
އުމުރަށް ކަލާ – 3
ދުވަސްތައް ވޭތުވަމުން ގޮސް ކައިވެންޏަށް ހަތަރު މަސްވީއިރުވެސް، ޔުސްރާއާއި އަޔާޒްގެ ލޯތްބަށް ބަދަލެއް ނާދެއެވެ. ދެހިތުގެ ގުޅުން އިތުރަށް ވަރުގަދަވަމުންދިޔައިރު، އެއްބަޔަކު ތިބީ އެކަމާ ނުހަނު އުފަލުންނެވެ. ނަމަވެސް، ޔުސްރާއަށްޓަކައި އަޔާޒުކޮށްދޭ ކަންކަން ފެނިފައި ޒުހުދާ ހުރީ ހަސަދައިން ފޯވެފައެވެ. ވާނީވެސް އެހެންތާއެވެ. ޒުހުދާގެ ފިރިމީހާ، ފަޒީލު ދުވާލާއި ރޭގަނޑު ހޭދަކުރަނީ އޮފީހުގައެވެ. ޒުހުދާއާއިއެކު ކޮފީއަކަށް ދިޔަޔަސް، ފަޒީލު ހުންނަނީ ފޫހިވެފައެވެ. ވަރުބަލިވެފައެވެ. ޒުހުދާގެ ހިތް ހަސަދައިން އަނދަމުންދިޔައިރު، ޔުސްރާގެ ހަޔާތް ބަރުބާދުކޮށްލާނެ ގޮތަކާ މެދު ވިސްނަމުން ދިޔައެވެ. ޔުސްރާއާއި އަޔާޒުގެ ގުޅުން މުޅިން ބަލިކަށިކޮށްލަން އޭނާ އަޒުމް ކަނޑައެޅިއެވެ.
ހެނދުނު އިރުއެރިއިރަށް، ޒުހުދާ ތައްޔާރުވެގެން ކެފޭއަކަށް ދިޔައީ އޭނާގެ ސްކޫލު ދައުރުގެ އެކުވެރިއެއްކަމަށްވާ، ނާޝިދުއާއި ބައްދަލުކުރަންށެވެ. ނާޝިދުގެ ބައްޕަ މިދުވަސްކޮޅު ބަލިކޮށް އުޅޭތީ، ލާރި ހޯދަން މަސައްކަތް ކުރާކަން ޒުހުދާއަށް އެނގެއެވެ. މިކަމުގެ ނާޖާއިޒު ފައިދާ ނަގަން ޒުހުދާ ޖެހިލުމެއް ނުވިއެވެ. “ނާޝިދު، ބައްޕަ ރަނގަޅުތަ؟” ޒުހުދާގެ ކޮފީތައްޓަށް ހަކުރުކޮޅެއް އަޅަމުން ނާޝިދު ކައިރީ އަހާލިއެވެ. “ބައްޕަ..ދުވަހެއް ދުވަހަކުން ހާލު އިތުރަށް ގޯސްވަނީ..” ނާޝިދު އިސްޖަހައިލައިގެން އިނދެ ބުންޏެވެ. “އަހަރެން ދީފާނަން ލާރި.. ނާޝިދު ބުނިވަރަކަށް.. އެކަމަކު އަހަރެން ބުނާ ކަމެއް ކޮށްދޭންޖެހޭނެ.” ޒުހުދާ ހީލަމުން ބުންޏެވެ. “ކީއްކޮށްދޭންވީ؟” ނާޝިދު އަވަހަށް ޒުހުދާއަށް ބަލާލުމުން ބުންޏެވެ. ޒުހުދާ އަވަސްވެގަތީ އޭނާގެ ރޭވުން ނާޝިދުއާ ހިއްސާކުރަންށެވެ. “އެކަމަކު ޒުހޫ، ހާދަ ގޯސްކަމެކޭ ތީ..” ނާޝިދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. “ބޭނުންހޭ ލާރި؟” ޒުހުދާގެ ގާތަށް ރުޅިއައެވެ. ނާޝިދު ޒުހުދާގެ ރޭވުމުގައި ބައިވެރިވީ އިތުރު ގޮތެއްނެތުމުން، މަޖުބޫރުވެހުރެއެވެ.
ނާޝިދަށް ދޭންޖެހޭ ލާރި ހަމަޖެއްސުމަށްފަހު ޒުހުދާ ގެޔަށް އައިރު މެންދުރު 2 ޖަހާ ބޮޑުވެއްޖެއެވެ. ރަމްޒާ އިނީ އާދައިގެ މަތިން ޓީވީ ބަލަންށެވެ. “ހާދަ އުފަލުން ޒުހުދާ..” ރަމްޒާއަށް ޒުހުދާ ފެނުމުން ބުނެލިއެވެ. “ޒުހުދާ ވަރަށް ބޭނުންވެގެން އުޅުނު އެއްޗެއް މިރޭ ލިބޭނެ.. އެހެންވެ.” ހިނިގަނޑެއް ޖަހާލަމުން ޒުހުދާ ބުންޏެވެ. “ކޯއްޗެއްތަ؟” “ސެންޓުފުޅިއެއް..” ޒުހުދާ ހެމުންހެމުން އޭނާގެ ކޮޓަރިއަށް ވަދެގެން ދިޔައެވެ. މިރޭ ކުޅެން އޮތް ޗަރުކޭހަށް ތައްޔާރުވާންށެވެ.
ޒުހުދާ ހަވީރު ކޮޓަރިން ނުކުމެގެން އައިއިރު، ޔުސްރާ ހުރީ ބަދިގޭގައެވެ. ރަމްޒާވެސް ކައިރީގައި ހުރިއިރު، ދެމީހުން ތިބީ ހަވީރުގެ ސައި ތައްޔާރުކުރަންށެވެ. ޒުހުދާވެސް ރަމްޒާއަށް އެހީވުމަށްޓަކައި ބަދިގެއަށް ވަންނަން އުޅެނިކޮށް، ކުއްލިއަކަށް ބޮލަށް އެނބުރުން އަރަންފެށިއެވެ. ވެއްޓެން އުޅޭހެން ހީވުމުން ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ޔުސްރާއަށް ޒުހުދާ އިންގޮތް ފެނުމުން، އަވަހަށް އޭނާ ގާތަށް ދިޔައެވެ. ޔުސްރާގެ އަތް އޭނާގެ ކޮނޑުމަތިން ޒުހުދާ ފޮޅާލިއެވެ. ބޮލުގައި ރިއްސަމުންދިޔައިރުވެސް، ޔުސްރާގެ އެހީހޯދަން ޒުހުދާއެއް ބޭނުމެެއްނުވިއެވެ. ރަމްޒާ ގެނެސްދިން ފެންތަށި ބޯލުމަށްފަހު، ބޯ ކުޑަކޮށް ހަމަޖެހިލިއެވެ. “މިއަދު ނުކަމެއްނު.. އެހެންވެކަމަށްވާނީ.” ރަމްޒާ ހާސްވެފައި ހުރިތަން ފެނުމުން ޒުހުދާ ބުނެލިއެވެ. “އާން ދޯ.. ކާންފަށާ އަވަހަށް..” ރަމްޒާ މޭޒުމަތީގައި ތަށިތައް އަތުރަމުން ޒުހުދާ ކައިރީ ބުންޏެވެ.
އަޔާޒުގެ ދަންވަރު ޑިއުޓީ އޮތުމުން، ޔުސްރާ އޮތީ އަޔާޒާއެކު ކޮޓަރީގައެވެ. ޑިއުޓީއަށް ދިޔުމުގެ ކުރިން އެކުގައި ވަގުތު ހޭދަކޮށްލަންށެވެ. އެނދުމަތީގައި އޮށޯވެލައިގެން އޮތް އަޔާޒުގެ މޭމަތީގައި ޔުސްރާ އޮތްއިރު، އަޔާޒުގެ ހޫނު ނޭވާ ޔުސްރާގެ ކޯތާފަތަށް އެޅެމުންދިޔައެވެ. “ދެން މިރޭ ނިމޭނީ ކޮންއިރަކު؟” އަޔާޒު ޑިއުޓީއަށް ފޮނުވަން ޔުސްރާ ބޭނުމެއްނުވެއެވެ. އަޔާޒުގެ ޑިއުޓީ ދަންވަރު އޮންނަ ރޭތަކުގައި، ޔުސްރާއަށް ނިދަން އުނދަގޫވެއެވެ. މުޅިރޭ އޮންނަނީ އަޔާޒުގެ އިންތިޒާރުގައެވެ. “ނޭނގެ އެއްގޮތަކަށްވެސް.. ނިމުނުހާ އަވަހަކަށް އަންނާނަން.” އަޔާޒު ގަޑިއަށް ބަލާލަމުން ބުންޏެވެ.
ދަންވަރު ބާރަ ޖެހުމުން އަޔާޒު ޑިއުޓީއަށް ދިޔައެވެ. ޒުހުދާ ހުރީ އަޔާޒު ގެއިން ނުކުންނަންދެން މަޑުކޮށްގެންނެވެ. ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އަޔާޒު ގެއިން ނުކުތުމާއެކު، ޒުހުދާ ނާޝިދަށް ގުޅާލިއެވެ. “ދެން އާދޭ.. އަދި އިރުކޮޅަކުން.. އައިސް އަހަންނަށް ގުޅާ..” މީހަކަށް އަޑުނީވޭ ވަރަށް ސިއްރުން ބުނެލިއެވެ. ޒުހުދާ ކިރިޔާވެސް އުފާވާނީ މިރޭ ޔުސްރާގެ ހިތް ކުދިކުދިކޮށްލާފައެވެ. މާގިނައިރު ނުވަނީސް، ޒުހުދާގެ ފޯނަށް ނާޝިދު ގުޅިއެވެ. ނާޝިދު ގެޔަށް ވެއްދުމަށްފަހު، ޒުހުދާ ޔުސްރާގެ ކޮޓަރިއާއި ދިމާލަށް އިޝާރާތްކޮށްލިއެވެ. “އެއީ އެ ކޮޓަރި.. ދޭބަލަ.” ޒުހުދާ މަޑުމަޑުން ބުނުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ. ރޭވުމުގެ ދެން އޮތްބައި ފުރިހަމަކުރަން ނާޝިދަށް ހަވާލުކުރަމުންނެވެ.
ކޮޓަރީގެ ދޮރުގައި ޓަކިޖަހާ އަޑުއިވުމުން ޔުސްރާ ދޮރުހުޅުވާލިއެވެ. ނާޝިދު ފެނުމުން ޔުސްރާ މުޅިން ސިހުނެވެ. “ތީ ކާކު؟ ކީއްކުރަން..” ޔުސްރާ ހުރީ ބިރުންކަން މޫނުމަތިން އެނގެއެވެ. ނާޝިދު ޔުސްރާގެ އަނގަމަތީ އަތްއަޅާލުމަށްފަހު ދޮރު ލައްޕާލިއެވެ. “ތީ ކާކުހޭ؟” ނާޝިދު ކޮށްޕާލުމަށްފަހު ޔުސްރާ ފަހަތަށް ޖެހެމުން އެހިއެވެ. ނާޝިދު އޭނާގެ ގަމީސް ބޭލުމަށްފަހު، ޔުސްރާއާ ދިމާލަށް ހިނގައިގަތެވެ. ބިރުން ހަލާކުވެފައިހުރިއިރު، ޔުސްރާ ހުރީ ހަޅޭއްލަވަންވެސް ނުކެރިފައެވެ. ނާޝިދު ޔުސްރާ ލައިގެން ހުރި ގަމީހުގެ ދެތިން ގޮށެއް ނައްޓާލުމަށްފަހު، ޔުސްރާގެ މޫނުގައި ބީހިލިއެވެ. “ދުރަށްދޭ..” ޔުސްރާ އިތުރަށް ފަހަތަށް ޖެހެމުން ބުންޏެވެ. ފަހަތަށް ފިޔަވަޅުތައް އަޅަމުން ދަނިކޮށް ކައިރީގައި ހުރި މޭޒުގައި ޔުސްރާ އަޅައިގަތެވެ. ޔުސްރާއާއިއެކު މޭޒުމަތީގައި ބައިންދާފައިހުރި ޓުކުރިވެސް ބިންމައްޗަށް ވެއްޓުނެވެ.
ޓުކުރި ތަޅައިގެން ދިޔަ އަޑުއިވުމުން، ޒުހުދާ ގޮސް ރަމްޒާއަށް ގޮވިއެވެ. “މަންމާ.. އެބައިވޭ ޔުސްރާ ކޮޓަރިން ވަރަށް އަޑުފައްގަނޑު.. ފިރިހެނެއްވެސް.. ނޭނގެ..” ޒުހުދާ އެހެން ބުނުމާއެކު، ރަމްޒާ އެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމުން ރަމްޒާއަށް ފެނުނު މަންޒަރާއެކު އޭނާއަށް ހީވީ ބިންގަނޑު ފައިދަށުން ދެމިގަތްހެންނެވެ. ނާޝިދު އޮތީ ޔުސްރާއާއިއެކު އެނދުމަތީގައެވެ. ނާޝިދުގެ އަތް ޔުސްރާގެ ގައިން ދޫވުމާއެކު، ޔުސްރާ ރަމްޒާ ގާތަށް ދުއްވައިގަތެވެ. “މަންމާ. މަންމާ، އޭނަ!” ޔުސްރާގެ ލޮލުން ކަރުނަތައް ހުއްޓުމެއްނެތި އަންނަމުން ދިޔައެވެ. ރަމްޒާ ޒުހުދާގެ އަތުގައި ހިފުމަށްފަހު ޔުސްރާ ކޮށްޕާލިއެވެ. “ނާންނާތި އަހަރެން ކައިރިއަށް.” ރަމްޒާ ހަޅޭއްލަވައިގަތެވެ. “ޒުހުދާ ގުޅާ އަޔާޒަށް..” ރަމްޒާ ގަބުވެފައިހުރެ، ގޮނޑިއެއްގައި އިށީނދެލަމުން ބުންޏެވެ. ޒުހުދާ އަޔާޒަށް ގުޅުމަށް ފޯނު ނެގުމާއެކު، ޔުސްރާ ރަމްޒާގެ ފައިދޮށަށް ވެއްޓިގަތެވެ. “ނޫން.. ނުގުޅާ.. މަންމާ އަޑުއަހާބަ.. އޭނަ އެއީ..” “އަހަންނަށް މަންމަ ނުކިޔާތި! ނޫޅެން ޔުސްރާގެ ވާހަކަ އަޑުއަހާކަށް.. މިހާރު ފެންނަންވީ އެއްޗެއް ފެނިއްޖެ” ރަމްޒާ ޔުސްރާގެ ވާހަކަ މެދުކަނޑާލިއެވެ. ނާޝިދު ކޮޓަރިން ނުކުމެގެން ދިޔުމުން، ޒުހުދާ އަޔާޒަށް ގުޅިއެވެ. ގުޅިތާ ބައިގަޑިއިރު ނުވަނީސް، އަޔާޒު ގެޔަށް އައެވެ. އަޔާޒު ވަދެގެން އައިތަން ފެނުމާއެކު، ޔުސްރާ އަޔާޒާ ދިމާލަށް ހިނގައިގަތެވެ. “އަޔާޒު، އަޑުއަހާބަ.. ޔުސް އެންނޫން.. އޭނަ..” “އަހަރެންގެ އޮތީ ހަމަ އެންމެ ސުވާލެއް ޔުސްރާ..” އަޔާޒުވެސް ޔުސްރާގެ ވާހަކަތައް މެދުކަނޑަމުން ބުންޏެވެ. “އޭނަ ޔުސްރާއާއި އެކު އެތާ އޮތްތަ؟” އެނދާ ދިމާލަށް އިޝާރާތްކުރަމުން އަޔާޒު އެހިއެވެ. “އަޔާޒު.. އަޅެ، އަޑުއަހާބަ އެކަމަކު..” ޔުސްރާ ކުރަކި އަޑަކުން ބުންޏެވެ. “ސުވާލަށް ޖަވާބުދީބަލަ. އާނއެކޭ.. ނުވަތަ ނޫނެކޭ..” އަޔާޒު ޔުސްރާއާއި ކަޅި ހަމަކޮށްލަމުން މަޑުމަޑުން ބުންޏެވެ. އާނއެކޭ ބުނުމާއެކު ޔުސްރާ ބިންމައްޗަށް ވެއްޓުނެވެ. ޔުސްރާ އޭނާގެ ވާހަކަ އަޔާޒު އަޑުއަހާތޯ އާދޭސްކުރަމުންދިޔައިރުވެސް، އަޔާޒު ޔުސްރާއަށް ވާހަކަދެއްކުމަށް ފުރުސަތެއް ނުދިނެވެ. “ދުވަހަކުވެސް… ހިޔެއްނުކުރަން.. ޔުސްރާ..” އަޔާޒު މިތިންބަސް ބުނުމާއެކު ގިސްލާފައި ރޯންފެއްޓިއެވެ. އަޔާޒު ރޯތަން ބަލަން ޔުސްރާއަކަށް ކެތެއްނުވިއެވެ. ޔުސްރާ އަޔާޒުގެ ކޮނޑުގައި އަތް އަޅާލުމާއެކު، އަޔާޒު އަވަހަށް ތެދުވިއެވެ. “އަހަރެންނާ ދުރުގަ ހުރޭ މިގަޑީ..” އަޔާޒު ކޮޓަރިން ނުކުންނަމުން ބުންޏެވެ. ޔުސްރާގެ ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ. ރޮއިރޮއި ލޮލުން ކަރުނަ ހުސްވެގެން ދިޔައިރުވެސް، ޔުސްރާގެ އާދޭސްތައް އަޑުއަހާނެ މީހަކުނުވިއެވެ.
ޔުސްރާ ކޮޓަރީގައި އެކަނިމާއެކަނި އިނީ ގޮތްހުސްވެފައެވެ. ކުރާނެ ކަމެއް ނޭނގިފައެވެ. އަޔާޒު ދިޔަތާ މިހާރު ދެތިން ގަޑިއިރު ވެއްޖެއެވެ. ދަންވަރު ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ؟ އަޔާޒަށް ގުޅަން ފޯނުގެ ކޮންޓެކްޓްތައް ހުޅުވާލުމާއެކު، ޔުސްރާގެ ލޮލުގައި އަޅައިގަތީ އަމާނީގެ ނަމެވެ. ކުރަމުންދިޔަ އިހުސާސްތައް ބޭރުކޮށްލުމަށްޓަކައި، އަމާނީއަށް ގުޅިއެވެ. “ޔުސް.. މިގަޑީ.. ދަންވަރޭ..” އަމާނީ ނިދިއަޑުން ބުނެލިއެވެ. އަމާނީއަށް ވާހަކަތައް ކިޔައިދިނުމަށްފަހުވެސް، ޔުސްރާގެ ހިތުގައި އަޅަމުންދިޔަ ވޭނަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަޔާޒުގެ ލޮލުން ކަރުނަ އޮހޮރެމުންދިޔަ މަންޒަރު އަދިވެސް ކުރިމަތިން ފެންނަފަދައެވެ.
50 Comments!
Comments are closed.
Alhey haadha kurey dhww plxx dhigu kohdhyba mistory
Haadha kurey..kiyaa hiyaahiy thun indhaa e nimunyy next part up kohdheeba as soon as possible plx dear
Mee vaahaka “fukeh”. Alhe dhigukoh genesdheebala plx. V reethi mivaahaka.
I’m very sorry its short @Zai, @i_far and @Yushh
was busy these days thats why..
promise next part will be long. 🙂
Masha Allah..varah reethi..zuhudhaa ge kahthah ayaaz ah bust kohlacheyy avahah …hadha kurey up kurey up kuraaleh dhigu koh up kohdheeba…next part dhigu vaaney kamah umeedhu kurah..waiting 4 the next part.. Koh irakuh aneh part up kohdheynii??? Avahah up kohdheythii
Thanks @Hassu
mirey upkohlaanan insha allah. 🙂
Masha Allah
Varah reethi ❤
Speechless?
Waiting 4 the next part
Whn next part up kuaranii??
Leykokaa keep it up and thankiu busy koh ulhey muh up kohdhyneema? ..lurvv you??
Thanks a lot ?? mirey up kohlaanan.. love you too??
Hadha kureyy..dhigu koh beynumeee leykokaaa
Next part dhiguvaane?
Salhi..ekm maa kuri mi part
Thanks faathun.. next part dhiguvaane. ?
Waiting 4 the next part.
Mi part vs reethi
Thanks Marii?
Leykokaa hadha kurey mi part..eyhaaa kiyaaa hithun indha ey nimunii..zuhudhaa I hate you..j viyas thi dhn boduvaru….ayaaz loalah fehnaa koh mey manzareh aee thedhakah nuvaaney..yus dhakaa vahaka adu ahaaba ayaaaz..story hama varah nala
next part dhiguvaane ingey.. thanks @Aish 🙂
Meehegge hayaaiy barubaadhuvegen dhaairu fahathugai hunnaanee anhenekey bune eve. Vaahakathakunves fennanee ebunun thedhakah vamun dhaathee dho?
@Sweety, Gina faharu ehen dho vany.. baeh faharu boys ves ulhey mihen hehe..
Alheyy kihineh thi hedhy?? Zuhudhaa gadu kuraaa kah than dhw pis pis…lwbin ufaaluga ulhehyaa meehuh baeh meehuhnakah nuvaaney hajam eh eygey meeheh zuhudhaa aky..story hama habeys..thankolheh kuriii.kohirakuh aneh part?!
Haha, thank you @Nis 🙂 next part mirey upkohlaanan..
Dhnnn vanii kihineh baa?? Ayaaz yus ah kihineh baa hadhaanii?? Zuhudhaa ge kahthah bust vaaney baa??? Ayaaz yus ah trust kuraaney baa?? Nasheedhu aee kaaku kah ayaaz ah eygeyney baaa?? Koirakuh baa aneh part up kohdheynii??
@Xaan ge hurihaa suvaalehge javaabu libeyne vrh avahah. 😉 mirey upkohlaanan next part..
Ayaaz and yus gothah ulhey dhey meehuh dhuru vaan jeheynii Gina faharah zuhudhaa kahala meehuhnaa heydhih..remember xuhudhaa ehvs meehakah dhera eh dheefa anehkaaa ah ufaaluga nulhey veney.. kommes dhuvahakuh thi kuri kahathah ehn meehuh nah eygeyney..ey dhuvahakuh xuhudhaa huhnaanii ekanii veyrii vefa:.leykokaa vahaka varah salhi??? ..waiting 4 the next part
Aneh part kohirakuh??
Thanks @Baby ?? Thts very true.. next part mirey upkohlaanan
Inthixaaruga!!! Aneh part dhigu koh beynumee!!
Yes, Afuuuu. Next part dhiguvaane!!
Good morning leykokaa!!
Story hadha kureyy?
Varah salhi mi story…
You are the best leykokaa
aneh part ge inthixaaruga..
thanks up kohdhynee ma
vrh bodah sorry kuryvyma? Mirey upkohlaanan next part, dhiguvaane e bai? Thanks a lot @Anaa ?❤️
Nice
Short
Thanks @Maikko 🙂
Reethi?
Thanks @Xoya 🙂
Hadha salhi eyy..kuruvyma vahaka kiyah varah foohi vaaney ingeyy Gina kudhin leykokaa.. So dhn hurii part dhigu koh genes dheythii..story hama varah kick.. Dhn vaanii kihineh baa ey hithah araanii?? Xuhudhaa huhh varah foohi gothakah ulheyy manjey gadehh.. Xuhudhaa thi thuii nuvey hureybala maduh..yus hadha dhera vaaney ehn hedhyma ?.Love Yuh leykokaa??❤..keep it up?
As usual bishaa ge comment vrh loabi haha?❤️ Thanks for the tip, dear.. love you more?
Oh v nice mi part vs
Thanks @Almaa 🙂
Reethi mi part vs❤
Thanks @Nakko 🙂
I just loved it..keep it up?
Waiting waiting
Thank you @Hanaa
mirey upkohlaanan 🙂
Wowwwwwwwwww!
Thank you @Kamana
Wowww
V nice mi part ves..dhn aneh part vahah up kohdeeba plzzz ..can’t wait…
Thank you @Khalidha 🙂 hehe, mirey upkohleveytho balaanan.. insha allah.
Reethi?
V interesting …Konirakun aneh bai othee
Thanks @Araa 🙂
mirey upkohlaanan insha allah..
Speechless?
Thanks @Afaan 🙂
Naf dhn aneh part avahah up kohdheeba ..can’t wait..Ava’s kohlacheyyy aneh apart and dhigu vs kohla dheythii
Thanks again @Rashu kuhjja 🙂 mirey upkohlaanan next part.