ޒަކްވާން އަކީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ.ޒަކްވާން އަކީ އިސްކޮޅުން ދިގު އެހާމެ ދޮން ކުއްޖެކެވެ.ޒަކްވާންގެ ހުންނަނީ މަޑު ފެހި ކުލައިގެ އިސްތަށި ގަނޑެކެވެ.މަޑު ނޫކުލައިގެ ކަޅިއެކެވެ.އަދި ހިމަ ދިގު ބުމައެކެވެ.ޒަކްވާންގެ އާއިލާގައި ހުންނަނީ ޒަކްވާންގެ މަންމަ އެލީޝާ،ޒަކްވާންގެ ބައްޕަ އަލްފާމް އަދި ޒަކްވާންގެ 18 އަހަރުގެ ކޮއްކޮއެވެ.ޒަކްވާންގެ މަންމަ އަކީ ފްރާންސް ރައްޔިތެކެވެ.ނަމަވެސް ޒަކްވާންގެ ބައްޕަ އަކީ ޔޫކޭ ރައްޔިތެކެވެ.ޒަކްވާންގެ އާއިލާ އަކީ މުއްސަންދި އާއިލާއެކެވެ.އަދި އެހާމެ ދީލަތި އާއިލާ އެކެވެ. […]
އެއާޕޯޓުން ބޭރުގައި ހުރި އިންޝާގެ ނަޒަރު އެކިދިމާދިމާ އައް ބަދަލު ކުަރަމުން ދިޔައީ ކޮންމެވެސް މީހަކު ހޯދާފަދައިންއެވެ.އިންޝާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެކެވެ.އޭގެ މައިން ކަޅު ކުލައިގެ ޖެކެޓެއް ލާފަ ހުރި އިރު ތިރިން ވެސް ލައިގެން ހުރީ ކަޅުކުލައިގެ ޖިންސެކެވެ.އެއެއްޗިހީގައި އިންޝާގެ ރީތި ކަން އިތުރު ކޮއްދެއެވެ.އެއާޕޯޓައް ވަންނަމުންދާ މީހުން އަދި ނިކުންނަމުން ދާމީހުންނައް ވެސް އިންޝާ އައް ބަލާލާން މަޖުބޫރުވާހާ އިންޝާ ރީއްޗެވެ. އާންއެކެވެ!އިންޝާ އެތައް އަހަރު ތަކެށް ފްރާންސްގައި ހޭދަ ކުރުމަށް ފަހު […]
އިންޝާ މާލޭގެ މުއްސަންދި އާއިލާއެއްގެ އަންހެން ކުއްޖެކެވެ.އަދި އެހާމެ ރީތި ކުއްޖެކެވެ.ދޮންވެފައި އިސްކޮޅުން ރާއްޖެ އަންހެން ކުދިންނައް ވުރެ ދޮނެވެ.ނުހަނު ފަން ދިގު އިސްތަށި ގަޑެކެވެ.އިސްތަށި ގަޑުގައި ހުންނަނީ ވިއްސާރަ ދުނި ކުލައެވެ.ހިމަ ދިގު ބުމައެކެވެ.ލެނބިފައިވާ ބޯ އެސްފިޔަ ތަކެކެވެ.ކަޅީގެ ކުލަޔަކީ މަޑު ދަނބު ކުލައެވެ.ރީތި ބައްޓަމަކައްވާ އިސްތަށި ގަނޑުގެ ކުލަ ރަތެވެ.އިންޝާގެ އާއިލާ ގައި ތިބެނީ އިންޝާގެ މަންމަ ކައިރާ،ބައްޕަ އާލިމް އަދި ބޭބެ މީކާއިލްއެވެ.އިންޝާގެ މަންމަ އަކީ ފްރާންސް މީހެކެވެ.އިންޝާ ގްރޭޑް 5ހަކާއި ހަމައައް […]