Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަދީނީ

މައިންގެ އަގު

Ibaa Level 1
March 7, 2021 2 Mins Read
2 Comments

އަޅުގަނޑު މިއަދު ތިޔަ ލޮބުވެތި ކިޔުންތެރިންނާ މައިންބަފައިންނަށް އިޙްތިރާމް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވަރަށް ޢިބުރަތްތެރި ވާހަކައެއް ހިއްސާކޮށްލާނަމެވެ. ( މި ވާހަކަޔަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެވިފައިވާ ވާހަކަޔެކެވެ.)

ނާޒިމްއަކީ ޒުވާންފުރައިގެ ދުވަސްތައް ކަޑައްތު ކުރަމުންދާ މީހެކެވެ. އޭނާޔާ އޭނާގެ އަނބިދަރިން އުޅެމުންދަނީ ވަރަށް ފުދުންތެރިކަމާ އެކުގައެވެ. ނާޒިމްމެންގެ މި އާއިލާ ދިރިއުޅެމުންދަނީ ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ ކ.މާލޭ ގައެވެ. އޭނާގެ މި އަމާން އޮމާން ދިރިއުޅުން ކޮޅިގަނޑެއްގެ ތެރެޔަށް ވެއްޓިގެން ދިޔައީ އޭނާއަށް ވެސް ނޭނގިއެވެ.

އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ނާޒިމް އޮތީ ނިދާފައެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ވަރަށް ބިރުވެރި ހުވަފެނެކެވެ. އެ ހުވަފެނުގައި އޭނާއަށް ފެނިގެންދިޔައީ ދުވަހަކު ލޮލަށް ފެނިފައިނުވާ ފަދަ ބިރުވެރި މަންޒަރެކެވެ. ބޯކޮށް ވާރޭވެހެނީއެވެ. ހޮނުގުގުރި އަޅަމުންދަނީ އޭނާގެ ބަނޑަށެވެ. އެ ހިސާބުން އޭނާއަށް ހޭލެވިއްޖެއެވެ. އޭނާއަށް އޭނާގެ ބަނޑުގެ ރިހުން ގަދަވަމުންދިޔަކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. އޭނާ އަޑުން އަޑު ނަގާ ރޮނީއެވެ. އޭނާގެ އަނބިދަރީން ރުއިމުގެ އަޑަށް އައެވެ. އޭނާ އެމަރޖެންސީކޮށް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް ގެންދެވުނެވެ. އެތަނުގައި ތިބި އެންމެ މޮޅެތި ޑޮކްޓަރުން އޭނާގެ ބަލި ދެނެގަތުމަށްޓަކައި ވަރަށް ކިނަ ޓެސްޓުތަކެއް ހެދިއެވެ. ނަމަވެސް އެ ޓެސްޓުތަކުގެ އަލީގައި އޭނާގެ ބަލި ދެނަނުގަނެވުނެވެ. އިތުރަށް އެ ބަލި ދެނެގަތުމަށްޓަކައި ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮކްޓަރުން ލަފާ ދެއްވިއެވެ. ނަމަވެސް ރާއްޖޭންބޭރުން ހެދި ޓެސްޓުތަކުގެ އަލީގައިވެސް އޭނާގެ ބައްޔެއް ނުހޯދުނެވެ. އޭނާއަކީ ދީނީ ޢިލްމު އުނގެނިފައިވާ މީހަކަށް ވުމުން އޭނާގެ ސިކުނޑިއަށް ދެން އައީ ރާޤީއެއްގެ އެހީ ހޯދުމުގެ ހިޔާލެވެ. އޭނާގެ ރަޙްމަތްތެރިއެއްގެ އެހީއާއިއެކު ރާޤީ އެއް ހޯދާ ޝަރުޢީ ރުޤިޔާގެ އަލީގައި އޭނާގެ ބައްޔަށް ޝިފާ ހޯދުމަށް ރާޤީއެއްގެ އަރިހަށް ދިޔައެވެ. ނާޒިމް އޭނާ ތަހައްމަލު ކުރަމުންދާ ވޭނާއި އޭނަގެ ބަލި ހޯދުމަށްޓަކައި ކުރި ބުރަ މަސައްކަތުގެ ވާހަކަ ރާޤީއާ ހިއްސާކުރުމާއެކު ފުރަތަމަ ވެސް ރާޤީ ނާޒިމްއާ ކުރިމަތި ކުރުވީ ސުވާލެކެވެ.

ރާޤީ: ތިބާގެ މަންމަ ކޮބާ ؟

ނާޒިމްއަށް ދީނުގައި މައިންނަށް ދެވިފައިވާ ޙާއްސަ ޤަދަރު އެނގިފައިވާތީވެ މަންމަގެ ވާހަކަ ފުރަތަމަވެސް އެހީ ކީއްވެތޯ އޭނާ ސުވާލެއްނުކުރެއެވެ. އަދި ބުންޏެވެ. ” (ވަރަށް ރުންކުރު ރާޤަކަށް)”އަހަރެންގަ މަންމަ ދިރިއުޅެނީ ރަށުގަ”. ރާޤީ އޭނާއަށް ދެވަނަ ސުވާލެއްގެ ގޮތުން ކުރިމަތި ކުރުވީ ” ތިބާ ތިބާގެ މަންމަޔާ މެދުގައި ކަންތައް ކުރަނީ ކިހިނެއް؟

ނާޒިމް އޭނާގެ ބައްޔަށް ޝިފާ ހޯދަން ބޭނުންވާތީވެ އޭނާ ތެދުތެދަށް ޖަވާބުދިނެވެ.”އަހަރެން އަހަރެންގެ މަންމައާ މެދުގައި ކަންތައްކުރަނީ ވަރަށް އިހާނެތިކޮށް، އަބަދުވެސް ބަލަނީ އެ މަންމަ ހިތުގައި ޖައްސާ ރޮއްވޭތޯ” “އަހަރެންނަށް މިކަންތައް ކުރުމަށް މެދުވެރިވި ސަބަބަކީ އަހަރެންގެ އަންހެނުން”

“(ވަރަށް އަސަރާއެކު)” އަހަރެންނަށް އަހަރެންގެ މަންމައަށް ވުރެ ޢަންހެނުން އިސްކުރެވުނީ”

ރާޤީ އޭނާގާތުގައި ބުނީ އޭނާގެ ބައްޔަށް އޮތް ހަމައެކަނި ޝިފާއަކީ އޭނާގެ މަންމަގެ މާފު ހޯދާ މާޒީގައި ކުރެވުނު ކަންތައް ރަނގަޅު ކުރުމެވެ. އެވަގުތު އޭނާ އެމަރޖެންސީ ކޮށް ރަށަށް ދިޔައެވެ. އޭނާ ރަށަށް ދިޔުމަށްފަހު އެންމެ ފުރަތަމަވެސް ބައްދަލުވެގެންދިޔައީ އޭނާގެ ނިކަމެތި މަންމައާއެވެ.އޭނާގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އެ ނިކަމެތި މަންމަގެ ފައިބުޑަށް ތިރިވެ ކުރީގައި ކުރެވިފައިވާ ކަންތައްތަކަށް މާފުކޮށްދިނުމަށް އެދި ރޮއި އާދޭސް ކުރިއެވެ. މަންމަގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. އަދި ހިތްހެޔޮކަމާއެކީ އެ ދަރިފުޅަށް މާފުކުރިއެވެ.

މިހާރު އޭނާއަކީ  އެ އަތޮޅުގައިވެސް ހުރި މައިމީހާއަށް އެންމެ ހެޔޮކޮށް ހިތާ ދަރިއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހާކުވެސް މަސައްކަތް ކުރަންވީ މިފަދަ ދަރިއަކަށް ވުމަށެވެ.

ތިޔަ ލޮބުވެތި ކިޔުންތެރިންވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތަން ވާނެއެވެ.ނޫންނަމަ މިފަދަ ކަމެއް ތިޔައިން ކޮންމެ ބޭފުޅަކަށްވެސް ކުރިމަތިވެދާނެއެވެ.

Share Article

Follow Me Written By

Ibaa

Level 1

Other Articles

Previous

އެކުއްޖާ 2 – 23

Next

ތިޔަ ލޯތްބަށް އެދެމޭ – 5

Next
March 7, 2021

ތިޔަ ލޯތްބަށް އެދެމޭ – 5

Previews
March 7, 2021

އެކުއްޖާ 2 – 23

2 Comments!

  1. Ibaa says:
    March 8, 2021 at 1:18 pm

    Salaam
    If you notice any mistakes. Please let me know. I’d really appreciate all your feedbacks?

  2. Flame Gurl says:
    March 9, 2021 at 6:23 pm

    maashaa allah.. vv reethi ? adhi v iburaihtheri. keep the gud work up dear ❤

Comments are closed.



All Right Reserved!