
މަރު އަންނާނެ ވަގުތެއް ނޭނގޭ…
ނޯޓް:މިއީ އަޅުގަނޑު ލިއުނު ކުޑަ ހިޔާލީ ވާހަކައެކެވެ…އުންމީދަކީ ކޮންމެވެސް އަޚުންތަކަކާއި އުޚުތުން ތަކަކަށް ކުޑަވެސް އިބުރަތެއްލިބުމެވެ…
ޑހުރާފުށްޓަކީ ކޮންމެ އަހަރެއްގައިވެސް ވަރަށް ކުލަގަދަކޮށް އައު އަހަރު ނުވަތަ ނިއު ޔިއަރ ފާހަގަކުރާ ރަށެކެވެ.31 ޑިސެންބަރ ގެ ރޭގަނޑު އޮންނަ މިއުޒިކް ޝޯގައި ރަށުގެ ކުދި ބޮޑު އެންމެން ކަހަލަގޮތަކަށް ބައިވެރިވެއެވެ..ޝޯ އަށް ގެންނަނީ ރަށު ރައްޔިތުންގެ ރުފިޔާ އިން ހޭދަކޮށްގެން ރައްޔިތުން ބުނާގޮތުންނަމަ “ސްޓާރުންނެވެ.” އެހެން ބައެއް ރަށްރަށުންވެސް އެރަށަށް ޝޯބަލަން މީހުން އާދެއެވެ.ސަބަބަކީ.އެރަށަކީ ޝޯ އެންމެ ފުރިހަމައަށް ބާއްވާ ރަށަށް ވާތީއެވެ.މިޝޯގެ ތެރެއިން އިސްލާމްދީން ހުއްދަނުކުރާ އެތައްކަމެއް ފެނިގެން ދެއެވެ.. މަސްތުވާތަކެތީގެ ބޭނުންކުރުމާއި އަންހެނުންނާއި ފިރިހެނުން މައްސުނިވެ މައިންބަފައިންނާއި ދަރިން އެކުގައިތިބެ ބަލަން ހެޔޮނުވާ އެތައް މަންޒަރުތަކެއް ފެނިގެންދެއެވެ.ނަމަވެސް މިކަމަކީ ގިނަބަޔަކު އަޅާލާ ކަންކަމެއް ނޫނެވެ.
އާދައިގެމަތިން މިއަހަރުވެސް ޝޯއަށް ތައްޔާރުވުމުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރެވެމުން ދެއެވެ.އަދި.ޝޯގައި ބައިވެރިވާ ފަންނާނުންވެސް ދަނީ ތަފާތު ސެލޫން ތަކަށް ގޮސް ތައްޔާރު ވަމުންނެވެ.އަދި އެމީހުނާއިއެކު ނެށުމަށްޓަކާ އަންހެން ކިދިންވެސް ދަނީ ނަލަހެދެމުންނެވެ..އެގޮތުން އައިޝާއަކީވެސް މިޝޯގައި އޭނަގެ ޑާންސެއް ދައްކާލުމަށް ތައްޔާރުވަމުންދާ ކުއްޖެކެވެ.ނަމަވެސް އެއީ އައިޝާގެ މައިންބަފައިން އެހާ ގަބޫލްކަމަކަށް ނުވާތީވެ އޭނަ އުޅެނީ އެގެން ނިކުމެގެން ގޮސް ރައްޓެއްސެއް ކައިރީގައެވެ.
ދުވަސްތައް ފާއިތުވަމުންގޮސް މިރެއަކީ ޚާއްސަ ޝޯ އޮންނަ ރެއެވެ.އައިޝާދަނީ އޭނަގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާފައެވެ.ވަރަށް ރީތިކޮށް ބޮލުގައި ޝޯލް އޮޅާލައި ތުންފަތުގައި ލިޕްސްޓިކް ޖައްސާލާފައި ހުރިއިރު ހީވަނީ ބޭރުގެ “މޮޑެލް” އެއްހެނެވެ.. “އައިޝާ.. އައިޝާގެ މަންމައާއި ބައްޕަ އަދި ކޮއްކޮ އައިސް އެބަހުރި” އައިޝާގެ އެކުވެރި ޒޫނާ އައިސް އެހެންބުނ.މުއޭނާ ތައްޔާރުވެނިމުނުތަނާއެވެ. ސިޓިންގް ރޫމަށް ދިޔައިރު އޭނަގެ މައިންބަފައިންނަށް ވަނީ ރޮވިފައެވެ.. “ދަރިފުޅާ ހެޔޮ ނުވާނެ..ބައްޕަމެން މިވާހަކަ މިދައްކަނީ ދަރިފުޅަށް ރަނގަޅަކަށް..ދެދުނިޔޭގެ އުފާވެރިކަން ހޯދައިދެވޭތޯ..އަންހެނުންނާއި ފިރިހެނުން އެގޮތައް މައްސުނިކޮށް އުޅުމާއި މަސްތުވާތަކެތި ބޭނުން ކުރުމަކީ ދީނުގައި ބޮޑެތި ފާފަތައް..މިކަންތައް ދަރިފުޅަށްވެސަ ހަމަ ރަނގަޅަށް އެނގޭނެ.. ދަރިފުޅާ އެހެންވެ ބައްޕަމެން މިހެން މިބުނަނީ ” ވަރަށް އަސަރާއި އެކު އައިޝާގެ ބައްޕަ ބުންޏެވެ. “އެއީ ތެދެއް ދަރިފުޅާ އަދި މަންމަ އަބަދުވެސް ދަރިފުޅު ކައިރީ ބުނަމެއްނު ގަޔައް ބާރު ހެދުން ނުލާށޭ..އެއީ އަންހެން ކުދިން އުޅެން އެހާ ރަނގަޅު ގޮތެއް ނޫނޭ..” އައިޝާގެ މަންމަ މިހެން ބުނެ ނިމުނުތަނާ އައިޝާ ވާހަކަދައްކަން ފެށިއެވެ..”މަންމާ ބައްޕާ ހެޔޮ ނުވާނެ އަހަރެން އެކަނި އުޅުނަދީ.. އަހަރެންގެ ކަންކަމަށް މިބޭނުން ކުރަނީ ބައްޕަމެން ހޯދާ ރުފިޔާތަކެއް ނޫނެއްނު..މިއީ އަހަރެންގެ އަމިއްލަ މަސައްކަތުން ހޯދާ ރުފިޔާ.. ދެން އަނެއްކާ މަށެއް ނޫޅެން ރާބޯކަށް..މިދަނީ ހަމައެކަނި ޑާންސް ކޮށްލަން.. އެންމެ ފަހަރަކު މިހެން އުޅެލިޔަސް އޯކޭ ވާނޭ..މިކަހަލަ ހެދުމެއްވެސް އަބަދަކު ނުލަމެއްނު..އަދި އަހަރެންމީ ޒުވާނެއް..ފަހުން މަންމަމެން ތިއުޅޭހެން އުޅޭނީ” މިހެން ބުނުމުން އޯކޭނުވާނެކަމަށާއި އަބަދުވެސް ރަނގަޅަށް އުޅުމަށާއި މަރު ވާނެ އިރެއްވެސް ނޭނގޭނޫންހޭ ބުންޏެވެ.ނަމަވެސް އައިޝާ އެކަމާއި އަޅާނުލާ ދެން އިހަށް ގެއަށްދާށޭ ބުނެ އެމީހުން ބޭރަށް ނެރުނެއެވެ.
އަދި އަލުން މޭކަޕް ރީތިކޮށްލައިގެން ޒޫނާ އާއި ދެކުދިން ނިކުތެވެ..
ޝޯ ފަށައިގެން ކުރިއަށް ދެއެވެ. ވަރަށްވެސް ފޯރިގަދައެވެ.އެކަކަށްވުރެ މޮޅުކޮށް އަނެކަކު ނަށަމުން ދެއެވެ”ސްޓާރުންނާއި އެކުގައެވެ..އައިޝާ ހުރީ ހިސާބަކަށް ކަންބޮޑުވެފައެވެ.އޭނާ ހީކުރީ އެއީ މިކަހަލަ ޝޯއަކަށް އަރަން އުޅޭ ފުރަތަމަ ރޭވީމަކަމަށެވެ.
އައިޝާ ސްްޓޭޖަށް އަރައި އެހެން ޒުވާނުންނާއި އެއްކޮށް ނަށަން ފށއެިވެ.މީހުންގެ ތަރުހީބު ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. އިރުގަނޑަކު ނެށުމަށްފަހު އޭނަ ފަހަތައް ދިޔަތަނާ ފިރިހެން ކުއްޖަކު އައިސް ބޯލުމަށާއި އޭރުން ވަރުޖެހޭނެކަމަށް ބުނެ ތައްޓެއް ދިނުމުން ބޯލިއެވެ.މުޅިމީހާ އަށް ހީވީ އެހެން ދުނިޔެއަކަށް ދެވުނުހެނެވެ.ރަނގަޅަށްް ފޯރިއަރައި ޑްރިންކް ދިން ކުއްޖާގެ އަތުގައި ހިފައި ނަށަން ފެށިއެވެ. މުޅިމީހާ ދާހިއްލާ ފޯވިއިރުވެސް ހުއްޓާނުލިއެވެ..
ނަމަވެސް ކުއްލިއަކަށް ފެނުނީ ފެނުނީ ހަބަރު ހުސްވެގެން ކަހަލަ ގޮތަކަށް ވެއްޓުނުތަނެވެ. އެންބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.ޑޮކްޓަރު ބުނީ ހާޓްއެޓޭކެއް ކަމށށެވެ… އައިޝާގެ މައިންބަފައިންނަށް ދެވިނުއިރު އެފަކީރުވަނީ މިފާނާވަނިވިދުނިޔެ ދޫކޮށް ގޮސް އެވެ………
ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހެޔޮ ކަންތައް ކުރުމުގައި ބޭނުންހިފާށެވެ..މަރު އަންނާނެ ވަގުތެއް ތަނެއް ނޭނގެއެވެ……(ނިމުނީ)
27 Comments!
Comments are closed.
Miadhaa gulhey varah ibraitheri vaahakaeh..mi vaahakain ves bayakah ibratheh dhehvaashi…
Aameen
Masha allah varah ibraiytheri vaahakaeh?
mihaaruge kudhinnah mikahala kankan nuvisneythee dheraee?
Yaa:'(
Vara raathi adhi ehaamen iburai theri
Shukuriyyaa
Shukriyyaa☺
Rangalhau naseyhatheh?
Shukuriyyaa
Shukuriyyaa☺
Varahreethi .. Vaahaka nimuneema ninmaa nulaa adhi ithurah naseyhathugebai add kohlinama Ma sha allah Adhi miah vure furihama vaane ..
In shaa ALLAH dhen faharak
ماشا اللهVv rangalhu vaahaka eh Miharu dhivehinge thereyga ves new year faahaga kuraameehun dhuvahakah vure dhuvaheh ginavamun dhani so mikahala iburaitheri vaahaka gina in kiyaalan libeyne kamah ummeedhukurani Muslimun ge nan board laigen kaafarun kuraa kahthah koh mi ulheni dhw
Jazaakillaah
Haadha reechey vaahaka v furihama
Shukuriyyaa
Shukuriyyaa ☺
??????
Shukuriyyaa☺
Vaahaka vvv rythi and vvv ibraitheri ….. Gud jobb
thanks
Ma sha Allah.v iburaitheri vaahakaeh.hithaama akee than dhoru dhanna gina myhun mivany mi kankamah gos gelli husvefa.
V ibran theri
Jaxakillh khaeran
Mashaa allah .vv iburaitheri vahaakaeh..
Alhey varah reethi you are best writer ????????????
Best ????????
Hurihaa kudhinnahves v bodah shukuriyyaa