Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވެވުން އެއީ ކުށަކަށް ވާނަމަ 2

iris Level 110 Stories
May 30, 2016 3 Mins Read
16 Comments

“ހޭއި މެގީ؟ ކޮބާ ޖަވާބު؟” މިންޝާ މޫނު ކުނިކޮށްލާފައި އިންގޮތް ފެނި މާޖާވެލާފައި ނާވީ އަހައިލިއެވެ. މިންޝާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ނާވީ ގެ ހިތުގައި މިންޝާ އަށް ވަނީ ޙާއްސަ މަޤާމެއް ދެވިފައެވެ. ނަމަވެސް މިންޝާގެ އެހުންނަ ޅަ ގޮތްގަނޑުގެ ސަބަބުން ލޯތްބާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މިންޝާ ގާތު  ދައްކަން ނާވީ ފަސްޖެހެއެވެ. ގޭމެއްގެ ސިފައިގައި މިސުވާލު މިންޝާއާ ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އޭއި އެވެ. ނާވީ ލޯބިން މިންޝާއަށް އަށް މެގީ ކިޔަން ފެށިފަހުން އެކުގައި އުޅުނު އެހެން ކުދިން ވެސް މިހާރު އެނަމުން ގޮވާ އެންވަނީ އާންމު ނަމަކަށް ވެފައެވެ. ނާވީ އެކޭ އެއްގޮތަށް މިންޝާގެ ހުރިހާ ރަޙުމަތް ތެރިންވެސް މިންޝާއަށް މުހާތަބުކޮށް އުޅޭނީ އެނަމުންނެވެ.

*********************************************************************************************************

“ލޯބި ދޯ؟؟ އެއީ ވަރަށް ބޮޑަށް އޮޅުން އަރާފައިވާ އެކަމަކު އެހާމެ ބޮޑަށް ގަޔާވާ ހިތުގެ މައްސަލައެއްގެ ސަބަބުން ސިކުނޑި ބަލިކަށިވެ ، ލޮލުގެ ކަޅިރަވަ ބޮޑުވެ، ހަށިގަނޑުގެ ލޭދައުރުވާލެއް އަވަސްކުރުވާ އަދި ނޭވާލުމުގެ ނިޒާމަށް ދަތިތަކެއް ކުރިމަތި ކުރުވާ ޖަޒުބާތެއް!!” އެއް ނޭވާއިން މިންޝާ ކިޔާ ނިންމާލިއެވެ.  “އޯހޯ… ތީ މީރާތަ؟ ކުޑަކޮން އިނަސް ފިލްމުކުޅޭން ހަމަ އެއްވަނަ ދޯ..” ފައިޒަން ދިމާކޮށްލިއެވެ. “ހެވޭ ދެން މަށަކަށް ނޭންގެ.. ލޯބި.. ބްލާ ބްލާ… އޭ ދެން ހިނގާ ގެއަށް ދާން.. ވަރަށް ލަސް ވެއްޖެ..” ފައިޒަން އަށް ރައްދު ދެމުން މިންޝާ ތެދުވީ ގެއަށް ދިއުމަށް ޓަކައެވެ. “މެގީ ހަމަ އަސްލުވެސް ލޯތްބާއި ދޭތެރޭ ނުވިސްނަންތަ؟ ގެއަށް ދިޔަ މަގުމަތީގައި މިންޝާގެ ގެ އެންމެ ގާތް އެކުވެރިޔާ ޢާރާ އަހައިލިއެވެ. “ޔަޕް.. މެގީ އަދި ތިކަހަލަ އެއްވެސް ކަމަކާ މެދު ނުވިސްނަން. ވިސްނަން ޖެހޭ ވަރުގެ ކަމަކާ އަދި ދިމައެއް ވެސް ނުވޭ.. މިބުނީ ހިތަށް އަސަރު ފޯރުވާ ވަރުގެ ސަޅި ބިޓާކާ އަދި ދިމައެއް ނުވެއޭ!!” މިންޝާ ޖަވާބު ދިނެވެ. “ނާވި ކިހިނެތް ވަނީ.. އައި ތިންކް ހީ ލައިކްސް ޔޫ އަ ލޮޓް.. ދޮން ނޫނަސް ބަލާލަން ވެސް ކިހާ ރީތި..  ދިގު ދިގު އިސްކޮޅާކާ، އެންޑް އެހެރަ ލޯބި އިސްތަށި ކޮޅެއް.. ” އާރާ އެއްމިޔަނަކުން ހީލަމުން ބުނެލިއެވެ. “ނާވީ…… ނޯވޭ! ނާވީ އެއީ ހަމަ ފްރެންޑެއް.. އެހެން ނޫނަސް ނަވީ އިސް ނޮޓް މައި ޓައިޕް” މިންޝާ އާރާ ގައިގައި ކުޑަކޮން ވިކާލަމުން ބުނެލިއެވެ. ” ކިހިނެތްވީ؟ ނާވީ ދޮން ނުވެފަ ހީލާއިރު ކޮލަށް އަޑި ކޮޅެއް ނޭޅޭތީ ދޯ؟؟” އާރާ އަދިވެސް ބެލި މިންޝާ އާއި ދިމާ ކޮށްލެވޭތޯއެވެ. “ދެން އާރާ… ތީ ކޮންވާހަކައެއް… މިބުނީނު ހީ އިޒް ނޮޓް މައި ޓައިޕް އޭ!.. ދެން އެވާހަކަ ބާއްވާ.. މިއޮތީ ގެއަށް ވެސް އާދެވިފަ.. ދެން ދަނީ އެންގޭ.. ބައި.. ” މިންޝާ ގެއަށް ވަންނަމުން ބުނެލިއެވެ. ދިހަ ބުރިއަށް ނަގާފައިވާ އެ އިމާރާތަކީ މިންޝާ ބައްޕަ އަށް ލިބިފައިވާ ގެއެކެވެ. ގޭގެ އެންމެ މަތީ ބުރިއާއި ޓެރެސް ބައްޕަ އާދަމް މަނިކު ނެގުމަށް ފަހު ދެން ހުރި ބައިތަށް ވަނީ ކުއްޔަށް ދެވިފައެވެ. އެކަށިގެންވާ ރަނގަޅު އާންމުދަނީއެއް ގެ ކުއްޔަށް ދީގެންނާއި އާދަމް މަނިކާއި ދޮއްޓަށް ތިބި ދެ ފިރިހެން ދަރީން ވަޒިފާގައި އުޅޭމުން ލިބޭތީ އެދެމަފިރިން އުޅެމުން ދިޔައީ ވަރަށް ހަމަޖެހޭ ތަނަވަސް ދިރިއުޅުމެއްގައެވެ. މިންޝާ އަކީ  ގޭގެ އެންމެ ހަގު ކުއްޖާ ކަމުން އާއިލާ އެންމެން ވެސް މިންޝާ ދެކެ ވަރަށް ލޯބިވެއެވެ. ޙާއްސަ ކޮށް  ސިފައިންގޭގައި އުޅެމުންދާ މިންޝާގެ ދޮންބެ އާކިން މިންޝާ ދެކެ ވަރަށް ލޯބިވެއެވެ. ދެންހުރީ މިންޝާގެ ތުއްތުބެ ޒަލަފް އެވެ. ޒަލަފް އުޅެމުން ދަނީ އާދަމް މަނިކާއި އެކު އާދަމް މަނިކުގެ ބޮޑު ބޭބެގެ ވިޔަފާރީގައެވެ.

“މަންމާ… މިންކޮ މިއައީ އޭ… ކޯއްޗެއްތަ ކާން ހުރީ.. ވަރަށް ބަނޑުހައި…” މިންޝާ ގޭގެ ދޮރު ހުޅުވާލަމުން އޭނާގެ މަންމަ ސޮފިއްޔާ އަށް ގޮވާލިއެވެ. “އަވަހަށް އާދޭ ދަރިފުޅާ ކާން.. ތުއްތުބެ ވެސް މީނީ ކާން..”  ސޮފިއްޔާ ބަދިގެ ތެރެއިން ގޮވާލި އަޑު އިވުނެވެ. “އޯ.. އެއްކަލަ ބޭބީ ގަނޑު އައި ދޯ.. ދެން މިގޭތެރެ ހީވާނީ މަސް މާރުކޭޓޭއްހެން…” ޒަލަފް އާދައިގެ މަތިން މިންޝާ އަށް ދިމާކޮށްލިއެވެ.  ” ހެވޭ… އޭގެން ވެސް އެނގެނީ މިންކޮ ކަން މިގޭގެ ރޫހަކީ… މިންކޮ ނެތިއްޔާ ގޭތެރެ ހީވާނީ ފަޅު ގެއެއްހެން… ދޯ މަންމާ… ” މިންޝާ ވެސް ޒަލަފް އަށް ރައްދު ދިނެވެ. “މަންމާ… އަންނަ ހަފްތާ މިންކޮ ކޮލެޖް ވެސް ނިމޭނެ އެއްނު… ޑޭޑް އެންޑް ތުއްތު ބެއާއި އެކީ މަންޞޫރު އަންކަލްގެ ވިޔަފާރީގަ ބައިވެރިވާން އަޅުގަނޑު ވެސް ބޭނުން… ބައްޕަ ކައިރި އަހާލަންވީ ނޫންތޯ އަޅުގަނޑުވެސް ވިޔަފާރީގައި ބައިވެރިކުރަން ވީނޫންހޭ.. ކޮލެޖް ނިމުނީމަ ކިހާ ފޫހިވާނެ.. މިހާރުވެސް ފަސް މިނެޓަށް ވެސް ގޭގަ ހުންނަން ޖެހުނީމަ މިހުންނަނީ ފޫހިވެގެން ހަލާކުވެފަ…” މިންޝާ ޝަކުވާ ކޮށްލިއެވެ.

“އައްދެ މަންމަގެ ދޮންދޫނި ވެސް ބޮޑުވީތަ؟ ވިޔަފާރި އާއި ގެން އުޅޭ ވާހަކަ ތިދައްކަނީ.. މިރޭ ބައްޕަ ކާން އައިމަ ތިވާހަކަ ދައްކާނީ ދޯ އޭރަށް ވާއިރަށް ދޮންބެވެސް އަންނާނެއެއްނު.. މަންމަ ވަރަށް އުފާ ވެއްޖެ ދަރިފުޅު ވެސް ހަރުދަނާ ކުއްޖަކަށް ވާން ވިސްނީމަ… ” ސޮފިއްޔާ މިންޝާ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.. “ތުއްތުބެ ކީއްވެތަ ތިއިންނަނީ އަނގަ ހުޅުވިފަ… ކާން އަތް ނެގި ގޮތަށް ސްޓަކް ވެފަ؟ ” ޒަލްފް ބަސް ހުއްޓިފައި އިން ގޮތް ފެނި މިންޝާ ސުވާލުކޮށްލިއެވެ.. ” ހޭލާ އިންދާ ހުވަފެން ފެންނަންޏާ ގޮތްގޮތް ވެސް ވާނެއެއްނު..”  ޒަލަފް އަބަދުވެސް ބަލަނީ މިންޝާއާއި ދިމާކޮށްލެވޭތޯ އެވެ. “އޯކޭ.. ތުއްތުބެ އަބަދުވެސް ދިމާކުރެވޭތޯ ބަލާތި.. މިންކޮވެސް ބޭނުމޭ އަންކަލް ގޮތަށް އަމިއްލަ ވިޔަފާރި އެއް ހިންގަން.. މަންމާ… މިންކޮ މިދަނީ ކޮޓަރިއަށް.. ނަމާދު ކޮށްލައިގެން ކުޑަކޮށް އަރާމު ކޮށްލަން..” ކައި ނިމިގނެން އަތް ދޮވެލަމުން މިންޝާ ދާން ހިންގައިގަތެވެ.

ހަފްތާއެއް ފަހުން މިންޝާ ބޮޑުބޭގެ އޮފީހުގައި މިސައްކަތް ކުރަން ފެއްޓިއެވެ. ހީކުރި ގޮތަށް މިންޝާ  އާއިލީ ވިޔަފާރި އާއި ގުޅެން ނިންމުނުން އާދަމް މަނިކުވެސް ހުރީ ވަރަށް އުފަލުންނެވެ. އެހުންނަ ޅަގޮތްގަނޑު ކެނޑި  ތަންކޮޅެއް ހަރުދަނާ ވާނެތީއެވެ. މިންޝާގެ އެ ހުންނަ ސަކަ މިޒާޖުގެ ސަބަބުން އޮފީހުގެ އެންމެންވެސް މިންޝާއާއި ވަރަށް އަވަހަށް އެކުވެރި ވެއްޖެވެ. އޭގެ ތެރެއިން ވެސް އަފާފް ވީ މިންޝާ އާއި ވަރަށް ގުޅޭ ކުއްޖަކަށްށެވެ. ދެމީހުންގެ މިޒާޖުވެސް އެއްގޮތް ވީމައެވެ. “މިންކޮ.. ތި ޖޮއިން ވީވެސް ވަރަށް ރަނގަޅު ދުވަހެއްގަ.. މިއަދު އޮންނާނެ މި  އޮފީހަށް ލޮޖިސްޓިކް މެނޭޖަރ އެއް ހޯދުމަށް ބާއްވާ އިންޓަރވިއު.. ކުރިން އެމަޤާމުގަ ހުރި ނައީމު އަމިއްލަ ކަމެއްގައި ރާއްޖޭން ބޭރަށް ބަދަލު ވީމާ އެމަޤާމަށް މީހަކު ހޯދަން އިއުލާނު ކޮށްގެންއުޅޭނީ.. އެނގޭތަ… ވަރަށް ސަޅި ބިޓުން މިއަދު ފެންނާނެ ބަލަން ހުންނައްޗޭ..” އަފާފް އައިސް މިންޝާ  ކެބިންނަށް ވަދެލަމުން ބުނެލިއެވެ. “އެހެންތަ… ނަސީބުވެސް ގަދައި ދޯ. އެނގިދާނެތާ… ”  މިންޝާ ވެސް ފޯރީގައި ޖަވާބު ދިނެވެ.

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iris

Level 110 Stories

Other Articles

Previous

ފެނު ޕަރީ (13)

Next

ވާނޭހެ ދުނިޔޭގާ (6)

Next
May 30, 2016

ވާނޭހެ ދުނިޔޭގާ (6)

Previews
May 30, 2016

ފެނު ޕަރީ (13)

16 Comments!

  1. iris says:
    May 30, 2016 at 11:15 am

    hei guys… here is the second part of the story.. hope u guys like it.. huriha kudhin ge feedbacks ves beynun engey… iyye ge part ah vure dhigu kohleveythw v belin… 🙂

  2. aff says:
    May 30, 2016 at 11:35 am

    oh maju ge dialogue dhww.. e bai kiyaaha varah hewihje..hehe.. Heii iris hws yuhh ? ..story kuruhen heeway.. reethi .. all the best ..keep going..love yah ☺☺☺

    1. iris says:
      May 30, 2016 at 11:52 am

      hehe.. yh maju ge famous dialogue kolhu ei… thanks aff… love u more… <3 🙂 :*

  3. aff says:
    May 30, 2016 at 11:37 am

    Yayy .. magey first dhw.. ekam iyye ge prt ah vureh dhigu ingey.. ☺ next prt miah vure dhigukolahche.. ???

  4. Rasiya says:
    May 30, 2016 at 11:39 am

    Iyye part ah vre dhigu.. hyvey v nyc vaane hn.. avahah up kurahchey.. n kyp waiting… kypit up iris

    1. iris says:
      May 30, 2016 at 11:53 am

      yh rasiya… balaanana friday sat noon konmme dhuhu vx up kureveythw.. and thanks.. 🙂

  5. saee says:
    May 30, 2016 at 11:45 am

    owwnnn? adhivex thankolheh kuru.. ekam vex avahah up kure ven yaar mivaru vex ok ????

    1. iris says:
      May 30, 2016 at 11:55 am

      alhey.. kuru tha saee… balaanan enge regular koh up kureveythw… dhn digu vx kohleveythw..

  6. amy says:
    May 30, 2016 at 12:07 pm

    story v.reethi
    keep up the good work iris

    1. IRIS says:
      May 30, 2016 at 12:35 pm

      thanks amy..

  7. Ushaa says:
    May 30, 2016 at 12:41 pm

    Vrh salhi…. Bt i wannna read more… Nxt prt miahvurevx dhigu kollahchey Iris…..

    1. iris says:
      May 30, 2016 at 1:37 pm

      thanks ushaa… yh… in sha allah tmrw ge bai miah vure dhigu kohla dheynan…

  8. Nern.. says:
    May 30, 2016 at 1:43 pm

    avahah up kohdhehchey .. varah reethi mi baives..???

    1. iris says:
      May 30, 2016 at 2:45 pm

      thanks nern… in sha allah tmrw up kohdheynan

  9. Ki? says:
    May 30, 2016 at 6:08 pm

    Vvvvv rythi

  10. aisha says:
    May 30, 2016 at 10:54 pm

    waahaka reethi.komme dhuwahaku wes part eh upload kurun edhen

Comments are closed.

Next Episodeލޯބިވެވުން އެއީ ކުށަކަށް ވާނަމަ 3←


All Right Reserved!