Skip to content
އެސްފިޔަ

އާރާ 2

ދޯނީގައި ތިބި މީހުންތައް މަޑުމަޑުން ބަނދަރަށް ފައިބަންފެށުމުން މަންމައާއިއެކު އަހަރެންވެސް މާޅޮހަށް ފޭބީމެވެ. މާޅޮހު ސްކޫލުން އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތުން އެރަށު ސޫކޫލު ކޮންމެ ކުއްޖަކަށް އަހަރެމެން ރަށުން ކުއްޖަކު ހަމަޖެހުނެވެ. އަދި މާޅޮހަށް ދިޔަ ކޮންމެ މީހެއްގެ ނަން ޖަހާފައިވާ ކުރުނބާ ހިފައިގެން އެމީހަކާ ހަވާލުވާ ކުއްޖަކު ހުންނާނެކަމަށް ބުނުމުން ހުރިހާ ކުދިން މިދަތުރުގައި އެކުދިންގެ ބައިވެރިއަކަށް ވާނެ ކުއްޖަކު ހޯދުމުގެ މަސައްކަތް ފެށިއެވެ. ތަޤްދީރުގެ ކުޅިވަރު ނިކަން ދެކިބަލާށެވެ. އަހަރެމެން ސޫކުލު ކޮންމެ އަންހެން ކުއްޖަކަށް އަންހެން ކުއްޖަކު އަދި ފިރިހެން ކުއްޖަކު ހަމަޖެހުނު އިރު ކަންތައްދިމާވީ އަހަރެން ހީވެސް ނުކުރާ ފަދަގޮތަކަށެވެ. އަހަންނާއި އަހަރެންގެ މަންމަގެ ނަން ޖަހާފައި ކުރުނބާ ހިފައިގެން ހުރީ އައްސަދުއެވެ. އަހަންނަށް އުފަލުން ހުރެވުނުތަން ނޭނގުނެވެ. އުފަލުން ގޮސް ފުންމައިގަންނަން ހިތަށް އެރިއެވެ. މި ދަތުރުގައި އަހަރެންގެ ބައިވެރިއަކަށް އައްސަދު ވި ފަދައިން އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށްވެސް އައްސަދު ވޭތޯ އަހަންނަށް ދުޢާ ކޮށްލެވުނެވެ. ” އޭ އާރާ. ބަލާބަލަ. އައްސަދުއޭ ދޯ މީނައަށް މި ލިބުނީ. ނަސީބުވެސް ގަދަ މަންޖެއެށް މިއީ. އެކަމުވާ ދޯ. ހުރިހާ އަންހެންކުދިން މަށް މަށަށް ކިޔާލަ ކިޔާލަ ހުރި އައްސަދު ވިއްޔަ ތި ލިބުނީ.އެކަމުވެސް ހެޔޮ. މި ދަތުރުނިމެން ވާއިރަށް އައްސަދު އަތުން މާއިޝްގެ ނަންބަރު ހޯދަދޭތި އިނގޭ. އޭރުން ދޭނަށް ހަދިޔާ އެއްވެސް.” އަހަރެން ހިޔާލަށް ގެއްލިފައިހުއްޓާ ނަދާ އައިސް ކަންފަތް ކައިރި ސިއްރު ސިއްރުން ބުނެލިއެވެ. ހުރިހާ ކުދިންނާއި ބެލެނިވެރިން އަދި މުދައްރިސުން ސުކޫލާ ދިމާލަށް މިސްރާބު ޖެހިއެވެ. ސޫކޫލަށް ގޮސް ހަމަޖެހިލުމަށްފަހު އެ ދުވަހަށް ހަމަޖެހިފައިވާ ހަރަކާތްތަށް ފެށިއެވެ. ދެ ސުކޫލު މެދުގައި ވާދަވެރި މުބާރާތްތަކެއް ބޭއްވުނެވެ. ގަޑިން މެންދުރު އެގާރަ ޖެހުމާއި އެކު މެންދުރު ނަމާދަށް ހުސްވަގުތު ކޮޅެއް ދިނެވެ. އަދި ނަމާދު ކޮށްލައިގެން އަނބުރާ ސުކޫލަށް އަންނަން އެންގުމުން ހުރިހާ ކުދިންވެސް އެކުދިންގެ ބައިވެރިންނާއި އެކު ރަށު ތެރެއަށް ނިކުތުމަށް ހިނގައިގަތެވެ. އަހަރެންވެސް މަންމައާއި އައްސަދު އާއި އެކު ނަމާދުކުރުމަށް އައްސަދުމެންގެއަށް ދާން ހިނގައިގަތީމެވެ. ވަކި ހިސާބަކުން މަންމަގެ ވަރަށް ގާތް ރަހުމަތްތެރިއެއް ފެނުމުން މަންމަ އެމީހާ ކައިރީގައި މަޑުކޮށްފައި އަހަރެމެން ކައިރީގައި ހިނގައިގަތުމަށް ބުންޏެވެ. އަހަންނާއި އައްސަދުއާއި ދެމީހުން މަޑު ހިނގުމެއްގައި ހިނގައިގަތީމެވެ. އަހަރެންގެ ހިތް އަވަސްވެ އަތްފައި ފިނިވެފައި ހުރިވަރު އިނގޭނީ ހަމަ އަހަންނަށެވެ. އެއީ ބަޔާން ކޮށް ނުދެވޭ ވަރުގެ އުފަލެއް ލިބުނު ވަގުތުކޮޅެކެވެ. އަހަރެން ހުރީ އައްސަދުއާއި ވާހަކަދައްކާ ހިތުންނެވެ. އެކަމު އިސްނަގާ ވާހަކަ ދައްކާކަށް ނުކެރުނެވެ. “ގެ ހުންނާނީ ތަންކޮޅެއް ދުރުގަ. އެހެންވީމާ އަދި ހިނގާލަން ޖެހޭނެ ފުދޭވަރަކަށް ދުރަށް. އާރާއަށް މައްސަލައެއް ނެތް ދޯ؟. އަނެއްކާ އާރާގެ މަންމައަށް އިނގޭނެތަ އަހަރެންގެ ގެއަށް ދާން؟. އައްސަދު އިސްނަގާ އަހަންނާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ބޭނުވީ އަދި އިތުރަށް ގެ ދުރުވާން. ދާނެ ޖެހޭ ރާސްތާ ދިގުވެ ކަލާއާއި އެކު އިތުރު ވަގުތުކޮޅެއް ހޭދަކޮށްލަން. އަހަރެންގެ ހިތުގައި މި ބަސްތައް ވިއެވެ. ނަމަވެސް ދުލާ ހަމައަށް އެ ބަސްތައް ނުގެނެވޭނެކަމީ ހަމަ ޔަޤީންކަމެކެވެ. ނަމަވެސް އަހަރެންވެސް އައްސަދުއާއި ވާހަކަ ދައްކަން ފެށީމެވެ.” މައްސަލައެއްނޫން އެހާ ދުރުގަ ގެ ހުރުމަކީ. ދެން ތިބުނީ މަންމަގެ ވާހަކަ. ފާތުމައްތަ އަށް އިނގޭނެއެއްނުން އައްސަދުގެ ގެ. އެހެންވީމާ މަންމައަށް ތިގެ އަށް ދާން އެއީ އެއްވެސް ކަމެއް ނޫން. ގެއަށް ގޮއްސަ މަންމަ އާދޭތޯ މަޑުކޮށްލާފަ ދެން ގުޅާލާނީ މަންމައަށް.” “އާން. ތިވެސް ގޮތެއް.” އައްސަދު އަހަރެންބުނި ބަހަށް ޖަވާބެއް ދިނުމަށްފަހު ހިމޭންވެލިއެވެ. ދެން އަހަރެމެން ދެމީހުންގެ ދޭތެރެއަށް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭންކަމެކެވެ. އަދި އެ ހިމޭންކަންމަތީ މަޑުމަޑުން ހިނގަމުން ދިޔައީމެވެ. އައްސަދު އެ ވިސްނަނީ ކޮންކަމެއްކަން ނޭނގުނަސް އަހަންނަށް އައްސަދު އާ ދޭތެރޭ ނޫނީ ނުވިސްނެއެވެ.

-ނުނިމޭ-

Comments (6)

  1. Yan♥️

    Varah reethi Masha Allah

  2. Park Jimin

    Maashaa Allah Varah reethi mi part ves…. Curiously waiting for next part… ???LYSM ❤️ ❤️

  3. LAZY_QUEENY

    Vvvv reethi mi part vx… Curiously waiting for next part.. Whn is next part… Avahah up kohdhehchey next part… N Cutechiya you are so talented…. Maashaallah ?????

  4. Shau

    kon dhuvahakun next part

  5. Shau

    Cutechiya kon dhuvahakun tha next part up kuranee

  6. Mint

    Alhey dhen kobaa tha next part?

Comments are closed.