި

Malsa Ismail
Malsa Ismail Level 110 Stories
December 27, 2022 4 Mins Read
1 Comment

އައްސަލާމު އަލައިކުމް. މި ވާހަކަ ލިޔުން ކުޑަކޮށް ލަސް ވީތީ ވަރަށް ބޮޑަށް ސޮރީ.. އުއްމީދު ކުރަނީ މި ބައި ވެސް ކަމުދާނެއެވެ..

 

•───────•°•❀•°•───────•

“ބީޕް ބީޕް ބީޕް” ނިދީގެ ތެރެއަށް ގެނބިގެން ގޮސްފައިވާ ކިޔާރާއައް ހޭވަރިކަން ވީ އޭނާގެ ފޯނު އެލަާރމް ވާ އަޑަށެވެ. އޭލާރމް ނިންމާލުމައްފަހު ފާޙަނައައް ވަދެ ވުޞޫކޮއްލައިގެން އައިސް ނަމާދަށް އެރިއެވެ. މިއަދަކީ ކިޔާރާގެ އޮފް ދުވަހެވެ.  އެމެންޖެންސީއެއް ޖެހިއްޖެނަމަ ނޫނީ މިއަދު ކިޔާރާ ހޮސްޕިޓަލައް ދާކައް ނުޖެހެއެވެ . އިސްތަށިގަނޑު ފުނާ އަޅާލުމައް ފަހު ކިޔާރާ ސިޓިމްރޫމައް ނިކުމެލީ ކޮފީ ތައްޓެއް ބޯލުމަށެވެ. ކޮޓަރި ދޮރު ހުޅުވާލިއިރައް ކިޔާރާއައް ލިބުނީ ކުއްލި ޝޮކެކެވެ. ވާނީ ވެސް އެހެންތަ އެވެ. އޭނާގެ ކޮޓަރި ދޮރު ކުރިމަތީގައި ކިޔާން ނިދާފައި އޮންނާނެ ކަމަކަށް އޭނާ ކުޑަކޮށް ވެސް ހިއެއް ނުކުރެއެވެ. ކިޔާން ގެ ލޮލާ ދިމާއަށް ބަލަން ހުރި އިރު ކިޔާރާއައް ހިނިތުންވެވުނެވެ. “ކިޔާން ނިދާފައި އޮންނައިރު ވެސް ހާދާރު ރީއްޗޭ.” ކިޔާރާ އައް ހިތާ ހިތުން ބުނެވުނެވެ. މަޑުމަޑުން ކިޔާން ކައިރީގައި އިށީނދެލުމައްފަހު އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. “ކިޔާން.. ކިޔާން” ކިޔާރާ ގޮވަން ފެށުމުން ކިޔާން އައް ހޭލެވުނެވެ. “ކިޔާން.. މިތާ ތީނީ ކީއްވެ.. ؟” “ރޭގަ ނުނިދުން.. އެހެންވެ ބޭރަށް ނިކުމެލީ.. ދެން ކިޔާގެ ކޮޓަރީ ޓަކި ޖަހާ ނުހުޅުވީމަ އެނގުނީ ކިޔާ ނިދީކަން.. ދެން ކިޔާން މިތާ އިށީނދެގެން އިނދާ ނިދުނީ.. އިން ތަނުން ތެދުވަމުން ކިޔާން ބުނެލިއެވެ. “އޮހް.. އައި ސީ. ދެން ދޭ ފްރެޝް ވެލައިގެން އަންނަން. އޭރައް ވާއިރަށް ކޮފީ ހަދާދޭނަން.” ކިޔާރާ ގެ އެދުމަށް ކިޔާން ގޮސް ކޮޓަރިއައް ވަދެ ރީތިވެލައިގެން އައިސް ކާ މޭޒު މަތީގައި އިށީނދެލިއެވެ. ކިޔާރާ ވެސް އައިސް ކިޔާން ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. “އަމް ކިޔާ.. ކިޔާގެ ބެސްޓީގެ ނަންބަރު ދެވިދާނެތަ.. ކިޔާން އޮޅުން ފިލުވަން ބޭނުން ކަންތައް ތަކެއް ހުރީމަ.. އޮންލީ އިފް ޔޫ ވޯންޓް އެނގޭ. ނޯ ޕްރެޝާރް.” ކޮފީ ތަށިން ކޯވަރެއް ބޯލުމައްފަހު ކިޔާން އަހާލިއެވެ. “ޝުއާރް. ވައި ނޮޓް.” ހިނިތުންވެލަމުން އިނދެ ކިޔާރާ ބުނެލިއެވެ. އަދި ކިޔާން އަށް ލައުރާ ގެ ނަމްބަރު ވެސް ދިނެވެ. ސައިބޮއިމުގެ ބާކީ އޮތް ވަގުރުތަކުގައި އެދެމެދުގައި އެކި ކަހަލަގެ ވާހަކަތައް ދެކެވުނެވެ. ކިޔާން ބެލީ ވީހާވެސް ގިނަ އަކުން ކިޔާރާ ހެއްވާލެވޭތޯއެވެ. އެކަން އޭނާ ވަރަށް ބޮޑަށް ކާމިޔާބު ކޮއްފިއެވެ. “ހެއްހެއް. ކިޔާން މިވަގުތު ދެން ގޮސްލަނީ. ޓޭކް ކެއާރް އިނގޭ.. ކަމެއް ވަންޏާ ކޯލް މީ.. އައި ވިލް ބީ އޯލްވޭސް ހިއާރް ފޯރ ޔޫ.. ” ކިޔާން ގެ ބަސްތަކުން ކިޔާރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނާ އައް މަޑުމަޑުން ކިޔާން އައް އިތުބާރު ކުރެވޭންވެސް ފެށިގެން..

 

“ހަލޯ.. ލައުރާތަ ؟މީ ކިޔާން.. ކުޑަވާހަކައެއް ދައްކާލަން ވެގެން. ކިޔާއާ ބެހޭގޮތުން.. ޕްލީސް މީޓްމީ ސެންޓްރަލް ޕާރކް އިން.” ލައުރާ އަވަސްވެގަތީ ސެންޓްރަލް ޕަރކައް ދެވޭތޯއެވެ . އެގަޑިއަކީ ލައުރާގެ ފިރިމީހާ ވެސް އޮފީހުގައި ވީ ވަގުތުކަމުން ލައިލުރައައް ޖެހުނީއެވެ ކާރެއްގައި ދާށެވެ. ކާރެއް ލިބުމައެކު ލައުރާ ކިޔާން އައް މިހާރު މި ދަނީ ކަމަށް ބުނެ ހަމަޖެހިލިއެވެ. ކާރު ގޮސް ސެންޓްރަލް ޕާރކައް ހުއްޓުމާއެކު ލައުރާ ފޭބިއެވެ. ކިޔާން ފެނުމާއެކު އޭނާ އާ އެއްކޮށް ބެންޗްގައި އިށީންދެލިއެވެ. ކިޔާން ރޭގައި ވީ ކަންތައްތައް ލައުރާ އައް ކިޔައިދިނެވެ. “ކިޔާން އަކަށް ވެސް ނޭނގެ ކުއްލިއަކަށް ކިޔާއައް އެހެން ވީ ކިހިނެއް ކަމެއްވެސް.. އެހެން ވެ ހިތަށް އެރީ ލާއުރާ ގާތު އަހާލާނަމޭ.. އެންޑް ވާން މޯ ތިންގް… ކިޔާ އެއްވެސް ކުއްޖަކާ ޑޭޓް ކުރިތަ.. ؟ ކިޔާން ގެ އެ ސުވާލު ން ލައުރާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “އާން… ކައިލާން ކިޔާ ކުއްޖަކާ… ކިޔާ އަދިވެސް ލޯބިވޭ އޭންދެކެ.. އެކަމް ލައު ދެނެއް ބޭނުމެއް ނޫން އޭނާ އެ ކައިލާން އަޅާ އުޅޭކައް. ހާދަ ވަރެއް ކޮއްލިޔޭ ކިޔާއައް އެ ނުލަފާ މީހާ.. ކިޔާން. ލައު ވަރަށް ބޭނުން ކިޔާން އައް ހުރިހާ ވާހަކައެއް ކިޔަދޭން.. ކައިލާން ކިޔާރާއައް ހެދި ހުރިހާ ގޮތެއް. އެކަމް ކިޔާއައް ޕްރޮމިސް ކުރިން ނުބުނާން ކަމައް.. ” އިސަޖަހައިގެން އިން ލައުރާ ބުނެލިއެވެ.” ލައުރާ.. ޑޫ ޔޫ ތިންކް ދެޓް އާއި ހޭވް އަ ޗާންސް ވިތް ހަރ… ” އަތުގެ އިނގިލިތަަކާ ކުޅެމުން އިން ކިޔާން އަހާލިއެވެ.”  ޔޫ ލައިކް  ކިޔާ ؟” އާނއެކޭ ބުނުމުގެ ގޮތުން ކިޔާން ބޯ ޖަހާލިއެވެ. “ވަރަށް އުފާ ވެއްޖެ ކިޔާން ތިހެން ބުނީމަ. އެކަމް. ކިޔާ އަދިވެސް ކިޔާގެ ޕާސްޓް ހަނދާނެއް ނުނައްޓާ… އެކަމް އަހަރެން ބަލާނަން ކިޔާ ކިޔާން ގެ މީހަކަށް ހެދޭތޯ.” ދެމީހުންނަށް ވެސް ހީލެވުނެވެ.  ކިޔާން ގެ ހިނިތުންވުން ފިލައިގެން ދިޔައީ އޭނާގެ ފޯނައް އައި ކިޔާރާގެ މެސެޖް ފެނިފައެވެ.. އޭގައި ވަނީ “ސޭވް މީ ޕްލީސް” އެހެން ލިޔެެފައެވެ. ކިޔާން އައް ކިޔާރާއޭ ކިޔާފައި ވަރަށް ބާރަށް ގޮވައިލެވުނެވެ. ކައިރީގައި އިން ލައުރާވެސް ދިޔައީ ސިއްސައިގެންނެވެ. ކިޔާންގެ އަތުން ފޯނު ނެގުމަށްފަހު ލައުރާ ވެސް އެ މެސެޖު ކިޔާލިއެވެ. އޭނާގެ ހިތް ވެސް ނުބައިކުރަން ފަށައިފިއެވެ. ކިޔާން ދުވެފައި ގޮސް އޭނާގެ ސައިކަލް ސްޓާރޓް ކޮއްލިއެވެ. އެއަށްފަހު ލައުރާވެސް ކިޔާން ގެ ސައިކަލައް އަރައިލިއެވެ. ދުއެވުނު އެންމެ ބާރަކަށް ދުއްވަމުން ގޮސް ކިޔާރާގެ ގެއަށް އާދެވުނެވެ.

 

ދުވެފައި ގޮސް ކިޔާރާގެ ދޮރު ގައި ހިފަލުމައެކު ދޮރު ހުޅުވުނެވެ. ” ދޫކޮށްލާ.. ޕްލީސް.. ލީވް މީ..” ކިޔާރާގެ އަޑު އައީ ކޮޓަރި ތެރެއިން ނެވެ. ދުވެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.” ކައިލާން..” ލައުރާ ދުވެފައި ގޮސް ކިޔާރާގެ ގައިމަތީގައި އޮތް ކައިލާން ނަގައި ދުރަށް ކޮއްޕާލިއެވެ. ކިޔާރާ ގެ ގައިން އޭރު ވެސް ތުރުތުރު އަޅަމުން ދިޔައެވެ. ރޮއެރޮއެ ގޮސް ކިޔާރާ އިނީ ގިސްލެވިފައެވެ. ލައުރާ ގޮސް ކިޔާރާގެ ގައިގައްޔާއި ވަރަށް ބާރަށް ބައްދާލިއެވެ. ”  ތީ ދޯ ކައިލާން އަކީ. ރީތި މީހެއް ނަމަ ހުންނާނެދޯ ފޯރިއެއް. ނުލަފާ ފިރިހެނާ. ކިޔާ ކަލޭ ކައިރީ އޭނާ ގައިގައި އަތް ނުލާށޭ ބުނީމަ އަޑެއް ނީވޭތަ؟. ހުންނަ ނުބައިކަން ބަލާބަލަ. ގެޓް އައުޓް ނައު. ހަނދާން ކުރާތީ ކިޔައަކީ ހަމައެކަނި މަގޭ ޙައްޤެއް. އަހަރެންގެ އެކަނި މީހެއް. އެންޑް އަހަރެންގެ އެއްޗެއް އެހެން މީހަކައް ނުލިބޭނެ. ” ކައިލާންގެ ގަމީހުގެ ގިރުވަނުގައި ހިފާ ކޮއްޕާލަމުން ކިޔާން ހަޅޭއްލަވައިގަތެވެ. ނަމަވެސް ކައިލާން ގެ ހިތަކަށް އެއްޗެއް އެރިހެނެއް ވެސް ހިޔެއްނުވެއެވެ. ” އޭ.. މަށައް  ޢަމުރުކުރަން ތީ ކާކު ؟ އަހަރެން ބޭނުން ގޮތެއް ކިޔާއައް ހަނދާނަށް. އެންޑް ބައިދަވޭ ކިޔާ. ޔޫ ޓޭސްޓް ސޯސ ގުޑް.” ލާނެއް ހިނިތުންވެއް ކިޔާރާއައް ދެމުން ކައިލާން އެތަނުން ނުކުތެވެ. ކިޔާރާ އައް އަނެއްކާ ވެސް ރޮއެގަނެވުނެވެ. މިފަހަރު ކުރިއަށް ވުރެންވެސް ބާރަށެވެ. ލައުރާ ވެސް ކިޔާރާ ހަމައަށް އެޅުވޭ ތޯ މަސައްކަތް ކުރިއެވެ. ކިޔާން އައިސް ކިޔާރާގެ ކައިރީގައި އިށީންދެލިއެވެ. ” ސޮރީ ކިޔާާ… ދިސް އިޒް އޯލް މައި ފޯލްޓް.. ކިޔާން ގެއިން ނުދިޔަނަމަ މިހެނެއް ނުވީސް… ދެން ދުވަހަކުވެސް ކިޔާ އެކަނި ބަހައްޓާފައި ނުދާނަން… އައި ޕްރޮމިސް..” ކިޔާން އައް އިނީ ރޮވިފައެވެ. އޭނާ ލޯބިވާ ކުއްޖާ އެ ހާލުގައި އިންނަތަން ބަލާކައް ކިޔާން އަކަށް ކެތެއްނުވިއެވެ. “އެއީ ކި ކިޔާން ގެ މައްސަލައެއް ނޫނޭ..” ކިޔާރާގެ އަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. ކުޑަ ވަގުތުކޮޅެއް ފަހުން ކިޔާރާ ހަމައަށް އެޅުނެވެ. ކިޔާން ހުރީ އެކަމާ ހިތްހަމަޖެހިފައެވެ. ކިޔާރާ ފާޙަނައައް ފެންވަރަން ވެއްދުމަށް ފަހު ލައުރާ ވެސް ގެޔަށް ދިޔައެވެ. ކިޔާން އިނީ ކިޔާރާ ނުކުންނަން ދޭކަށް އެކޮޓަރީގައެވެ. 10 ވަރަކަށް މިނެޓް ފަހުން ކިޔާރާ ނުކުތެވެ. ކިޔާން ފެނުމާއެކު ކިޔާރާ ދުވެފައި ކަހަލަގެ ގޮތަކަށް އައިސް ކިޔާންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ” ދެން ދުވަހަކުވެސް ކިޔާ އެކަނި ބަހައްޓާފައި ނުދާތި” ކިޔާރާ އައް އިނީ އަދިވެސް ރޮވިފައެވެ. ނަމަވެސް ކިޔާން ކައިރީގައި ހުންނަ އިރު އޭނާގެ ހިތަށް ލުޔެއް ލިބިގެންދެއެވެ.”އާއި ޕްރޮމިސް. ” ކިޔާރާގެ މޫނުގައި ދެއަތުން ހިފަމުން ކިޔާން ބުނެލިއެވެ. ކިޔާން ގެ ކައިރިން ދުރަށް ޖެހިލަމުން ކިޔާރާ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ހެއާރ ޑްރަޔާރް ނެގުމަށްފަހު ކިޔާރާގެ ބޯ ހިއްކަން ފެށިއެވެ. ކިޔާން އައިސް ކިޔާރާގެ އަތުން ހެއާރ ޑްރަޔާރް އަތުލުމަށް ފަހު ކިޔާރާގެ ބޯ ހިއްކަދޭންފެށިއެވެ. ކިޔާން ގެ އަތުން ކިޔާރާގެ ބޮލުގައި ފިރުމަދޭ ކޮންމެފަހަރަކު ކިޔަރާއައް ބުނެދޭން ނޭނގޭ ކަހަލަ އަރާމެއް ވެގެންދެއެވެ. ކުއްލިއަކަށް ކިޔާރާގެ ޙިޔަލައް އައީ މިއަދު ކިޔާން ބުނީ ބަހެވެ. “ހަނދާން ކުރާތީ ކިޔައަކީ ހަމައެކަނި މަގޭ ޙައްޤެއް. އަހަރެންގެ އެކަނި މީހެއް. އެންޑް އަހަރެންގެ އެއްޗެއް އެހެން މީހަކައް ނުލިބޭނެ” ކިޔާރާ ކިޔާން އާ ދިމާއަށް އެނބުރުނެވެ. “ކިޔާން… ޑޫ ޔޫ ލައިކް މީ…؟” ދެމީހުންގެ  ހަތަރުކަޅި ހަމަވިއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Malsa Ismail
Follow Me Written By

Malsa Ismail

Level 110 Stories

Other Articles

Previous

މަދަދުވެރިޔާ (25)

Next

މަންޒިލް 32

Next
December 28, 2022

މަންޒިލް 32

Previews
December 27, 2022

މަދަދުވެރިޔާ (25)

One Comment

  1. laalooo says:
    December 27, 2022 at 3:10 pm

    whaatt? ehen hadhaafa nimaalaakah nuvaane dho? next part kiyaa hih vani hama

Comments are closed.

Next Episodeއުމުރައް ވެސް ލޯބިވިން – ފަސް ވަނަ ބައި←


All Right Reserved!