ފަތިހުގެ ފިނި ރޯޅިތައް އޭގެ އެންމެ ތާޒާ ކަމުގައި، ފަޒާގައި ދައުރުކުރަމުން ދިޔައިރު ފަޒާގައިވަނީ ތެތް ފިނިކަމެއް އެކުލެވިފައެވެ. ރަށުގެ އުތުރު ފަރާތު އަތިރިމަތީގެ ރީތި ސާފު ދޮންވެލިގަނޑުގައި ޝެހެނާ އިށީނދެގެން އިންއިރު ، އެ ރީތި ފަން ދިގު އިސްތަށިގަނޑު ވަޔާ އެކު ވިހުރެމުންދާ މަންޒަރު ބަލާލަން ކިތަންމެހައިވެސް ހިތްގައިމެވެ. ފަތިސް ހަނދުވަރުގެ ރީތި ނަލަ އަލިން ތުނޑި ދިއްލާލާފައިވާ އިރު، މަޑު ވިލުކުލައިގެ ރެދަނުން ރާޅުފެންފަށް ޖަރީވެލާފައިވާ މަންޒަރަކީ ޝެހެނާ އަބަދުވެސް ވަރަށް ބަލާހިތްވާ މަންޒަރެކެވެ. […]