Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އާރާ

cutechiya Level 1
April 15, 2020 3 Mins Read
7 Comments

“ހިތުގަ ވާ ހުރިހާ އެއްޗެއްކިޔާ ދިނުމަކީ އެކަކަށްވެސް ވާނެ ކަމެއް ނޫން… ކޮންމެ މީހަކުވެސް ސިއްރުކުރާ ކަންތައްތަކެއް ހުންނާނެ.. މިއަދު އަހަރެން ކަލާއާ ހިއްސާ މިކުރަނީ އަހަރެންގެ ދުވަހަކުވެސް މީހަކާ ހިއްސާ ކޮށްފައިވާ ވާހަކަތަކެއްނޫން.. އުއްމީދު ކުރަނީ ކަލާ އަހަރެންގެ ހަޔާތުގެ މުހިއްމު ދައުރެއް އަދާކޮށް އަހަރެންނަށް ދިމާވެފައިވާ ހުރިހާ ވާހަކަތަކެއް ކެތްތެރިކަމާއިއެކު އަޑުއަހާނެކަމަށް.”

“އާރާ…. އާރާ…. ކީއްވެފަ ތިއިންނަނީ؟ ކޮން އިރެއް އަހަރެން އާރާއަށް ގޮވާތާ؟” އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ އެކުވެރި ނަދާ އަހަރެންގެ ގައިގާ ކޮށްޓާލާ ގޮވަން ފެށުމުންނެވެ. “ކަމެއް ނުވޭ.. ހަމަ މިއިނީ ނަދާ އަންނަންދެން. ދެން މަ ވަކި ކޮންކަމެއްވެގެންތަ މިތާ އިންނާނީ.. ހަމަ ކަމަނަފާނުގެ އިންތިޒާރުގައޭ މީނީ. އެކަމަކުވާ ހާދާ ލަހޭ ދޯ ނިކުމެވުނުލެއް.” ނަދާ އަހަންނާދިމާލަށް އިތުރުއެއްޗެއްބުނުމުގެ ކުރިން އަހަރެން މަޢުލޫބަދަލުކޮށްލީމެވެ. އަދި އަވަސް އަވަހަށް ނަދާ އަތުގަ ހިފައިގެން އަތިރިމައްޗާ ދިމާލަށް ހިނގައިގަތީމެވެ. އަހަރެމެން ގޮސް އަތިރިމަތީގަ ހުރި ރުއްބުޑެއް ކައިރީގައި އިށީނދެ ހަމަޖެހިލީމެވެ. ” އޭ އާރާ. އަޑުއެހިންތަ މާޅޮހުން ފުޓުބޯޅަކުޅެންވެގެން އައިސް އެބައުޅޭ.  އެއްކަލަ އައްސަދުވެސް އައިސް އުޅޭބަޔޯ.. އަހަރެންވެސް އަޑުއެހީ އަހަރެމެން ކުލާސް ޔުމްނާ އެހެންކިޔަނިކޮށް. ހިނގާބަލަދާން އެ މެޗު ބަލާލަންދަން.” އައްސަދު ގެ ނަން ބުނާއިރަށް އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ. މޫނުމަތިން ރަތްވާހެން ވެސް ހީވިއެވެ. އެކަން ނުދައްކާ ވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އައްސަދުގެ ނަން އަހަރެންގެ ހިތުގައިފެވިފަވާކަން އެއީ އަހަރެން ނަދާއަށްވެސް ސިއްރުކޮށްފައޮތް ކަމެކެވެ. ” އެހެންތަ؟ ނޭނގެ ތިކަމެއް. ނަދާ ބުނީމަ މި އިނގުނީ އެމީހުން އައިސް އުޅޭކަން. އެހެންނޫނަސް ތަނަކުން ބަޔަކު އަންނައިރަށް ޖެހޭތަ ދާން. އެހެންނޫނަސް ނަދާއަށް އިނގެއެއްނުން އަހަރެންގެ މަންމަ އެހާ ހިތްހަމަ ނުޖެހޭނެކަން އެކަހަލަ ތަންތަނަށް ދިޔައީމަ.” އަހަރެން ބުނީމެވެ. ” މައްސަލައެއްނެތް. އެކަމު ހިނގާބަ މެޗުނިމޭހާއިރުކޮށް ބަނދަރުކައިރިއަށް ދާން. އާރާ ބޭނުން ނުވިޔަސް އަހަރެން ބޭނުމޭ އެރަށު މާއިޝްގެ މޫނު ފެނިލަންދާން. އައްސަދު އައީވިއްޔާ އޭނަވެސް އަންނާނެ. ދާނަންދޯ؟” ނަދާ އަހަރެންކައިރީގައި އާދޭސް ކުރަން ފެށުމުން އަހަރެން ދާނެކަމަށް އެއްބަސްވެ ބޯޖަހާލީމެވެ. މެޗު ނިމިގެން މީހުންތައް ބަނދަރާ ދިމާލަށް ދާތަން ފެނުމުން އަހަރެންވެސް ނަދާ އާއިއެކީ ބަނދަރުކައިރިއަށް ދިޔައީމެވެ. އަހަރެންގެ ލޯ ހޯދަމުންދިޔައީ އެންމެ ސޫރައެކެވެ. ވަށައިގެން ހޯދާ ބަލައިލިއިރު އެސޫރަ ނުފެނުމުން އަހަރެން މާޔޫސްވިއެވެ. “ނަދާ. ހަމަޔަޤީންތަ މާޅޮހު މީހުން ފުޓުބޯޅަ ކުޅެން އައިސްއުޅޭކަން. ހާދާހީނުވެއޭ.” އަހަރެން ނަދާކައިރީގައި ބުނީމެވެ. “އެކަމަކުވާ ސާބަސް އިނގޭ. އެތިބަ އަންނަނީނުން އެމީހުން. އަޅޭ. އެހެރީ މާއިޝްވެސް. އަޅެ ހާދަ ހޭންޑްސަމް އޭ އޭނަ. އޯހް. ހަމަ ހިތް ކަތިލައިފި.” ނަދާ އެހެން ބުނުމުން އަހަރެންވެސް ނަދާ އެ ބުނި ދިމާ ބަލައިލީމެވެ. އާނއެކެވެ. މެޗު ނިންމާފައި މާޅޮސް ޓީމު މީހުން އެ އަންނަނީއެވެ. އެ އެންމެންގެ ތެރެއިންވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އަސަދުގެ ރީތި މޫނެވެ. ދާ ހިތްލާފައިހުރުމުން ލައިގެން ހުރި ރަތްކުލައިގެ ޖާރޒީ ހުރީ ގައިގައިހިފާފައެވެ. އަހަންނަށް އެ ރީތި ސޫރައަށް ބަލަހައްޓައިގެން ހުރެވުނު އިރެއްވެސް ނޭނގެއެވެ. “ދެންހިނގާ ދޯ ގެއަށް ދާން. އެމީހުންވެސް އެދިޔައީނުން. ދެންނޭނގެ ފެންނާނީ ކޮން ދުވަހަކުން ކަމެއްވެސް. ހިތަށް މި އަރަނީ ކޮންމެސް ގޮތަކުން އެ މާއިޝްގެ ނަންބަރު ހޯދަން. އޭރުންނެއްނުން ކަމެއްވީކަމަށް ވާނީ.” ނަދާ ވާހަކަ ދައްކަން ފެށުމުން އަހަރެންގެ ހިޔާލީ ދުނިޔެއިން ނިވުމެވުނެވެ. އަދި އަވަސް އަވަހަށް ދެމީހުން ގެއާއި ދިމާއަށް މިސްރާބު ޖެހީމެވެ.

 

ދުވަސްތައް އެގޮތުގައި ފާއިތުވަމުންގޮސް ހަފްތާއެއް ފާއިތު ވެއްޖެއެވެ. އާދައިގެ މަތިން އަހަރެން ސުކޫލަށް ގޮސް ކިޔެވުމަށްޓަކައި ތައްޔާރު ވެލީމެވެ. އެންމެ ފުރަތަމަ އޮތީ ދިވެހި ގަޑި ކަމަށް ވުމާއިއެކު މުދައްރިސް ކުރިންދުވަހު ދަސްކުރަންދިން ސުވާލުތައް ފަރިތަކޮށްލީމެވެ. އެދުވަހު ދިވެހި ގަޑީގައި އަހަންނަށް ލިބުނީ ހީނުކުރާފަދަ އުފާވެރި ހަބަރެކެވެ. ދިވެހި ކުލަބުގެ ފަރާތުން އެއްދުވަހުގެ ކޭމްޕަކަށް މާޅޮހަށް ދަނީއެވެ. ގަޑި ނިމުމާއިއެކު ނަދާ ދުވެފައި އަހަރެން ކައިރިއަށް އައެވެ. އަދި ބުންޏެވެ.” އޭ އާރާ. ހާދަ އުފާވެރި ހަބަރެކޭ މުދައްރިސް އެ ދިނީ. އަދި އެ ސްކޫލުގެ ގްރޭޑް 10 ގެ ކުދިންނޯ ބައިވެރިވަނީ. މާއިޝްވެސް އައްސަދުވެސް އުޅެނީ ގްރޭޑް 10ގަ. މަ ހަމަ ދުޢާ ކުރާނަން މަށަށް މާއިޝްއާއި ވާހަކަ ދެއްކޭ ގޮތެއް މެދުވެރިވޭތޯ.” “އާއެނކެވެ. އަހަރެންވެސް މިކުރަނީ ތިފަދަ ކަމަކަށެވެ. އައްސަދުއާއި ވާހަކަ ދައްކާލެވޭތޯއެވެ.” އަހަރެން ހިތުން ބުނެލީމެވެ. ކޭމްޕް އަށް ތައްޔާރުވުމަށްޓަކައި ބައިވަރު މަސައްކަތްކުރަން ޖެހުމުން ދުވަސްތައް ދިޔަގޮތެއްވެސް ނޭނގުނެވެ.
ފުރަން ރެޑީވެގެން އަހަރެން އައިސް މަންމައާއިއެކީ ބަނދަރުމަތީ މަޑުކޮށްލީމެވެ. މާކުރިންވެސް އަހަންނަށް އިނގޭ ފަދައިން މަންމަ މި ދަތުރުގައި ބައިވެރިވެއެވެ. އެއީ މަންމަ އަދި އަހަރެން އެކަނި ރަށަކަށް ނުފޮނުވައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އަހަރެން ކަނޑަށް މާބަލީއެވެ. ކަނޑުމައްޗައް އެރުމަށްފަހު އަހަންނަށް ބޯލިއްލާނުލެވެއެވެ. ނަމަވެސް މައްސަލައެއްނެތެވެ. ކިތަންމެ އުނދަގޫ ރާސްތާއެއް ކަޑަތު ކޮށްފަވެސް އަހަރެން މާޅޮހަށް ދާން ބޭނުމެވެ.

މާޅޮހަށް ދާން ދޯނި ނައްޓާލީއްސުރެ އަހަރެން އޮތީ މަންމަގެ ކޮނޑުގައި ބޯއަޅައިލައިގެން ދޯނީގައި ތިބި އެހެން މީހުން ޖަހާސަކަރާތަށް ބަލާށެވެ. ދޯނީގައި ދެންތިބި މީހުން ފޯރިގައި ބެރު ޖަހާ، ލަވަބާޒީ ކުޅެ ހަދަމުން ދިޔައިރު އަހަރެންވެސް ބައިވެރިވާހިތްވިއެވެ. އެކަމަކު ހާލަތު ހުރިގޮތުން ބައިވެރިވެވޭކަށް ނެތެވެ. ދޯނި އައިސް މާޅޮހު ފަޅަށް ވަންއިރު އެރަށު ސުކޫލުގެ ޓީޗަރުންނާއި ކޭމްޕްގައި ބައިވެރިވާ ކުދިން ބަނދަރުމަތީ ތިބިތަން އަހަރެމެންނަށް ފެނުނެވެ. އެ ކުޑަ ވަގުތުކޮޅުވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އައްސަދުއެވެ. ކްލަސް އެހެން ކުދިންތަކަކާއިއެކު ކުރުނބަލެއް ހިފައިގެން އައްސަދުވެސް އެބަހުއްޓެވެ.

Share Article

Follow Me Written By

cutechiya

Level 1

girl trying to write stories

Other Articles

Previous

ސިއްރެއް 11

Next

ކޮރޯނާ

Next
April 15, 2020

ކޮރޯނާ

Previews
April 15, 2020

ސިއްރެއް 11

7 Comments!

  1. Please says:
    April 15, 2020 at 9:46 pm

    Varah varah reethi..when next?avahah varah dhigu part eh upkolla dhehche inge please

    1. cutechiya says:
      April 16, 2020 at 3:56 pm

      thank you. Insha Allah varah avahah upkohladheynan next part

  2. Yan♥️ says:
    April 16, 2020 at 5:41 am

    Varah reethi Masha Allah ? waiting

    1. cutechiya says:
      April 16, 2020 at 3:57 pm

      thank you 🙂

  3. LAZY_QUEENY says:
    April 16, 2020 at 10:20 am

    Vvvv reethi mi part vx…. Whn is next part… Curiously waiting for next part…. Avahah up kohdhehchey next part….??????

    1. cutechiya says:
      April 16, 2020 at 3:58 pm

      Thank You. Insha Allah varah avahah next part up kohladheynan

  4. Jellyfish says:
    April 16, 2020 at 8:33 pm

    Anekka Kon maalhoheh mii

Comments are closed.


All Right Reserved!