އައިރީން 3
އައިރީން އަވަސްކޮށްގެން ނުކުމެ ނޫރީން އަށް ކާންހަދަން އެހީވިއެވެ.
******************************************************************************
އެންމެންނަށް ކާން ގޮވުމަށްފަހު،އައިރީން ހުރީ ނނުކެރިފައެވެ.އަވްލީން،ނޫރީން، އަދި އިޔާން ކާން އިޝީނުމުން އިޔާން ސުވާލުކުރިއެވެ.”އައިރީން ނުކަނީތަ؟”އައިރީން ނޫނެކޭ ބުނަން ހުޅުވާލި އަނގަ ލައްޕާލަން މަޖުބޫރުވީ އަވްލީން ބުނެލި ބަސްތަކުންނެވެ.”އައިރީން ދައްތަ ކާފި،ދޯ މަންމާ؟”ނޫރީން އަށޤ ދޯ އެއޮލަމުން އަވްލީން ދޮގުހެދިއެވެ.ނޫރީން އާއެކޭ ބުނުމުން އައިރީން ހަނުހުއްޓެވެ.އެންމެން ކެއުމުން ތަށިތައް ދޮންނަންވެސް ޖެހުނީ އައިރީންއަށެވެ،ތަށިތައް ދޮވެފާ އައިރީން ގޮސް އެނދުގާ އޮށޯތެވެ.އެހެން އޮއްވާ ކުރީގެ ހަނދާންތައް އާވާން ފެށިއެވެ.އަކިޔާލް ވިހާގެން އުޅެނިކޮށް އިޔާން ތިމަންނަގަ ދެވަނަ އަންބަކާ ދެވަނަ ދަރިއެއް ހުރެޔޭ ބުނެ އައިރީން،އުލާ އަދި އަކިޔާލް ދޫކޮށްލާފައެވެ.އުލާ އެކި މަސައްކަތްކޮށްގެން އައިރީންމެން ބެލިއިރުވެސް އައިރީން އުލާގާގެ ގާތުގާ އަގުބޮޑެތި އެއްޗިއްސަސް ކިއެވެ.އުލާމަރުވި ދުވަލުގެ ރޭގާވެސް އައިރީން ފޯނެއްގަންދޭށެކިޔެވެ.ނަމަވެސް އުލާއަކަށް ނުގަންދެވޭނެވާހަކަ ބުނުމުން އައިރީން އުލާއަށް ހެއްދެވިނުހެއްދެވިއެއްގޮވިއެވެ.
އައިރިންގެ ލޮލަށް ކަރުނަޖަމާވިއެވެ.ކަރުނަތައްވެސް އައިރީންގެ އިޝާރަތަކަށް ބަލަބަލާހުރިކަހަލައެވެ.”މަންމާ!”އައިރީން ގެ ލޮލުން ރޮނގަކަސް ކަރުނަ ނީރާލިއެވެ.”އައި ރިގްރެޓް”ރިގްރެޓް އެއީ ވަރަށް ބަރު ބަހެކެވެ.އެއީ އިންސާނެއްގެ ދިރިއުޅުންދާ ގޮތެވެ.ގޯސްކަންތައް ކޮށްފައި އެކަމާ ރޮއެ ހިތާމަކުރެވެނީ ވަގުތު ފާއިތުވާފަހުނެވެ.އައިރީންގެ ސިކުނޑީގައި ދެން އެނބުރެން ފެޝީ އަވްލީން އަދި ނޫރީން ގެ ބަސްތަކާ،އަމަލުތަކެވެ.ފަތިސް ނަމާދުގެ ބަންގި ގޮވީ އައިރީން އެކަހަލަ ހިޔާލުތަކުގާ އޮތްވައެވެ.އައިރީން އަވަހަށް ކުޑަ ގޮތަކަށް ފެންވަރާލާގެން ވުލޫ ކޮށްލާގެން ނަމާދުކޮށްލިެވެ.ނަމާދަށޤފަހު އައިރީން ދުޢާ ކޮށްލިއެވެ.އުލާގެ ފުރާނަ ސުވަރުގޭގައި ލައްވާތޯއެވެ.ކޮއްކޮއަށް އަވަސް ޝިފާ ލެއްވުމަށެވެ.ޖަންނަތުގައި އުލާއާއި ބައްދަލުވޭތޯއެވެ.ނަމާދު ދޮޅި ބާލާފައި އަވަހަށް މުސައްލައަށް އެއްޗެހިލާފައި އައިރީން ޤުރުއާން ކިޔަވަން ފެށިއެވެ.
އައިރީން ޤުރުއާން ކިޔަވާ ނިމުންތަނާ ނޫރީން އައިރީނަށް ސައިހަދަންގޮވިއެވެ.ނޫރީން އުނދުން ކައިރިހުރެފާ ރޮށިފިހާ ތަވާ ގެންނަން އައިރީން ގާތު ބުންޔެވެ. އައިރީން ތަވާ ހިފާގެން އެނބުރުނު ވަގުތު އައިރިން އަތުން ތަވާ ދޫވިއެވެ.ނޫރީން ހުރީ އުނދުން ރޯކޮށްގެންނެވެ.އައިރީން އަށް އަލިފާން ފެނުމުން ހީވީ އައިރީން ހަމައިން ނެއްޓުނުހެންނެވެ.”ދައްތާ ތިތަނުން ދުރައްދޭ!،އައިރީންގެ މަންމަވެސް މަރުވީ އަލިފާނާހެދި”އެވަގުތު އެތަނަށް އިޔާން އައެވ.”އައިރީން ކިހިނެއްވީ؟”އައިރީން ހަމަ ނޭވާނުލެވިގެން ރޮމުން ތެޅިފޮޅެނީއެވެ.”މަންމަ،ކޮއްކޮ،އަލިފާން!”އައިރީން ތަސްބީހައެއްހެން ކިޔަމުންދިޔައެވ.”ނޫރީން އުނދުން ނިއްވާލަބަލަ”އިޔާން އެންގިއެވެ.ނޫރީން ހުރީ އައިރީން އުޅުނުގޮތުން އަނގައިން ބަސްހުސްވެފައެވެ.
އައިރީން ގޮވާގެން އިޔާން ދިޔައީ ހަސްޕަތާލަށެވެ.އައިރީން ހަމައަކަށް އެޅުނީ ވަރަށްއިރުފަހުންނެވެ.އައިރީނަށް ވަނީ މެންޓަލް ޑިސްއޯރޑަރ އެއްކަމުގައިވާ ޕައިރޯފޯބިއާ ޖެހިފަ،[ޕައިރޯފޯބިއާ އަކީ އަލިފާނާމެދު ިފެދޭ ބިރެއް}ޕަިރޯފޯބިއާޖެހެނި ވަރަށް އަލިފާނާގުޅުންހުރި ޓްރަމޭތިކް ކަމެއްދިމާވީމަ،މިކަމުން އަރާގަންނަން އައިރީން އަށް ވަރަށް ވަގުތު ބޭނުންވާނެ، އައިރީން ހަމަޖެހިލަންދެން އަލިފާނާގުޅުން ހުރި އެއްވެސް ނުގެންގުޅުން ބުއްދިވެރި”އައިރީން އަށް އެޙީވި ޑަކްޓަރު އިޔާން އަށް ކިޔާދިނެވެ.އައިރީން ގޮވާގެން އިޔާން ގެއަށްދިޔައެވެ.އިޔާންގެ މޫނުމަތީގައިވި ހާސްކަމުގެ ކުލަވަރު ނޫރީނަށް ފާހަގަވިއެވެ.އެރޭ ކާގެން އައިރީންމެން ނިދުމުން ނޫރީންއަށް އިޔާން އައިރީންގެ ބަލީގެ ވާހަކަ ކިޔާދިނެވެ.
“ދެން ކިހިނެއްވީ؟ޑަކްޓަރު ބުންޔެއްނު އައިރީން ރަނގަޅުވާނޭ، ހަމައެކަނި އެކަމަށް ޓައިމްއޭ ބޭނުންވަނީ”ނޫރީން ބުންޔެވެ.”އަހަރެން ދާންޖެހޭ އޮފީސްދަތުރަކު އިންޑިއާއަށް،އެކަމަކު އައިރީން،އާއި ކެލް އެހާ ބަލިއިރު…”އިޔާން ބޯހޫރާލިއެވެ.”އަހަރެން އެމީހުން ބަލާނަމޭ ޔާން”ނޫރީން އިޔާން އަށް ސިއްރުން މަކަރުވެރި ހިނިތުންވުމެއް ހީލަމުން އިޔާން ހިތްހަމަޖައްސާދިނެވެ.އިޔާން ހިތާހިތާ ކިޔާލިއެވެ.ނޫރީންގެ ވަސްވާހށް ހެއްލިގެން އެތައްބަޔެއްގެ ދިރިއުޅުން ހަލާކުކޮށްލެވިއްޖެ،އެކަމަކު މާޒީގަހެދުނު ކުށްތައް އަހަރެން ރަނގަޅުކުރާނަމެވެ.
އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ.އިޔާން އައިރީންއާއި އަވްލީން ގެނެސް ކަިރީ ބޭންދިއެވެ.”ދަރިފުޅުމެންނޭ ބައްޕަ މިއުޅެނީ އޮފީސްދަތުރެއްދާންވެގެން،ދަމުން މިދަނީ އައިރީން އަވްގެ ސޮކޫލަށްލާފަ”އިާޔާން ބުންޔެވެ.އައިރީން ޝުކުރުއަދާކުރިއެވެ.އެވަގުތު އަވްލީންގެ މޫނުމައްޗަށްއަރާފޭބި ކުލަވަރުތައް ފެނި ނޫރީންގެ ތުންފަތްމައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.އިޔާން އޭގެ އަނެތްދުވަހު ފުރިއެވެ.އިޔާން ފުރުމަށްފަހު ދެތިންދުވަސްތަކެއްވަންދެން ނޫރީން އައިރީންއަށް ހެޔޮކޮށްހިތިއެވެ.ނަމަވެސް އެއީވެސްކުޑަދުވަސކޮޅަކަށެވެ.ނޫރީންމެންގެ ހަޤީޤީ ކުލަތައް ފާޅުވާންފެށިއެވެ.ނަމަވެސް އަލިފާނާ ކައިރިއަށް އައިރީންގެންދާކަށް ނޫރީން ނޫޅެއެވެ.ކެއްކުންފިޔަވާހުރިހާ މަސައްކަތެއްކުރަންޖެހެނީ އައިރީންއަށެވެ.ދެމީހުންވެގެން އައިރީންއަށް އަނިޔާކުރަންފެށިެވެ.މިހެން އަނިޔާ ކުރާ ކޮންމެ ފަހަރަކު އައިރީން ދަނީ ހަސްޕަތާލަށެވެ.ބޭސްފަރުވާއަކަށްނޫނެވެ.އަކިޔާލް ދެކިލުމަށެވެ.ނޫރީންމެން ކުރާ ހުރިހާ ކަމެއް އައިރީން ކިޔާދިނެވެ.އަކިޔާން އަށް އަޑުނީވުނަސް ހުރިހާ ޝަކުވާއެއް އަޑުއަހަން ގާތުގާ މިއަދަު އެހެން މީހަކުނެތެވެ.
އައިރީން ސްކޫލަށްދާންޖެހޭ ފުރަތަމަ ދުވަސް އަތުވެއްޖެއެވެ.އައިރީން އެކަނިކޮށްލާފައި އަވްލީން ގޮވާގެން ސްކޫލަށް ކާރުގާ ނޫރީން ދިއުމުން އައިރީން ސޮކޫލަށްދާން ޖެހުނީ ހީނގާފައެވެ.ސޮކޫލު ދޮރާށިން އެތެރެއަށް އައިރީން އެޅި ފިޔަވަޅާއެކު ހުރިހާކުދިންގެ ލޯތައްކަހަލަ ގޮތަކަށް އައިރީން ހުއްޓުނެވެ.ކަޅާނުލުން ފަހާފައިވާ ޔުނީފޯރމްގައި އައިރީން ފެންނަނީ ވަރަށް ރީތިކޮށްނެވެ.އައިރީން ހިނގައިފައި ގޮސް އައިރީނަށް ފުރަގަސް ދީގެން ހުރި ފިރިހެން ކުއްޖެއްގެ ކޮނޑުގައި ކޮށްޓާލިއެވެ.
ނުނިމޭ..
