Skip to content
އެސްފިޔަ

އައިރީން 2

ފެނުނު މޫނަކުން އޭނާ ދިޔައީ ސިހިގެންނެވެ.     ******************************”ބަ..ބަ.ބައްޕާ”އައިރީން ގެ ހަބަރުހުސްވެގެން އިޔާންގެ އަތްމައްޗަށް ދެމުނެވެ.އައިރީން އަށް ހޭލެވުނުއިރު ފެނުނީ ހުދު ސީލިންގެވެ.އޮވެވުނީ ހަސްޕަތާލުގައިކަން އައިރީން ދެނެގަތެވެ.”އައިރީން މަންމަ ވަޅުލާފި،ހިނގާ ބައްޕައާއި އެއެކޮށް މާލެ ދާން”އިޔާން ގެ ދުލުން އިވުނު ބަސްތައް އހވުމުގެ ކުރިން ބީރުވީނަމައޭ އޭނާ ހިތައް އެރިއެވެ.”ކޮއްކޮ ކޮބާ؟”ލޮލަށް ޖަމާވި ކަރުނަތައް ހިންދަމުން  އައިރީން ސުވާލުކުރިއެވެ.އިޔާން ކަރުއެލުވާލެވުނެވެ.”ކޮއްކޮ ޝޮކެއް ޖެހިގެން ހާލުބޮޑުވެގެން މާލެ ގެންދިޔައީ،ކެލް ކޯމާއަކަށް ގޮއްސި,ހޭލާނެ އިރެއް ނޭނގޭ”އައިރީން އަށް ލިބުނު ޚަބަރު ހަބަރަށް ވުރެ ހިތިވިއެވެ.އޭނާގެ މުޅި ދިރިއުޅުން ދެތިން ގަޑިއިރުގެތެރޭގައި އެފުތްމިފުށަށް ޖެހިއްޖެއެވެ.ހަސްޕަތާލުން އައިރީން ދޫކޮށްލުމުން އިޔާން އައިރީން ގޮވާގެން މާލެ ދިޔައެވެ.ފުރަތަމަވެސް އައިރީން ދިޔައީ އަކިޔާލް ކައިރިއަށެވެ.ލޯބިވާ ކޮއްކޮގެ ހާލު ފެނުމުން އައިރީން ގެ ހިތަށް ވާންވެލިއެވެ.ތަފާތު ހޮޅިތަކާ މެސިން ތަކަށް ގުޅާފާއިތްއިރު އަކިޔާލް ގެ މޫނުމަތި ވަނީ މިލާފައެވެ.އައިރީން ގޮވާގެން އިޔާން ދެން ދިޔައީ އޭނާގެ ގެއަށެވެ.އެގެއިން އައިރީން އަށް އޭނާގެ ދޮންމައްމަ އާއި ކޮއްކޮ އާ ބައްދަލުވިއެވެ.                    “ނޫރީން މީ އައިރީން،އައިރީން މީ ދަރިފުޅުގެ ދައްތަ އެއް އިނގޭ،ދެން މީ ކޮއްކޮ އަވްލީން”ނޫރީން އަދި އަވްލީން އައިރީން އަށް މަރުހަބާކިޔެވެ.”އަވް ދޭބަ ދޮންތަ އަށް ކޮޓަރި ދައްކަން”އަވްލީން ހީލާފައި އައިރީން ގެ އަތުގަ ހިފާގެން ހިނގައިގަތެވެ.އިޔާން އަށް ނުފެންނަ ހިސާބާށް ދެވުމުން އައިރީން ގެ އަތް އަވްލީން ފޮޅާލިއެވެ.”ކަލޭ އަޑުއަހާ،މީ މަގޭ ގެ ،އިޔާން އަކީ މަގޭ ބައްޕަ،ކަލޭގެ އެއް ނޫން،އަސްލަށް ބުނަންޔާ ތި ރީތި ކަމެއް ކަލޭހާ ފެންވަރު ނެތް މީހަކަށާ ހައްޤެއް ވެސް ނޫން”ހިތުހުރިހާ އެއްޗެއް ގޮވާލުމަށްފަހު އައިރީން  އަށް ކޮޓަރި އެއް ދައްކާފައި އަވްލީން ދިޔައެވެ.އެ ކޮޓަރި ހަޑިއެއްނޫނެވެ.އާދައިގެ ހުދުކުލައިް ޒީނަތްތެރިކޮށްފައިވާ ކޮޓަރިއެކެވެ. އައިރީން ކޮޓަރިއަށް ނަޒަރު ހިންގަން ހުއްޓާ ނޫރީން އައެވެ.”އަލަމާރީގަ ހުންނާނެ ހެދުން ،ފެންވަރާގެން ،ކާންހަދަން އެހީވާން އާދޭ”އައިރީން ބޯޖަހާލާފައި ނޫރީން ނުކުތުމުން  އައިރީން ފެންވަރާލިއެވެ.އަވަހަށް ގަޔަށްދޫ ހުދު ޓީޝާޓަކާ ކަޅު ހަރުވާޅެއް  ލިއެވެ.އައިރީން ގެ ރަތްކުލައިގެ އިސްތަށިގަނޑުގައި ހުޅިއެއްޖެހިއެވެ.އައިރީންގެ އިސްތަށިގަނޑު ހުންނަނީ ކިރިޔާ ބިމުގާ ނުޖެހިއެވެ.އައިރީން އަކީ އިސްކޮޅުން ދިގު،ހުދު ދޮނެއް ލިބިފާވާ ކުއްޖެކެވެ.މޫނު އޮމާން ހިމަތޮޅި ހަށިގަނދޑެއްގެ ވެރިއެކެވެ.ހިތިފަތުބުމައަކާ،ދިގު ބޯ އެސްފިޔަތަކެވެ.އައިރީން ގެ   އަޅާގަންނަ އެއް ސިފައަކީ އައިރީން އަށް ލިބިފަިވާ  ރާޅުބާނީ ރަތް އިސްތަށިގަނޑެވެ.އައިރީން އަށް ލިބިފާވާ އެސްތެޓިކް ފެހި ދެލޮލުގެ ކުލަ ހަދަން އުޅެގެން ހުސްވާނީ އަތުގަހުރި ކުލަތައްކަން ޔަގިނެވެ.އައިރީން އަވަސްކޮށްލާގެން ނުކުމެ ނޫރީން އަށް ކާންހަދަން އެހީވިއެވެ.
************

ނުނިމޭ

Comments (5)

  1. goinengey_gurlkujeh

    vhk kamudhaane kamah umeedhukuran,pls rell me what u think in the comments

  2. POCHINKI

    Mi part vx vrh reethi Masha Allah 💜
    but adhi thankolheh dhigu kohllaa like 3 min kiyeyvarah or 2
    i know you are busy kan vx but try ingey
    paragraph kurunthah rangalhu kohlaa like mihaaru thi invaru 2 paragraphs 4 ah badhalu kohlleema faseyha vaane kiyaa iru
    gud luck 🤞🍀

    1. goinengey_gurlkujeh
      POCHINKI

      Thank u for ur support,i will try inshallah dhen in bai miahvure dhigukuran,its been a little hard cause my family is struggling because my grandma has cancer,but i will try my best for all my readers

  3. POCHINKI

    shafakallah 💗

    1. goinengey_gurlkujeh
      POCHINKI

      shukurihayaa,follow my insta mrs_doctor_11

Comments are closed.