ކަލާޔާނުލާ ދިރުމެއްނެތެވެ. (6) އާދިލް ރިޕޯޓްތައް ހިފައިގެން އައިރު ޒަވީން ފެންނާކަށް ނެތެވެ. ރިސެޕްޝަނުގައި އިން ރިޝްފާ ގާތު އަހާލުމުން ޒަވީން ބޭރަށް ނިކުމެއްޖެ ކަމަށް ބުނުމުން އާދިލް ރިޕޯރޓްތައް ގެންގޮސް ޒަވީންގެ މޭޒުމަތީގައި ބެހެއްޓި އެވެ. އޮފީހުގެ ގަޑި ނިމި ޝާޔާ އާއި ޔޫއާން އެކުގައި ގެއަށް ދިޔަފަހުން ޒަވީން އާއި ސުދާ އެކުގައި އޮފީހުން ނިކުތެވެ. ކާރު ދުއްވަން އިދެ ޒަވީން އެހެން ދުވަސްތަކާއި ޚިލާފަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. “ޒަވީން. އަހަރެން އެއްޗެކޭ […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (5) ޝާޔާ އިސްއުފުލާ ބަލާލިއެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓާލަމުން އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ. ތުންފަތަށް ގެނެވުނީ ތުރުތުރެއް ކަހަލަ ހަރަކާތެކެވެ. އަރު ބެދޭގޮތްވުމުން އަޑެއް ނުނިކުތެވެ. ސަލަފް ތަކުރާރުކޮށް ސީޑީ ފެނުނުހޭ އެހުމުންވެސް ޝާޔާގެ ފަރާތުން ޖަވާބެއް ނައުމުން ރުޅި ގަދަވިއެވެ. “ޖަވާބެއް ދޭންވެއްޖެއެއްނު. ޝާޔާ ރޮއި ނިމޭނެ އިރެއްވަންދެން އަހަންނަށް މިތަނަކު މަޑެއް ނުކުރެވޭނެ.” ސަލަފްގެ އަޑު ބާރުވަމުން ގޮސް އައި ރުޅީގައި މުށްކަވާފައި ޝާޔާގެ މޭޒުމަތީގައި ޖެހި […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (4) ގަޔަށް ފިޓް ޓީޝާރޓަކާއި ކަކުލާއި ހަމަޔަށް އަންނަ ސޯޓެއްގައި ޔޫއާން ފެނުމުން ހީވަނީ ކުޅިވަރެއް ކުޅެން ތައްޔާރުވެގެން ހުރިހެންނެވެ. އަރައިގެން ހުރީ ކުޅިވަރު ކުޅޭ ބޫޓަކަށެވެ. ޔޫއާން ޝާޔާ އާއި ކައިރިއަށް އަންނަ ވަރަކަށް ޝާޔާގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ. މަގުމަތީގައި ތިބި މީހުންގެ ނަޒަރު އެދިމާލަށް ހުއްޓިފައި ވުމުން ޝާޔާ ކަންބޮޑުވިއެވެ. ”ހައި.” ޔޫއާން ހުއްޓެމުން ސަލާމަށް އަތްދިއްކޮށްލިއެވެ. ޝާޔާ އަށް ހުރެވުނީ ޔޫއާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ސަލާމަށް އަތްނަގަން […]
ހުވަފެން ހުވަފެނަކީ، ވޭނީ، ބިރުވެތި، އުފާވެރި، އަޖއިބުކުރުވަނިވި އެއްޗަކަށްވެއެވެ. ބައެއް ހުވަފެން ތެދުވެއެވެ. އަދި ބައެއް ހުވަފެން ކުރިމަތިވަމުން އަންނަ ކަމަކަށް އިޝާރާތް ކުރެއެވެ. ހަރުގަނޑު– ހަރުގަނޑެއްގެ އެންމެ މައްޗަށް އެރީތީ ހުވަފެނުން ފެނިއްޖެ މީހަކުގެ ކުރިމަގު ވަރަށް އުޖާލާވާނެއެވެ. ބޮޑެތި ކާމިޔާބީތަށް ހާސިލްކުރެވޭނެއެވެ. މީ ކިޔަވާ ކުދިންނަށް ވަރަށް މުހިއްމު ހުވަފެނެކެވެ. އެ ކުދިންނަށް ކިޔެވުމުގެ ރޮނގުގައި އޭނާ ކުރިއަށްދާން ބޭނުންވާ ކޮންމެ ހިސާބަކަށްވެސް ކުރިއަށް ދެވޭނެއެވެ. އެންމެ ހިތްއެދޭ މީހާއާއި ކައިވެނިކުރެވޭނެއެވެ. މި ހުވަފެނަކީ […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (3) އެވަގުތު އެކޮޓަރިއަށް ނަރުސްކުއްޖަކަށް ވަދެވުނުކަން އެއީ ނަޞީބެވެ. އަނީސާގެ ހާލަތު ފެނުމުން އެ ކުއްޖާ ދުވެފައި އައިސް އެތަނުގެ ފޯނުން ނާރސިން ޑިޕާރޓްމެންޓަށް އެކަން އެންގުމުން ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އެތަނަށް އައެވެ. ޝާޔާ އާއި އީރާއަށް ކަމެއް ހިނގައިފިކަން ރޭކާލީ ދެނެވެ. ”އިހަށް ބޭރުގައި މަޑުކޮށްލައްވާ.” ޝާޔާ އަތުގައި ހިފާ ބޭރަށް ދާށޭ ބުނާ ފަދަ ގޮތަކަށް އެ ކުއްޖާ އިޝާރަތްކޮށްލިއެވެ. އަދަބުވެރިކަމާއި އެކު އެކުއްޖާ އެދުމަށް އިޙްތިރާމްކުރުމުގެ […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (2) ”ތިހާ ރީތި އަންހެން ކުއްޖަކު ބުނީމައި އެހީ ނުވާނެ މީހަކު މި އުޑު ދަށަކު ނުހުންނާނެ.” ސަލަފް ގެ މޫނަށް ބަލާލުމަށްފަހު ޝާޔާ އިސްޖަހާލިއެވެ. އެ ބެލުމުގައި ހުރި ތޫނުކަމެއްގެ ސަބަބުން އޭނާގެ ކުރިމަތީ ގައި އިށީދެ އިނުންވެސް ވީ ތަކުލީފަކަށެވެ. ނުރޯން ހިތްވަރުކޮށްގެން އިންދައި ލޮލުން ފާއްދާލި ކަރުނަތައް ނުހިފެހެއްޓިގެން ލޯފުރި ބަންޑުންވިއެވެ. ނޭނގޭފަދަ ބާރުމިނެއްގައި ހިތް ތެޅިލިއެވެ. ސަލަފް ޝާޔާއަށް ބަލާލީ ފުންބެލުމަކުންނެވެ. ޝާޔާލައިގެން އިންހެދުން ބަލާލަން ރީތި ނޫނަސް […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (1) އޮއްސުނު އިރާއެކު އުދަރަސް ފުރާލީ ފުސްވިލާތަކުންނެވެ. ހަނދާއި ތަރިތަކުން ވިދުން ފަނޑުކޮށްލާ ވިއްސާރައިގެ ކުލަ ގަދަކޮށްލައިފި އެވެ. ޖެހިލާ ފިނި ވައިރޯޅީގެ ބާރުކަމުން ހީވަނީ ތޫފާނެއް ބޯމަތިކުރަން އުޅޭހެންނެވެ. ހިމަފޮދު ވާރޭއަށް ވެހެންފެށި ވާރޭ ބޯކޮށްލީ ކުއްލިއަކަށެވެ. މަގުތައް އޮތީ ހިމޭންވެފަ އެވެ. ދުއްވާ އެއްޗެހީގައި އުޅޭ މަދު ބަޔަކު މެނުވީ މަގުމަތިން ފެންނާކަށް ނެތެވެ. ވިލާތައް ވާރޭއިން ފުރި ދުނިޔޭގެ ބިމަށް އޮހެންފެށިއެވެ. މަގުތަކުގައި ފެންހެދެމުން ދިޔަ އެވެ. ވިދާލާ ވިދުވަރާއެކު […]