އައިރީން އަވަސްކޮށްގެން ނުކުމެ ނޫރީން އަށް ކާންހަދަން އެހީވިއެވެ. ****************************************************************************** އެންމެންނަށް ކާން ގޮވުމަށްފަހު،އައިރީން ހުރީ ނނުކެރިފައެވެ.އަވްލީން،ނޫރީން، އަދި އިޔާން ކާން އިޝީނުމުން އިޔާން ސުވާލުކުރިއެވެ.”އައިރީން ނުކަނީތަ؟”އައިރީން ނޫނެކޭ ބުނަން ހުޅުވާލި އަނގަ ލައްޕާލަން މަޖުބޫރުވީ އަވްލީން ބުނެލި ބަސްތަކުންނެވެ.”އައިރީން ދައްތަ ކާފި،ދޯ މަންމާ؟”ނޫރީން އަށޤ ދޯ އެއޮލަމުން އަވްލީން ދޮގުހެދިއެވެ.ނޫރީން އާއެކޭ ބުނުމުން އައިރީން ހަނުހުއްޓެވެ.އެންމެން ކެއުމުން ތަށިތައް ދޮންނަންވެސް ޖެހުނީ އައިރީންއަށެވެ،ތަށިތައް ދޮވެފާ އައިރީން ގޮސް އެނދުގާ އޮށޯތެވެ.އެހެން އޮއްވާ ކުރީގެ ހަނދާންތައް އާވާން […]
ގަވާދުން ވާހަކަ ނުނެރެެެެެެެެެެެެެެެވޭތީ ވަރަށް ބޮޑަށް ކިޔުންތެރިންގެ ކިބާއިން މާފަށް އެދެން.ޢީދު ޗުއްޓިގާއި އަޅުގަނޑު އުޅުނި ބަލިވެ އެހެންވެ ވާހަކައެއް ނުނެރެވުނު.އެކަމަކު މީގެ ފަހުން ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހު ވާހަކާގެ ބައިތައް ނެރޭނަން. އިންޝާ الله!
ފެނުނު މޫނަކުން އޭނާ ދިޔައީ ސިހިގެންނެވެ. ******************************”ބަ..ބަ.ބައްޕާ”އައިރީން ގެ ހަބަރުހުސްވެގެން އިޔާންގެ އަތްމައްޗަށް ދެމުނެވެ.އައިރީން އަށް ހޭލެވުނުއިރު ފެނުނީ ހުދު ސީލިންގެވެ.އޮވެވުނީ ހަސްޕަތާލުގައިކަން އައިރީން ދެނެގަތެވެ.”އައިރީން މަންމަ ވަޅުލާފި،ހިނގާ ބައްޕައާއި އެއެކޮށް މާލެ ދާން”އިޔާން ގެ ދުލުން އިވުނު ބަސްތައް އހވުމުގެ ކުރިން ބީރުވީނަމައޭ އޭނާ ހިތައް އެރިއެވެ.”ކޮއްކޮ ކޮބާ؟”ލޮލަށް ޖަމާވި ކަރުނަތައް ހިންދަމުން އައިރީން ސުވާލުކުރިއެވެ.އިޔާން ކަރުއެލުވާލެވުނެވެ.”ކޮއްކޮ ޝޮކެއް ޖެހިގެން ހާލުބޮޑުވެގެން މާލެ ގެންދިޔައީ،ކެލް ކޯމާއަކަށް ގޮއްސި,ހޭލާނެ އިރެއް ނޭނގޭ”އައިރީން އަށް ލިބުނު ޚަބަރު […]
އައިރީން އަށް ހޭލެވުނީ ނޭވާލާން އުދަނގޫވާން ފެށުމުންނެވެ.ލޯހުޅުވާލިއިރު ފެންނަނީ ހުސް ދުމެވެ.”މަންމާ!އުހް..އުހް”އައިރީން ކެއްސަން ފެށިއެވެ.”ދަރިފުޅާ!،ރީީން، ކެލް އަވަސްކުރޭ!ގޭގަ ރޯވެއްޖެ”މަންމަ އުލާ ބޯމަތިން ވެއްޓޭ އަލިފާން ރޯވެފައިހުރި ފަންތަކާއި ލަކުޑިތަކުން ރެކެމުން އައިރީން އާއި އޭނާގެ ކޮއްކޮ އަކިޔާލް ގޮވާގެން ގެއިން ބޭރަށް ނުކުންނަން ދިޔައެވެ.ކުރީގައި ހުރީ އައިރީން އާއީ އަކިޔާލްއެވެ.ދޮރާ ކައިރިވިތަނާ އުލާގެ ލޮލުގައި އަޅާގަތީ ދޮރުމައްޗަށް ވެއްޓެން ތައްޔާރުވެފައިވާ ލަކުޑިތަކެވެ.އުލާ ބާރަށް ގޮސް އަކިޔާލް އާއި އައިރީން ދޮރުން ބޭރަށް ކޮއްޕާލިއެވެ.ނަމަވެސް އުލާއަށް ނުކުމެވުމުގެ ކުރިން […]
މީ އަޅުގަނޑު މި ސައިޓުގައި ލިޔާ ފުރތަމަ ވާހަކައެވެ.ކިޔުންތެރިން ސަޕޯރްޓް ދެއްވާނެކަމަށް އުއްމީދުކުރަމެވެ.