މޭޒުމަތީގައި ބައިންދާފައި އިން ގަޑީގެ ސޯނާގެ އަޑަށް އެނދުމަތީގައި ހަމަޖެހިލައިގެން އޮށޯވެ އޮތް ރަޔާންއަށް ފުނަމައިގެން ތެދުވެ ގަޑިއަށް ބަލައިލިއެވެ. ކަމަކުދާކައްނެތޭ، ގަޑިން 7 ޖަހަނީއެވެ. ފުރަތަމަ ދުވަހެއްކަމަކު ސުކޫލައް ގަޑިޖެހިގެން ދާކައްބޭނުމެއް ނުވިއެވެ. ދުވެފައިގޮސް އަލަމާރީގެ ދެދޮރުފަތް ހުޅުވާލިއެވެ. ރަޔާންގެ އިންތިޒާރުގައި ކޮޑުގައި އެލިލައިގެން ކެންމަދުވެފައި އިން ޔުނީފޯމު ހިފައިގެން އަވަސްވެގަތީ ސުކޫލަށްދާން ތައްޔާރުވާށެވެ. ސުކޫލުގޭޓާ އަރާހަމަވުމުން، އަތުގައި އޮތް ގަޑިއަށް ނަޒަރެއް ދިނެވެ. އަދިކިރިޔާ 7:10 ވީއެވެ. ރަނގަބީލުޖެހުނާއި ދޭތެރޭ އެހާގިނައިރެއް ނެތްކަމުގއިަވިޔަސް ބޭރުގައި އިންތިޒާރުކުރާކަށް ރަޔާން ބޭނުމެއްނުވިއެވެ. ގޭޓުގެ ދެފަރާތައް ނަޒަރުހިންގާލުމައްފަހު ހުޅުވާކައި ހުރި ގޭޓުގެ އެތެރެއިނ ވަދެގެންދިޔައެވެ. ސުކޫލު ކޮންޕައުންޑުތެރޭ ކުލާސް ރޫމްތައް ހުރި ބިލްޑިންގު ކުރިމަތިން ރަަޔާންގެ ކުލާސް ފެނޭތޯ ދެބުރުޖަހާލިއެވެ. ގްރައުންޑް ފްލޯގައިހުރި ހުރި ކުލާސްރޫމްތަކުތެރޭ ރަޔާންގެ ކުލާސްރޫމް ނެތްކަން ޔަގީން ވުމުން ދެނަ […]
ކްލާސްތެރެއޮތީ އެއްކޮން އަނދިރިވެފައެވެ. ކުޑަދޮރުގެ ބިއްލޫރިދަނޑުގެ ތެރެއިން ފާއްދާލި ހޮޅިބުރީގެ ފަނޑު އަލިކަމެއް ފިޔަވާ އިތުރު އެއްވެސް އަލިކަމެއްނެތެވެ. ލައުރާގެ ލާނެއް ހިނިތުންވުމްށް ބަލަހައްޓައިގެންހުރެ ދޮރުހުޅުވިވަގުތު އިވުނު އިޑުފައްގަނޑާއިއެކު ސިއްސއިގެންހޮސް ފަހަތަށް އަރިއަޅާލާފައި ވެއްޓުނެވެ.”ސަޕްރައިޒް”މޭޒުތައް ދަށުގަޔާއި ގޮނޑިތައް ބިއްދަށުގައި އިރުކޮޅެއްކުރިން ފިލާތިބި ހުރިހާ ރަހުމަތތެރިން މިހާރުތިބީ އަހަރެންގެ ކުރިމަތީ، ހުރިހާ ދަރެއްފެންނަވަރަށް ހެވިފައި، ފައްޗަކަށް އެތުރިލައިގެންނެވެ. ގޮރުބިއްދަށުގައި ކޮންފެޓީ ހިފައިގެން ފިލާހުރި ނާނީ ދޮރުބިއްދަށުން ނިކުމެ ބޮކިތަށް ދިއްލައިލިއެވެ. ބޮކީގެ އަލި މުޅިތަނަށް ފެތުރިގެންދިޔަ ވަގުތުކުރިމަތީގައިތިބި ހުރިހާ ރަހުމަތްތެރިންގެ މޫނު ސާފުކޮންފެންނަން ފެށިއެވެ. ކުޑައިރުއްސުރެ އެކީގައި އުޅުނު ތަހުމަތްތެރިންނާއި އަލަށް ލިސްޓައް އިތުރުވި ރަހުމަތްތެރިންނެވެ. އެންމެންގެ އަތްތަށް ޕަރްސަލްތަކާއި ނޫކުލައި ގެ މާތަކުނަ ފުރިފައިވެއެވެ. ވީއެފަލުން ބުރަކަށްޓަށް އެރި ތަދުވެސް ހަދާންނެތުނެވެ. ހުރިހާ ދަތްތަކެުއް ފެންަވަރަށް ހިނިތުންވެހުރެ […]
ފަހަތުން މީހަކު ވާހަކަދެއްކި އަޑަށް ކުއްލިޔަކަށް ދެމީހުންނަށް ދުރުވެވުނެވެ. ފަހަތަށް އެނބުރި އަޑުއައި ދިމާލަށް އަަހަރެން ބަލައި ލީމެވެ. ގެއަށް ވަންނަދޮރު ކަނީގައި ލެނގިލައިގެން ހުރި ލައުރާފެނި […]
ވަށައިގެންވަނީ ބޯ ޖަންގަށްޔެވެ. ބޯކޮންހެދިފައި އޮތް ބިޔަގަސްތަކުގެ މެދުގައި އިން ކުޑަ ކުޑަ ގަހެއްގެ ގޮފިގަނޑެއްގެ މާތީގައި ރަޔާން އޮށޯވެ އޮތީ ދިގުކޮން ހެދިފައި އޮތް ބިޔަ ދިއްގާ ގަހެއްގެ އޮފިގަނޑުގެ ކުރީގައި، ތަނޑި ދިގުކޮން ކޯނި ކޯންޏަށް ފަޅާފައި ހުރި ފަތްތަށް، ހިނދު ހިނދުކޮޅާ ޖެހެމުންދާ ވައިރޯޅިއާއި ނަށަމުންިދާއިރު، އުޑުމަތީ ރަނިކަން ނުރަމުންދިޔަ ހަނދުގެ އަލިކަން ފަތްތަކުގެ ދޭތެރެއިން ފުރޭނިގެން އަންނަ ހިތްގައިމު މަންޒަރުބަލަން އާސޯހުވެފައެވެ. ހުރިހާ ފިކުރަކާއި ދުރުވެ ހިތްހަމަޖެހިގެންނެވެ. މާގިނައިރެއްނުވެއެވެ. ކުއްލިއަކަށް ބިންގަނޑު ހެލެން ފަށައިފިއެވެ. ޖަންގަލީގައި ހެދިފައި ހުރި ހުރިހާ ގަހެއް، އެއްފަހަރ އަޑިއަށް ދާންފަށައިފިއެވެ. ބިރުވެރިކަމާއި ހާސްކަން ހިތަށް ވެރިވާން ފަށައިފިއެވެ. ގަހުން ފޭބޭތޯ އެތަށް މަސަތްކަތެއްކުރަމުން ދިޔައީމެވެ. ނަމަވެސް ފޭބޭގޮތެއް ނުވިއެވެ. ފައިއަޅާ ކޮންމެ ގޮފިގަނޑެއް އެތެރެއަށްވަދެގެން ދަނީއެވެ. އަތް އަޅާ ކޮންމެތާކުން ގޮފިތަށް ގެއްލެވެ. ހަތަރު އުދަރެސް ފެނުޖެހުނުކަހަލައެވެ. ފައިބޭނެ އެއްވެސް ގޮތެއް ނުފެނުމުން އެންމެފަހުން ގަހުންފުންމާލަން ރަޔާން ނިންމިއެވެ. ނަމަވެސް ގަހުން ދެއަތާއި ދެފައި ދޫކޮއލިވަގުތު ގަހުގެ އެންމެކުރިން ނިކުތް ގޮފިތަށް އޭނާ ވަށާލިއެވެ. ގަހާއި ރަޔާންގެ ހަށިގަނޑާއި ގޮފިތަކާލާ ތަތްކޮއްލިއެވެ. ގޮތް ހުސްވިކަން ރަޔާން އަށް އެނގުނުވަގުތު ކަރުގަހުރިބާރުލާފައި ހަޅޭތް ލަވައި ގަނެވުނެވެ. އޭނާ މިހާރު މިއޮތް އެއްކޮން އަޑިއަށް […]
ފަތިހުގެ ހަމަހިމޭން ހތްްގައިމުވަގުތުކޮޅަށް މަރުހަބާ ކިޔަމުން އުޑުމަތިން ފައުޅުވި ފަޖުރުތަރީގެ ވިދުމާއިއެކު، ރަށުގެ ދެކުނުފަރާތުގައި ތެޅިގަލާއި އުވައިން އިމާރާތްކޯށް ފުޅިބަށްތިތަކުން ޒީނަތްތެރިކޯށްފައިވާ ރަށުގެ ހުކުރު މިސްކިތުން ގޮވަންފެށި ފަތިސްނަމާދުގ ބިންގީގެ އަޑު މުޅިރަށުތެރޭގެއި ގުގުމާލައިފިއެވެ. ދޫނިސޫފާސޫފިތަށް އެސޮރުމެންގެ ހާލިތަކުން ނިކުމެ ދުވާލުގެ ހަލަބޮލިކަމުގެެތެރެއިށް ގެއްލެން ފަށައިފިއެވެ. އާދައިެމަތިން މިއަދުވެސް އަހަރެންނަިށް ހެލެވުނީ ކުކުޅު ހާތަކުގެ ރީތި ނަލަ ގޮވާލުމުންނެވެ. ކުޑަދޮރުން ފުރޭނިގެެން ކޮޓަރިތެރެއިށް ވަންނަމުންދިޔަ އިރުގެ ރަންދޯދިތަކުން ރިށްކާތެރިވުމަށް މޫނުމިތ އަިތްއަޅައިގެން ފާހާނާއާއި ދިމާލަށް މިސްރާބުޖެހީމެވެ. ދަތްއުނގުޅާ މޫނުދޮވެގެން ލޮލުން ނިދިފިލުވަން ދެލޯއުނގުޅަމުން ނިދާހެދުމުގައި ސިޓިންރޫމަށްދާން ހިނގައިގަތީ އާދައިގެމަތިން ގޭގެއި […]