“ހޭއި މެގީ؟ ކޮބާ ޖަވާބު؟” މިންޝާ މޫނު ކުނިކޮށްލާފައި އިންގޮތް ފެނި މާޖާވެލާފައި ނާވީ އަހައިލިއެވެ. މިންޝާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ނާވީ ގެ ހިތުގައި މިންޝާ އަށް ވަނީ ޙާއްސަ މަޤާމެއް ދެވިފައެވެ. ނަމަވެސް މިންޝާގެ އެހުންނަ ޅަ ގޮތްގަނޑުގެ ސަބަބުން ލޯތްބާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މިންޝާ ގާތު ދައްކަން ނާވީ ފަސްޖެހެއެވެ. ގޭމެއްގެ ސިފައިގައި މިސުވާލު މިންޝާއާ ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އޭއި އެވެ. ނާވީ […]
ޓްރުތް… އޯރ ޑެއަރ؟؟ ކުޅޭމުން ދިޔަ ގޭމުގެ ތެރެއިން ނާވީ އޭނާ އާއި ޖެހިގެން އިން މިންޝާ ކައިރިން އަހާލިއެވެ. “ޓްރުތް”. ވިސްނާލުމެއްނެތި މިންޝަ ބުނެލިއެވެ. އޯކޭ.. މައްސަލައެއް ނެތް. ލޯތްބާއި މެދު މެގީ ދެކެނީ ކިހިނެތް؟ ނާވީ ލިބުނު ފުރުސަތު ގެ ބޭނުން ހިފަމުން އަހާލިއެވެ. ހަހަހަހަހަ… ދެން އިވިގެންދިޔައީ ފަސްކުދިން ހިމެނޭ އެ ގްރޫޕްގެ އެންމެން އެއްްފަހަރާ ހޭންފެށި އަޑެވެ. “އަޖައިބު… ކީއްވެތަ އެންމެން ތި ހޭންފެށީ؟” މޫނަށް ވައްތަރެއް ޖައްސާލަމުން މިންޝާ އަހާލީ […]