އާދައިގެ ވަރަކަށް ހިނގަމުން ދިޔަ ޒައިޝާ ސިހުނީ ފަހަތުން އައިސް އޭނާއާއި އަރާހަމަކުރި ޒާއިން ފެނިފައެވެ. …………………………………………………………. ޒައި ޕްލީޒް.. އަހަރެންނަށް ޖަވާބެއް ދީބަލަ.. އާނއެކޭ ނޫނީ ނޫނެކޭވެސް ބުނެބަލަ.. އޭރުންނެންނުން އެނގޭނީވެސް.. އަހަރެން ޒައިއަކަށް ދެރައެއް ނުދޭނަމޭ.. ކިހާވަރަކަށް އާދޭސް ކުރެވިއްޖެ.. ޒައި ބޭނުންވަނީ އުމުރުދުވަހު އަހަރެން ލައްވާ އާދޭސްް ކުރުވަންްތަ? ނޫނީ އަހަރެން މިވާލޯބި އިމްތިހާން ކުރަންތަަ? އާދައިގެ މަތިން ޒާއިން ޒައިޝާ ގާތު އާދޭސް ކުރަމުން ދިޔައެވެ. އެއީ މަގުމަގިކަންވެސް އޭނާ ހަނދާންނެތް […]
ޒައިޝާ އަކީ ނިކަމެތި ދެމަފިރިއަކަށް ލިބިފައިވާ ދެކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. އެއީ ޤުދުރަތުން ރީތި ސިފަތަކެއް ލިބިފައިވާ ކުއްޖެއް ނަމަވެސް އެއްވެސް ދެއްކުން ތެރިކަމެއްނެތް ހިތިރި އަޚަލާޤް ރަނގަޅު ބޫރުސޫރަ ރީތި ކުއްޖެކެވެ. އޭނާގެ ރީތި ކަމުގެ ސަބަބުން ޒުވާން ފިރިހެން ކުދިން ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. ޒުވާން ގިނަ އަންހެންކުދިންވެސް ޒަހްވާ އަށް ބަލައިލަނީ ހަސަދަވެރިކަމުގެ ލޮލަކުންނެވެ. ނަމަވެސް އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއްނެތެވެ. އަދި އެއީ އޭނާ ފަހުރުވެރިވާ […]