Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަންމަ

Inaaly Level 1
June 5, 2021 2 Mins Read
0 Comments

ކުޑަ ކުދިންތައް އެއްކޮށްގެން ރަށުގެ ބޮޑުމަގުގައި ފޯރިއާއިއެކު ފަންކުޅެމުންދިޔަ އީނަލްގެ ތުނިތުނި ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. މަގުގެ އެއްފަރާތުން  ދުވަމުންދިޔަ އީނަލްގެ ދުވުން ހިނދަކަށްވުރެ ހިނދެއް ބާރުވަމުން ދިޔައީ އީނަލްގެ ފަހަތުން އީނަލްގެ ގައިގައި އަތްލަން ދުވަމުން އައި ކުއްޖާއަށް އަތުނުވުމުގެ ގޮތުންނެވެ. މަގުގެ ދެފަރާތުގައި ހެދިފައިވާ މިދިލި ގަސްތަކުން ދޮންވެގެން ބިމަށް ފައިބައިފައިވާ ފަތްތައް ފައިދަށުގައި މުގުރަމުން ދުވަމުން ދިޔަ އީނަލް ރުކެއްގެ ދަށުގައި ހުއްޓިލިއެވެ. ރުކުގައި ލެނގިލަމުން ފުންނޭވާތަކެއް ބޭރުކުރަމުން ދިޔަ އީނަލް މަސައްކަތް ކުރަމުން ދިޔައީ ހަށިގަނޑު ހަމަޔަކަށް އެޅުވޭތޯއެވެ. އީނަލް ރުކުގައި ބުރަކަށި ޖައްސާލައިގެން ހުރި މަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ. މަޑުމަޑުން ޖެހިލާ ވައިރޯޅިތައް އެފަންފަން އިސްތަށިގަނޑާ ކުޅެލުމާއެކު އިސްތަށިތައް ނިތްމައްޗަށް ފައިބައިގަނެ އެބޮޑު ދެލޮލާ ކޮށްލާ ގޯނާ  ނުހަނު ހިތްގައިމެވެ. ހީވަނީ ކުރެހުންތެރިއެއްގެ ދެލީގެ ފަންސޫރުން ކުރަހާލެވިފައިވާ ހިޔާލީ ފޮޓޯއެއް ހެންނެވެ. ” އަތްލާ އަތްލާ…. މީކް ގައިގަ އަތްލާ…” . އީނަލްގެ ފަހަތުން ދުވަމުން އައި ކުއްޖާ ދުރުން ދުވަމުން ދިޔަ މީކާ އާއި ދިމާލަށް ދުއްވަގަތުމުން އީނަލް އަޑަށް ބާރުލަމުން ގޮވާލިއެވެ. ކުދިންތަކާއެކު ކުޅުމުގައި ފޯރިނަގުމުން ދިޔަ އީނަލް އަށް ވަގުތު ހިނގަމުން ދާ ކަން އިނގޭހެނެއް ހިޔެއްނުވެއެވެ. ” ދަރިފުޅާ އީނަލް..” އަތްތިލަ ބަޑީގެ އަޑާއެކު ދުރުން އީނަލް އަށް ގޮވާލި އަޑު ދުރުން އިވުމާއެކު އީނަލް އެދިމާލަށް ބަލާލިއެވެ. ” ދަނީ ދަނީ…” .މިދިލި ގަހުގެ ބުޑުދޮށައް އުކާލެވިފައިވާ ފައިވާން ތަކުގެ ތެރެއިން އީނަލް ގެ ފައިވާން ހޯދާލަމުން އެއަތަށް ނަގާ ދުއްވައި ގަންނަމުން ކުޅެން އެއްވެފައި ތިބި ކުދިންނަށް އީނަލް ބުނެލިއެވެ

***********************************************************************

އުކުޅުގައި އަތް ވިއްދައިލައިގެން ހުރި އަލީމާ އާއި  އަރާ ހަމަވުމާއެކީ އީނަލް ގެ އަތުގައި އޮތް ފައިވާން ބިންމައްޗަށް ދޫކޮށްލިއެވެ. އެ ގޮސް ބިމިގައި ޖެހުމާއެކު ފައިތިލަ އޭގެ ތެރެއަށް ކޮށްޕަމުން ހިނގައިގަތީ އަލީމާގެ އަތުގެ ތެރެއަށް އީނަލްގެ ކުޑަކުޑަ އަތްތިލަ މަހާލަމުން ނެވެ. އީނަލް އަކީ އުމުރުން ސޯޅަ އަަހަރު ފުރިފައިވާ ރީތި ކުއްޖެކެވެ ހަމުގެ ކުލަ އަލިވެފައި ދޮންއިރު ބޮޑުބޮޑު ދެލޮލާއެކު ދިގުދިގު އެސްފިޔަތަކެއް ލިބިފައިވެއެވެ. ގުރޭޑް 10 ގައި ކިޔަވުމުން ދާއިރު މިއަހަރަކީ އީނަލް ގެ ތައުލީމީ ހަޔާތުގެ އެންމެ ފަހުއަހަރެވެ.ކިޔެވުމުގައިވެސް މޮޅުދަރިވަރެކެވެ. ކިޔަވައިގެން މޮޅު ޑޮކްޓަރަކަށް ވުމަކީ އީނަލް ދެކޭ ހުވަފެނެކެވެ.އަލީމާގެ ހުވަފެންތަކުގައި ކުލަ ޖައްސައިދޭން އީނަލް ކިތަންމެހާވެސް ބޭނުމެވެ. ތިރިތިރިކޮން ހަދާފައިވާ ފަން ޖިފުޓީގެ ތެރެއަށް އޮޅި ގިރާކޮށްލަމުން ދެމައިން ވަނީ އެކީގައެވެ.

ގޭ ގެ ބިއްގަނޑުތަކާ ފުރާޅު ނިވާކޮއްފާވަނީ ވިޔެފާހުރި ސުތުއްޔާ ފަނު ގެ އެހިގައެވެ. ގޭގައި އަޅާފައިވާ އޮމާން ތަޅުމުގެ މަތިން ހިނގަލާފާ ދިޔަ އީނާލް ނުކުތީ އަލީމާ ފަހަތުން ކާގެއަށް ދިއުމަށެވެ.އަލީމާ ގެ ފަހަތުން އީނާލް އަންނަށް ފެށުމުން އެގޮތް އަލީމާ އަކަށް ކަމަކުނުދިޔައެވެ.ތަށިމުށިޖަހާ މޮޕު ލެވިފާ ގޭތެރެ ނުވިނަމަވެސް ގޭގެ ސާފު ތާހިރު ކަމަށް  އަލީމާ ހާއްސަ ސަމާލުކަމެއްދެއެވެ. ” ގިފިއްޔަށްވަދެ ދެފަޔާ ދެ އަތްތިލަ ރަނގަޅަށް ދޮވެލައިގެން އާދޭ….” އޯގަތެރިކަމާއެކު އަލީމާ އީނާލްއަށް ބުނެލިއެވެ. ޓިނުދޮރުފަތް އެތެރެއަށް ކޮށްޕާލަމުން އީނަލް އެތެރެއަށް ދެމިގަތެވެ. ސާފުހުދު އަކިރި ލެވިފައިވާ ގިފިލިތެރޭގައި މީހަކަށް ސިއްރަކުން ފިޔަވަޅެއް ނޭޅެނެވެ. އަތްފައި ދޮވެގެން ގިފިލިން ނިކުއިން އީނަލް ހަރުފިޔަވަޅުތަކެއް އަޅަމުން ގޮސް ކާގެއަށް ވަނެވެ. ތިންފައިލީ ވަށް މޭޒު ކައިރީ ދިގު ލަކުޑި ގޮނޑިއެއް ބަހައްޓާފައި ވިއެވެ. އީނަލް މަޑުމަޑުން ގޮސް ދިގު ގޮނޑީގެ މެދެއްހާ ހިސާބުގައި އިށީނދެ މޭޒާ ގާތްވެލިއެވެ. ބަދިގެއިން ނިކުމެގެން އައި އަލީމާ އައިސް ކާމޭޒުމަތީ ބޭންދީ އާވިއަރައަރާހުރި ގަރުދިޔަތައްޓަށް އީނަލް ބަލާލިއެވެ. އެތައްޓާޖެހިގެން ހުރި ތަށިތެރޭ އޮތް ފެނުކެއްކި ބަނބުކެޔޮ ފޮއްޗާއެކު ހުނިތަށި ފެނުމުން އީނަލް ދޫނެރެލިއެވެ. ދަހިވެފައިވާ މީހެއް ފަދައިންނެވެ. ” އަވަހަށް ކާންފަށާ..” އީނަލްގެ ބުރަކަށީ ފިރުމާލަމުން ތަށި ގާތްކޮށްލަމުން އަލީމާ ބުނެލިއެވެ. ކާގެއިން ނުކުމެގެން ދުވަމުން ފުމެމުން ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެގެން ދިޔަ އީނަލްއަށް އަލީމާ ބަލަން ހުރި އިރު އެދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ހިތި މާޒީ ހަނދާންކުރަން ބޭނުން ނުވިނަމަވެސް އެހަނދާންތައް ސިކުނޑީގައި ކޮށްޓަމުންދިޔައީ އުނދަގޫކުރާކަހަލަ ގޮތަކަށެވެ. (ނުނިމޭ)

***************************************************************

 

Share Article

Follow Me Written By

Inaaly

Level 1

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 35

Next

ކުރިން ވިސްނުނުނަމައެވެ!

Next
June 5, 2021

ކުރިން ވިސްނުނުނަމައެވެ!

Previews
June 5, 2021

ނަފްރަތުން ވެވުނު ލޯބި 35



All Right Reserved!