Skip to content
އެސްފިޔަ

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ….

ޓްރުތް… އޯރ ޑެއަރ؟؟ ކުޅޭމުން ދިޔަ ގޭމުގެ ތެރެއިން ނާވީ އޭނާ އާއި ޖެހިގެން އިން މިންޝާ ކައިރިން އަހާލިއެވެ. “ޓްރުތް”. ވިސްނާލުމެއްނެތި މިންޝަ ބުނެލިއެވެ. އޯކޭ.. މައްސަލައެއް ނެތް. ލޯތްބާއި މެދު މެގީ ދެކެނީ ކިހިނެތް؟ ނާވީ ލިބުނު ފުރުސަތު ގެ ބޭނުން ހިފަމުން އަހާލިއެވެ. ހަހަހަހަހަ… ދެން އިވިގެންދިޔައީ ފަސްކުދިން ހިމެނޭ އެ ގްރޫޕްގެ އެންމެން އެއްްފަހަރާ ހޭންފެށި އަޑެވެ.

“އަޖައިބު… ކީއްވެތަ އެންމެން ތި ހޭންފެށީ؟” މޫނަށް ވައްތަރެއް ޖައްސާލަމުން މިންޝާ އަހާލީ ކުޑަކޮށް އަޑަށް ބާރު ލަމުންނެވެ. “ހޭނެ ދޯ!! މެގީ ކައިރިން ލޯތްބާ ބެހޭ ގޮތުން ސުވާލު ކުރީމަ. އަދި ރަނގަޅަކަށް ބޮޑެއްވެސް ނުވޭ ވިއްޔަ. މި ގްރޫޕް ގަވެސް ހުރި އެންމެ ކުޑަ ކުއްޖާ ކައިރީ ނާވީ ލޯތްބާއި ބެހޭ ގޮތުން އެހީމަ ހިނި ނާއްނާނީ ކާކު ކައިރިއަށްތަ؟” ސަކަ މިޒާޖެއްގެ ވެރި ފައިޒަން މިންޝާގެ ދިގު އިސްތަށިގަނޑާ ކުޅޭލަމުން ބުނެލިއެވެ. ތެދެކެވެ. މިންޝާ އަކީ މުޅި ކޮލެޖްގަވެސް އިސްކޮޅުން އެންމެ ކުރު ކުދިން ތަކުގެ ތެރެއިން އެކަކެވެ. އިސްކޮޅުން ކުރުކޮށް ހިކިކޮށް ހުއްޓަސް މިންޝާ އަކީ  ބަލާލަން ރީތި ކުއްޖެކެވެ. އަޅި ކަޅި އާއި ދޮން އޮމާން ހަންގަޑެއްގެ ވެރި މިންޝާ ބޮޑަށް ވައްތަރީ ޔޫރަޕް ހިސާބު ކުއްޖަކާއެވެ. އެސިފަތަށް މިންޝާއަށް އަށް ލިބިފައިވަނީ  ހުވަދު އަތޮޅަށް އުފަން އޭނާގެ މާމަގެ ފާރާތުންނޭ އާއިލާގެ އެންމެންވެސް ކިޔައެވެ.  ބޮޑު  ދެލޮލާއި ރާޅުބާނި އިސްތަށިގަނޑަކީ މިންޝާގެ ރީތިކަން އިތުރުކޮށްދޭ ސިފަތަކެވެ. ނަމަވެސް އުމުރުން ވިހި އަހަރުވީއިރުވެސް މިންޝާގެ އުޅުން ހުންނަނީ ފަނަރަ ސޯޅަ އަހަރުގެ ކުއްޖަކާ އެއްގޮތަށެވެ.

“ހޭއި މެގީ؟ ކޮބާ ޖަވާބު؟” މިންޝާ މޫނު ކުނިކޮށްލާފައި އިންގޮތް ފެނި މާޖާވެލާފައި ނާވީ އަހައިލިއެވެ. މިންޝާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ނާވީ ގެ ހިތުގައި މިންޝާ އަށް ވަނީ ޙާއްސަ މަޤާމެއް ދެވިފައެވެ. ނަމަވެސް މިންޝާގެ އެހުންނަ ޅަ ގޮތްގަނޑުގެ ސަބަބުން ލޯތްބާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މިންޝާ ގާތު  ދައްކަން ނާވީ ފަސްޖެހެއެވެ. ގޭމެއްގެ ސިފައިގައި މިސުވާލު މިންޝާއާ ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އޭއި އެވެ. ނާވީ ލޯބިން މިންޝާއަށް އަށް މެގީ ކިޔަން ފެށިފަހުން އެކުގައި އުޅުނު އެހެން ކުދިން ވެސް މިހާރު އެނަމުން ގޮވާ އެންވަނީ އާންމު ނަމަކަށް ވެފައެވެ. ނާވީ އެކޭ އެއްގޮތަށް މިންޝާގެ ހުރިހާ ރަޙުމަތް ތެރިންވެސް މިންޝާއަށް މުހާތަބުކޮށް އުޅޭނީ އެނަމުންނެވެ.

“ލޯބި ދޯ……………….

އިންތިޒާރު ކޮށްލައްވާ …. ވަރަށް އަވަހަށް އަންނަނީ…..!!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. Ushaa

    Heevany reethi vaanehen… Waitin.. Gud luck Iris….

    1. IRIS
      Ushaa

      thanks ushaa… lets see what happens dw… this is my frst story. so mistakes huredhaane… huriyya huriha kudhin vx bunela dheythi engey… 🙂

  2. aff

    heevey reethi vaane hen… inthixaarun kuran.. story name varah obi ingey.. keep going.. all the best ☺

    1. IRIS
      aff

      thanks aff :*

  3. Hooo

    Hie Vanie reethie vaaneyhen.
    Up kurahchey avahaa.
    Good luck.

    1. iris
      Hooo

      yh.. balaanan regular kn up kureveythw

  4. mesw

    vaahaka dhw ……..
    varak kiyaa hithun mihiree waiting waiting

  5. Saamidh

    Mi adhi review eh dho… ma hykury first part kamah… ehenve v kiyaa hithun indhaa mi en’guny… Mi vaahaka heevey v reethi vaanehen… V bodah eba inthizaaru kurevey…

    1. iris
      Saamidh

      hehe.. yh liye nimun iru thankolheh kuru ma hithah eree review akah shey hadhaalaany…

  6. rana

    Varah obi.. nxt part avahah up vaane kamah hykuran…salhi ingey feshun… i love it… *^▁^*

    1. iris
      rana

      thanks rana 🙂

  7. Shoo

    WoW warah obi ingey
    Names thah wex
    Asluga waahakaige rythikan ingeyny dhuwahun dhuwahun story upp kuranyyaa
    So want to say
    GUD LUCK…..

    1. iris
      Shoo

      awwwwn.. thanks shooo…

  8. saee

    luv it….varah reethi vaane hen heevey…waiting for the next part ?

    1. iris
      saee

      thanks saee.. in sha allah v avahah up kohdheynan

  9. Princess

    Vvv nice … Waitin for next part…

  10. jenzy

    vrah hadi

Comments are closed.