Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށްވެރި ލޯބި 3

Her Level 1
November 6, 2017 4 Mins Read
9 Comments

ލޯގަނޑު ކުރިމަތީ ގައި ހުރެ އަހަރެން އެންމެ ފަހު ފަހަރަށް އަހަރެންގެ ހަށިގަނޑަށް ބަލާލީމެވެ. ވަޔާއި އެކު ވިހުރެން ދޫކޮށް ލެވިފައިވާ އަހަރެންގެ އިސްތަށިގަނޑު ރީތިކޮށްލަމުން ގެއިން ނިކުތީމެވެ. އޭރު އިޒާން އަބަދުވެސް އަހަރެން ބަލައި އައިސް އިންނަތާންގައި އަހަރެންގެ އިންތިޒާރުގައި އިނެވެ.

ފަރި ހިނގުމެއްގާ އައިސް އަހަރެން އިޒާންގެ ސައިކަލް ކައިރިއަށް ހުއްޓިލީމެވެ. އިޒާން އަނގަ ހުޅުވައިގެން އަހަންނާއި ދިމާލަށް ބަލަން އިނުމުން އަހަރެން ލަދު ގަތެވެ. އެކަން ފޮރުވުމަށްޓަކާ މަޑުމަޑުން އިޒާން ގައިގާ ބޮނޑިއެއް އަޅާލަމުން އިސްޖަހާލީމެވެ. ” ވާއު. ޔޫ އާރ ލުކިން ގޯޖަސް. ” އަހަރެންގެ ދަތްދޮޅީގައި ހިފާ ހިއްލާލަމުން އިޒާން ބުނެލިއެވެ. ” ޝިޒް ޝައި ވެސް ވޭތަ؟ ” “ނުވެ ނުވެ.” އަހަރެން ވެސް ދެރަ ނުވާން ވެގެން ބުނެލީމެވެ. “ބަލާ ހަދާ ދޮގު. މިހާރު ވެސް ތިހިރަ ބްލަޝް ވަނީ. އަދި އިނގޭތަ؟ ނޭފަތް ވެސް އެބަ ދިގުވޭ. އެއީ ދޮގު ހަދާތީ” އިޒާން އެހެން ބުނެލަމުން އަހަރެންގެ ނޭފަތުގައި ހިފާލިއެވެ. އިޒާންގެ ކޮނޑުގައި ވިކައި ގަންނަމުން އަހަރެން ސައިކަލަށް އަރާ ހަމަޖެހިލީމެވެ. އެއާއި އެކު އަދަބު ހައި ވާނެއޭ ބުނެ ހީލަމުން އިޒާން ސައިކަލު ދުއްވާލިއެވެ.

ސައިކަލު ގޮސް ސަލްސާ ކައިރިއަށް ހުއްޓުމުން އަހަރެން ފޭބީމެވެ. އޭރު އަހަރެންގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. އިޒާންގެ ސައިކަލުގެ ފަހަތަށް އަރާ ކޮންމެ ފަހަރަކު އަހަރެންނަށް މި ތަކުލީފެއްވެސް ޖެހެއެވެ. އިޒާން ސައިކަލު ޕާކު ކޮށްލުމަށް ފަހު ދެމީހުން އެއްކޮށް ސަލްސާއަށް ވަނީމެވެ. އަހަރެމެން އެތެރެއަށް ވަދެގެން ދިޔައިރު އެތާ ތިބި އަންހެން ކުދިން ކަތި ނަޒަރުން އިޒާންއަށް ބަލާ ކައިރީ ތިބި މީހުން ކައިރީ ސިއްރު ސިއްރުން އެއްޗެހި ކިޔަން ފެށިތަން ފެނިފާ އަހަރެންގެ ރުޅި ގަދަވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ރުޅިގަނޑު ހިންދާ ލުމަށްފަހު އިޒާންއާ ބޮޑަށް ކައިރިވެލީމެވެ. ބޭނުމަކަށްވީ އެތާ ތިބި އަންހެން ކުދިންގެ ހިތުގައި އަހަންނަށްޓަކައި އުފެދުނު އަލިފާންގަނޑަށް ދަރު އަޅާ އެ އަލިފާންގަނޑު ބޮޑު ކޮށްލުމެވެ. އެ މީހުންގެ މޫނު މައްޗަށް އަރައިގެން ދިޔަ ކުލަވަރުން އަހަރެންގެ ބޭނުން މާ ރަނގަޅަށް ވެސް ހާސިލް ވިކަން އިނގުނެވެ.

ދެމީހުން ގޮސް އެހެން މީހުންނާއި ތަންކޮޅެއް ދުރު ހިސާބެއްގައި ހުރި މޭޒެއް ކައިރީ ޖައްސާލީމެވެ. އެވަގުތު ވެއިޓަރ އައުމުން ބޭނުންވާ އެއްޗެހި އޯޑަރު ކޮށްލީމެވެ. ވެއިޓަރ ދިއުމާއި އެކު އިޒާން ވާހަކަ ދެއްކިއެވެ. “އަމްމްމް… އަސްލު އަހަރެން ޝިޒް މިތަނަށް ގެނައީ ވަރަށް ބޮޑު ވާހަކަ އެއް ބުނަން. އެކަމް އޭގެ ކުރިން އެބޮތް ކުޑަ ހަދިޔާއެއް.” އިޒާން ކޮންމެސް ތަނަކުން ރަތް ކުލައިގެ ފިނިފެން މަލެއް ނަގާ ދިއްކޮށްލިއެވެ. “ހެޕީ ބާތު ޑޭ ސްވީޓީ.”

“އައިން.. ތީ ކޮންތާކުން ނެގި ރޯސް އެށް؟ މެޖިކް ހަދަނީ؟” ހައިރާން ވެފައި އިދެ އެ މަލުގައި ހިފަމުން އަހަރެން އަހާލީމެވެ. “ޕްލަސް ތެންކްސް މި ލޯބި ރޯސް ދިނީމަ. “ލޮލް. ހޫން. މި މެޖިކް ހަދަނީ. ކުޑަ ކުއްޖާ.” އަހަރެންގެ ބޮލުގައި މަޑުމަޑުން އަތުން ޖަހާލަމުން އިޒާން ބުނެލިއެވެ. “ޔާ. އެނީވޭ ޔޫ ވާ ސޭއިން؟” ތުން ދަމާލަމުން އަހަރެން އަހާލީ އެވާހަކަ މަތިން ހަނދާން ވުމުން އަޑު އަހާ ހިތުންނެވެ. އިޒާން ވާހަކަ ދައްކަން އަނގަ ހުޅުވާފައިވެސް ހުއްޓާލީ ވެއިޓަރ އައުމުންނެވެ. މިމީހަކަށް ވެސް އެ އެއްޗެހި ހިފައިގެން އަންނަން މިނޫން ގަޑިއެއް ނޭނގުނު ވިއްޔާއެވެ. ހިތަށް އެރީ ވެއިޓަރ ހިފައިގެން އައި އޮރެންޖް ޖޫސް ތަށި އޭނާގެ ބޮލަށް އަޅާލާށެވެ. ނަމަވެސް ދެންވެސް އަވަސް ވާނީ މަޑުން އިނީމައި ކަން އިނގުމުން ރީތިކޮށް އިނީއެވެ.

“އަވާވާވާވާސްސް” ވެއިޓަރ ދިއުމާއި އެކު އަކުރުތަކަށް ދަމާލާފައި އަހަރެން ބުނެލީމެވެ. “މި އަދި ކެތްތެރި ކަމެއް ހުއްނަ ވެސް މީހެއް ނޫނޭ.” ކުޑަކޮށް ހީލަމުން އިޒާން ބުނެލިއެވެ. އެއާއިއެކު އަހަރެން ދެބުމަ ގޮށްޖަހާލަމުން ތުން އޫކޮށްލީމެވެ. އިޒާން ފުން ނޭވާއެއް ލަމުން ވާހަކަ ފެށިއެވެ. “ޝިޒޫ ތީ އަހަރެންގެ ބެސްޓް ފްރެންޑެއްނު؟ ސޯ ކޮންމެ ވާހަކަ އެއް ބުންޏަސް ރުޅި ނާއްނައްޗޭ. ޝިޒޫ ރުޅި އައީމަ އަހަރެން ވަރަށް ދެރަވޭ.” ސީރިއަސް ކޮށް ފެށި ވާހަކަވެސް އިޒާން ނިއްމާލީ ޖެއްސުމަކުންނެވެ. “އާރްރްރްރްގް. ޔޫ ނޯ؟ އައި ވޮނަ ކިލް ޔޫ ރައިޓް ނައު. އެއީ ނުބުނެ ލަސްކުރާތީ. ޕްލަސް ތިހެން ނުބުންޏަސް އިނގޭ ނޯޓީ ފޯޓީ ބަލައިފިކަން. އައްޒަގެ ފަންކާ. ހުއް.” އިޒާން އެވާހަކަ ނުބުނެ ލަސްކުރަން ފެށުމުން އަހަރެން އިޒާންގެ ގައިގާ ޖަހާލީމެވެ. “އަހަރެން މިއުޅެނީ ކުއްޖެއް ދެކެ ލޯބިވެގެން. އޭނަ ކައިރި ބުނާކަށް ނުކެރުނު. ސޯ ޝިޒް ބުނެބަ އޭނައަށް ޕްރޮޕޯސް ކުރާނެ ގޮތެއް؟” ދެލޯ މަރާލައިގެން އިނދެ ވަރަށް އަވަސް ކޮށް އިޒާން ބުނެލިއެވެ. ލިބުނު ޝޮކުގައި އަހަރެން އިނީ ދޭނެ ޖަވާބެއްވެސް ނޭނގިފައެވެ. މިރޭމީ އަހަރެން އިޒާން އަށް ޕްރޮޕޯސް ކުރާރެއެވެ. އެކަމް މިވީ ކިހިނެއް ހެއްޔެ؟ އޭނަގެ ހިތަކީ އެހެން މީހެއްގެ މިލްކަކަށް ވީ ހެއްޔެ؟

އަހަރެން ޖަވާބެއް ނުދީ އިނުމުން އިޒާން ލޯ ހުޅުވާ ބަލާލިއެވެ. މިތަނުގައި އަލި މަޑުކަން ނަސީބެކެވެ. އެހެން ނޫން ނަމަ އަހަރެންގެ ލޮލުން ފައިބައި ގަންނަން ތައްޔާރު ވެފައިވާ ކަރުނަތައް އިޒާން އަށް ރީތި ކޮށް ފެއްނާނެއެވެ. “ޖަސްޓް ހަމަ ބުނެބަ ދޯ” ނުވާ ކަމަކަށް ހަދާ ލޯ ފޮހެލަމުން އަހަރެން ބުނެލީމެވެ. “ބިރު ގަނޭ އޭނަ ނޫނެކޭ ބުނެފާނެތީ.” އަންހެން ވެލަމުން އިޒާން ބުނެލިގޮތުން އަހަރެން ކައިރިއަށް ހިނި އައެވެ. “ބުނީމަ އެއްނު އިނގޭނީ ވާގޮތެއް. ފޭސް ޓު ފޭސް ބުނަން ނުކެރެންޏާ ޓެކްސްޓް ކުރޭ.” އަހަރެންގެ އަމިއްލަ އިހުސާސްތައް ފޮރުވާ އަޑަށް ޖޯށު ގެންނަމުން އަހަރެން ބުނެލީމެވެ. “ގޯސް ދޯ. މިހުރިހާ ދުވަހު އެށްކޮށް އުޅުނު އިރު ބުނެވެސް ނުލަ އޭ. ޕިކް އެއް ދައްކަބަ އެ ގާލްގެ؟” “ވެއިޓް. އޭނަ އާންސާއެއް ދިނީމައި އެއީ ކާކު ކަން ބުނާނަން.” ފޯނަށް ބަލަހައްޓައިގެން އިނދެ އިޒާން ބުނެލިއެވެ. ” އައި ލަވް ޔޫ. ވިލް ޔޫ ބީ މައި ގާލް؟ މި ވަރު އޯކޭ ދޯ؟” އިސްއުފުލާ އަހަރެންގެ މޫނަށް ބަލާލަމުން އިޒާން އަހާލިއެވެ. މަސްނޫއީ ހިނިތުން ވުމެއް ދައްކާލަމުން އަހަރެން ބޯ ޖަހާލީ ބުނާނެ އިތުރު އެއްޗެއް ނެތުމުން ނެވެ.

އަހަރެންގެ ފޯނު ވައިބްރޭޓް ވުމުން ފޯނު ނަގާ ބަލާލީމެވެ. “އައި ލަވް ޔޫ. ވިލް ޔޫ ބީ މައި ގާލް؟” މެސެޖް އައިސް ފައި ވަނީ އިޒާން ގެ ނަންބަރުން ނެވެ. އަނެއްކާ އިޒާން އަށް އޮޅިގެން އަހަރެންނަށް ފޮނުވުނީ ބާއެވެ؟ “ހޭ މެސެޖް ތި ފޮނުވީ އަހަންނަށޭ.” “އިޓްސް ޔޫ. އައި ލަވް ޔޫ ޝިޒް.” އަހަރެންގެ އަނގައިގައި އެއްބައި އޮށްވާ އިޒާން ބުނެލިއެވެ. އިޒާން އެހެން ބުނުމުން އަހަރެން އޭނާގެ މޫނަށް ބަލާލި އިރު އަހަރެންނަށް ހުރީ ރޮވެން ކައިރި ވެފައެވެ. އިޒާން ގެ ދުލުން މި ބަސްތައް އަޑު އިވުމަށް އެދޭތާ ކޮން ދުވަހެއް ހެއްޔެ؟ ތިމާ ލޯބިވާ މީހާ ލިބޭ މަދު މީހުންގެ ލިސްޓުގައި އަހަރެންގެ ނަންވެސް ހިމެނުނީއެވެ. “ޔެސް ޔެސް ޔޭސްސް. އައި ލަވް ޔޫ ޓޫ.” އުފާވި ވަރުން އަހަރެންނަށް ބުނެވުނީވެސް ފުދޭ ވަރަކަށް ބާރަށެވެ.

އިޒާން އަހަރެންގެ އަތުގައި ހިފާލަމުން އަތުގެ ކަށި އިނގިލީގައި ވަރަށް ރީތި އަނގޮއްޓިއެއް އަޅުވައި ދިނެވެ. އެވަގުތު ހީވީ ދުނިޔެ ރަން ވިހެންނެވެ. ހިތް ވެސް އަރައިގެން ގޮސްއިނީ އާސްމާނުގައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އެތައް ދުވަހެއްގެ އިންތިޒާރެއްގެ ނިމުން އައީއެވެ. ނަމަވެސް އަދިވެސް އަހަރެންގެ ހިތެއް ހަމައެއް ނުޖެހެއެވެ. ހިތް ބުނަމުން ދަނީ އުމުރަށް އަހަރެންގެ މީހަކަށް އަވަހަށް އިޒާން ހަދާށޭއެވެ. އަމިއްލައަށް އެ އެދުން ފުއްދަން މޭ ފަޅާފައި ބޭރަށް ނިކުންނަން އުޅޭހެންވެސް ހީވެއެވެ.

ބިލް ދެއްކުމަށްފަހު ދެމީހުން އަތުގައި ހިފާލައިގެން ސަލްސާއިން ނިކުތީމެވެ. ބެސްޓް ފުރެންޑުންގެ ނަމުގައި އެތަނަށް ވައިން މީހުން އެތަނުން މި ނިކުމެވުނީ ލޯބިވެރިންގެ ނަން ބޯޑު އަޅުވައިގެންނެވެ. ކިހާ އުފާވެރި ހެއްޔެ؟ 21 އަހަރުވީ އުފަން ދުވަހު މި ލިބުނީ ދުނިޔެ މަތިން އެންމެ ބޭނުންވި އެއްޗެވެ.

އިޒާން އަހަރެން ގޮވައިގެން ގޮސް މާލެ ތެރޭ ބުރެއް ޖަހާލުމަށް ފަހު އައިސް ގެއަށް ލައިދިނެވެ. އަހަރެން ސައިކަލުން ފައިބާ އިޒާންގެ ކޮލަށް ދޮނެއް ދެމުން ރޭގަނޑުގެ ސަލާމް ކޮށް ގެއަށް ވަންނަން ދާން ހިނގައިގަތީމެވެ. އެވަގުތު ސައިކަލުން ފޭބި އިޒާން އަހަރެންގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް ދަމައިގަތެވެ. އަހަރެން ގޮސް ޖެހުނީ އިޒާންގެ މޭގައެވެ. އެވަގުތުވެސް ދުވީ ފޮގް ބޮޑީ ސްޕްރޭގެ މީރު ވަހެވެ. ލަދުންގޮސް ވިރެން ކައިރި ވެފާ ހުރި އަހަރެންގެ ކޮލަށް ބޮސް ދެމުން އިޒާން އަހަރެން ދޫކޮށްލިއެވެ. ރަކި ގޮތަކަށް ހީލަމުން އަހަރެން ދުވެފައިގޮސް ގެއަށް ވަނީމެވެ. އަހަރެންގެ ހިތަށް އެރުމުން އަހަރެން އިޒާން ގެ ކޮލަށް ދޮނެއް ދިނީ އޭނާ ދީފައިނެ ކަމަކަށް ނޫނެވެ. ނަމަވެސް މިފަހަރު ކުޅަނދުރު ހަތައަށް އޮށްގާ ލެވުނީއެވެ.

ގެއަށް ވައިން ގޮތަށް އެންމެ ފުރަތަމަވެސް އަހަރެން ގުޅީ ރިޔާޝާއަށެވެ. ދެފަހަރަށް ގުޅުމުން ވެސް ރިޔާޝާ ފޯނުނުނެގުމުން އަހަރެން ގަޑި ބަލާލީމެވެ. އޭރު ހުރީ އެކެއް ޖަހަން ކައިރިވެފައެވެ. ފޯނު އެނދު މައްޗަށް އެއްލުމަށް ފަހު އަހަރެންވެސް އެނދު މައްޗަށް ވެއްޓި ގަތީމެވެ. އިޒާން ދިން އަނގޮއްޓިއަށް ބަލަން އޮވެ އެއަށް ބޮސް ދެވުނު އަދަދެއް ވެސް ނޭނގެއެވެ. ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ފޯނު ހުޅުވާ ބަލާލިއިރު އެއީ އިޒާންގެ މެސެޖެކެވެ. “ގުޑް ނައިޓް ލަވް. ލަވް ޔޫ އަލޮޓް.” މެސެޖް ކިޔާލުމާއި އެކު އަހަރެންނަށް ބޭއިހުތިޔާރުގައި ހިނިތުން ވެލެވުނެވެ. ލޯބި ވާ ކަމަށް ބުނެ ރިޕްލައި ކޮށްލަމުން އަހަރެން ދެލޯ މަރާލީ މިރޭ އަރާމްކޮށް ނިދާލާށެވެ. މިރޭ އަރާމްކޮށް ނިދާލާއިރު މާދަމާ ބޯމަތިން ނަގާނެ ވިލާގަނޑުގެ ބިރުވެރިކަން އިނގޭނީ ކާކަށް ހެއްޔެވެ؟

**********3 މަސް ފަސް**********

މިއަދުމީ ބޮޑު ދުވަހަކަށް ވާނެއެވެ. މިއަދަކީ އިޒާން އަހަރެންގެ އާއިލާ އާއި ބައްދަލު ކުރަން އަންނަ ދުވަހެވެ. ވަގުތު ކައިރިވި ވަރަކަށް އަހަރެން ދިޔައީ ހާސް ވަމުން ނެވެ. ނަމަވެސް މަންމަ މެންގެ ޖަވާބާއި ދޭތެރޭ އަހަރެން ޝައްކެއް ނުކުރަމެވެ. އަހަރެން ބޭނުން ހުރިހާ ކަމެއް ކޮށްދޭއިރު އަހަރެންގެ އުފަލަށްޓަކާ އިޒާން އާއިވެސް ރުހޭނެކަން ޔަގީނެވެ.

-ނުނިމޭ-

Share Article

Follow Me Written By

Her

Level 1

Other Articles

Previous

ހިތްއެކީ ދެވިއްޖޭ (6)

Next

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (4 ވަނަ ބައި)

Next
November 6, 2017

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (4 ވަނަ ބައި)

Previews
November 6, 2017

ހިތްއެކީ ދެވިއްޖޭ (6)

9 Comments!

  1. Her says:
    November 6, 2017 at 12:06 pm

    Hey all.. Here’s nxt prt.. Ummm.. I am thinking of changing the concept of this stwrii.. So nxt prt up kohdheweynyy nxt wyk ga i guesssss.. I’ll try e ah wure kurin up kuran.. Anyway what do you think about this prt? Let me knw how it is.. Kayh?? Tc.. Loves.. <3

  2. SJK...KOREAN says:
    November 6, 2017 at 12:12 pm

    WOw. hama obinessss. can’t wait to read nxt part.. 🙂 but wait kuran dhw jeheynee. 😉 hehe

    1. Her says:
      November 6, 2017 at 6:32 pm

      Thnk yew SJK.. Yeahh.. Swrii for that..

    2. SJK...KOREAN says:
      November 6, 2017 at 6:50 pm

      No pro ??

  3. lalla says:
    November 6, 2017 at 6:01 pm

    next part genesdhyba. plx i cant wait anymore

    1. Her says:
      November 6, 2017 at 6:37 pm

      I dwnt think I can make it tonight or tomwrw.. I am really swrii Lalla.. In return nxt week ga dhigukoh up koh dheynan.. In sha allah.. 🙂 <3

  4. click a shot ? says:
    November 6, 2017 at 7:41 pm

    Varah salhi mi part ves….waitting..?

  5. Ainth says:
    November 6, 2017 at 7:57 pm

    Wow v rythi mi baives… Dhenvaany kihinehbaa dhw?? Anehbayah mihaaru inthixaaru kureveny.. Dhen genesdhey baiga mistake rangalhu kohlahchey igey Her.. Eyrah adhi maa rythi vaane.. Next episode avas igey

  6. Pinky shifoo says:
    November 7, 2017 at 10:49 am

    Hiii…. Hws u Her?? Mi part vx v v v reethi… V v intresting… Keep it up… Waiting waiting waiting….

Comments are closed.



All Right Reserved!