އަހަރެން ހާސްވާން ފެށިއެވެ. އަހަރެން ބޭނުންވި ވަގުތުން އެކާރުން ފައިބާށެވެ. އެކަމަކު އެހެންބުނާކަށް ނުކެރުނެވެ. ބަދީއު ދުއްވާނެ ވަރަކަށް ދުއްވާފައި ގެންގޮސް ބާލަންދެން ޖެހުނީ އޭގައި އިންނާށެވެ. ބަދީއު އެހެން އިދެގެން ހިޔާލީ ފޮލާ ކެއްކިއެވެ. އަހަރެންނާއި އިދެގެން އުޅޭނެ އުފާވެރި ދިރިއުޅުމުގެ ވާހަކަ ދެއްކިއެވެ. ގެޔާ ހަމަޔަށް ދެވެންދެން އަހަރެން ނޭވާ ހިފަހައްޓާލައިގެން އިނީމެވެ. ގޭދޮށަށް މަޑުކޮއްލާފައި ބަދީއު އަހަރެންގެ އަތުގައި ހިފާލިއެވެ. ‘އަސްލުގައިވެސް އަހަރެންނަށް އާތި ދެކެ ވަރަށް ލޯބި ވެވިއްޖެ!’ އޭނާ ވަރަށް […]
ޖެހިގެން އައި ރޭވެސް އަހަރުމެން ހޮސްޕިޓަލުގައި ތިއްބާ ވާރޭ ވެހެންފެށިއެވެ. އެވަގުތު އަހަރެން ރަތްކާރު މަތިން ހަނދާންވިއެވެ. ވާރޭ ތުނިކުރޭތޯ ބަލަން ޕޯޓިކޯ ގައި މަޑުކޮއްގެން ތިބި ވަގުތު ޒާހިދުއަށް އެވާހަކަ ކިޔައިދޭން ވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް ޒާހިދަކީ ވެސް ފާޑެއްގެ މީހެކެވެ. ހިތަށް އަރައިފިއްޔާ ކިތަންމެ ކުޑަ ކަމަކާއި ވެސް ރުޅި އަތުވެދާނެއެވެ. އެހިސާބުން އެ ރަތްކާރަށް އެރުންވެސް މަނާ ވެދާނެއެވެ. ޒާހިދު ކާރެއް ހޯދަން އެއްބަސް ވީއްސުރެ އަހަރެންގެ ހިތުތެރޭގައި ކާރު ދުއްވަން […]
ގޭތެރެއަށް ވަން އަޑަށް އަހަރެންގެ ދޮންތަ ކޮޓަރިން ނުކުތެވެ. އަދި އަހަރެންގެ ކުޑަ މަންޖެ ނުނިދާން ވެގެން ބޮޑާ ހޭކިވާހަކަ ބުންޏެވެ. އަހަރެން އެހެންހޭ ކިޔާލާފައި ކޮޓަރި އާއި ދިމާލަށް ހިގައިތީއެވެ. އަހަރެން ރޭގަޑު ބޭރަށް ގޮސްސައި އައުމުން އެކަހަލަ އެއްޗެއް އަހަންނާއި ދިމާލަށް ބުނެލުމަކީ ދޮންތަގެ އާދައެކެވެ. ކޮޓަރިއަށް ވަދެ ބެލިއިރު ތިންބޭން ވެސް ތިބީ ނިދާފައެވެ. އަހަރެން ނިދަން ތައްޔާރު ވާން ފާހާނާ އަށް ވަނީމެވެ. ލޯގަޑު ކުރިމައްޗަށް ހުއްޓުމާއި އެކު ކާރު […]
ހޮސްޕިޓަލު ތެރޭގައި އަހަރެން މަޑު ކޮށްލައިގެން ހުރީމެވެ.ވާރޭ ވެހެމުން ދިޔައެއްކަމަކު ތަނުގެ ހަލަބޮލިކަމަށް މާބޮޑު ބަދަލެއް ނާދެއެވެ. ބަލި މީހުން އަންނަވަރުން އަންނަމުންދެއެވެ. އަހަރެން ބޭރަށް ނުކުމެ ބަލާލީމެވެ. އޭރު ވާރޭ ތުނިކުރަންފަށައިފިއެވެ. އެކަމަކު ބާރަށް ޖެހެމުން ދިޔަ ވަޔަކަށް ބަދަލެއްނާދެއެވެ. މިފަދަ ވިއްސާރަ ރެއެއްގައި ، މިހާލަސް ގަޑިއެއްގައި އެކަނި ގެއަށްދާން ވެދާނެ ބާވައެވެ؟ ގެހުންނަނީ އަނެއްކޮޅުގައެވެ.ބައިސްކަލުގައި އެހިސާބަށް ދާންވާއިރަށް ތެމިފޯވާނެ ކަން ޔަގީނެވެ. ބައިސްކަލު ބަހައްޓާފަ ޓެކްސީ އަކަށް އަރައިގެން ގޮއްސިއްޔާ މާދަން ހެދުނު […]