ދޯނީގައި ތިބި މީހުންތައް މަޑުމަޑުން ބަނދަރަށް ފައިބަންފެށުމުން މަންމައާއިއެކު އަހަރެންވެސް މާޅޮހަށް ފޭބީމެވެ. މާޅޮހު ސްކޫލުން އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތުން އެރަށު ސޫކޫލު ކޮންމެ ކުއްޖަކަށް އަހަރެމެން ރަށުން ކުއްޖަކު ހަމަޖެހުނެވެ. އަދި މާޅޮހަށް ދިޔަ ކޮންމެ މީހެއްގެ ނަން ޖަހާފައިވާ ކުރުނބާ ހިފައިގެން އެމީހަކާ ހަވާލުވާ ކުއްޖަކު ހުންނާނެކަމަށް ބުނުމުން ހުރިހާ ކުދިން މިދަތުރުގައި އެކުދިންގެ ބައިވެރިއަކަށް ވާނެ ކުއްޖަކު ހޯދުމުގެ މަސައްކަތް ފެށިއެވެ. ތަޤްދީރުގެ ކުޅިވަރު ނިކަން ދެކިބަލާށެވެ. އަހަރެމެން ސޫކުލު ކޮންމެ އަންހެން […]
“ހިތުގަ ވާ ހުރިހާ އެއްޗެއްކިޔާ ދިނުމަކީ އެކަކަށްވެސް ވާނެ ކަމެއް ނޫން… ކޮންމެ މީހަކުވެސް ސިއްރުކުރާ ކަންތައްތަކެއް ހުންނާނެ.. މިއަދު އަހަރެން ކަލާއާ ހިއްސާ މިކުރަނީ އަހަރެންގެ ދުވަހަކުވެސް މީހަކާ ހިއްސާ ކޮށްފައިވާ ވާހަކަތަކެއްނޫން.. އުއްމީދު ކުރަނީ ކަލާ އަހަރެންގެ ހަޔާތުގެ މުހިއްމު ދައުރެއް އަދާކޮށް އަހަރެންނަށް ދިމާވެފައިވާ ހުރިހާ ވާހަކަތަކެއް ކެތްތެރިކަމާއިއެކު އަޑުއަހާނެކަމަށް.” “އާރާ…. އާރާ…. ކީއްވެފަ ތިއިންނަނީ؟ ކޮން އިރެއް އަހަރެން އާރާއަށް ގޮވާތާ؟” އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ އެކުވެރި ނަދާ އަހަރެންގެ […]
ޖެހޭ ފިނި ވައިރޯޅިން ހިތަށް ފިނިކަން ގެނެސްދެމުން ދެއެވެ. އުދަރެސްމަތީގައި ފަވާލެވިފައިވާ ކުލަތަކަކީ ގުދުރަތުގެ އަޖައިބެއްފަދައެވެ. އިރުއޮއްސެމުން ދިޔަ ގަޑީ ގުދުރަތުގެ ރީތި މަންޒަރަށް ގެއްލިފަ އިން ނެހާ އަށް އޭނާ ވަށައިގެންވާ އެއްވެސް ކަމެއްގެ އިހުސާސް ނުކުރެވޭފަދައެވެ. ކުއްލިއަކަށް ނެހާ ސިއްސައިގެން ދިޔައީ އޭނާ އަށް ވަރަށްބާރަށް މީހަކު ގޮވާލުމުންނެވެ. “ނެހާ… ނެހާ.. އަޅެފަހޭ ކީއްތިކުރަނީ މިތާ އިނދެގެން. ހާދަ ފުން ހިޔާލަކަށް ގެއްލިފައޭ ތި އިނީ. މަ މިޙާރު ގޮވާތާ ކޮން އިރެއް؟” ނެހާ […]