އުމުރަށް ކަލާ – 2
މާލެއަށް ފުރަތަމަ ފިޔަވަޅު އެޅީ ނުހަނު އުންމީދާއެކުއެވެ. ކައީރީގައި އަޔާޒު ހުރިއިރު އޭނާގެ ދެލޮލުން ޔުސްރާ ދުވަހަކުވެސް އެކަނިނުވާނެކަމުގެ ޔަޤީންކަންދެމުންދިޔައެވެ. “އަޔާޒްގެ މަންމައާއި ބައްޕައަށް އަހަރެން ކަމުދާނެތަ؟ އަހަރެންނަށް އަހަރެންގެ ވާޖިބުތައް އަދާކުރެވޭނެތަ؟ އަޔާޒް އުފަލުގައި ބެހެއްޓޭނެތަ؟” ޓެކްސީއެއްގައި އަޔާޒްމެންގެއަށް ދިޔައިރު، ޔުސްރާގެ ބޮލުގައި އެތައް ސުވާލުތަކެއް އެނބުރެމުންދިޔައެވެ. ކުޑަކޮށް ހާސްވާގޮތްވުމުން ޔުސްރާ އަޔާޒްގެ ކޮނޑުމަތީ ބޯއަޅާލުމަށްފަހު ފުން ނޭވާއެއްލިއެވެ. “ދަތުރު ވަރުބަލީތަ؟ ގެޔަށްގޮސް ނިދާލާނީ ދޯ؟” އަޔާޒު އޯގާތެރިކަމާއެކު ބުންޏެވެ. “ނޫން..ޖަސްޓް އަ ބިޓް ވޮރީޑް.. މަންމަމެން ހަމަ އަސްލަށްވެސް އޯކޭތަ؟” ޔުސްރާގެ މޫނުމަތިން ފެންނަނީ އިންތިހާއަށް ހާސްކަމާއި ނުތަނަވަސްކަމެވެ. “މާ ބޮޑަށް ނުވިސްނަބަ… ދޭ ލަވް ޔޫ ވެރީ މަޗް.” ޔުސްރާގެ ހިތް ކުޑަކޮށްވެސް މައިތިރިވެލީ އަޔާޒްގެ ބަސްތަކުންނެވެ.
ކާރު ހުއްޓުނީ ތިންބުރިއަށް ނަގާފަހުރި ގެޔެއް ކައިރިއަށެވެ. ނަންބޯޑުގައި “މ.ސަންކޯނަރ” ޖަހާފައި އިނީ ރަންކުލައިގެ އަކުރުތަކަކުންނެވެ. އަޔާޒް ކާރުން ދަބަސްތައް ބާލަންދެން، ޔުސްރާ ހުރީ ގޭގެ ދޮރާށި ކުރިމަތީ ހުއްޓިލައިގެންނެވެ. އަޔާޒް ދަބަސްތައް ހިފައިގެން އައުމުން، ޔުސްރާ ދޮރު ހުޅުވާލިދިނީ ދަބަސްތައް ބަރުވާނެކަން އެނގޭތީއެވެ. ޔުސްރާގެ ހުރިހާ ސާމާނެއް އެޅުނީ ދެ ފޮއްޓަށެވެ. ގޭގައި ލިފްޓު ހަރުކޮށްފައިހުރުމުގެ ސަބަބުން އަޔާޒުގެ ދެ އަތަށް ފަސޭހަވެގެންދިޔައެވެ. އަޔާޒް ލިފްޓަށް އެރުމަށްފަހު ތިންވަނަ ފްލޯއަށް ފިއްތާލިއެވެ. “ކޮންބަޔެއް ދެންހުރި ފްލޯތަކުގަ އުޅެނީ؟” ޔުސްރާ ހުރީ ވާނުވާގައެވެ. “ފުރަތަމަ ފްލޯ އިންނާނީ ކުއްޔަށްދީފަ. ދެވަނަ ފްލޯގައި އުޅޭނީ ތުއްތަމެން. އެކަމަކު އެމީހުން ގިނަފަހަރު އުޅޭނީ އިންޑިޔާގަ. ތުއްތަބޭ ކުޑަކޮށް ބަލިވީމަ. އަޔާޒްމެން ބައިގަ އުޅޭނީ މަންމައާއި ބައްޕަ. ދެން ދޮންބެއާއި އޭނަގެ އަންހެނުން. އެންމެންވެސް ވަރަށް ރަނގަޅުވާނެ.” އަޔާޒު ކެތްތެރިކަމާއެކު ކިޔާދިނެވެ. ތިންވަންބުރިއަށް ލިފްޓު ހުޅުވުމުން، އަޔާޒު ދަބަސްތައް ހިފައިގެން ނުކުތެވެ. ޔުސްރާވެސް އަޔާޒުގެ ފަހަތުން ނުކުތީ ލަދުންހުރެއެވެ. ޔުސްރާއަކީ އެކަނި އުޅުމަށް އާދަވެފައިވާ ކުއްޖެކެވެ. ޝަފީގު ގިނަފަހަރު އުޅޭނީ ވިޔަފާރިކުރުމުގައެވެ. ގޭގައި ދެން އުޅެނީ ހަމައެކަނީ ޗަންދާކަމަށްވުމުން، ޢާއިލީ ލޯތްބަކީ ކޯއްޗެއްކަން ޔުސްރާއަކަށް ނޭނގެއެވެ.
އަޔާޒު ދޮރުގައި ޓަކިޖެހުމުން ދޮރު ހުޅުވާލީ، އޭނާގެ މަންމަ، ރަމްޒާއެވެ. “އާދަނާ، ތިއަވަހަށް ނުކުމެބަލަ ކޮޓަރިން.. އަޔާޒު އައިސްފިޔޭ.” ރަމްޒާ ބާރަކަށް ގޮވާލިއެވެ. ޔުސްރާގެ އަތުގައި ހިފައިގެން ގެޔަށް ވެއްދީ ނުހަނު އޯގާތެރިކަމާއެކުއެވެ. “ވަރުބަލިތަ؟ ކާއެއްޗެއް ގެންނަންތަ؟ ޖޫސް، ސައި…ކޯއްޗެއް ބޭނުމީ ދަރިފުޅު؟” ރަމްޒާގެ ވާހަކަތައް ދިޔައީ ހަމަ ކުރިއަށެވެ. “މި އާދަނުވެސް ދޯ.. ތިތާ މަޑުކޮށްލާ އިނގޭ.. އެބަ އަންނަން.” ސިޓިންގް ރޫމްގައި ހުރި ސޯފާގައި ޔުސްރާ ބޭންދުމަށްފަހު، ރަމްޒާ އާދަނު ގާތަށް ދިޔައެވެ.
އަޔާޒުވެސް ހުރީ ވަރަށް އުފަލުންކަން މޫނުމަތިން އެނގެއެވެ. އަޔާޒުގެ ކޮންމެ ހިނިތުންވުމަކާއެކު ޔުސްރާގެ ހިތް ފޮޅިލައެވެ. “ފެންފޮދެއް ބޯލަބަލަ.. ތިހުރީ ނުލާހިކު ވަރުބަލިވެފައެންނު، ޔުސް..” ފިނި ފެންތައްޓެއް ޔުސްރާ އަތަށް ދިނުމަށްފަހު އަޔާޒް ސޯފާ މައްޗަށް ވެއްޓިގަތެވެ. މާގިނައިރުތަކެއް ނުވަނީސް، ރަމްޒާ އާދަނު އޭނާގެ ކޮޓަރިން ދަމާކޫއްތަމުން ނެރުނެވެ. “މަންމައާހެދި މިއަދު ބައްޕައަށް ފެންވެރުނީކީވެސް-” އާދަނުގެ ބަސްތައް ހުއްޓުނީ ޔުސްރާ ފެނުމުންނެވެ. “ޔުސްރާދޯމީ؟” އާދަނު ހީލަމުން ބުނެލިއެވެ. “އެއްޗެއް ކައިފިންތަ އައިފަހުން.. ކިހިނެއްތަ؟” “އަދި ނުކަން… ބަނޑުހައެއްނުވޭ އަދި..” ޔުސްރާ އާދަނުގެ ސުވާލަށް ޖަވާބުދިނީ ލަދުންހުރެއެވެ. “ދެން ދޭ ފެންވަރަން.. ސާބަސް.” ރަމްޒާ އާދަނު ސިޓިންގް ރޫމުން ފޮޅާލަމުން ބުންޏެވެ. “މަންމާ. ކޮބާ ދޮންބެ؟ ދޮންބެދައްތަވެސް ނުފެނޭ..” އަޔާޒް އަހާލިއެވެ. “ދޮންބެ އޮފީހުގަވީ.. ކޮންމެސް ޕްރޮޖެކްޓަކަށް މަސައްކަތްކުރާތާ ހަފްތާއެއް މިވަނީ.. ދޮންބެދައްތަވީ ޝޮޕިންއަށް ގޮސް.. އަންނާނެ އިރުކޮޅަކުން..” ރަމްޒާގެ ވާހަކައިގެ ތެރެއިން ޔުސްރާގެ މޫނުމަތިން ވަރުބަލިކަން ފާހަގަކުރެވުނެވެ. “އަޔާޒު ދޭބަ ޔުސްރާ ގޮވައިގެން ކޮޓަރިއަށް. އެމަންޖެ އެހުރީ ވަރަށް ނިދިވެސް އައިސްފަ ކަންނޭނގެ.” ޔުސްރާގެ ބުރަކަށީގައި ފިރުމާލަމުން ރަމްޒާ ބުންޏެވެ.
އަޔާޒް ޔުސްރާއާއިއެކު އޭނާގެ ކޮޓަރިއަށް ވަދެގެންދިޔައެވެ. ޔުސްރާ ކޮޓަރިއަށް ވަނުމާއެކު، އަޔާޒް ޔުސްރާ ދޮރުގައި ލައްކޮށްލުމަށްފަހު ޔުސްރާގެ ދެކޮލުގައި ފިރުމާލިއެވެ. “ސާބަސް އަޔާ..” ޔުސްރާގެ ދެކޯ ލަދުން ރަތްވާން ފެށުމުން އަވަހަށް ބުނެލިއެވެ. “ކީއްވީތަ، ލަވް.” އަޔާޒް ބުނެލީ ހެމުންނެވެ. “ތިސް އިޒް އަވަރ ރޫމް.” ޔުސްރާ ގައިގައި ބައްދާލައިގެންހުރެ، ޔުސްރާއަށް ކޮޓަރި ދައްކާލަމުން އަޔާޒު ބުންޏެވެ. ފާރުތަކުގައި މެރޫންކުލަ ލާފައިހުރިއިރު ވަރަށް ހިތްގައިމެވެ. ޔުސްރާގެ ސަމާލުކަން ދަމައިގަތީ ކުއީން ސައިޒް އެނދުމަތީގައި ހަރުކޮށްފައިހުރި ތިން ފްރޭމެވެ. ކޮންމެ ފްރޭމްއެއްގައި އިނީ ބަހެކެވެ. ފްރޭމްތަކުގައި “ޔުސްރާ އެންޑް އަޔާޒް” އޭ ލިޔެވިފައި ހުރީ ރިހިކުލައިންނެވެ. ފްރޭމްތަކުގެ ކައިރިމަތީގައި ރިބަންފަށެއް އަޅާލާފައި ހުރިއިރު ނުލާހިކު ރީއްޗެވެ. “ރީތިދޯ؟ ރަށުގަ ހުރިއިރު، ރައްޓެއްސަކު ލައްވާ ހަރުކޮށްފަމީ..” ޔުސްރާ ފްރޭމްތަކަށް ބަލަން ހުރިތަން ފެނުމުން އަޔާޒް ބުންޏެވެ. ކައިރީގައި ހުރި ޝެލްފުގައި ހުރީ އެކިކަހަލަ ވާހަކަފޮތެވެ. އަލަމާރީގެ އެއްބައި އޮތީ ޔުސްރާގެ ހެދުންތަކަށް ޖާގަދިނުމަށްޓަކައި ހުސްކޮށްދީފައެވެ. “އިޓްސް ޕަރފެކްޓް..” ޔުސްރާ އަޔާޒް ގައިގައި ބައްދާލަމުން ބުންޏެވެ.
ފެންވަރާލައިގެން، މެންދުރު ނަމާދުކުރުމަށްފަހު، ދޫ ހަރުވާޅަކާއެކު ކުރުތާއެއްލައިގެން ޔުސްރާ ކޮޓަރިން ނުކުތްއިރު ރަމްޒާ ބަދިގޭގައި އުޅޭ އަޑުއިވެއެވެ. ޔުސްރާ ބަދިގެއަށް ވަދެގެންދިޔައިރު، ރަމްޒާ ހުރީ ބަތްކައްކަންށެވެ. “މީ ސެލެޑަކަށް ދޯ؟” މޭޒުމަތީގައި ތަރުކާރީތަކެއް ބަހައްޓާފައި ހުރިތަން ފެނުމުން ޔުސްރާ އަހާލިއެވެ. “އާން.. އެކަމަކު ޔުސްރާ މިއަދު ބަދިގޭގަ އުޅޭނެ ކަމެއް ނެތް.. ދެންމެ ތިއައީވެސް.. ދޭ އޮށޯވެލަން. ކާންވީމަ ގޮވާނަން..” ރަމްޒާ ބުންޏެވެ. ރަމްޒާ ޔުސްރާގެ މައިދައިތައަކަށް ވީކަމުގައިވިޔަސް، މަންމައެއްހާ ހިތްހެވެވެ. “ނޫން.. އެ ރަނގަޅުވާނެ..” ތަރުކާރީތައް ނަގަމުން ޔުސްރާ ބުންޏެވެ. ކެރެޓުތައް މަށަން އިންދާ އަޔާޒު ސިޓިންގް ރޫމަށް ދިޔަތަން ފެނުނެވެ. ޓީވީއިން ޤުރުއާން އަންނަ ޗެނަލަކަށްލުމަށްފަހު، ޤުރުއާން އަޑުއަހަން ސޯފާގައި އިށީންދެލިއެވެ. “އެއީ އޭނަގެ އާދަ..” ރަމްޒާ ފިޔާމީރުކުރަން ހުރެގެން ބުނެލިއެވެ.
މެންދުރުގެ ކެއުމަށްފަހު، އެންމެންވެސް ތިބީ ސިޓިންގް ރޫމުގައި ޓީވީއިން ޚަބަރު ބަލަންށެވެ. މީހަކު ދޮރުހުޅުވާލި އަޑަށް ބެލިއިރު ހުރީ ޔުސްރާއާއި ދާދި އެއްވަރުގެ އަންހެން ކުއްޖެކެވެ. ކަންފަތުގައި ފޯނުޖަހައިގެން ހުރެ ގެޔަށް ވަދެގެން ދިޔައިރު، އަތުގައި ފަސްވަރަކަށް ކޮތަޅު އޮތެވެ. “ޔާ ހަހަ.. ޔެސް.. އައި ވިލް ބީ ދެއާރ އެންނު.. ބާއި.” ފޯނު ބާއްވަމުން ބުންޏެވެ. “ޒުހުދާ، އައިސްބަލަ.. މިއިނީ ޔުސްރާ..” ރަމްޒާ ޓީވީގެ އަޑުމަޑުކޮށްލަމުން ބުންޏެވެ. “ހެއި…އައިމް ޒުހޫ.” ޔުސްރާއަށް މަތިން ތިރިއަށް ބަލާލުމަށްފަހު ތުއިކޮށް ބުނެލިއެވެ. ކޮޓަރީގައި ކޮތަޅުތައް ބެހެއްޓުމަށްފަހު، ޒުހުދާ އައިސް ޔުސްރާ ގާތުގައި އިށީނެވެ. “ކައިގެންތަ ތިއައީ؟” ރަމްޒާ ޓީވީއަށް ބަލަން އިނދެ ޒުހުދާ ގާތުގައި އެހިއެވެ. “ޔެސް.. މި އައީ ރެސްޓޯރެންޓުން ކައިގެން..” ޒުހުދާ ބުންޏެވެ. “ހޭ..ތީ ކުޅުދުއްފުށީ ކުއްޖެއް ދޯ..” ޒުހުދާ ޔުސްރާއަށް ބަލާލުމުން ބުންޏެވެ. އާނއެކޭ ބުނުމުގެ ގޮތުން ޔުސްރާ ބޯ ތަޅުވާލުމުން، ޒުހުދާ އަދިވެސް އެއްފަހަރު ޔުސްރާއާއި ދިމާލަށް ރަނގަޅަށް ބަލައިލިއެވެ.
އަސުރު ނަމާދަށްފަހު، އަޔާޒް ޑިއުޓީއަށް ދިޔައެވެ. އަޔާޒަކީ އައިޖީއެމްއެޗްގެ ނާރުގެ ބަލިތަކާބެހޭ ޑިޕާޓްމަންޓުގެ ހެޑްކަމަށްވުމުން ޗުއްޓީއެއް ލިބޭގޮތްވެސް ނުވިއެވެ. “އައިމް ސޮރީ، ވަރަށް އަވަހަށް އަންނާނަން އިނގޭ.. ކޯލް މީ އިފް ޔޫ ނީޑް އެނީތިންގް.” އަޔާޒް ޔުސްރާގެ ކޮލަށް ދޮނެއްދެމުން ބުނެލިއެވެ. އަޔާޒް ޑިއުޓީއަށް ދިޔުމުން ޔުސްރާ އޮށޯވެލީ ވާހަކައެއް ކިޔަންށެވެ. ދޮރުގައި މީހަކު ޓަކިޖަހާ އަޑަށް ތެދުވެގެންގޮސް ދޮރުހުޅުވާލިއިރު ހުރީ ޒުހުދާއެވެ. “ވޯންޓް ޓު ގޯ އައުޓް؟ މިދަނީ ފްރެންޑްސް އާއެކު ކޮފީއަކަށް.” ޒުހުދާ ބުންޏެވެ. “ނޫން.. ޔުސްރާ މިގަޑީ ބޭރަށް ދާހިތެއް ނެތް.. ޒުހޫ ދޭ..” ޔުސްރާ ޖަވާބުގައި ބުންޏެވެ. “ތީ ހަމަ ރަށްރަށު ގަރލްސްގެ ގޮތް ދޯ..” ބޮޑާކަމާއެކު މަލާމަތްކުރާ ރާގަކަށް ޒުހުދާ ބުންޏެވެ. “ތިބުނީ؟” ޔުސްރާގެ ދެލޯބޮޑުވިއެވެ. “މާ ދެލޯ ބޮޑުކުރާނެ ކަމެއް ނެތް. މިބުނީ ތިމީހުން ރަށުގަ އުޅޭ ގޮތަށޭ މިތާވެސް އުޅޭނީ.. ބުނަން ވާހަކައެއް. އަޔާޒު ޔުސްރާ މަތިން ފޫހިވާން ނުނަގާނެ ދެދުވަސް ވެސް.. އަހަރެން އުޅުނީ އަސްލު އޭނަ މަގޭ ފްރެންޑަކާ މެރީ ކުރުވޭތޯ. ޝީ އިޒް މޮޑަރން އެންޑް އައުޓް-ގޮއިން. ބަޓް ޔޫ ކޭމް އިން ބިޓްވީން… މަންމަމެންވެސް ދެކޭނީ ޔުސްރާ ނޯކަރެއްގެ ގޮތުގަކަން އަހަންނަށް އެނގޭ..އެއީ ޔުސްރާގެ ފެންވަރަކީ..” ޒުހުދާގެ ބަސްތައް ޔުސްރާގެ ހިތަށް ދުނި ތީރުތަކެއްހެން ހެރެމުން ދިއައެވެ. ފެންކަޅިވެފައިހުރެ ދޮރުލައްޕާލީ ޒުހުދާ ވާހަކަދައްކަދައްކާ ހުއްޓައެވެ. ޔުސްރާގެ ހިތަށް ކެތްނުވާވަރުވުމުން، ބިންމައްޗަށް ވެއްޓިގަނެވުނެވެ. ލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު، ޒުހުދާގެ ބަސްތައް ބޮލުގައި އެނބުރެމުންދިޔައެވެ. “އަޔާޒް އަހަރެން ދޫކޮށްފަ ދާނޭ؟ ފޫހިވާނޭ؟ މަގޭ އަޔާޒް އެހެން ނުހަދާނެ..” ޔުސްރާގެ ހިތަށް އެރިއެވެ. އަޔާޒަށް ގުޅުމަށްޓަކައި އެނދުމަތީގައި އޮތް ފޯނު ނެގިއެވެ. ނަމްބަރު ޖަހާލުމަށްފަހު އަނެއްކާވެސް ފޯނު އެނދުމަތީ ބޭއްވީ، މައްސަލަ ބޮޑުކުރަން ބޭނުންނުވާތީއެވެ. ޒުހުދާގެ ބަސްތަކުން ޔުސްރާ ކިތަންމެ ދެރަވިކަމުގައިވިޔަސް، އަޔާޒު ގާތުގައި މިވާހަކަތައް ނުބުނަން ނިންމިއެވެ. ގޭތެރޭގެ ހަމަޖެހުން ގެއްލިދާނެތީއެވެ. މި އުފާވެރި ޢާއިލާ ރޫޅިދާނެތީއެވެ.
1072 Comments
Comments are closed.
Vv reethi. V Interesting.
Thanks @i_far 🙂
Salhi.
Thanks @Booooo 🙂
Masha Allah..varah salhi..keep it up and thankiu leykokaa avahah up kohdheythii..loved it???
Thanks alot @Hassu 🙂
Adhi nikah thuivaaney mi male’ ga ulhey ehchehi.. Ulheynii rajjey therey meehuh dhahkoh lah vegeh varah foohi vey ..anyways story hama habeyss ..waiting
Yeah, i know right.. baeh meehun vrh foni vaane.. Thanks @Hanaa
Nice..aneh part ge inthixaaruga
Thanks @Marii 🙂
Varah furi hama..ekm mi baives kuru..dhankolheh dhigu koh gehnes dheebaa..
Thanks @Maikko. will keep that in mind. 🙂
Nala nala varah nala mi story ..waiting 4 the next part
Thanks @Araa 🙂
Nala nala varah nala mi story ..waiting 4 the next part
Thanks @Afu
Habeyss??
Thanks @Aish 🙂
Salhii..waiting 4 the next part
Thanks @Xai
Interesting.. Interesting.. Waiting waiting
Thank you @Zeeniya 🙂
Story is awesome??
Thanks @Zee 🙂
Story is awesome??
Thanks @Kamana 🙂
Varah varah varah varah reethi..thankolheh dhigu kohbala..leykokaa varah molhu vahaka liyah..kivey kurih vahaka mi site ga nuliyanii?..waiting for the next part…Konirakun aneh part up kohdheyniii..story up kohfa dhn up kuraaney ireh bunelabaa ingeyy.. Dhn ih part miyah vureh salhi hn hivanii..
Thanks a lot @Rifoo 🙂 hehe i never wrote stories before. Next part ves up kohlaanan vrh avahah inshaa allah.
Reethi
Varah reethi
❤??
Thanks @Rifaa 🙂
Waiting 4 the next part..koh irakuh up kohdheynii???dhn name bunebaa writer ge or say the atoll?..varah salhii mi story ..good job
Maadhamaa, inshaa allah. 🙂 hehe im naf.. Thanks @Rashu kuhjja
Speechless.. Grt work???…waiting for the next part….hadhaa kurey mi part vs …dhigu kohbalaa
Yeah, im trying.. Thanks @Ainth 🙂
Maale innanee raajjein beyruga tho? Maale mathiveri vefa raajeyge ehen rah rasha raajhethere kiyan vaanee maale raahjeyn beyruga vaanama thaa dhw…
Alhugandu neennaane rahjjethere ey bunefa eh.. Rahrashuga ey bunefa innaanyves.. But sorry if i offended you in any way 🙂
Vaahaka v furihama masha allah…male’ ves aee raajjethere rasheh nuntha…kaafu atoll ga himeyney rashehnu…erashuga ves dhiriulheny hama raajjethere meehun nuntha…
Thanks @Anu. Hehe i know.. Rajjethere ey nuliyamehnu..
Vahakaiga buneyfa kaa eh neh dhw male’ aee rahjjey gey rasheh nunekey ….male ulheh yaaa ehn rahsahu meehuhnaa talk kuraanii evahtharah..hivanii dhn male’ ga ulheynaa dhuniyye rahviyye..varah foohi vey
Yes.. you are right.. gina meehunge visnun ehen hunnaathee vaahakaiga liyely.. its a common problem in our society nowadays.
Yus dhera nuvey ey zuhudhaa kiyaa ehchehi …zuhudhaa male’ meeheh vyma ma fonii vegeh yus ah ehchehi nukiyaa eygey..male ga ulhey meehuh dhekey gothuga ehn rahjjey gey rah rashuga ulheynii kattu meehuh..eythaa ga ulheynii kattu noon meehuh..
Hehe dhw.. Yusra ei strong kuhjjekey. 😉
waiting for next part ..anyways story v salhi..
Thanks @xy 🙂
Interrrrrrrrrresting…..raajjethere ey kiyaa iru heevany mi raajjein beyrun aissa huri meeheh hen….varah foohivey…????
Hehe ehenneh nuliyamennu @pinker.. sorry ekmves dhen. 🙂
Pinker rahjjein ais huhtas ehn buney vidhaaney….negative comments kurumuge badal ga ragalhu goih buney dhinuh muhih mee..no one is perfect right..ehnvyma mistake buney dhinima ragalhu kuraaney kohmme writer eh vs..baeh kudhinah mi site ga liyaa baeh meehuh ge vahaka kamu dhaanii ey meehuh nah positive comments dheefa huhnaanii..dhn thibey alhah fashaa kudhinah kuranii negative comments.. Leykokaa Aslu varah salhi mi story.. Furathama story viyas hama varah furihama..Masha Allah…I just loved it ..avahah next part up kohdhehcheyy ..keep it up..lurvv you????
I knw bishaa….
Aee story writer aa dhimaa ah buni ehcheh noon….
Aee that thuibadi zuhudhaa dhimaa ah buni ehcheh….
Hehehehehe???
story hama 6 beys….
???….
Awwn thanks @Bishaa ?❤️ Love you too!?
@pinker guess i misunderstood you as well.. hehe.. foni foni zuhudhaa dhww. Thanks ingey 🙂
Story hama varah kick ..waiting 4 the next part
Thanks @Inu 🙂
Fantastic leykokaa ?
Thanks @Xaan 🙂
Naf …story hama habeyss..waiting??
Thank you @Zoona 🙂
Jeethinii thareef karu uthunii kam haii?..bohoth sundar haii ye..
Mirey up kosheh nudhey veney tha??
I’ll try ingey @Sazu
Haan okayh..thankiu
Wowwwwwwewwwwwwwww……Leykokaa desperately waiting 4 the next part..love yuh?
Awn thanks @Gorgeous ?❤️ Love you too..??
V reethi
Thank you @Naadhee
Alheyy dhn up kohdheeba ..Wating
Ey leykokaa…. avahah up kurey. …. I have a question… thy kulhudhuffushi kujjeh tha?
hehe noon.. im not from kulhudhuffushi.
Leykokaa ah kiyanii naf. ey bunii..dhn kommey rashaku kuhjjakah viyas okayh noon.. Vahaka up koh dhnyaa ey v ..vahaka avahah up koh dheeba
Leykokaa avahah up kohbaa..varah kiyaa hivey eybha..waiting waiting..
Baby avahah up kohdheeba?
Dhn vahaka avahah up kohdheeba …noonii dhn up kuraaney dhuvas bunedheeba plsss
next part innaane up kohdheefa. 🙂 thank u guys..