Skip to content
އެސްފިޔަ

އައިރީން 1

އައިރީން އަށް ހޭލެވުނީ ނޭވާލާން އުދަނގޫވާން ފެށުމުންނެވެ.ލޯހުޅުވާލިއިރު ފެންނަނީ ހުސް ދުމެވެ.”މަންމާ!އުހް..އުހް”އައިރީން ކެއްސަން ފެށިއެވެ.”ދަރިފުޅާ!،ރީީން، ކެލް އަވަސްކުރޭ!ގޭގަ ރޯވެއްޖެ”މަންމަ އުލާ ބޯމަތިން ވެއްޓޭ އަލިފާން ރޯވެފައިހުރި ފަންތަކާއި ލަކުޑިތަކުން ރެކެމުން އައިރީން އާއި އޭނާގެ ކޮއްކޮ އަކިޔާލް ގޮވާގެން ގެއިން ބޭރަށް ނުކުންނަން ދިޔައެވެ.ކުރީގައި ހުރީ އައިރީން އާއީ އަކިޔާލްއެވެ.ދޮރާ ކައިރިވިތަނާ އުލާގެ ލޮލުގައި އަޅާގަތީ ދޮރުމައްޗަށް ވެއްޓެން ތައްޔާރުވެފައިވާ ލަކުޑިތަކެވެ.އުލާ ބާރަށް ގޮސް އަކިޔާލް އާއި އައިރީން ދޮރުން ބޭރަށް ކޮއްޕާލިއެވެ.ނަމަވެސް އުލާއަށް ނުކުމެވުމުގެ ކުރިން ެ ލަކުޑިތައް އުލާގެ ގައިމައްޗަށް ވެއްޓުނެވެ.އައިރީންއަށް މި މަންޒަރު ފެނުނެވެ.”އައިރީން !!”އުލާގެ ވޭނީ ހަޅޭއް އެ ރޭގަނޑުގެ ހަމަހިމޭންކަން ނަގާލިއެވެ.އައޮރީން އިނި ގުޑިވެސްނުލެވިފައެވެ.އަކިޔާލް ރޯންފެށިއެވެ.އެކިދިމާލުން އެކިމީހުން އައިސް އަލިފާން ގަނޑު ނިއްވާލަން އުޅެންފެށިއެވެ.އެތައިރެއްފަހުން އަލިފާންގަނޑު ނިއްވާލެވުނެވެ.އުލާގެ ހަށިގަނޑު ހަސްޕަތާލަށްގެންދެވުނެވެ.އައިރީން އަދި އަކިޔާލް ހަސްޕަތާލަށް ދިޔައެވެ.އުލާ ހަސްޕަތާލަށް ގެންދެވުނުއިރުވެސް އޮތީމަރުވެފައެވެ.އައިރީން ދުވެފަ ގޮސް އުލާގެ މޫނުގައި ހިފާ ތަޅުވަން ފެށިެެވެ.”މަންމާ!މަންމަ ނެތިމަ ކޮއްކޮ ކިހާ ދެރަވާނެ،މަންމާ ލޯހުޅުވާލަބަލަ،މަންމާ އާ ނުލާ ރީން ކިހިނެއް އުޅޭނީ،މަންމާ މީ މަންމަގެ ރީން އޭ،މަންމާ!”އައިރީން  އަށް ބަލަން ހުރިމީހުންގެ ހިއްތައް ހަމްދަރުދީއިންފުރުނެވެ.އައިރީން ސިއްސާގެން ގޮސް އެނބުރުނީ މީހާކު އޭނާގެ ކޮނޑަށް އަތްލުމުންނެވެ.ފެނުނުމޫނަކުން އޭނާ ދިޔައީ ސިހިގެންނެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Comments (3)

  1. AYSHA_XIDHU

    Masha Allah mi part vrh reethi 💗
    keep it up darl 👊
    ly <3

    1. goinengey_gurlkujeh
      AYSHA_XIDHU

      Thank you Zidhu❤️mi bai like veema vrah ufaa vejje

  2. goinengey_gurlkujeh

    Maadhan dhen oh bai iraadha kurehvihyaa nereynan,😊mi bai kuruvi kamah takaa vrah bodah 😔

Comments are closed.