Skip to content
އެސްފިޔަ

ނެހާ

ޖެހޭ ފިނި ވައިރޯޅިން ހިތަށް ފިނިކަން ގެނެސްދެމުން ދެއެވެ. އުދަރެސްމަތީގައި ފަވާލެވިފައިވާ ކުލަތަކަކީ ގުދުރަތުގެ އަޖައިބެއްފަދައެވެ. އިރުއޮއްސެމުން ދިޔަ ގަޑީ ގުދުރަތުގެ ރީތި މަންޒަރަށް ގެއްލިފަ އިން ނެހާ އަށް އޭނާ ވަށައިގެންވާ އެއްވެސް ކަމެއްގެ އިހުސާސް ނުކުރެވޭފަދައެވެ. ކުއްލިއަކަށް ނެހާ ސިއްސައިގެން ދިޔައީ އޭނާ އަށް ވަރަށްބާރަށް މީހަކު ގޮވާލުމުންނެވެ. “ނެހާ… ނެހާ.. އަޅެފަހޭ ކީއްތިކުރަނީ މިތާ އިނދެގެން. ހާދަ ފުން ހިޔާލަކަށް ގެއްލިފައޭ ތި އިނީ. މަ މިޙާރު ގޮވާތާ ކޮން އިރެއް؟” ނެހާ އަށް ގޮވަމުން އައި އޭނާގެ އެކުވެރި ޝިނާ ނެހާ ކައިރިއަށް އައުމަށް ފަހު ބުންޏެވެ. “ކަމެއް ނުކުރަން. މިތާ ހަމަ އިނީ. ދެން ވިސްނަން ޖެހޭ ކަންތައްތައްވެސް ހުންނާނެތާ” ނެހާ ބުންޏެވެ.

Comments (2)

  1. Yang

    Nice pic.. i love yang yang and zi shueng

  2. Kail

    Kobaa aneh baaeh

Comments are closed.