” އޯކޭ ޒައި ބޭނުމިއްޔާ ގޮސްދާނަން..” ޔަޒްދާން ވެސް ހީލަމުން ބުނެލިއެވެ. ޒައިޝާއާއި ޔަޒްދާން ހިނގަމުންދިޔައިރު އެދެމެދުގައި އޮތީ ހަމަހިމޭން ކަމެވެ. ޒާއިންމެންގެއާއި އަރާހަމަވުމާއެކު ޒައިޝާ އެގޭ ދޮރާށީގައި ޓަކިޖަހާލިއެވެ. އެއާއިއެކު ޒާއިންދޮރު ހުޅުވާލުމަށްފަހު ސިޓިންރޫމަށްއައުމަށް ބުންޏެވެ. ޒާއިން ފަހަތުން ސިޓިންރޫމަށްވަތް ޒައިޝާ އާއި ޔަޒްދާން ސިހުނީ ފެނުނުމަންޒަރުންނެވެ. ………………………………………………… ސިޓިންރޫމްފާރުގައި ކޮންގްރެޓިއުލޭޝަންސް ޖަހާފައިންތަ ފެނި ޒައިޝާގެ ދެލޯ ބޮޑުވިއެވެ. މުޅިސިޓިންރޫމް ފުއްޕާހަންތަކާއި ބޮކިފަތިތަކުން ޑެކަރޭޓްކޮށްފައިވީރު މެދުގަހުރިވަށްމޭޒުގައި ބޮޑުކޭކެއް ބައިންދާފައިނެވެ. ” ކޮންގްރެޓިއުލޭޝަންސް ޒައިޝާ” ޒައިިޝާގެ ގައިގައި […]
”އެހެމް އެހެމް ސޮރީ ފޯ އިންޓަރަޕްޓިން.. އެކަމަކު މިތާދޮރުމަތީގައި ތިބީމަ” ޒައިޝާއާއި ޔަޒްދާންވެސް ސިހުނީ މީހަކު ކަރުކެހިލުމުންނެވެ. ………………………………………………………….. ބަލާލިއިރު ޔަސްނާ ދެއުކުޅުގައި އަތްވިއްދާލައިގެން ބަލަންހުރިއިރު އެތުންފަތް މަތީގައިވަނީ ލާނެތް ހިނިތުންވުމެކެވެ. ” ދެން ނިންނިގަނޑާ.. ދާންގެ އަތުން މަގޭ ބޮލުގަ ޖަހާފައިން ދަތި ނެއްޓުނީމަ އޭނަ އެދަތި ޖަހައިދިނީއްޔެ މަށަށް” ޒައިޝާވެސް ދޫނުކުރަން ބުނެލިއެވެ. ” ހޫމް.. ހޫމް.. ތިދަތިޖެހިތަން އެބައިނޭ މިހާރު މަގޭ ފޯނުގަ ރިކޯޑް ކޮށްފަ..” ހީގަންނަމުން ޔަސްނާ ބުނެލިއެވެ. ” އޭތް […]
”ނޫން.. އިޔާޒު ތިހެންނަހަދާ..” އިޔާޒުގެ އަތް ޒައިޝާގެ ކަންފަތުން ނައްޓުވާލަމުން ސަނާޔާ ބުންޏެވެ. އެއާއެކު އިޔާޒުގެ އަތުގަ އޮތް ގަނޑު ސަނާޔާއަށް ދައްކާލިއެވެ. އެއާއެކު ސަނާޔާގެ ދެލޯ ބޮޑުވިއެވެ. ………………………………………………………….. ” ސަނާ ބަލާބަލަ.. މިއީ ވަރަށް ލާނެތްކުއްޖެކޭ..އެހެންވެގެންނޭ މަ އޭނަގެ ކަންފަތުގަ މިހިފީ..” ލާނެތް ހިންޏަކާއިއެކު ސަނާޔާއަށް ބަލައިލަމުން އިޔާޒު ބުނެލިއެވެ. ” އެތެދެއް ދަރިފުޅު ކީއްވެ ތިހެންތިހެދީ?” ސަނާޔާ ޒައިޝާގެ ގައިގައި ބައްދާލަމުން ސުވާލުކޮށްލިއެވެ. ” ހެހެހެ… ކުއްލިއަކަށް ހިތަށްއެެރީ މަންމަމެންނަށް ސަޕްރައިޒެއްދޭން..” ހީލަމުން […]
މީގެ ފަހުން ”ޒައިޝާ” މިވާހަކައިގެ ތިން ޕާޓް ކޮންމެ ހަފްތާ އަކު ކިޔަން ލިބޭނެވެ.
”އެއީ…………” ޒޯހަންއަށް ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލެވުނީ ކުރިމައްޗަށް އެރި މީހަކުފެނުމުންނެވެ. …………………………………………………….. ”ނިންނި? ޒައި? މިތާކިއްކުރަނީ?” ޔަސްނާއާއި އެއްކޮން އެތަނަށް ހުއްޓުނު ޒައިޝާ ފެނުމުން ޒޯހަންއަށް ހައިރާންކަމާއެކު ބުނެވުނެވެ. ޒައިޝާ އަދި ޔަސްނާވެސް ބޭރަށް ނުނިކުންނަތާ މިހާރު މަހެއްވަރުވެދާނެވެ. ޒޯހަން ކިޔައިކިޔައިވެސް ޒައިޝާ އާއި ޔަސްނާވެސް ބޭރަކަށް ނުދެއެވެ. ”ހޫމް. ކިހިނަތްވީ? މީއައުންމަނާ ސަރަހައްދެއްތަ ތިހާ ހައިރާންތިވީ?” އާދައިގެ މަތިން މަޖާރާގެއްގައި ޔަސްނާ އަހާލިއެވެ. ”ނޫނޭ.. މިދޭތެރޭގައި ބޭރަށް ނުނިކުމެ ހުރެފަ ކުއްލިއަކަށް ނުކުތީމަ އަހާލީ.. ހިނގާބަލަ […]
މީގެފަހުން ”ޒައިޝާ” މިވާހަކަ ނުކުންނާނީ ކޮންމެ އަދީތްތަ, ބުދަ އަދި ހޮނިހިރު ދުވަހެއްގައެވެ. ވީމާ މީގެފަހުން ކޮންމެ ހަފްތާއަކު މިވާހަކައިގަ ތިންޕާޓް ކިޔަން ލިބޭނެވާހަކަ ދަންނަވަމެވެ.
އަދި ވަޅި ނެގުމަށްފަހު އަތަށް ވަޅިހެޔޮވަރުކޮށްލުމަށްފަހު ނިދާފައޮތް ވާފިރާއި ކައިރިވިއެވެލިއެވެ. ………………………………………………………….. އެވަގުތު ކުއްލިއަކަށް ވާފިރު ދެލޯހުޅުވާލިއެވެ. އެހެންނަމަވެސް ވާފިރަށް ހަރަކާތެއްކޮށްލާނެ ފުރުސަތެއް ނުދީ ޔަޒްދާން ވާފިރުގެ ކަރަށް ވަޅިޖެހިއެވެ. ވާފިރު ހަޅޭއްލަވައިގަންނަން އަނގަހުޅުވިއެވެ. ނަމަވެސް އަޑެއްނުނިކުތެވެ. ”1ދަރިފުޅާ! ކީއްތިކުރަނީ? ކީއްވެ ބައްޕައަށް ތިހެންތިހެދީ?” އެވަގުތު ފުރޮޅުލީގޮނޑި ދަމަމުން އެތަނަށްއައި ސަލީމާއަށް ފެނުނުމަންޒަރަކުން ހަޅޭއްލަވައިގަނެވުނެވެ. ޔަޒްދާން އަވަހަށްދުވެފަ ގޮއްސަކޮޓަރިއަށް ވަނެވެ. ސަލީމާ އަވަހަށް ފުރޮޅުލީގޮނޑި ދަމަމުން ގޮސް މޭޒުމަތީގަ އޮތް ވާފިރުގަ ފޯންނަގާ އެންބިއުލޭންސަށް ގުޅިއެވެ. ހޮސްޕިޓަލަށް […]
“އަހަރެން މިވާހަކަ ދައްކާކަށް ބޭނުމެއްނޫން. އެކަމަކު މިވާހަކަދައްކައިގެން ނޫނީ އަހަރެންގެ ސިކުނޑިއަކަށް ލުޔެއްނުލިބޭނެކަންނޭނގެ” ޔަޒްދާން ބުނެލިއެވެ. ………………………………………………………….. ހައަހަަރު ކުރި “ދަރިފުޅާ އެޔޮތްގަޑި ޖެހެނީ! އަވަހަށް ސައިބޯން އާދެބަލަ!” ސަލީމާ އޭނާގެ ދަރިފުޅު ޔަޒްދާންއަށް ގޮވަންފެށިއެވެ. ”ލައްބަ މަންމާ. މިދަނީ.” ސައިބޯން ނުކުންނަމުން ޔަޒްދާން ބުނެލިއެވެ. ”ދޮންބޭ! އަދި ގަޑި ޖެހެން ފަނަރަމިނެޓު އެބައޮތޭ. ތިހާއަވަސް އަރުވާނުލިޔަސް ގަޑިނުޖެހި ދެވޭނެޔޭ.” ޔަޒްދާން މާއަވަސްއަރުވާލާފަ ސައިބޯން އުޅުނުތަންފެނިފަ އޭނާގެ ކޮއްކޮ ޝަޒްރާ ބުނެލިއެވެ. ”ޕްރިފެކްޓް ކުދިންދާން ޖެހޭނެ ދިހަމިނެޓުކުރިން. […]
އިހަށް މަޑުކޮށްބަލަ.. ޒައިޝާ އެޒުވާނާ ފަސްދީ ހިިނގައިގަތްތަނާ އޭނަ ގޮވާލިއެވެ. ………………………………………………………….. ޒައިޝާއަށް ހަމަ ރަނގަޅަށްވެސް އޭނަަ ގޮވިއަޑުއިވުނެވެ. އެހެންނަމަވެސް އޭނަ އަޅާނުލީ އެެއީ ބީރައްޓިއްސަކަށްވެފަ އެޒުވާނާދެކެ ޒައިޝާ ޖެހިލުންވެފަ ހުރިވަރުންނެވެ. ދެންމެ ރަށަށް އަރައިގެން އައިމީހެއް, އެކަމަކު ލަދެއްވެސް ނުގަތެއްނުން ރަށުމީހަކާ ދިމާލަށް ހަޅޭލަވައިގަންނާކަށް, ޔަޤީން އެއީ މާލޭގެ މުއްސަނދި ޒާތްކޮޅު ބޮޑުމީހެއްކަން. ޒައިޝާ ކުދިކިޔަމުން ދިޔައެވެ. ކޮބަ ގެޔަކަށް ދާކަށް ނުވޭތަ? މިހާރު އޭނަ ގޮސްފިއެންނުން. ޒައިޝާ ދިޔަދިމާއަށް ބަލަހައްޓައިގެން ހުރި ޔަޒްދާންގެ ކޮނޑުގައި […]