Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމަ

Inaaly Level 1
June 11, 2021 2 Mins Read
0 Comments

ތިންވަނަބައި

ނަމަވެސް އީނާލްގެ ބޮލުގައި ފިރުމާލަ ފިރުމާލައޮތް އަލީމާ ގެ ލޮލަށް ނިދި އައުމުގެ ބަދަލުގައި ސިފަވަމުންދަނީ އޭނަގެ ހަޔާތުން ފާއިތުވެ ގޮސްފައިވާ ކަޅުދުވަސްތަކެވެ.

(މާޒީ)

ބައްޕަގެ އެދުމަށް ފުރަގަސްދޭކަށް އަލީމާއަކަށް ނުކެރުނެވެ.ހިތުގައި އަތް އަޅާލަމުން ހުމޭމްއާއި ކައިވެނިކުރުމަށް އާބަސްދީފިއެވެ.ބައްޕަގެ ނިންމުން ބަދަލު ނުވާނެކަން އަލީމާޔަށް އެގޭތީވެސްމެއެވެ. ރަޖަބުމަހުގެ 12 ވީ އަންގާރަވިލޭރޭ އަލީމާޔާ ހުމޭމް ގެ ކައިވެނި ކުރެވިއްޖެއެވެ. ދުވަހަކުވެސް އެރަށުގައި ކައިވެނި ހަފްލާއެއް ނުބާއްވާހާ ފުރިހަމައަށް އަލީމާގެ ދެމަފިރިންގެ ކައިވެނި ހަފްލާ ބޭއްވިގެން ދިޔައެވެ. އަލީމާގެ ބައްޕަ ހުރީ އެކަމާ ނުހަނު އުފަލުންނެވެ.އަލީމާ ގަބޫލު ކުރާގޮތުގައި އަލީމާގެ ގެ ބައްޕަ މިކައިވެނި މި ކުރުވީ އަލީމާއަށް ރަނގަޅަށެވެ.ކައިވެންޏަށް ފަހު އަލީމާއަށް އުޅެންޖެހުނީ ހުމޭމްމެންގެ ގޭގައެވެ. ކައިވެންޏަށް ހަފްތާއެއް ވެގެން ދިޔައިރު ހުމޭމްގެ އަސްލު ސިފަ އަލީމާއަށް ފެންނަންފަށައިފިއެވެ. ހުމޭމްއަކީ ބޮޑާ ނުލަފާ މަކަރުވެރިއެކެވެ. ހުމޭމްގެ ބޭނުމަކީ އޭނަގެ މުއްސަނދިކަން ދައްކައިގެން އޭނަގެ ދަލުގައި ގިނަ ބަޔަކުޖެއްސުމެވެ. ހަމަގައިމުވެސް މިފަހަރު ހުމޭމް ދެއްކި މޮޅުވާހަކަޔާއި ދައްކާލި ކުޑަފައިސާކޮޅަށް ރަގަނޅަށް ވެސް އަލީމާގެ ބައްޕަ ހެއްލިއްޖެއެވެ. ހުމޭމް އެއްލި މޮޅު ދަލުގައި އަލީމާގެ ބައްޕަ ޖެހުނީ ހުމޭމް ބޭނުންވި ގޮތަށެވެ. ހުމޭމް އަކީ އަނިޔާ ވެރިއެއްކަން ކުރިން އެނގުނުނަމަ  އަލީމާ އޭނަގެ ބައްޕަޔާ ދެކޮޅަށް ތެދުވެ މި ކައިވެންޏަށް އިންކަރު ކުރީހެވެ. ހުމޭމްގެ މަންމަވެސް ހަމަ އެފަދައެވެ. ހަރު ހިތެއްގެ ވެެރިއެކެވެ.މީގެ ކުރިން ހިނިތުންވުން ފެންނަ އަލީމާގެ މޫނުމަތިން މިހާރު ފެންނަނީ ހިތާމަޔާ މާޔޫސްކަމުގެ އަސަރުތަކެވެ.މީންދުވަހަކުވެސް އެފަކީރަށް އުފަލެއް ލިބިފައިވާހެނެއް ހިޔެއްނުވެއެވެ.އަލީމާގެ ބައްޕަގެ ވިސްނުމާ ހުމޭމް ކުޅެލިކަން ހުދު އަލީމާޔަށް ވެސް އެނގެއެވެ.ނަމަވެސް ހުމޭމް އާ އެއާއިލާއަކީ އަނިޔާވެރި ސުންޕާ ބައެއްކަމެއް ކުރިއަކުން އަލީިމާއަކަށް ނޭނގެއެވެ.

ދުވަސްތައް ފާއިތުވެގެން މާޒީއާ އެކުވެގެން ދާއިރު ހުމޭމްގެ ނުބައިކަން ދިޔައީ އިންތިހާޔަށް އިތުރު ވަމުންނެވެ. ގޭތެރޭ ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހެނީ އަލީމާއަށެވެ. ހުމޭމްގެ މަންމަ ކޮށްލާ ކޮންމެ އަމުރަކަށް އަލީމާ ކިޔަމަންވާންޖެހެއެވެ. ހީވަނީ އެމީހުންނާ އަލީމާއާ ދެމެދު ހުރި ފަރަޤު އަލީމާއަށް އަންގައި ދޭންއުޅޭހެނެވެ. އެމީހުން ބުނިގޮތެއް ހެދިގެން ބުނާހާ ކަމެއް ކޮށްގެން އުޅޭއިރުވެސް ހުމޭމްގެ މަންމަ ހިތްޕުޅާވާ ގޮތަށް ހަމައެއްކަމެއްވެސް އަލީމާއަކަށް ނުކުރެވެއެވެ. އަބަދުވެސް އޮންނަނީ ކުރެވޭ ކޮންމެވެސް ކަމެއް ގޯސްވެގެން ޒުވާބު ކުރަންޖެހިފައެވެ. އެންމެ ކުޑަމިނުން އަލީމާއަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދައެއް ވެސް ނޯވެއެވެ. ކައިވެންނަށް ތިން މަސްވީއިރު މިކައިވެންޏަށް ފަހުން އުފަން ބައްޕަޔާ އަގައިން ބުނެލަން ވެސް ހުއްދައެއް ނެތެވެ. ހުމޭމް އާ ކައިވެނި ކޮށްގެން މިގެއަށް އައިފަހުން އެބައްޕަޔާ ވާހަކަ ދައްކާލަން ލިބުނީ އެންމެފުރުސަތެކެވެ. އެވެސް ހުމޭމްގެ މަންމަގެ ބުނުމަށް ފެންބަލާ މިސްކިތްދޮށަށް ދިޔަ ދުވަހެއްގައެވެ. އެދުވަހު އަލީމާ އޭނަގެ ބައްޕަޔާ ވާހަކަދެއްކިކަން އެނގުމުން ހުމޭމް ދިން ހަދިޔާގެ ނިޝާން އަދިވެސް އަލީމާގެ ކަނދުރާ މަތީ ނުފިލާ އެބަހުއްޓެވެ. އެދުވަހު އަލީމާގެއަށް އައުމުން ހުމޭމް ކީ އެއްޗެއްސާ އެއަތުގެ ހޫނު ހަމަލާތައް އަލީމާގެ ކޯތާފަތައް އެރިގޮތް އަދިވެސް އަލީމާއަށް ސިފަވެ އިހްސާސް ވާފަދައެވެ. ގިނަރޭރޭ ދަންވެއްޖެނަމަ އަލީމާ އިންނަންޖެހެނީ ކޮޓަރިން ބޭރުގައެވެ. ހުމޭމް ގެއަށް ގެނެސްވައްދާ ފާޑުފާޑުގެ އަންހެންކުދިން ހުމޭމް އާއެކު ކޮޓަރީގައި ތުއިވެތުއިވެފާ އުޅޭއަޑުއިވޭނެވެ. މި އަންހެން ކުދިންނަށް ހުމޭމްގެ އަސްލުސިފަ ފެންނާނެ ނަމައޭ އަލީމާގެ ހިތަށް އެރީ ކިތަށް ފަހަރު ކަމެއްވެސް ދުލުންބުނެދޭކަން އަލީމާއަކަށް ނޭނގެއެވެ. އަނެއްބައިރޭރޭ ހުމޭމްއެއުޅޭތާކު އުޅެފައި ގެއަށް އަންނަނީ މެންދަމުން އަނބުރާ ފަހުންނެވެ. އެއުޅެނީ ކޮންތާކު ކުރަނީ ކީއްކަމެއް އެނގޭމީހަކު ނެތެވެ. ހުދު އަލީމާއަށްވެސް އިސްވެ އަހާކަށްނުކެރެއެވެ. އެހެން ދުވަސް ދުވަހެކޭވެސް އެއްފަދައިން މިއަދުވެސް ފަތިހުގެ މުނާޖަޔާއެކު އަލީމާގޭގެ މަސައްކަތާގެން އަވަދިނެތި އުޅެން ފަށައިފިއެވެ.ހުއްޓުމެއްނެތި ދައުރު ކުރަމުން ދިޔަ އިރަށް ބަލާލަމުން އަތްމަތި އަވަސް ކޮށްލި އަލީމާ ދެން އެނބުރި ގަތީ މެންދުރަށް ކެއްކުމަށް ބަދިގެޔަށް ވަނުމަށެވެ. ދޮލަނގަށް ހަނޑޫ އަޅައިގެން ބޭރު އައްޓަށް އަލީމާ އެ ހިފައިގެން ނުކުތީ އޭގައި ހުރި ކަޅު ހަނޑޫތަށް ހޮވާލާށެވެ. ހަނޑޫ ދޮލަނގަށް ސަމާލުކަން ދީގެން އިން އަލީމާއަށް އިސްއުފުލާލެވުނީ ބިއްދޮށްފަރާތުން ބަޔަކު މާބާރަކަށް ވާހަކަ ދައްކާއަޑުއިވުމުންނެވެ.އިންތަނުން ތެދުވެވުނީ އެދިމާލުން އިވެމުން ދިޔައަޑެއްގެ ސަބަބުންނެވެ. އެއަޑުގައި ރުޅިވެރިކަމާ ހަރުކަށިކަން އެކުލެވިފައިވިއެވެ. އެއަޑަކީ ކާކުގެ އަޑެއްކަން ޔަގީންވާހާލު އުނގުމަތީ ބައިންދާފައިން ދޮލަނގު އަށިމަތީގައި ބައިންދާލަމުން އަލީމާ އެދިމާލަށް ހިނގައިގަތީ ދެފަޔަށް ލެވުނުހާ ބާރެއް ލަމުންނެވެ. ފީނަކަށް ހެދިފައިވާ ކެޔޮގަސްތަކުގެ ކައިރީ އަލީމާ  މަޑުކޮށްލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Inaaly

Level 1

Other Articles

Previous

ހާދަހާ ލޯބިވޭ

Next

ހި ހިތްދަތި ދުވަސްތައް 6

Next
June 11, 2021

ހި ހިތްދަތި ދުވަސްތައް 6

Previews
June 11, 2021

ހާދަހާ ލޯބިވޭ



All Right Reserved!